ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
05 މާޗް 2018 - 16:25
ބްރިގޭޑިއަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ބަންދުކޮށްފައިވާ ކަމަށް ދައްކާ ވާހަކަތައް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ދޮގުކޮށްފި އެވެ.
ކައުންޓަ ޓެރަރިޒަމް ސެންޓަރުގައި އިސްކޮށް އުޅުއްވާ ޒަކަރިއްޔާ މަންސޫރު، ސިފައިންގެ މައި މަރުކަޒުގައި ބަންދުކޮށްފައިވާ ކަމަށް ވިދާޅުވެ ޓުވީޓް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމަނިކުފާނުގެ ޓުވީޓް ދޮގުކުރައްވައި އެމްއެންޑީއެފުން ބުނީ އެ މުއައްސަސާއާ ގުޅިގެން ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ޒަކަރިއްޔާ މަންސޫރު މިއަދު އޮފީހަށް ވަޑައިގެން ރަސްމީ މަސައްކަތްތައް ވެސް ކުރެއްވި އެވެ.
ޒަކަރިއްޔާ މަންސޫރު ބަންދުކޮށްފައިވާ ކަމަށް ވާހަކަ މި ފެތުރުނީ، ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ މަހު 1ގައި ނެރުނު އަމުރާ ގުޅިގެން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ބައެއް ސިފައިންނާއި ފުލުހުންތަކެއް ހައްޔަރުކޮށްފައި ވަނިކޮށެވެ. ހައްޔަރުކޮށްފައި ވަނީ ސަލާމަތީ ޚިދުމަތްތަކުގެ ކިތައް މީހުން ކަމެއް ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެ މީހުންގެ މައްޗަށް ވެސް ކުރަނީ، އެނގިފައިވާ ގޮތުގައި، ގާނޫނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިސްތޯލަ ނާޒިމް
06 March 2018
އަދި ނުކުރަނީ އުތަ
06 March 2018
ޒަކަރިއްޔާ ހުންނެވީ އަމިއްލައަށް އަރުވާލެވިގެން ހަނިމާދޫގަ.
ހަބޭސްބޭބެ.
06 March 2018
ކޮމެންޓް ތަކަށް ބަލައިލުމުން އެނގުނީ އަހަރެމެންގެ ހުރި ނުބައިކަން. ސިފައިންނަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގަ އަދި ރައްޔިތުންގެ ސަލާމަތުގަ ފުރަތަމަ ސަފުގަ ނިކުންނަން ތިބި ބައެކަށް ބައެއްގެ ވިސްނުން ވަރަށް ސާފު. ހަނދާނަށް އަންނަނީ ނޮވެމްބަރ 3، ސިފައިން ހަނގުރާމަ ނުކޮށް ގައުމު ތަމަޅައިންގެ އައްމައްޗަށް ދިޔަނަމަ މިއަދު ގައުމުގެ ހާލަތު އޮންނާނެ ގޮތް. މިއަދުގެ ދުނިޔޭގަ ބައެއް އިސްލާމީ ގައ،ު،ުތަކުގެ ހާލަތު ހުރިގޮތް ވިސްނާލުމުން ކުޑަ ތަސައްވުރެއް ފެނިގެންދާނެ، ދިވެހިންނަށް ހެޔޮ ވިސްނުން ދެއްވާށި. އާމީން
ހުދު އަހައްމަދު
06 March 2018
ޒަކް ކީއްކުރަން ހައްޔަރުކުރަންވީ. އޭނަ އެހުރީ އަމިއްލަޔަށް އެތެރޭގަ ހައްޔަރުވެގެންނޭ. ގުޑްލަކް މައި ފްރެންޑް
މެންޓަލިސްޓް
05 March 2018
ތިޔަހެން ބަންދުކުރަމުން ގޮސް އެންމެ ފަހުން ޔާމިން އަނެއްކާ ހައްޔަރުނުކުރާތި ،،، އޭރުން އަތަށްގޮވާނެ ،، މައައްސަލާމާ
ާހުސެން
05 March 2018
ގައުމުގެ ރަށްޔިތުން ވެސް ތިބީ ހައްޔަރެއްގަ......
އަސްރަފު
05 March 2018
ފާރިސް މައުމޫން، ގާސިމް، ރައީސް ނަޝީދު، މައުމޫނު ހައްޔަރު ކުރިތަ އަނެއްކާ؟؟؟
އަލްޖިބްރާ
05 March 2018
ޕޮލިސްކޮމިޝަނަރ ވެސް ހުރީ ފުލުހުންނާއި އެކުއޭ ކިޔައިގެން އަޑުއެރުވި ! ދެން އިވުނީ ވަޒީފާއިން ވަކިކުރި އަޑު ! ތިޔަ މަންސޫރުގެ ދުވަސްވެސް ދިޔައީހެން ހާދަހީވޭ !
4545
05 March 2018
ދެން ތިޔަކަމުގައި ޒަކަރިއްޔާ މަންސޫރުގެ ބަހެއް ހޯދަން ނޫސްވެރިންނަށް އޭނާޔާ ގުޅުނުތޯ؟
ފަހު ކަބީލަ
05 March 2018
އެމްއެންޑީއެފް ދޮގުކުރީމަ ފުދޭ، މީގެ ކުރިންވެސްބުނި ރާއްޖެޔަށް މަސްބޯޓްތަކެއް ވަދެގެންއުޅެނީ ހުއްދަޙޯދަންވާފަރާތުން ހުއްދަ ހޯދައިގެނޭ. ދެދުވަސްނުވޭ ފިޝަރީޒުން އެކަން ދޮގުކުރި.
ލާލު
05 March 2018
ޒަކަރިއްޔާ އެކަން ޔަގީންކޮއްދީ