މާފުށީ ޖަލުގައި ހުންނެވި ދަރިކަލުން ފާރިސްއާ ބައްދަލުކުރެއްވުމަށް ކުރީގެ ރައީސް މައުމޫނާއި ދަރިކަނބަލުން ޔުމްނާ އާއި ދަނބިދަރިކަލުން ނަދީމް ވަޑައިގަތުމަށް ފަހު ޖަލު ކައިރީގައި ނަންގަވާފައިވާ ފޮޓޯއެއް
06 މާޗް 2018 - 00:00
ކުއްލިނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަދި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރިތާ މިއަދު އެއް މަސްވީއިރު ތަހުގީގަށް ފުލުހުން އެއްވެސް ސުވާލެއް ނުކުރާ ކަމަށް އެ ދެބޭފުޅުންގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނާއި ނަދީމްގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށް ބުނެ މައުމޫނާއި ނަދީމް ވަނީ ރަހީނުކޮށްފަ އެވެ. ރައީސް މައުމޫނާއި ނަދީމުގެ މައްޗަށް ތުހުމަތުކުރި މައްސަލަތަކާ ގުޅިގެން އެތައް ބައިވަރު ހެކި ލިބިފައިވާ ކަމަށް، ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބުނެފައިވާކަން ފާހަގަކޮށް، ވަކީލުން ވިދާޅުވީ ބަންދުގައި މަސް ދުވަސްވީ އިރު ވެސް ސުވާލެއް ނުކުރާ ކަމަށެވެ.
ހެކި ހުރި ކަމަށް ބުނި ނަމަވެސް ހެކި ނައްތާލުމުގެ ދައުވާ މައުމޫނުގެ މައްޗަށް އުފުލުމަށް ފުލުހުން ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ.
މައުމޫނާއި ނަދީމްގެ މައްޗަށް ހެކިހުރި ކަމަށް ބުނެ ފުލުހުން ދަނީ އެބޭފުޅުންނާ މެދު މުޖުތަމައުގައި އޮތް ގަދަރާއި ލޯތްބަށް އުނިކަން ގެނައުމުގެ ނުބައި ނިޔަތުގައި އެ ބޭފުޅުންގެ އަބުރު ނަގާލަމުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކޮށް ކްރިމިނަލް ކޯޓުގައި ހިންގަމުންދާ ދެ ދައުވާ އަކީ ދައުލަތުގެ މުއައްސަސާތަކާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތެއްގެ ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށް އުފުލާފައިވާ ހައްގު ނޫން ދައުވާއެއްކަން އޮޅުމެއްނެތި ކަށަވަރުވާ ކަމަށް ބުނެފައިވެ އެވެ.
"ހައްގު ނޫން ދައުވާތަކެއްކޮށް، އަސާސެއް ނެތް އެކި ތުހުމަތުތަކުގައި ޖަލުގައި ހުންނަވާތާ މިއަދަށް ހަތް މަސްދުވަސް ފާއިތުވެފައިވާއިރު އެމަނިކުފާނު ވެސް ނުހައްގުން ޖަލުގައި ހުންނަވަން ޖެހިވަޑައިގެންފައި ވަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ގާނޫނީ ޒިންމާއިން ޣާފިލުވެ ސިޔާސީ ވަކި ފަރާތެއްގެ އަމުރަށް މަސައްކަތްކުރާތީ ކަމަށް ދެކެމެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
06 March 2018
''ނޫސްބަޔާން ނެރުނު މީހުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގާނަން.'' ޓުމޯރޯސް އޮބްވިއަސް ހެޑްލައިން.
މެންޓަލިސްޓް
06 March 2018
ސުވާލުނުކޮށް ޖަވާބު އެނގޭކަމުގައި ވަނީނަމަ ކޮންމެހެން ސުވާލެއްކުރާނެ ކަމެށްނެތެއްނޫންތޯ ؟؟؟ އެއީ ވަކިވަރަކަށްވުރެން ތަހްގީގްކުރާ ބޭފުޅުން ކުރިއެރީމައި ހިނގާކަމެށް ،،، މިސާލަކަށް ރައީސްމައުމޫންގެ ޒަމާނުގައި ބޭސްފިހާރައެއް ހިނގި ބޭފުޅަކު ގެންދިއަ ،،،، އޭނާގެ އެއްވެސް މައްސަލައެއްއޮވެގެނެއްނޫން ، ،،، އޭނާއަކީ ކަމެށް ރިޕޯޓްކުރިމީހަކަށްވާތީޥެ ،،،،،، ދެން އެގެންދިއަގޮތަށް ދޫނިދޫއަށް ،،،، 45 ދުވަސްވީފަހުން މާލެގެނެސް ބުނީ ރިޕޯޓްކުރި މައްސަލައާޢި ގުޅުމެއްވޭތޯ ބަލާލީއޯ .... އެޒަމާނަކީ ލޯޔަރުން އަދި އާއިލާ ބައްދަލުވުން އޮންނަޒަމާނެއްވެސް ނޫން ،،،، ވީމާ ރައީސް މައުމޫންއާޢި އާޢިލާ އެއިހްސާސް ކުރަމުންގެންދަނީ އަދި ކުޑަމިންވަރެއް ،،، މިގައުމުގެ ބަޔަކު ހަނާވެގެން ވީ ގްރުބާނީޢަކުން ލޯޔަރުންނާއި އެހެނިހެން އިންސާނީ ހައްގުތަށް ލިބިގެންދިއައީ ،،، އެކަން އަބަދުވެސް ހަނދާންކުރަންވާނެ ،،، އެއީ ވަރުގަދަ ހަނގުރާމައެއް ،،، މައައްސަލާމާ
ތިމަންނަ
06 March 2018
ވަކިވަރަކަށްވުރެ މީހާ މަތިވެރިވީމާ ސުވާލެއް ނުކުރާނެއެވެ. އަންނާނީ ހުކުމެވެ.
ރަދީފް
06 March 2018
އެއީ ހަމަޖެހޭ އެއްވެސް ސޮސައިޓީއެއްގަ ކަން ހިނގާނެ ގޮތްތަ؟؟ ޖަންގަލީގަ އޮންނަ ސިންގާ ތިޔަފަދަ އުސޫލްގެންގުޅެނީ ، ހިތަށް އަރައިފިނަމަ ފުއްލާއެއް ފެނުނަސް ޝިކާރަނުކޮށް އޮވެދާނެ.
ފަނޑިޔާރު އަދުރޭ
06 March 2018
މަނިކުފާނާއި އާއިލާއިމެދު ކަންތަށް ކުރައްވަނީ ޒާތީ ހަސަދަ އެއް ފިލުވާލުމަށްޓަކައި
ސިއާ
06 March 2018
އެހެންވީމަ ބުނަނީ, އަތުގައި ހިފައިގެންގޮސް, އަދި ގާސިމަށް އާދޭސްކޮށްގެން ވެރިކަން ހޯދާދިނީމަ, ލިބުނު ހަދިޔާއަކީ މައުމޫން އުފެއްދި ޕާޓީވެސް ކޯޓުން އަތުލައިގަނެފައި ގޮޅިއަކަށް ފެއްތުން, މިހިރީ ބޭބެއަށް ހަދާލިގޮތް, ދެން އެހެން މީހުންނާމެދު ކުރަންނުކެރޭނެ ކަމެއް އޮންނާނެތޯ?
ކަނބުލޮ
06 March 2018
މިހުންނަނީ ޢިބުރަތުން ފުރިފައިވާ ކަންކން. ނުޙައްގުން މީހަކަށް ކިތަންމެ ކުޑަނަމަވެސް އަދަބެއް ދީފައޮތް ނަމަ މިދުނިޔޭގަ ވެސް އޭގެ ރަހަ ދެކެންޖެހި ދާނެކަން. މިހިރަމިހިރަ ކަންކަމަށް ވިސްނާ މިޖީލުގެ ކުޑަކުދީންނާ ޒުވާނުން ޢިބުރަތް ލިބިގަތުން ބުއްދިވެރި. އެހެންނަމަވެސް މިކަމަށްވެސް އެދެނީ ވީހާވެސް އަވަހަށް އިންސާފުވެރިކޮށް މިކަންކަން ނިމިގެން ދިއުން ކޮންމެ ކަމެއްގެ ވެސް އެންމެ ރަނގަޅަށް އިހުސާސް ކުރަން އެނގޭނީ ހަމަ އެބަޔަކަށް ކަންކަން ދިމާވުމުން
އަޙްމަދް.
06 March 2018
ހެހޭ:މައުމޫނު ޖަލަށްލީމާ މައުމޫނަށް ނޭނގެޔޯ ދިވެހިބަހުން ރަނގަޅަށް ވާހަކަދައްކާކަ!މައުމޫނު ދައްނަނީ ޢަރަބިބަހުން ވާހަކަދައްކާށޯ!!! އެހެންވީމާ "އަލްއުސްތާޒު" މައުމުނު މިހާރު އަސާސީ ތަޢުލީމުގެ ދިވެހިން މަސްޓަސްޑިޤްރީ ހައްދަވަނިއްޔޯ!؟
ސިންތިލީ ވޫމް
06 March 2018
ކުރާނެ ސުވާލެއްނެތީމަ ސުވާލު ނުކުރާނެ ނުން ތޯ
ސަބްނަމް
06 March 2018
ތިޔައީ ހަމަ ޖެއްސުންކޮށް ތިމާމެންގެ ބާރު ގަދަ ކަން ދައްކަން ކުރާކަންކަން. ހިތުން އެކުރާ ަކަމަކީ މޫނަށް ބެލެުމެއްނެތި ހަމަޖެހުން ޤާއިމްުކުރަން ކުރާ ަކަންކަމޯ.