ޚަބަރު / ފުއާދު ތައުފީގު

އިންތިހާބު މިނިވަންވާނެ ކަމަށް ގަބޫލެއް ނުކުރަން: ފުއާދު

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގް. --ފޮޓޯ:ފޭސްބުކް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު މިނިވަންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގް މިއަދު، ސްރީ ލަންކާގައި، ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން މިދިޔަ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި، ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި، އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ވާހަކަ ދައްކަވަމުން، ފުއާދު ވިދާޅުވީ މިނިވަން، އިންސާފުވެރި އިންތިހާބަކުން ހޮވިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނާ މެދު އަމަލު ކުރަމުން ދާ ގޮތުން ވެސް، ރިޔާސީ އިންތިހާބު އިންސާފުވެރިވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވި ޕީޕީއެމްގެ ކުރީގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ފަހުން އެ ބޭފުޅުން މަޖިލީހަށް ވަދެވަޑައިގަތުމުގެ ފުރުސަތު އެ ތަނުގެ ސަލާމަތީ ކަންތައް ބަލަހައްޓާ ސިފައިން ނުދެ އެވެ.

އީސީގެ އާ ރައީސް ޝަރީފް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި-- މިހާރު ފޮޓޯ

މިދިއަ ރިޔާސީ އިންތިހާބު ބޭއްވިއިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ހުންނެވި ފުއާދު ވިދާޅުވީ މިނިވަން އިންތިހާބަކުން ހޮވިވަޑައިގެންފައިވާ މެމްބަރުންތަކެއްގެ ވާޖިބު އަދާކުރުމުގެ ފުރުސަތު ނުދޭއިރު ރިޔާސީ އިންތިހާބުގައި ރަނގަޅު ނަތީޖާއެއް ހޯދިދާނެ ކަމާ މެދު އެއްވެސް އުއްމީދެއް ނެތް ކަމަށެވެ.

"މިހިރީ ހޮވިފައި ތިބި މީހުންނާ މެދު އަމަލުކުރަމުން އަންނަ ގޮތް. އެފަދަ ބައެއްގެ ހައްގުތައް ނުދޭ ބަޔަކު ކުރިއަށް އޮތް އިންތިހާބެއްގައި [މިނިވަން އިންތިހާބަކަށް] އެއްވެސް ފުރުސަތެއް ނުދޭނެކަމީ ޔަގީންކަމެއް،" މިހާރު ލަންކާގައި ދިރިއުޅުއްވަމުން އަންނަ ފުއާދު ވިދާޅުވި އެވެ.

ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން އޮތީ މިދިއަ އަހަރަކު ކަނޑައަޅާފަ އެވެ. އެކަމަކު ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި، ކުރީގެ ނިންމުން ބާތިލްކޮށް، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމާއި މި އަހަރުގެ ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދަން ޖެހޭނީ އެ މެމްބަރުންނާ އެކުގައި ކަމަށް އެ އަމުރުގައިވެ އެވެ. ނަމަވެސް އެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމުން، އެ ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން ވަނީ، މެމްބަރުންނާ ބެހޭ ބަޔަށް އަމަލްކުރުން ފަސްކުރަން އާ އަމުރެއް ނެރެފަ އެވެ.

ފުއާދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު މިނިވަންވާނެ ކަމަށް ގަބޫލުނުކުރައްވާ އެންމެ ބޮޑު ސަބަބަކީ ރައީސް އަބްދުﷲ ޔާމީން އަންގަވާ ގޮތަށް ފަހަކަށް އައިސް އެ ކޮމިޝަނުން ނިންމުންތައް ނިންމާތީ އެވެ. އަދި އެއީ ހަމައިން ނައްޓާފައިވާ، "ގޮނޑިކޮއްކޮ ކޮމިޝަނެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ޕީޕީއެމް އުފެއްދެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ނަމަވެސް އެއީ އެމަނިކުފާނުގެ ހިއްސާއެއް އޮތް ތަނެއް ނޫން ކަމަށް ބުނެ، އެ ޕާޓީ "އަތުން ޖަހައިގަނެގެން" ގެންދިޔައިރު ވެސް އީސީ އޮތީ ހިމޭނުން، ބަހެއް ނުބުނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނަށް މިއަަދު އަލަށް އައްޔަންކުރި އަހުމަދު ޝަރީފު ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން ކަންކަން ކުރާނީ ގާނޫނާއި ގަވާއިދުތަކުގެ ދަށުންނެވެ. އަދި ވަކި ފަރާތަކަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

26 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 34%
icon sad icon sad 13%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުއާދު

20 March 2018

ދެން އެހެންވެގެންތާ ކުރިމަތިލާން ތިއުޅުއްވަނީ. ޔަގީންތަ ކުރިމަތިލައްވާކަން. ފުއާދަށް ވަރަށް ވޯޓު ލިބޭނެ އިންސާފުވެރިއްޔާ؟ ނުލިބިއްޖެއްޔާ އިންސާފެއްނުވާނެ ޔަގީން

The name is already taken The name is available. Register?

އަހްމަދު

07 March 2018

މަނިކުފާނުއެމަގާމުގަހުރެގެންހޭވިހަޑި އެހެންމީހަކު ހާވފާނެކަމަކަށް ގަބޫލެއްނުކުރެވޭ މަނިކުފާނަކީ މަގާމުގެކުރިންވެސް ސިޔާސީޕާޓީގަ މަގާމައްފަހުވެސް ޕާޓީގަ އެހެންވީމަ މަނިކުފާނުކަންކުރެއްވުނީކިހިނެއްކަން ހުދުމަނިކުފާނައްވެސްނޭގޭނެ

The name is already taken The name is available. Register?

ފަސީ

07 March 2018

މަނިކުފާނު ހުންނެވިއިރުވެސް މިނިވަނެއްނޫން ވިއްޔާ ދޮގެއްތޯ؟

The name is already taken The name is available. Register?

އަޑަފި

07 March 2018

އިލެކްޝަން ގެ ރައީސަކަށް މަނިކުފާނު ހުންނެވިއިރު މަނިކުފާނުގެ އަނބިކަނބަލުން އެމްޑީޕީގެ މުޒާހަރާތަކުގައި ބައިވެރިވާން ފޮނުވިއިރުވެސް މީހުންކީ އިންތިޚާބު މިނިވަން ނުވާނެވާހަކަ، އެކަމަކު މަނިކުފާނު ވިދާޅުވީ މިނިވަން ވާނެއޭ.

The name is already taken The name is available. Register?

ކޯސްޓް

07 March 2018

މޑޕ އެކްޓިވިސްޓް އަކާއެކީ ނިދާއިރު ކިހިނެއް މީނަ ވެސް ވަކި މިނިވަން ކަމަކަމަށް ޤަބޫލު ކުރާނީ؟ އޭރުވެސް އަދި މިހާރުވެސް. މީނަ ވާނެ ޤައުމައް ގެއްލުން ދިން އެންމެބޮޑުއެކަކަށް!

The name is already taken The name is available. Register?

ލައިލާ

06 March 2018

ފުއާދު ހުރިއިރޯ.. ގުދޯ ގުދޯ ނުގޮވާ..

The name is already taken The name is available. Register?

ފުއާދުބޭ

06 March 2018

އަޅުގަނޑު ރައީސްކަމުގައި ހުރިއިރު ކަންތައްކުރީ އިންސާފަކުންނޫން.އެހެންވީމާ އަޅުގަނޑު ގަބޫލު ކުރަނީ އެހެންމީހުންވެސް މަސައްކަތްކުރާނީ އެގޮތަށްކަމަށް.

The name is already taken The name is available. Register?

ދޮންކަލޯ / ޏ

06 March 2018

މީނަ ހުރި އިރުވެސް އިންސާފުވެރިކަމަކަށް ޤަބޫލެއް ނުކުރަން.

The name is already taken The name is available. Register?

ފޯޑް

06 March 2018

ކަލޭ އެމްޑީޕީގެ އެކްޓިވިސްޓަކަށް ހުރެގެން ހިންގި އިލެކްޝަނުން ބޭއްވި އިންތިހަބުތައް ވަރަށް އިންސާފުވެރި. އެކަމުގެ ހެއްކެއް އެއީ އަމިއްލަ ގެ ރާސްލާފައި މައްޗަށް އަރައިގެން ދިޔުން

The name is already taken The name is available. Register?

ސަމާހަތުނިހާދު

06 March 2018

އެންމެ ބޮޑު ގެއްލުމެއް ދައުލަތަށް ދިނީމީނަ އިލެކްޝަން ކޮމިޝަންގެ ރައީސަކަށް ހުރި އިރު އެންމެ ބޭއިންސާފުން ކަންތައް ނިއްމަން އުޅުނީވެސް ފުއާދު އެހެންވީމަ ޤަބޫލްތިޔަ ނުކުރެވެނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454