ޚަބަރު / މުޒާހަރާ

މުޒާހަރާގެ ތެރެއަށް ކަރުނަ ގޭސް ޖަހައިފި، އެކަމަކު މުޒާހަރާ ކުރިއަށް!

ޖުމްހޫރީ މައިދާން ކައިރިން ފުލުހުން މީހަކު ހައްޔަރުކުރަން މަސައްކަތްކުރަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

16 މާޗް 2018 - 21:00

119 comments
17 މާޗް 01:55

މަސް މާރުކޭޓާއި ލޯކަލް މާރުކޭޓް ސަރަހައްދަށް އެއްވި އެންމެން ފަހަތަށް ޖައްސައި ފޮނުވާލައިފި. އޭގެ ކުރިން، ވަރަށް ބާރު އަޑަކާއެކު ކަރުނަ ގޭސް އަނެއްކާ ވެސް ޖަހައިފި.

17 މާޗް 01:47

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް: ތަނަކަށް އެއްވެގެން ވެރިކަން ވެއްޓޭ ނަމަ ރައީސް މައުމޫންގެ ވެރިކަން ވެސް ވެއްޓުނީސް. ރައީސް ނަޝީދުގެ ވެރިކަން ވެސް ވެއްޓުނީ އަމިއްލަ އަށް އިސްތިއުފާ ދިނީމާ. ގަޓެއް ހުރިއްޔާ ރާއްޖެ އައިސް ބަލަ. މިއީ މުސްތަގިއްލު ގައުމެއް ކަމަށް ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން މިތިބެނީ އަބަދުވެސް މަސައްކަތުގައި.

17 މާޗް 01:40

ކާނަލް ނަޝީދު: އަސްކަރިއްޔާ އަށް ފުރިހަމަ ޔަގީންކަން އެބައޮތް. ގްރީން ޒޯނަށް ވަދެވޭނެ ކަމުގެ ނަނާހުވަފެން ބަލާނެ ކަމެއް ނެތް. އެމްޑީޕީ މި ސިފަކުރެވެނީ މާކެޓް ކުރާ ފާމެއްގެ ގޮތުގައި. ވެރިކަން ވައްޓާނެ ގޮތެއް އެމްޑީޕީގެ އިސް ސަފުގައި އުޅޭ މީހުންނަށް އެނގޭ ހެނެއް ހިއެއް ނުވޭ.

17 މާޗް 01:38

ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް): މިރޭ ވެސް މި ފެނުނީ ޓިޕިކަލް އެމްޑީޕީގެ މުޒާހަރާއެއް. ފްރޮންޓްލައިނަކުން އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅެއް ނުފެނުނު. ގައުމީ މަޖިލީހުގެ މެމްބަރެއް ވެސް ނުފެނުނު. މޭޑޭގެ މުޒާހަރާ އަށް ވީ ގޮތް މި ފެނުނީ. މި މުޒާހަރާ އަށް ރަށްރަށުން އަންނާނެ ކަމަށް އުންމީދު ކުރި މިންވަރަށް ވެސް މީހުން ނައި.

17 މާޗް 01:35

ނިހާން: ދިވެހި ސިފައިންނަކީ ވަކި ޑިސިޕްލިން އެއްގައި ތިބޭ ބައެއް. ސިފައިން މާ ގިނައިރަކު ބަލާކަށް ނުތިބޭނެ. ސިފައިންނާ ކުރިމަތިލާން ވަޑައިނުގަންނަވާ. ތިޔަ ހައްދަވަނީ ގޯހެއް. ފުލުހަކަށް މިހާރު ވެސް ވަނީ އަނިޔާވެފައި. ޕީސްފުލް ޕްރޮޓެސްޓެއް ކަމަށް ދައްކަން އެބައުޅޭ. އެކަމަކު ވެހިކަލެއްގައި ރޯކޮށްފި. ފުލުހަކަށް ހަމަލަދީފި.

17 މާޗް 01:33

ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން: ބޮޑު ސޯޅަ މިދިޔައީ ހަމަ ބޮޑު ސޯޅަ އަށް. މިހާރު އަޅުގަނޑުމެން މިތިބީ 17 މާޗުގައި. ރާއްޖޭގެ ރައީސަކީ އަދިވެސް އަބްދުﷲ ޔާމީން. ރާއްޖެ ސަލާމަތް ކުރުމުގެ ހިތްވަރާއި ފަންވަރު ދިވެހި ސިފައިންނާއި ފުލުހުންގެ ހުންނާނެ. އިސްލާމް ދީނަށް ހަޖޫ ޖަހާ މީހަކަށް ދިވެހި ސިފައިންނާއި ފުލުހުން ތަބައެއް ނުވާނެ. ޖުމްހޫރީ މައިދާނަށް ވަދެވޭނެ ކަމަށް އެއްވެސް ބޭފުޅަކު ހީނުކުރައްވާ. ގްރީން ޒޯން ކަމަށް ކަނޑައަޅާފައިވާ ޖުމްހޫރީ މައިދާނަށް ވަދެވުނު ޒަމާން ހިނގައްޖެ.

17 މާޗް 01:30

ފުލުހުން މިހާރު ވަނީ މަސް މާރުކޭޓު ކައިރި އަށް އެއްވާ މީހުންގެ ފަހަތުން ދުވެ ގޮސް ބައެއް މީހުން ހައްޔަރު ކުރަން ފަށާފައި.

17 މާޗް 01:28

އަބްދުއްރަހީމް: އަޅުގަނޑުމެން ކަންބޮޑުވާ އެއްވެސް ކަމެއް ނެތް. ސަރުކާރު ހިންގަނީ ގާނޫނީ އިމުގެ ތެރެއިން. ބަޔަކު މަގުމައްޗަށް ނުކުތަސް އަޅުގަނޑުމެން ހާހެއް ނުވޭ. އަޅުގަނޑުމެން މިތިބީ ވަރަށް ހިތްވަރާއި ސާބިތުކަމާއެކު. އެންމެ ތަންކޮޅެއް ވެސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން.

17 މާޗް 01:26

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް: މުޒާހަރާގައި މިހާރު އުޅެނީ ރަށްރަށުން އައި 150 އެއްހާ މީހުން. އުމުރު ހަމަނުވާ ކުދިން މުޒާހަރާގައި ބައިވެރި ކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް.

17 މާޗް 01:24

ޕީޕީއެމްގެ ނިއުސް ކޮންފަރެންސެއް ފަށައިފި.

17 މާޗް 01:14

މާރުކޭޓު ކައިރީގައި ތިބި މީހުން ފަހަތަށް ޖެއްސުމަށްޓަކައި ފުލުހުން އަނެއްކާވެސް ކަރުނަ ގޭސް ޖަހައިފި.

17 މާޗް 00:55

ކަރުނަ ގޭސް ޖެހުމާއެކު، އެއްވުން މިހާރު ވަނީ ރޫޅިފައި. ނަމަވެސް މަސް މާރުކޭޓުގެ އެކި ސަރަހައްދުތަކުގައި އަދިވެސް ކޮންމެވެސް ވަރަކަށް މީހުން އެބައުޅޭ.

17 މާޗް 00:53

ފުލުހުންގެ ޓުވީޓް

17 މާޗް 00:52

ފަހަކަށް އައިސް މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ކަރުނަގޭސް ބޭނުމެއް ނުކުރޭ. އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ބޭނުން ކުރަނީ ޕެޕާ ސްޕްރޭ. ފުލުހުން މިރޭ ކަރުނަ ގޭސް ބޭނުން މި ކުރީ ވަރަށް ގިނަ ދުވަސްތަކަކަށް ފަހު.

17 މާޗް 00:52

ފުލުހުން: މުޒާހަރާގެ ބައިވެރިއަކު ހަމަލާ ދިނުމުގެ ސަބަބުން ފުލުހަކަށް ވަނީ އަނިޔާވެފައި. އަނިޔާ ލިބިފައިވާ ފުލުސް އޮފިސަރުގެ އަތުގައި ފްރެކްޗާއެއް ވަނީ ލާފައި.

17 މާޗް 00:47
17 މާޗް 00:46

މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެކަކުގެ ބޯ ފަޅައިގެން ގޮސް، އެމްބިއުލާންސްގައި އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންގޮސްފި. މުޒާހަރާގެ ބައިވެރިން ބުނަނީ އޭނާގެ ބޮލުގައި ފުލުހަކު މުގުރުބުރިން ޖެހީ ކަމަށް.

17 މާޗް 00:44

މަސް މާރުކޭޓު ސަހަރައްދަށް ކަރުނަ ގޭސް ޖަހާފައި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

17 މާޗް 00:35

މުޒާހަރާގައި ގެއްލުން ލިބުނު މީހަކު ގެންދަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

17 މާޗް 00:33

ޖުމްހޫރީ މައިދާން ކައިރީގައި ސިފައިން ޝީލްޑް ހިފައިގެން. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

17 މާޗް 00:33

މުޒާހަރާގެ ބައިވެރިން މަސް މާރުކޭޓު ސަރަހައްދުގައި

17 މާޗް 00:32

ކަރުނަ ގޭސް ޖެހި ނަމަވެސް، މުޒާހަރާގެ ބައިވެރިން އަނެއްކާ ވެސް ވަނީ މަސް މާރުކޭޓު ސަރަހައްދަށް ގޮސްފައި

17 މާޗް 00:26

މަސް މާރުކޭޓު ކައިރީގައި އެއްވެފައި ތިބި މީހުން ހިމެނޭ ސަރަހައްދަށް ކަރުނަ ގޭސް ޖަހައިފި.

17 މާޗް 00:16

މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސާފައި ފުލުހުން ދުރަށް ދިއުމާއެކު މުޒާހަރާގެ ބައިވެރިން ޖުމްހޫރީ މައިދާނާ ކައިރިއަށް ޖެހޭ.

17 މާޗް 00:09

އަމީތު ހައްޔަރުކޮށްގެން ގެންދަން އުޅެނިކޮށް މުޒާހަރާގެ ބައިވެރިން އަމީތު ގެންދަނީ. އަދި އެ މީހުންނަށް އަމާޒުކޮށް ފުލުހުން ޕެޕަސްޕްރޭ ޖަހަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

17 މާޗް 00:05

މުޒާހަރާކުރާ މީހުންގެ ތެރެއަށް ގިނަ އަދަދަކަށް ޕެޕަސްޕްރޭ ޖަހައިފި. ބައެއް މީހުން ބިންމައްޗަށް ވެއްޓިފައި އެބަތިބި.

17 މާޗް 00:02

މެންބަރު އަމީތު ހައްޔަރުކޮށްގެން ގެންދަނިކޮށް މުޒާހަރާގެ ތެރެއިން ބަޔަކު ގޮސް އަމީތު ގައިގައި ބައްދައިގަނެ މުޒާހަރާގެ ތެރެއަށް އަނެއްކާވެސް ގެންގޮސްފި. އޭގެ ފަހުން އަމީތު ހައްޔަރުކުރަން ފުލުހުންނެއް ނުދޭ.

16 މާޗް 23:50

ޖުމްހޫރީ މައިދާނަށް އެއްވާން އުޅުނު މީހުންނާ އެކު ހުންނެވި މަތިވެރި ދާއިރާގެ މެންބަރު ހުސެން މުހައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.

16 މާޗް 23:36

އިންޒާރު ދޭ ވީޑިއޯ ހެދި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވާއިރު އެއީ ރާއްޖެ ޓީވީގެ ތިން މީހަކު ކަމަށް ވަނީ ބެލެވިފައި. މިރޭ ރާއްޖެ ޓީވީ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމާއި ދެ ނޫސްވެރިން ކަމަށްވާ ވިސާމް އަދި ފަޒީން ވަނީ ހައްޔަރުކޮށްފައި.

16 މާޗް 23:32

ޖުމްހޫރީ މައިދާން ކައިރިން މީހަކު ހައްޔަރުކުރަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

16 މާޗް 23:30

އެމްއެމްއޭ ކައިރިއަށް އެއްވެފައި ތިބި މީހުން ދުރަށް ޖައްސަން ފުލުހުން ޕެޕަސްޕްރޭ ޖަހައިފި. އެ ސަރަހައްދުގެ އެކި މަގުތަކުގައި މީހުން އެބަ އުޅޭ

16 މާޗް 23:29
16 މާޗް 23:29

ވީޑިއޯ ހަދައިގެން ފުލުހުންނަށް އިންޒާރު ދިން މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި.

16 މާޗް 23:22
16 މާޗް 23:22

ފުލުހަކު ރަހީނުކުރި ކަމަށް ބުނެ ޚަބަރު ފެތުރޭ ކަމަށް ބުނެ ފުލުހުން އެކަން ދޮގުކޮށްފި.

16 މާޗް 23:21

މެންބަރު އަލީ އާޒިމް އިސްވެ ހުންނަވައި، ޖުމްހޫރީ މައިދާން ކައިރީ މުޒާހަރާކުރަނީ

16 މާޗް 23:19

ޖުމްހޫރީ މައިދާން ކައިރިން ދުރަށް ޖެއްސިތާ އިރުކޮޅެއް ފަހުން އަނެއްކާވެސް މީހުން ޖަމާވަނީ.

16 މާޗް 23:19

މެންބަރު އަލީ އާޒިމް ޖުމްހޫރީ މައިދާން ސަރަހައްދުގައި އިސްވެ މުޒާހަރާ ކުރައްވަނިކޮށް ހައްޔަރުކޮށްފި. އޭނާއާ އެކު މާލޭ ސިޓީ ކައުންސިލް މެންބަރު އަހްމަދު ނިޔާޒް ވެސް ފުލުހުން ގެންދިޔަ

16 މާޗް 23:13

މުޒާހަރާކުރާ މީހުން އަންނަނީ ރައީސް ޔާމީން ހައްޔަރުކުރަން ގޮވައިލަމުން.

16 މާޗް 23:12

ސޯލްޓް ކެފޭ ކައިރީގައި ތިބި މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސަން ޕެޕަސްޕްރޭ ޖަހައިފި. އެކި ހިސާބުތަކުގައި މުޒާހަރާގެ ބައިވެރިން އެބަ އުޅޭ

16 މާޗް 23:10

މުޒާހަރާގެ ބައިވެރިޔަކު ހައްޔަރުކޮށްގެން ގެންދަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

16 މާޗް 23:06

ޖުމްހޫރީ މައިދާނަށް ވަންނަން މަސައްކަތްކުރާ މީހުންނާ އެކު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް އެބަ އުޅުއްވާ

16 މާޗް 23:03

ފުލުހުންނާއި ސިފައިން ދަނީ ޖުމްހޫރީ މައިދާނަށް ދާން މަސައްކަތްކުރި މީހުންނަށް ހުރަސްއަޅައި މަގުތައް ބަންދުކުރަމުން. އެއްބަޔަކު މަޑުކޮށްގެން ތިބީ ސީގަލް ކަންމަތީގައި

16 މާޗް 23:02

ޖުމްހޫރީ މައިދާނަށް އެއްވާން މަސައްކަތްކުރަނީ. -- ފޮޓޯ: ޝޯޝަލް މީޑިއާ

16 މާޗް 22:54

މުޒާހަރާގެ ބައިވެރިން ޖުމްހޫރީ މައިދާނަށް ޖަމާވާން މަސައްކަތްކުރަނީ.

16 މާޗް 22:48

އިދިކޮޅު ފަރާތްތަކުން މިހާރު މާލޭގައި ބާއްވާ އެއްވުން ހުއްޓުވަން ހަރަކާތްތެރިވާ އެސްއޯ ބައެއް ފުލުހުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

16 މާޗް 22:45

ރޭގެ މުޒާހަރާ އިން ހައްޔަރުކުރި މީހުން ދެންމެ ދޫކޮށްލުމުން ފޮޓޯއަކަށް ހުއްޓިގެން.

16 މާޗް 22:42

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ އިތުރުން ރޭގެ މުޒާހަރާ އިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި.

16 މާޗް 22:34

ފުލުހުން މުޒާހަރާގެ ބައިވެރިޔަކު ހައްޔަރުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

16 މާޗް 22:26

ޕްރެސް ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވީ ރާއްޖެއަށް ޖެހިގެން މި އުޅެނީ ފިކުރީ ހަނގުރާމައިގެ މުސީބާތް ކަމަށް.

16 މާޗް 22:24

އާޒިމާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަނީ ގާނޫނީ އިމުގެ ތެރެއިން ފުރުސަތު ދެވޭނެ ކަމެއް ނޫން ކަމަށް.

16 މާޗް 22:22

ޕީޕީއެމްގެ ޕްރެސް ކޮންފަރެންސްގައި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ސަރުކާރު ހިމޭނުން އޮތުމަކީ ނުކެރުމެއް ނޫން ކަމަށާއި ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރަނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށް. ގާނޫނާ ހިލާފަށް ހިންގާ ކޮންމެ ކަމެއް ވެސް ހުއްޓުވާނެ ކަމަށް އާޒިމާ ވިދާޅުވި.

16 މާޗް 22:19

މުޒާހަރާގެ ބައިވެރިއެއްގެ މޫނަށް ޕެޕަސްޕްރޭ ޖެހުމުން މޫނު ދޮންނަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

16 މާޗް 22:05

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިސާމް އާއި ޕްރޮގްރާމްސް ހެޑް އާމިރު ސަލީމް ހައްޔަރުކޮށްފި. އާމިރު ހައްޔަރުކުރީ ރާއްޖެ ޓީވީ ދޮރުމަތީ ހުއްޓާ ކަމަށް ރާއްޖެ ޓީވީން ބުނި.

16 މާޗް 22:00

މުޒާހަރާ ކަވަރުކުރަން ހަރަކާތްތެރިވާ ނޫސްވެރިން ފަހަތަށް ޖައްސަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

16 މާޗް 21:59

މަޖީދީ މަގުގައި، އަލިކިލެގެފާނު މަގާ ހިސާބުގައި މުޒާހަރާގެ ބައެއް ބައިވެރިން ތިބި އިރު މާވެޔޮ މަގާ ހިސާބުގައި ވެސް ބައިވެރިން އެބަ އުޅޭ.

16 މާޗް 21:52

ރޯކޮށްލި ކާރަށް ގެއްލުންވެފައި. ރޯކޮށްލިތާ ކުޑަ އިރުކޮޅެއްގެ ތެރޭ އަލިފާންގަނޑު ވަނީ ނިއްވާލާފައި

16 މާޗް 21:45

ޑރ. ޖަމީލްގެ ޓްވީޓް

16 މާޗް 21:44

ރައީސް ޔާމީން މަސައްކަތްކުރައްވަނީ ދީނީ ވާހަކަ ދައްކަވައިގެން، ޖަރީމާތައް ފޮރުވަން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރައީސް ޔާމީނަށް ފާޑު ވިދާޅުވެއްޖެ

16 މާޗް 21:40

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ފަޒީން ހައްޔަރުކޮށްގެން ގެންދަނީ

16 މާޗް 21:36

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ފަޒީން ހައްޔަރުކޮށްފި. އޭނާ ގެންދިޔައީ ބިޑި އަޅުވައިގެން

16 މާޗް 21:33

މަޖީދީމަގާ ގުޅިފައިވާ ގޯޅިތަކަށް މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސައި މަޖީދީމަގުން މުޒާހަރާގެ ބައިވެރިން ހުސްކުރަން ފުލުހުން އަންނަނީ މަސައްކަތްކުރަމުން

16 މާޗް 21:31

މުޒާހަރާގެ ބައިވެރިން މިހާރު ވަނީ މަޖީދީމަގުން ސީކްރެޓް ރެސިޕީ ރެސްޓޯރަންޓާ ހަމަޔަށް ފަހަތަށް ޖައްސާފައި. މީގެ އިރުކޮޅެއް ކުރިން ފުލުހުން ވަނީ މީހުން ދުރަށް ޖައްސަން ޕެޕަސްޕްރޭ ޖަހާފައި.

16 މާޗް 21:28

މުޒާހާރާގައި ބައިވެރިވި އެމްޑީޕީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްގެން ގެންދަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ

16 މާޗް 21:25

އަނެއްކާވެސް މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރުކޮށްފި

16 މާޗް 21:22

މުޒާހަރާގެ ބައިވެރިން އަންނަނީ މަޖީދީމަގު އަގޯރާ ކައިރިން ޕޭވްމަންޓް ކައިރީ ތިބެގެން ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން

16 މާޗް 21:15

މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވާ ބައެއް ފުލުހުން މަގުމަތީ މަޑުކޮށްލައިގެން

16 މާޗް 21:13

މުޒާހަރާ ހުއްޓުވަން ނިކުމެ ތިބި އެސްއޯ ފުލުހުންގެ ބައެއް މީހުން ތިބީ މޫނު ނިވާކޮށްގެން.

16 މާޗް 21:10

ޝީލްޑް ހިފައިގެން ތިބި ފުލުހުން މިހާރު ވަނީ މަޖީދީމަގުން ހުޅަނގަށް ފަހަތަށް ޖެހިފައި. މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާގައި އެބަތިބި

16 މާޗް 21:09

ފުލުހުން މުޒާހަރާގެ ބައިވެރިޔަކު ހައްޔަރުކޮށްގެން ގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

16 މާޗް 21:06

މުޒާހަރާ ރޫޅާލުމުގައި ބައިވެރިވާ ބައެއް ފުލުހުން މިރޭ ތިބީ މޫނު ނިވާކޮށްގެން. އެހެން ރޭތަކާ ޚިލާފަށް މިރޭ ފުލުހުން ދަނީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރަމުން. ލަފާކުރެވޭ ގޮތުން މިހާތަނަށް ވިއްސަކަށް މީހުން ހައްޔަރުކޮށްފި

16 މާޗް 21:04

އިސްލާމީ މަރުކަޒު ކައިރީ އޮންނަ ޕާކިން ޒޯނުގައި އޮތް ކާރެއްގައި ރޯކޮށްލާފައި

16 މާޗް 21:03

އިސްލާމީ މަރުކަޒު ކައިރީ އޮންނަ ޕާކިން ޒޯނުގައި އޮތް ކާރެއްގައި ރޯކޮށްލައިފި. މިހާރު ވަނީ އަލިފާން ނިއްވާލާފައި. މިއީ ކިހިނެއް ހިނގި ހާދިސާއެއް ކަމެއް އަދި ނޭނގެ

16 މާޗް 21:02

މިހާތަނަށް 10 ވަރަކަށް މީހުން ހައްޔަރުކޮށްފި ކަމަށް، އެތަނުގައި ތިބި ނޫސްވެރިން ލަފާކުރޭ

އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދާ "ހުއްޓުވާ" މުޒާހަރާ މަޖީދީމަގުގައި ފެށުމާ އެކު، ފުލުހުން އިންޒާރު ދީ ބަޔަކު ހައްޔަރުކޮށްފި އެވެ.

ސަރުކާރުގެ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވުމުގެ ނަމުގައި ކުރާ މުޒާހަރާއަށް، މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ކަންމައްޗަށް މީހުން އެއްވާން ފެށުމާ އެކު ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދަށް ޝީލްޑާ އެކު ގޮސް މުޒާހަރާގެ ބައިވެރިންނަށް ވަނީ ހުރަސްއަޅައިފަ އެވެ. މުޒާހަރާ ކުރިއަށް ނުގެންދިއުމަށާއި ފުލުހުންގެ އެންގުމަށް ތަބާނުވެ އެ ތަނުގައި ތިބޭ ނަމަ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާނެ ކަމަށް ފުލުހުން ތަކުރާރުކޮށް އިންޒާރު ދިނެވެ.

119 ކޮމެންޓް, 224 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 4%
icon angry icon angry 65%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންއަމާ

18 March 2018

މާލޭގަ މުޒާހަރާ ކުރާތީ ކައްޕި ނުނިދި ކުޑަކަކޫ މައްޗަށް ތިރިވެ ފުރޮޅެނީ އިތުބާރު ކުރެވޭ އެކަކު ނެތް ދެން އަތްޖަހާ

The name is already taken The name is available. Register?

ކަދުރޫ

17 March 2018

ރޭގަ ފުލުހުންނަށް އިތުބާރުނުކުރެވޭތީ ސިފައިންގެ ބަޔަކު ކައްޕި ފޮނުވީ

The name is already taken The name is available. Register?

ސަބްނަމް

17 March 2018

ކާނަލް ތިޔައީ ވެސް ޕާޓީއެއްގެ ވެރިޔެކޭ ދޯ< ހިނިއާދޭ

The name is already taken The name is available. Register?

ޜަބަރު

17 March 2018

މިހާރުނޫހުގައި ލިޔަނީ އެހެންގޮތަކަށް! އެނޫސް ކިޔާލިއިރު ހީވަނީ ވެއްޓިއްޖެހެން!

The name is already taken The name is available. Register?

ރަށުބޭބެ

17 March 2018

މަގޮލާ ހީކުރީ ދެން ވެއްޓުނީ ކަމަށް. ރާއްޖެ ޓީވީ އަދި ވިލާ ޓީވީ އިން މައިދާން ފުރިފައޭ ބުނެގެން އަދި ސޭޓު ދާސޭ ބުނީމަ މިދިޔައީ، އެތާގަ ބުޅަލެއްވެސް ނެތް ފަޅުވެފަ އޮތް ތަނެއް އޮތީ. އެއްކަލަ ޗެނަލް13 ގެ މަންޖެ ހުރީ. ސަހަރޯ މަހިއެއް ނުކުރަން މިވަރުގެ ބައެއް ކަމަށް. އެރޮޒޭ އާ މާރިއާ އާ ފިއެސްޓާ މެންގެ ބަހަށް ހެއްލިގެން ނިދި ނަގާލާފަ މިދިއައީ ޔާމީން ވެއްޓުނު ތަން ބަލަން. ކަލޯގެޔާ މަ ފެރީން މިކަނޑާލީ، ވައްސަލާމް. އަލްހަމްދުލިއްލާހި

The name is already taken The name is available. Register?

އެކްސް

17 March 2018

މިކަހަލަ ފިނޑިން ގަޓޭ ގަޓޭ ކިޔާފައި ވާހަކަ ދެއްކުމުން އަހަރެމެން ގަންނަނީ ލަދު.

The name is already taken The name is available. Register?

ހޮޓްކިންގ

17 March 2018

ރޭވެސް އެއްވިމީހުންގެ ތެރޭނެތް އެމްޑީޕީގެ ކުރީސަފްގައިވާ އެކަކުވެސް ފެންނަން. ނުވިތާކަށް ދަންނަ މީހަކުވެސް ނެތް. ހުރިހާ ކެއްސެއް މިލިބުނީ މަށަށް. ދުވަންޖެހުނީ ފައިވާންގަނޑުވެސް ވީތަނެއް ނޭނގޭ.

The name is already taken The name is available. Register?

ބޮޑު ވަގު

17 March 2018

ކަލޯ މީ ހަމައެކަނި އެމް، ޑީ، ޕީ އިސްސަފުގަ ޢުޅޭ މީހުންގެ ޤައުމެށްނޫނޭ. ރޭގެ މުޒާހިރާއިން ވެސް އެފެނުނި ދިވެހި ރައްޔިތުން. ހަޖަމް ޕުލީޒް

The name is already taken The name is available. Register?

ނޫން

17 March 2018

ރަގަޅު ރަތްޔިތުން އެކެމަކު ވަކިފިކުރަކަށް ތަބާވާ ވަކި އެޖެންޑާއެއްގެ ބައެއް އުޅުނީ އައުގުރާން ގޮވަގޮވާފަ

The name is already taken The name is available. Register?

ގޮނާސަކް

17 March 2018

މާލޭގައި އެމްޑީޕީން ބޮޑު ސޯޅައިގައި ޖެއްސި މުޒާހަރާ އަކީ އެއީ ސީދާ މުތުލަޤު ލާދީނީ ކަންކަން މިގައުމުގައި އަށަގަންނަވަން ބޭނުންވާ އީޔޫ އަށް ދައްކަން ވެގެން އެމެން ޖެއްސި ދަ ލާދީނީ މުޒާހަރާ އެކެވެ.

The name is already taken The name is available. Register?

ޖައްސަބަލަ

17 March 2018

މާލޭގައި ކުރާ މުޒާހަރާ ތައް ހުއްޓުވޭނެ ސަރުކާރުން ހުކުރެއް ހޮނިހިރެއް ނުބަލާ މާލެ ސަރަހައްދުގެ އެކި އެކި ތަރައްގީ ގެ މަޝްރޫއު ތައް އިއުލާން ކޮށް މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ މީހުންނަށް މާލެ ސަރަހައްދުން ބިން ދޭން މަސައްކަތް ކޮށް އެކަން ކަން އިއުލާން ކޮށްބަލަ. އެއިރުން ޔަގީން ބަދަލު އަންނާނެ ކަން ރާއްޖޭގެ ސިޔާސީ މައިދާނަށް. ޔަގީން ކަށަވަރު ބަދަލު އަންނާނެ ކަން.

The name is already taken The name is available. Register?

ބަލާތި

17 March 2018

އެއްވެ އުޅުމުގެ ގާނޫނާއި ޚިލާފަށް މުޒާހަރާ ކުރަން މިދުވާ ގިނަ މީހުންނަކީ އެއީ ކެނެރީގެ ނަޝީދުގެ ތިމާގެ މީހުން ދެން އޭނާގެ ވެރިކަމުގައި ކޮރަޕްޝަންގެ ދަށުން ދައުލަތުގެ މާލިއްޔާ ދަވާލި މީހުންނެވެ. ކަން މިހެން ހުރުމުން އެމްޑީޕީގެ ޕީޖީ ގްރޫޕް ވެސް މިކަން ދަނެގެން އެބަޖެހޭ އެމްޑީޕީގެ ލީޑަރޝިޕް އިން ކެނެރީގެ ނަޝީދު ދުރުކުރަން އަދި އޭނާގެ ސެކްރެޓޭރިއެޓް ވެސް ވަޒީފާ އިން ވަކިކޮށްލަން. ގައުމެއްގެ އިދިކޮޅު ސިޔާސީ ޕާރޓީ އެއް ނުހިންގޭނެ އެ ޕާރޓީގެ ބޮޑޭގެ ސެކްރެޓޭރިއެޓް އަކަށް އީގޯ ސިންޑްރޯމް ޖެހިފައި ތިބި ކްރޭޒީ މީހުން ތިބެގެން. އެއީ ވާނެ ކަމެއް ނޫނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454