ޚަބަރު / ކުއްލި ނުރައްކަލުގެ ހާލަތު

މުޒާހަރާއިން 141 މީހަކު ހައްޔަރުކުރި: ފުލުހުން

ރޭގެ މުޒާހަރާއިން މީހަކު ހައްޔަރު ކުރުމަށް ގިނަ އަދަދެއްގެ ފުލުހުން މަސައްކަތް ކުރަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސަރުކާރާ ދެކޮޅަށް ރޭ އޮތް މުޒާހަރާގައި ޖުމްލަ 141 މީހަކު ހައްޔަރުކުރި ކަމަށާއި އެކަމަކު މި ވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 139 މީހުން ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.

ފުލުހުން މީޑިއާ އޮފިޝަލަކު ވިދާޅުވީ 115 ފިރިހެނުންނާއި 26 އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ފުރަތަމަ ގެންދިޔަ ކަމަށެވެ. ނަމަވެސް މިހާރު ހައްޔަރުގައި ތިބީ 113 ފިރިހެނުންނާއި 26 އަންހެނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅު ހަރަކާތުގެ އެއް ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ސޯލިހު (އިބޫ) ވެސް ހިމެނިވަޑައިގަނެ އެވެ. އޭނާ ހައްޔަރުކުރީ ޖުމްހޫރީ މައިދާނުގައި ހުންނަވަނިކޮށެވެ.

އިބޫގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީ މެމްބަރު އަލީ އާޒިމާއި ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސެން މުހައްމަދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ،

މިއީ މޭ 1، 2015 ގައި މާލޭގައި އޮތް ބޮޑު މުޒާހަރާއަށް ފަހު އެންމެ ގިނަ އަދަދަކަށް މީހުން ހައްޔަރުކުރި އެއްވުމެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ އެއްވުމަށް ގިނަ އަދަދެއްގެ ބަޔަކު، މާލޭގެ އެކި ސަރަހައްދަށް ޖަމާވި އެވެ.

ސަރުކާރުގެ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވުމުގެ ނަމުގައި ކުރި މުޒާހަރާއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި ތަން ފެނުނެވެ. އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނެ އެވެ.

ރޭގެ މުޒާހަރާއިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ރޭ ނުވަ އެއް ޖަހާކަންހާއިރު މަޖީދީމަގު، ޗާނދަނީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިން މުޒާހަރާ ފެށުމުގެ ކުރިން ވެސް މޫނު ނިވާކޮށްގެން ތިބި އެސްއޯ ފުލުހުން ގެންދިޔައީ މީހުން ހައްޔަރުކުރަމުންނެވެ. އެކަމަކު އެއްވި މީހުން ގިނަވި އެވެ. އަދި ފުލުހުންގެ ހަރަކާތްތައް ވެސް އިތުރުކުރި އެވެ. އޭގެ ތެރޭގައި ޕެޕަ ސުޕްރޭ ޖަހައިގެން އާންމުން ފަހަތަށް ޖެއްސުން ހިމެނެ އެވެ.

މަޖީދީމަގުގައި އޮތް އެއްވުން ރޫޅާލުމުން ބައިވެރިން ދެން މިސްރާބު ޖެހީ ޖުމްހޫރީ މައިދާނާ ދިމާއަށެވެ. ސިފައިން ވެސް ބަލަހައްޓަމުން ދިޔަ އެ ސަރަހައްދަށް އެއްވި މީހުން ގިނަވެ، މައިތިރިކުރަން ޖެހުނީ ކަރުނަ ގޭސް ބޭނުންކުރާށެވެ. މިއީ 2015 ގެ ފަހުން އާންމުންނާ ދެކޮޅަށް ކަރުނަ ގޭސް ބޭނުންކުރި ދެ ވަނަ ފަހަރެވެ. ފެބްރުއަރީ 1 ގެ ސުޕްރީމް ކޯޓުގެ އަމުރަށް ފަހު އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވި މީހުން ފޮނުވާލީ ވެސް ކަރުނަ ގޭސް ޖަހައިގެންނެވެ.

މި މުޒާހަރާގައި އާންމުންނަށް އެކި އަނިޔާތައް ލިބުނެވެ. އަދި ފުލުހުން ބުނާ ގޮތުގައި ފުލުހުންގެ މީހަކަށް ވެސް އަނިޔާވި އެވެ.

މުޒާހަރާގައި ހައްޔަރުކުރާ މީހުންގެ ވަކީލެއްގެ ގޮތުން އުޅުއްވާ ބޭފުޅަކު ވިދާޅުވީ ރޭ ހައްޔަރުކުރި މީހުންގެ އަދަދު ފުލުހުން މިހާތަނަށް ސާފުކޮށްދީފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ބަލަމުން މިދަނީ އެކަން ސާފުވޭތޯ،" ވަކީލަކު ވިދާޅުވި އެވެ.

99 ކޮމެންޓް, 176 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 1%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހަންމަދު އަޒުމީލް

17 March 2018

2 މީހުން މަރުވީތޯ އެމީހުންނަން ކިހިނެއްތޯ ހެއްދެވީ

The name is already taken The name is available. Register?

ފާތުން

17 March 2018

މީގެން އެނގެނީ ރައްޔިތުން ބިރުފަހަނައަޅާ ގޮއްސަ ތިބިކަން. ދެން މާތްﷲގެ އިރާދަފުޅުން ޤާނޫނު އަސާސީ ހިމާޔަތްކުރަން ނުކުންނަ މީހުންގެ އަދަދު ދާނީ ގިނަވަމުން.

The name is already taken The name is available. Register?

ޑާޑާޑާޑާ

17 March 2018

އެކަމަކު މަމެންގެ އަދުރޭ ބުނި ވިއްސަކަށް މީހުނޭ މުޒާހަރާއަށް ދިޔައީ..

The name is already taken The name is available. Register?

ޔޯޔޯ2018

17 March 2018

މިދާ ގޮތުން 25 ބުރީގެ ޖަލެެއްވެސް ދޫނިދޫގައި އަޅަންޖެހޭނެ، މިވެރިކަން ދަމަހައްޓަން!

The name is already taken The name is available. Register?

123

17 March 2018

އަހަރެމެން ހާސްވާން ޖެހޭނީ 150000 މީހުން ނުކުތުމުން. އޭގެ ދަށުގެ ކޮންމެ އަދަދަކީ މައިނޯރިޓީ. ޑިމޮކްރަސީ އިޒް މެޖޯރިޓީނު ދޯ.

The name is already taken The name is available. Register?

6543

17 March 2018

ކިތަންމެ މީހަކު ދިޔައަސް ވީކަމެއް ނެތް. ރޭގަނޑުގެ ނިދިން މަހުރޫމްވެ ފަތިސް ނަމާދު ވެސް ގެއްލޭނީ. ރައީސް ޔާމީން އެހުންނެވީ ޝާނާޝައުކަތުގަ.

The name is already taken The name is available. Register?

ދެން އަތްޖަހާ

18 March 2018

މާތް ﷲ ވޮޑިގެންވަނީ ކެތްތެރިން ނާއެކު، އިސަލާމީ ތާރީޙް އެކަމަށް ހެކިދޭ، އެތަށް އަހަރުތަކެއް ވަންދެން ހަނގުރާމަކޮށް ކާމިޔާބު ކޮށްފަިވާކަންވެސް އެނގެންއޮވޭ، އޯވަރ ނައިޓްއަކުން ކަންކަން ވާނެކަމަށް ޤަބޫލްކުރާނީ ނުވިސްނޭ މީހުން.

The name is already taken The name is available. Register?

ޝޭޕް އޮފް ވޯޓަރ

17 March 2018

ބަންދުކޮށްގެން ތޮއުޅޭ އެންމެނަށް ބަރާބަރަށް ފެން ދޭތި، މިޔޮށް ހޫނު ދުވަސްވަރު.

The name is already taken The name is available. Register?

ތުނިޔަ

17 March 2018

ޢަދުރޭ ބުނި ވިއްސަކަށް މޮޔައިންނޯ އެތަނަށް ދިޔައީ! ޢަދުރޭ ނޫނީ ދެންތިބެނީ ހުސް މޮޔައިންނާއި ކާފަރުން... އެއްމެ މަޖާކަމަކީ މޮޔައަކު އަޑެއް ލައްވާލިޔަސް މިވެރިން ގުޑުގުޑު އަޅާތީ!

The name is already taken The name is available. Register?

Yoosuf Fulhu

17 March 2018

މޮޔައިން ދެންތިބި ހަމަޖެހޭ މީހުންނަށް ގޯނާކޮށް ގެއްލުން ކޮށްފާނެތީ ފިޔަވަޅު އަޅަންޖެހޭ...މޮޔައޭ ކިޔާފައި ބޭނުންހާ ކަމެއް ކުރަން ދޫކޮށްލައިގެން ނުތިބެވޭނެ.

The name is already taken The name is available. Register?

އަބްދު

17 March 2018

އަދުރޭ ރޭގެ ޕްރެސް ކޮންފަރެންސްގައި ބުނީ އެއްވެގެން އުޅެނީ 150 މީހުންނޯ، އަހަރުމެން ކޫލް އޭ... މިވީގޮތުން ބާކީ 9 މީހުން ތިބޭނީ އިދިކޮޅުގައި... ލޮލް.. ކަރުނަ ގޭހަށް އޮތް ބިރު ކުޑަކަން ދައްކާފަ އޮންނާނީ ރޭގަ.. އަދިވެސް ކުރިއަށް ދާނަން... ވެއްޓޭނެ

The name is already taken The name is available. Register?

Yoosuf Fulhu

17 March 2018

ކަރުނަގޭހަށް ހުރި ބިރުކުޑަކަން ދައްކާކަށްނޫން ރޭގަ މުޒާހަރާކުރީ...ވެރިކަން "ހުއްޓުވަން" ކުރީ...އެކަމެއް ނުވި...ވައިވެގެން ދިޔައީ.

The name is already taken The name is available. Register?

ޙަސަން

17 March 2018

ޢެކަމަކު އަދުރޭ ބުނަނީ މުޒާހަރާ އަށް ދިޔައީ ވިއްސަކަށް މީހުން ކަމަށް..

The name is already taken The name is available. Register?

އަލީޓް

17 March 2018

ވީ ގޮތަކީ ހައްޔަރު ކުރާށޭ އޮތީ އަންގާރަ ދެން އެހެންދާމީހުންނާ ފިހާރަތަކުގެ ތިބޭސޭލްސް ގާލްސްއާ ބޮންދުންނާ ޗައިނާ ބަޔަކު ވެސް ގެންދެވުނޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454