މެންޗެސްޓާ ޔުނައިޓެޑުގެ މަޓިޗް އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
18 މާޗް 2018 - 08:58
މެންޗެސްޓާ (މާޗް 18) – އިނގިރޭސި އެފްއޭ ކަޕުގެ ސެމީ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް ފުރުސަތު ހޯދައިފި އެވެ.
ޗެމްޕިއަންސް ލީގުގެ ކަޓާފައިވާ މި ދެ ޓީމުގެ ތެރެއިން ޔުނައިޓެޑް ސެމީން ޖާގަ ހޯދީ ރޭ ކުޅުނު ކުއާޓާ ފައިނަލުގައި މެޗުގައި އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން 2-0 އިން މޮޅުވެގެންނެވެ. ޓޮޓެންހަމް ފުރުސަތު ހޯދީ ރަށުން ބޭރުގައި ސްވަންސީ ސިޓީ އަތުން 3-0 އިން މޮޅުވެގެންނެވެ.
އެލެކްސިސް ސަންޗޭޒާއި ޑޭވިޑް ޑެހެއާ އަދި ޕައުލް ޕޮގްބާ ފިޔަވައި ޔުނައިޓެޑުގެ މަޝްހޫރު ހުރިހާ ކުޅުންތެރިން ކުޅުނު މި މެޗުގައި އެ ޓީމަށް ކުރި ހޯދައިދިނީ 37 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ އެވެ. މި ގޯލް ޖަހަން މަގުފަހިކޮށްދިނީ ޔުނައިޓެޑުގެ ދެ ވަނަ ގޯލް 83 ވަނަ މިނެޓުގައި ޖަހައިދިން ނިމެންޏާ މަޓިޗެވެ. އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އޭޝްލީ ޔަންގެވެ.
ސްވަންސީ އަތުން ޓޮޓެންހަމް މޮޅުވި މެޗުގައި އެ ޓީމުން ވަނީ 11 ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. މި ގޯލް ޖަހައިދިނީ ކްރިސްޓިއަން އެރިކްސެން އެވެ. އެ ޓީމުގެ ތިން ވަނަ ގޯލް 62 ވަނަ މިނެޓުގައި ޖެހީ ވެސް އޭނާ އެވެ. ދެ ވަނަ ގޯލް ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކާމިޔާބުކުރީ އެރިކް ލަމޭލާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯންސްޓަރ
18 March 2018
މަރުހަބާ މެސީ
ރަދީފް
18 March 2018
މަރުހަބާ ޔުނައިޓެޑް.މަރުހަބާ ސްޕާސް.
ނިއުމާ
18 March 2018
މޮޅުވީމަ ސްޕާސް. ބަލިވީމަ ސްޕަޑްސް. ކިހިނެއް ޗަކޮއެ ޗަހަދަނީ