މިދިޔަ އަހަރުގެ ޖުލައި މަހު ރިޔާޒް ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ.
19 މާޗް 2018 - 14:06
ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ޕްރޮސެކިއުޓަރުން ކްރިމިނަލް ކޯޓުގައި އެދުނީ ކަމުގެ ހަގީގަތް އޮޅިގެންދާނެ ގޮތަށް ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
ރިޔާޒްގެ ވަކީލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ޕްރޮސެކިއުޓަރުން އެދިފައިވަނީ ކްރިމިނަލް ކޯޓަށް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ކަމަށްވާތީ އެކަމުގައި ބައިވެރިވި ފުލުހުންނާއި ޕްރޮސެކިއުޓަރުންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ކަމާ ބެހޭ ހުރިހާ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ.
"ގާނޫނާ ހިލާފަށް ހިންގާ ކަންކަމުގައި އެކި ގޮތް ގޮތުން ބައިވެރިވަމުންދާ ފަރާތްތަކުގެ އަމަލުތަކަށް ވުރެ، ގާނޫނުގެ ދުވެލި މާ ބާރުވާނެ ކަމާއި، އެ ފަރާތްތަކާ އަރައި ހަމަކުރުމުގައި ލަހެއްފަހެއް ނުވާނެކަން އިހުލާސްތެރިކަމާ އެކު ހަނދާން ކޮށްދެން،" ރިޔާޒްގެ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ވަކީލުންގެ ބަޔާނުގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒާ ބެހޭ ގާނޫނަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުން ސަސްޕެންޑް ނުކުރާ ގާނޫނަކަށް ވީ ނަމަވެސް، މަޖިލީހުގެ މެންބަރަކު ބަންދުކުރުމަށް އެ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއާތަށް، ރިޔާޒް ހައްޔަރުކުރުމުގައި އަމަލުކޮށްފައި ނުވާ ކަމަށެވެ.
ވަކީލުން ބުނެފައި ވަނީ ރިޔާޒް ބަންދުކުރުމުގެ ކުރިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައެއް ބަލަން ފަށައި، ވަކީލަކު އައްޔަން ކުރަން ފަސް ދުވަހުގެ ފުރުސަތެއް ދިން ނަމަވެސް، ގާނޫނީ ހަމަތަކުގެ މަތީން ފަސް ދުވަސް ހަމަނުވަނީސް، އިއްޔެގެ ވަގުތެއްގައި އިތުރު އަޑުއެހުމެއް ބޭއްވި ކަމަށެވެ. އަދި ދެ ދުވަހުގެ ތެރޭގައި ވަކީލަކު އައްޔަންކުރުމަށް އަންގައި، ޝަރީއަތުގެ އަޑުއެހުން ނިންމާލި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ވަކީލުންގެ އެ ބަޔާނުގައި ބުނެފައި ވަނީ އެ އެ އަޑުއެހުން ނިންމައި އެންމެން ދިޔަ ފަހުން އަލުން އިތުރު އަޑުއެހުމެއް ބާއްވައި ދައުވާ ކޮށްފައިވާ މައްސަލައާ ގުޅުވައި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުމެއް ނެތި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދި އެ ގޮތުގެ މަތީން ބަންދުގައި ބެހެއްޓުމަށް ގާޒީ އަމުރުކޮށްފައިވާ ކަމަށެވެ. އެ އަޑުއެހުމަށް ފަހު މިހާރު ރިޔާޒް ހުންނެވީ މާފުށީ ޖަލުގައި ކަމަށްވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޭރަ
20 March 2018
ތިޔަ ވަނީ ހަމަ ވާންވި ގޮތަށް. ބަލަ މިސޮރަށް ނޫންތަ ބޮޑު ބާގީ ކިޔާ ކުރިން ގޮވީ. މިހާރު މީވެސް ޤާޒީއެއް ދޯ. ނޫނޭ ވާ އެމްޑީޕީ މީހުންނަށް އެއްޗެއް ވިސްނޭނީ ކޮން އިރަކުން ބާ
ނުބައިހާނު
19 March 2018
އައިޕީޔޫ ވަފުދުގާތު ތިވާހަކަ ނުބުތާތި. ނިހާނު ބުނެފާނެ އެއީ ދޮގެކޭ. ރިޔާޒު ހުރީ ދޫކޮށްލާފައޭ. އެއީ ވަޔަލެންޓް ބޭފުޅެއްވެސް ނޫނޭ. ލޮލސް
ތަރަބެ
19 March 2018
ހުރިހާ ކަމެއްވެސް ދަނީ ރަސްގެފާނު އަންގަވާގޮތަކަށް
ރަދީފް
19 March 2018
މިހާރު ތަހުގީގު ކުރަނީ ވެސް އެމީހާ ، ޕްރޮސެކުޓްކުރަނީ ވެސް އެމީހާ ، ގާޒީ އަކީވެސް އެމީހާ ، ކަރެކްޝަނަކީވެސް އެމީހާ.އުއްތަމަ ފަނޑިޔާރަކީވެސް އެމީހާ.މިބުނީ ހުރިހާ ކަމެއް އޯކެސްޓްރޭޓް ކުރަނީ ހަމަ ''އެމީހާ''އޭ. އިފް ޔޫ އޯލް ނޯ ވަޓް އައި މީން. .ވ.ވެދުން
ރަދީފް
19 March 2018
*ޕްރޮސެކިއުޓް