ހއ. ގައި އެއާޕޯޓެއް ހަދަން ނިންމާފައިވާ މާފިނޮޅު: އެ ރަށް ހިއްކައިގެން އެއާޕޯޓެއް ހަދަން ސަރުކާރުން ވަނީ ނިންމާފައި.
20 މާޗް 2018 - 20:42
ހއ. މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމައި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައި ވަނިކޮށް އެ ރަށް ވަރުވާއަށް ދޫކުރަން އިއުލާނުކުރެވުނީ ޑޭޓާ ބޭސްގެ މައްސަލައަކުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.
ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި މާމި ސަރުކާރުން މާފިނޮޅުގައި އަޅާނީ އެއާޕޯޓެކެވެ.
Maafinolhu varuva ah dhookuran iulaan kuree database ge massala akun. Insha Allah misarukaarun Maafinolhuga alhaany airport.
— Mohamed Shainee (@mshainee) March 20, 2018
ޝައިނީ މިރޭ ކުރެއްވި ޓުވީޓު.
ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ 25 ރަށެއް ވަރުވާއަށް ދޫކުރަން އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ހއ. އަތޮޅުގެ ފަޅުރަށްތަކެވެ.
މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރަން ނިންމާފައިވާކަން އިއުލާން ކުރީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އަބްދުﷲ ޔާމީނެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ 21 ގައި ވިދާޅުވެފައި ވަނީ ހޯރަފުށި ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ. އަދި ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދު އާއި ނ. މާފަރާއި ގދ. މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކޮށް ނިމޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިތު
21 March 2018
ތިވާހަކަ ނުދައްކައި އެރަށް ރަގަޅު އަގަކަށް ވަރުވާއަށް ނެގިނަމަ
ޑޭންޖުރެސް
21 March 2018
އަބަދުވެސް... ހާލު... 2015ގަވެސް ތިޔަހެން ޑާޓާ ބޭސް އެރަރ އެއް އެރި.. އެފަހަރު ޓޫރިޒަމް މިނިސްޓްރީގެ ޑާޓާ ބޭސްއަށް