ސިފައިން: ސިފައިންގެ އެއްވެސް މީހަކު ބަންދުގައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވި-- މިހާރު ފޮޓޯ
21 މާޗް 2018 - 12:05
ސިފައިންގެ އެއްވެސް މީހަކު މިހާރު ބަންދެއްގައި ނުހުންނާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.
ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި ބޮޑީގާޑުންގެ ގޮތުގައި މަސައްކަތް ކުރި ސިފައިންގެ ތިން މީހަކު މި މަހު ހައްޔަރުކޮށް އެ މީހުން ވަނީ ސިފައިންގެ ވަޒީފާ އިން ވަކިކޮށްފަ އެވެ. އޭގެ އިތުރުން ބައެއް ސިފައިންގެ ފޯނު ވެސް އަތުލާފައިވެ އެވެ.
Naibu Raees Jihad ge bodyguard ge phone athulaifi
The most trusted news source in the Maldives
Mihaaru
ސިފައިންގެ މީހެއްގެ ފޯނު އަތުލުން--
ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި އިތުރު ގިނަ ސިފައިންތަކެއް ބަންދު ކުރި ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް އެމްއެންޑީއެފުން އެކަން ދޮގުކުރެ އެވެ.
އެމްއެންޑީއެފް މީޑިއާ މެދުވެރިކޮށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ސިފައިން ތިބީ ސަރުކާރު ދަމަހައްޓަން ސާބިތު ކަމާ އެކު ކަމަށެވެ.
ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ މީހަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން، ފެބްރުއަރީ 1 ވަނަ ދުވަހު ކުރި ހުކުމާ ގުޅިގެން އެރޭ މާލޭގައި ކަމެއް ހިނގާފާނެ ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެ ކަންކަން ހައްލު ކުރަން އަސްކަރިއްޔާ އިން ދިޔައީ ވަގުތުން ފިޔަވަޅުތައް އަޅަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހުރިހާ ސިފައިން ވެސް ތިބީ ސަރުކާރު ދަމަހައްޓަން ތައްޔާރުވެގެން ކަމަށާއި ސަރުކާރާ ދެކޮޅު ވިސްނުންތަކެއް ސިފައިންގެ ތެރޭގައި އޭރު ވެސް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެމްއެންޑީއެފްގެ އެއްވެސް ހިސާބަކުން އެއްވެސް ބޭފުޅަކު ސުވާލެއް ނުއުފައްދާ. އެއްވެސް ބޭފުޅެއްގެ މޫނު މައްޗަކުން އަޅުގަނޑުމެންނަކަށް މާޔޫސްކަމެއް ނުފެނޭ. ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ގައުމީ ޖޯޝްގަ." މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތްދޮޅި
21 March 2018
ސިފައިނގެ ބަނދެއްގައެއް ނޫނޭ ތިބީ ފުލުހުނގެ ބަންދުގައޭ ތިބީ ކާކަށްއޮޅުވާލަން އުޅޭ ބައެއްތަ
ތުނިޔަ
21 March 2018
ޢާދަން ޝަރީފުމެން ދައްކާ ވާހަކަ ޤަބޫލު ކުރާނީ އަދުރޭމެން!
ވާލުސޮރު
21 March 2018
މަވެސް މީ ސިފައިންގޭގަ އުޅެފަ ހުރި މީހެއް. މިނިސްޓަރ އަށް ގޮންޖަހާފަ ބުނަން ސިފައިން ފާޅުކުރާ ޚިޔާލަކާ ނުވަތަ ކުރާ (ގާނޫނު އަސާސީ ހުއްދަ) ކަމަކާ ގުޅިގެން ވަޒީފާ ނުގެއްލޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިއަދު ދިނަސް ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވާނެ ސަތޭކަ މީހުންވެސް ތިޔަ މުއައްސަސާއެއްގަ ނުތިބޭނެ. ކޮންމެ މުއައްސަސާ އެއްގަވެސް ގާނޫނުތަކާ ޚިލާފްވެ (ޖޯޝާއެކު) އަމިއްލަ އެދުން އިސްކުރާ މަދު ބަޔަކު ތިބެދާނެ އެއީ މުޅިން އެހެންކަމެއް.
ހަސަނު
21 March 2018
މުޅި ގައުމުގެ މާލިއްޔާގެ ބޮޑު ބައެއް ތިޔަ މީހުނަށް ހަރަދުކޮށްގެން މިއޮތްހާ ދުވަހު މި އުޅެނީ، ކޯއްޗެއްތޯ ބަދަލުގާ ރައްޔިތުންނަށް ލިބުނީ؟؟ އަޅަިދެން ބުނި ފުލެޓު ތަކަކާ، ކުޑަތަންކޮލެއް ބޮޑު ކުރި މުސާރައެއްގެ އަވައިގަ ގައުމު ގުރުބާންކޮށްފަ މިއޮތީ.... ބަޣާވާތެއްނޫން ގައުމަށް ގައްދާރުވުމަކީ އެއީ.. މިއަދު ރައްޔިތުުނގެ ހުރިހާ ހައްގެއްވަނީ ނިގުޅައިގަނެފަ...
ފެނޭރޭ
21 March 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
އަހުމަދުބެ
21 March 2018
ވ ރަނގަޅުވާހަކައެކެވެ. ސިފައިންގެ މީހަކު ޖަލުގައި ނެތެވެ. ޖަލުގައި ހުރީ ޓެރަރިސްޓުންނެވެ.
ހަސަނު
21 March 2018
ރައްޔިތުންނަށް އަނިޔާ ކުރަނީ ހުރިހާ ސިފައިން ހަމަ އުފަލުން ތިބެ؟
ޓަގެތް
21 March 2018
ސަިފައިންގެ ބޭކަލެއްގެ ނަމުގައި ބަންދުގައި ނުތިބޭނެތަ ވަޒީފާއިން ވަކިކުރީމާ. އެކަމުވެސް ....
ރައްޔިތުމީހާގެ
21 March 2018
ބަންދުކޮށްފައި ސިފައިންގެއިން ކަނޑާލީމަ ސިފައިންގެ މީހަކު ބަންދުގައި ނުހުންނާނެ. ރައްޔިތުންގެ އައިޑީ ކާޑު ބާޠިލުކޮށްފަ ބުނޭ ދިވެއްސަކުވެސް ބަންދަކު ނެތޭ. އަހަރެމެން ތިބޭނަން އަތްޖަހަން.
ދަތްގޯނި
21 March 2018
އޮފިސްތަކުން މިހާރު ރައްޔިތުންނަށް ދޭންއޮންނަ އެންމެ މުހިންމު މައުލޫމާތަކީ ތަނުގެ ކިތައް މުވައްޒަފުންތޯ ބަންދުގަތިބީ، ކިތައްމީހުންތޯ ހައްޔަރުކުރަން އުޅެނީ، ކިތައްމީހުންތޯ ހައްޔަރުން ދޫކޮއްލަނީ.