އަލަށް ހަދާ މަގުގެ ކުރެހުން.-- ޓްވިޓާ ފޮޓޯ: ހައުސިން މިނިސްޓަރު
21 މާޗް 2018 - 13:13
ތާރު އަޅައިގެން ހަދާ ބޮޑުތަކުރުފާނު މަގުގައި 450 އެއްހާ ގަސް އިންދަން ހަމަޖައްސާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ހަމައަށް ގަސް އިންދަން ހަމަޖައްސާފައިވާ ކަމަށެވެ. އެ ޓްވިޓާއެކު މިނިސްޓަރު ވަނީ އެ މަސައްކަތުގެ ކުރެހުމެއް ވެސް އާއްމުކުރައްވައިފަ އެވެ.
Approximately 450 trees to be planted on the new ring road to be constructed from Male Industrial Village to Mtcc ferry terminal (Boduthakurufaanu Magu development project). pic.twitter.com/5LGkvq8SYZ
— Dr.Mohamed Muizzu (@MMuizzu) March 21, 2018
މުއިއްޒު ކުރެއްވި ޓްވީޓް
މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ބްރިޖާ ހަމައަށް، ބޮޑުތަކުރުފާނު މަގު ފުޅާކޮށް މި މަހުގެ ތެރޭގައި ތާރު އަޅަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން އެ މަސައްކަތަށް ދެކުނު ސަރަހައްދުގައި ހުރި ގާޑިޔާތައް ނަގައި އެެހެން ސަރަހައްދުތަކަށް ވަނީ ބަދަލުކުރަން ނިންމައިފަ އެވެ.
ބްރިޖް ނިމެން ވާއިރަށް ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ނިމޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ. އަދި ބްރިޖުން ފެށިގެން އާޓިފިޝަލް ބީޗްގެ އުތުރުކޮޅާ ހަމަޔަށް އޮތް ބައި ވެސް ފުޅާކޮށް، ތާރު އަޅައިގެން ހެދުމަށް ނިންމާފައިވާ ކަމަށް ވެސް މުއިއްޒު ކުރިން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު
22 March 2018
ބޭންކް އޮފް މޯލްޑިވްސް އާ ދިމާވެސް އިތުރަށް ފުޅާކޮށް ޕާކިން ޒޯން އިތުރު ކުރުން ވަރަށް މުހިންމު މަސްވެރިންގެ ޕާކާއި ހަމައަށް. އަދި ވެސްޓް ޕާކުން ފެށިގެން މާރުކޭޓާ ހަމައަށްވެސް މަގު ފުޅާކުރުމުން ދުއްވާ އެއްޗެއްސައް ވަރަށް ފަސޭހަވާނެ.
ޑްރައިވަރ 5757
22 March 2018
ފާކިން ކުރާނި ރަގަޅު ނިޒާމެއް ނުދައްކާ ފާކުރާ ހުރިހާ ސަރަހައްދެއް ނެގީމަ އަހަރަމެން މި ދުއްވާ ކާރު ތައް ފާކުކުރާނި ހައުސިން މިނިސްޓްރީ ދޮރުމަތީ ތޯ. މިވެސް އަހަރީ ފީ އައި އިންސޫރެން ނުވިތާކަށް ތި ޖަހާ އިސްޓިކާއި އެއްކޮށް އަހަރެއްގެ މަށްޗަށް 20000ރ ހަރުކޮށްގެން ދުއްވާ ވެހިކަލު ތަކޭ.
ލައިސަންސް
22 March 2018
ކަލޭ ދުއްވާ އެއްޗެހި ގަންނައިރު ޕާރކުކުރަން ޖެހޭ ކަމެއް ނޭނގޭދޯ؟ ސަރުކާރުން ރާއްޖޭގައި ދުއްވާ ހުރިހާ އުޅަނދަކަށް ޕާރކިން ހަމަޖައްސަ ދޭނީ ކިހިނެތް..؟! ޕާރކިން ހަމަޖެއްސުމަކީ އުޅަނދުގެ ވެރިފަރާތުގެ ޒިންމާއެއް...!
ކުޅުދުއްފުށި
21 March 2018
ކުޅުދުއްފުށި މަގުތައް ހަނިކޮފައި މާލޭމަގުތަ ފުޅާކުރަނީ މިކޮންވަތަރު
ޢަބްދުﷲނާފިޒް
21 March 2018
މަގުފުޅާކޮށް ވަށައިގެން ތިނބުލިލިއަސް، މަގުތަކުގަ ދުއްވާ ވެހިކަލްތައް ޕާކުކުރެވޭނެ އިންތިޒާމެއް ހަމަ ނުޖެހެންޏާ ވަރަށް ކަޑަ، ނުދޭނަން ވޯޓެއް.
Ali fulhu
21 March 2018
މަގުތަކުގައި ޕާކިން ޒޯން ހަދާކަށް ނުޖެހޭ.ދުނިޔޭގެއެހެން ތަންތާވެސް މަގުމަތީ ގައެއްނޫން ޕާކުކުރަނީ.މާލޭ ހުރިާ ގެއެއްގެ ގްރައުންޑް ފްލޯ ޕާކުކުރެވޭ ގޮތަށް ހަދަންވީ.އޭރުން އެމީހެއްގެގޭގައި އެމީހެއްގެ ވެހިކަލް ޕާކުކުރެވޭނެ.އޭރުން ތިކަންވެސް ހައްލުވީ.
އިހުސާނު
21 March 2018
މިކަން ވެސް "ޕްލޭނާ އެއްގޮތަށް" "މުއިއްޒު" ނުވެ ނިމިގެން ދާނެކަމާމެދު ވަރަށްބޮޑަށް ޝައްކު
ޢަބްދުﷲނާފިޒް
21 March 2018
ބްރިޖް ނިމެން ވާއިރަށްތޯ، ނޫނީ ސައްބީސް ޖުލައި އަށްތޯ، ހަމަ އަހާލީ، މީގެ ކުރިން 26 ޖުލައި 26 ޖުލައި، ކިޔަކިޔާފަ މިހާރު އެއަޑު ކެނޑުނީމަ ހަމަ އަހާލާހިތްވީ، އަހުން މިހުންނަނީ ތިޔަ ބުރިޖުން ދަތުރު ކުރާހިތުން ކެއްމަދުވެފަ، ބުރިޖު ހެދުމުގެ މަސައްކަތުގަ އުޅޭ ދިވެއްސަކު 2017 ވަނައަހަރު އަޅުގަނޑު ގާތުބުނި، 2018 26 ޖުލައިއަށް ބްރިޖު ނިންމޭނެ ހަމައެއްވެސް ގޮތެއް ނޯންނާނެއޭ، އެމީހާ އެބުނީ ތެދެއްކަން މިހާރު ކޮންމެވެސް ވަރަކަށް ޤަބޫލުކުރެވޭ.
އަލިބެއްޔާ
21 March 2018
ކުރެހުމުގައިވާގޮތުން ހެންވޭރު ޕާކުގެ އުތުރާއި ހުޅަނގުމަގުގައި ހެދިފައިވާ ބޮޑެތި ގަސްތައް މިބުރުގައި ކަނޑާލާނެހެން ހީވަނީ. އެއީ ކުރެހުމުގައި މަގުގެ މެދުގައި އެއްވެސް ގަހެއް ނެތީމާ. އެބިޔަ ބޮޑެތި ގަސްތައް ކަނޑާލައިފިނަމަ އެހިސާބަށް ހިޔާލިބެންހުރި ގަސްތައް އެދިޔައީ. އެގަސްތައް ކަނޑާނުލާ ގަސްތަކުގެ ދެފަރާތުން ދެކޮޅަށް ދުއްވޭގޮތަށްވެސް މަގު ހެދޭނެ. އެކަމަކު މިތިމާވެއްޓާ ރައްޓެހި ސަރުކާރުން އެކަން އެގޮތައް ކުރާނެހެނެއް ހިޔެއްނުވޭ.
އަބޫ ކެޓް
21 March 2018
ރައީސްކަންދޭންވީ ޑރ.މުއިއްޒުއަކައްނު. މިސަރުކާރާދޭތެރޭ މީހަކު ރަނގަޅަށް ދެކޭކަމެއްވިއްޔާ އެކަމެއް ކުރަނީ މުއިއްޒުވިއްޔަ. ޕާކުތަކާއި ބުރިޖުވިއްޔަ މިސަރުކާރުގެ ތަރައްގީއަކީ....
ގަބުޅި
21 March 2018
ބުރިޖަށް އަރަން ފުރަތަމަ ދާންޖެހެނީ ޓީޖެޓީއަށްތަ؟
ފަރެސް މީހާ
21 March 2018
ފެންފޯއްރުއްކަނޑާކުދިންނާ ހަވާލުކުރޭ ތިކަން