މާލޭގައި ފުރަތަމަ ފަހަރަށް ހުޅުވާ ޕިއްޒާ ހަޓް ރެސްޓޯރަންޓް: މި ތަން އަންނަ ބުރާސްފަތި ދުވަހު ހުޅުވަން ވަނީ ނިންމާފައި.--ފޮޓޯ: ނިޝާން އަލީ /މިހާރު
24 މާޗް 2018 - 11:14
ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ޕިއްޒާ ހަޓާއި ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ)ގެ ރެސްޓޯރަންޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ޕިއްޒާ އުފެއްދުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނި، އެމެރިކާގެ ޕިއްޒާ ހަޓާއި ތެލުލި ކުކުޅުން މަޝްހޫރުކަން ހޯދާފައިވާ ކޭއެފްސީގެ ރެސްޓޯރަންޓެއް ހުޅުވަނީ އަމީނީމަގުގައި ހުންނަ މާލޭ ސްކެއާ (ގާކޮށި)ގަ އެވެ.
އަމީނީމަގުގައި ހުންނަ މާލޭ ސްކޮއާ ބިލްޑިންގައި ހަދާ ޕިއްޒާ ހަޓް ރެސްޓޯރަންޓް ކައިރިން މިއަދު ބަޔަކު ހިނގާފައި ދަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
ޕިއްޒާ ހަޓާއި ކޭއެފްސީ ރެސްޓޯރަންޓް ރާއްޖޭގައި ހިންގާ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭ ސްކެއާގައި އަމީނީ މަގަށް ވާ ގޮތަށް ހަދާ ޕިއްޒާ ހަޓްގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ރެސްޓޯރަންޓް އަންނަ ބުރާސްފަތި ދުވަހު ހުޅުވާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ 70 މީހުންގެ ޖާގައިގެ ރެސްޓޯރަންޓުން ވެސް ދުނިޔޭގެ އެހެން ޕިއްޒާ ހަޓް ރެސްޓޯރަންޓްތަކުން ވެސް ލިބެހުންނަ ރަހަތައް ލިބޭނެ ކަމަށެވެ.
"އަޅުގަނޑަށް އެނގޭ ރާއްޖޭގައި މީގެ ކުރިން މި ދެ ބްރޭންޑް ހުޅުވާފައި ނެތް ނަމަވެސް ދިވެހިންނަށް އާ ބްރޭންޑްތަކެެއް ނޫންކަން. މި ދެ ބްރޭންޑަކީ ވެސް ދިވެހިންގެ މެދުގައި ވަރަށް މަގުބޫލް ދެ ބްރޭންޑެއް. އެހެންވެ އަޅުގަނޑުމެން ރާއްޖެ އަންނަން ޝައުގުވެރިވީ ވެސް،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، ޕިއްޒާ ހަޓް ހުޅުވުމަށްފަހު ހަމަ އެ އިމާރާތުގައި ކޭއެފްސީގެ ރެސްޓޯރަންޓް ވެސް ވަރަށް އަވަހަށް ހުޅުވާނެ އެވެ.
ޕިއްޒާ ހަޓް ރެސްޓޯރަންޓާއި ކޭއެފްސީ ހުޅުވަން އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ދަނީ: މިއީ މި ދެ ބްރޭންޑްގެ ރެސްޓޯރަންޓް ރާއްޖޭގައި ހުޅުވާ ފުރަތަމަ ފަހަރު. --ފޮޓޯ: ނިޝާން އަލީ /މިހާރު
"ކޭއެފްސީގެ ރެސްޓޯރަންޓް މަސައްކަތް ވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި. ހުޅުވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާންކުރާނަން،" އޭނާ ވިދާޅުވި އެވެ.
މާލޭގައި ޕިއްޒާ ހަޓާއި ކޭއެފްސީ ހުޅުވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް އެ ދެ ބްރޭންޑްގެ ރެސްޓޯރަންޓެއް ހުޅުވަން ވަނީ ނިންމައިފަ އެވެ. އެކަމަކު އެ އެއާޕޯޓުގައި ރެސްޓޯރަންޓް ހުޅުވާ ކުންފުންޏާއި މާލޭގައި ހުޅުވާ ކުންފުންޏާ އެއްވެސް ގުޅުމެއް ނެތެވެ.
ވެލާނާ އެއާޕޯޓުގެ ވޯޓާ ފްރަންޓްގައި އަލަށް ހަދާފައިވާ ރެސްޓޯރަންޓް ބިލްޑިންގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްސީއެލް) އިން ޕިއްޒާ ހަޓާއި ކޭއެފްސީ ހުޅުވަނީ އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލްއާ ގުޅިގެންނެވެ. ނަމަވެސް އެއާޕޯޓުގައި ހަދާ އެ ދެ ރެސްޓޯރަންޓް ހުޅުވާނެ ދުވަހެއް އަދި ނުބުނު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުއާ
25 March 2018
ތިޔައީ އެއްވެސް އުފާވެރި ޚަބަރެއްނޫން. ތިޔަ ޒާތުގެ ފާސްފޫޑް ތައް ކައިގެން މުޅި ޔޫރަޕާއި އެމެރިކާގައި ފަލަބަލީގައި މީހުންނަށް ތަފާތު ނުރައްކާތެރި ބަލިތައް ވަނީ ޖެހިފައި. ތިޔަކަމުން ހިތްހަމަޖެހޭނީ ތިޔަ ބްރޭންޑްތަކުގެ ހައްޤުވެރިން.
ޖަޒްބާތު
24 March 2018
އަނެއްކާ ނިކަމެތިންގެ އަތުގަހުރި ރުފިޔާކޮޅު ދަމައިގަތުމުގެ ބާބެއް ފެށުނީ
ޖުނެއިދް
24 March 2018
ނުދިޔައީ މަކާ ނުފެލޭނެ ދޯ.. މޮޔަ ވާހަކަ ނުދައްކާ.. ކޮންމެކަމެއް ވިޔަސް މީގެ މީހުން ކަންތައް ހާދަ ބޮޑޭ
ލޮލްސް
25 March 2018
ކަންތައް ބޮޑުވާނެ ދޯ.. އޭނާގެ ނަމަކީ "ޖަޒުބާތު" ވިޔަ .... ލޮލް
ތިއޭ އެއްކަލަ
25 March 2018
އަޖައިބެއް ނުވާނެތަ. އަގު ބޮޑު ވިއްޔާ މިތަނަށް ނޭރީމަ ވީނު. ކާކުތަ ބުނީ މިތަނަށް އަރާށޭ. އަގު ކުޑަކޮށް ހުންނާނެ ހޮޓާތައް. އެތަން ތަނަށް އަރާނީ. މިތަނަށް ބޮޑެތި އަގު ބޮޑު ކާރުތައް ގެނައިމަވެސް ކައޭ ބުނާނަން ދޯ ރައްޔިތުން ފެލަން ވެގެން މޮޅެތި ކާރުވެސް ގެނެސްސިއޭ؟ ފްރެންޗައިސް އެއްޗެސް އަގު ބޮޑު ވާނޭ. އެގަންނަ ފެންވަރު ހުންނާނެ މީހުން ތިބޭނޭ. އެމީހުންނަސް ވެސް ތަނަވަސްކަން ލިބިފަ އެހުރީ މަސައްކަތް ކޮއްގެން. އެހެން ނޫން ނަމަ އަތުގެ ހުރިހާ އިގިލިތައްވެސް އެއްވަރުވީސް. ކިތައްމެ އަގު ބޮޑަސް މިތަނަށް އަރާނެ މީހުން. އަބަދު ފުރިބާރު ވެފަ އޮންނާނީ. ދެން ދުވަސް ކޮޅަކުން ދެން ބުނާނެ ސަރުކާރު ކަޑައޭ. ކީއްކުރަން އެޅި ތަނެއްހޭ؟ އެތާ ކާ އެއްޗެސް އަކީ ޖަންކް ފުޑްސް އޭ، ހަށިގަނޑަށް ގެއްލުން ވާނޭ. މީ ކަން ދާނެ ގޮތް. އަޅާލާ އެއްޗެއް ނޫން.
ވަތަން
24 March 2018
މީހުން އަތުން ދަރަންޏައް ރުފިޔާ ނަގއިގެންވެސް ތިތަނައް ދާން ބޭނުންވާ ކުދިން އެބައުޅޭ
ތުނޑު ހަސަން
25 March 2018
ފިރިހެނުން ފެލާލައިގެން އަދި ހައްދައިގެން ތިތަނަށް ކާންދާ އަންހެންކުދިންވެސް ވަރަށް ގިނަވާނެ.
ލޮލްސް
25 March 2018
ގަމާރު ފިރިހެނުން ހެއްދޭނެ ދޯ... ތިކަލަ ފިރިހެނުންނަނީ އަންހެނަކު ބަލާލިއަސް އާސުމާނަށް އަރާ މީހުންވިޔަ އެހާވެސް ... ލޮލް
ސަހަރޯ
24 March 2018
ކޮބާތަ އެފްޑީއޭ އާއީ ހެލްތު މީނީސްޓަރީ.. ދީވެހީންގެސީއްހަތައް މީފަދަ ތަންތަން ގީނަކޮއް އީސްތީހާރުކުރުމުގެ ނޭދެވޭ އަސަރަކާއީމެދު ބުނެލާނެ ބަހެއް ނެތްތޯއެވެ.. ނުނީ ކެމްފެއީނުގައީ މާ ބީޒީކޮއްއުޅުއްވަނީތޯ އެންމެން..
މަހަށްދާށޭ
24 March 2018
މާލޭގައި ޕިއްޒާ ހަޓް އަންނަ ބުރާސްފަތީގައި ހުޅުވަނީ، ކޭއެފްސީ ވެސް ވަރަށް އަވަހަށް ހުޅުވާނެ ނަމަ އެއީ ވެސް މަމެން ޕިންކީންގެ ވެރިކަމުގައި އެކަނި ނޫންތޭ އެކަން އެވަނީ. ދެން ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ކޮށްލާނީ އަސަރެކޭ ކުޅުދިޔާ ކޮށްލާ ކޮށްލާ ތިބޭ ދެން ތަމެން ތަމެންނަށް ރާއްޖޭގެ ވެރިކަން ނުލިބޭނެއޭ މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...
ައަހަރުމެން
24 March 2018
ނަށް އަދިވެސް ރަންގަޅީ މަސް މާރުކޭޓް މަތީ ހުންނަ ބޮޑު ހޮޓާ
އިންމަބޭ
24 March 2018
ރާއްޖެއަށް ޕިއްޒާ ހަޓް ނާންނަނީސް އެްތައް ޕިއްޒާއެއް އެބަހުރި. އެތައް ބަޔަކު ހޭބޯނާރާ ބޭނުންކުރޭ.. ޖްންކް ފުޑް ވާހަކައެއް ނުދައްކާ.. ކޮންމެ ކަމެއް ސިޔާސީ ކުރަންއުޅުންޔާ ކޮންމެވެސް މައްސަލައެއް ފެންނާނެ. އަދި އެންގޭތަ، ޕިއްޒާހަޓުގެ ޕިއްޒާގެ ކެލޮރީ ރާއްޖޭގެ އެހެން ހުރިހާ ޕިއްޒާ އަކަށް ވުރެން ކުޑަވާނެ އަދި ދުނިޔޭގަ ޖަންކް ފުޑް ކިޔަނީ ޑީޕް ފްރައް ކޮއްފަ ކެލޮރީ ގިނަ އަވަހައް ތައްޔާރުކުރާ ކެއުމައް. އެހެންވާމަ ހަގީގަތުގަ ޖަންކް ފުޑް އަކަށް ޕިއްޒާ ހަޓް ޕިއްޒާ ނުވެސްވާނެ.
ނިކަމެތި އަޅާ
24 March 2018
އަދުގެ އިންސާނާ ހޭބޯނާރާ މިއުޅެނީ އޭނާގެ ހަށިގަނޑުގެ ބޭނުންތައް ނުފުއްދިގެން. އެހެންވެ ނަން މަޝްހޫރު ކެއުމަށް އޭނާ ދެވިހިފުމުން އަޖާއިބެއްނުވޭ. އެއީ ކުރިއެރުމާއި ތަރައްޤީނުންކަން އެނގޭނެ ތިމާ މަރުވުމުން
އިންމަބޭ
24 March 2018
މަސައްކަތް ކުރީމަ ރިޒްގު ލިބެނީ.. ނިކަމެތިކަން ފިލުވޭނި އަމިއްލައަށް އުޅެގެން.. ﷲ އަޅުތަކުން އުފެއްދެވީ ނިކަމެތި ބައެއް ގޮތުގައެއް ނޫން
މަޒީޚު
24 March 2018
ކުރީއެރުމަ ތަރައްގީ މީލީބެނީ ކޮލެސްޓޮރޯލް ގީނަ ބާވަތުގެ ކާތަކެޗައް ދީވެހީން ހީއްޖައްސުވައީގެން ކަމުގައީ މީސަރުކާރުން ދެކޭހެން ހާދަ އެބަ ހީވެޔޭ.. ތީޔައީ ދަރުމަވަންތަ ހޮސްޕީޓަލައް މުސްތަގުބަލުގައީ ހާޓްޕޭޝަންޓުން އީތުރުކޮއް މާކެޓް ކުރުމައް ކުރާ މަސައްކަތެއް ދޯ..
އަބޫ ކެޓް
24 March 2018
ކީއްވެގެންބާ މާލޭގަ ހުޅުވާތަނުގެ ދިވެހި ޕާޓްނަރަކީ ކާކުކަންމިނުބުނީ؟
ނުޖެހޭދޯ
24 March 2018
ކަލޭ ހަސަދަ ވާނެ ކަމެއް ނެތް، ހިތްވަރު ހުރިއްޔާ ރަންގަޅު ބްރޭންޑެއް ހޯދައިގެން ގެނެސް ބަލަ ރާއްޖެ އަމިއްލައަށް، މީހަކު ކަމެއް ކުރީމަ ނުތެޅެބަލަ، އަމިއްލައަށް ކަންތައް ކުރަން ދަސްކޮއްބަލަ
1234
24 March 2018
ކޮބާ މެކް ޑޮންލްޑްސް....؟ އަދި އަންނާނެދޯ!