ނޭޝަނަލް ނެޓްވޯކް އޮން ސްކޫލް އެސެސްމަންޓްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
26 މާޗް 2018 - 12:51
ސްކޫލުތަކާއި ކުޅިވަރުގެ މައިދާނުގައި ދަރިވަރުން ހޯދަމުން އަންނަ ކާމިޔާބީތަކުން ތައުލީމީ ދާއިރާ ކުރިއަރަމުން އަންނަނީ ރަނގަޅަށް ކަން ޔަގީންކޮށްދޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އެސެސްމަންޓް އޮފް ސްކޫލް ނެޓްވޯކް ޓީމްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް މާބްލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އާ މަންހަޖާއެކު ދަރިވަރުންގެ ކިޔެވުމާ ގުޅޭ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނަ ކަން ރާއްޖޭގެ ހުރިހާ ސްކޫލަކުން ވެސް ފެންނަ ކަމަށެވެ. އެކަން ދަރިވަރުންގެ ނަތީޖާ އިން ފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ސްކޫލު އެސެސްމަންޓް ނެޓްވޯކުގައި ހިމެނެނީ 15 ބޭފުޅުންނެވެ. އެއީ އެޑިއުކޭޝަން މިނިސްޓްރީ އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންުޔޫ) ގުޅިގެން ހިންގި މާސްޓާސް އޮފް އެޑިއުކޭޝަން އެސެސްމަންޓް ކޯހުގެ ފުރަތަމަ ބައިވެރިންނެވެ.
ސްކޫލްތަކާއި ގޭގެ މާހައުލުން ދަރިވަރުންގެ އުނގެނުމަށް އަސަރުކުރާ ކަންތައްތަކާއި އެކަންތަކުން ދަރިވަރުންގެ ނަތީޖާއާ ގުޅުން ހުރި މިންވަރު ދެނެގަނެވިފައިވާ ކަމަށް ވެސް އާއިޝަތު ޝިހާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ 2003 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސްކޫލުތަކުގައި ޑައިގްނޯސްޓިކް ޓެސްޓުތަކެއްގެ ގޮތުގައި އެސެސްމަންޓް ތަކެއް ހެދި ކަމަށެވެ. އޭރު އެސެސްމަންޓް ހެދީ އެކި އަހަރު އެކި މާއްދާތަކަށް ކަމަށާއި އާ މަންހަޖާއެކު 2014 ވަނަ އަހަރުން ފެށިގެން ސްކޫލުތަކުގައި އިސްލާމާއި ދިވެހީގެ އެސެސްމަންޓުތައް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (މ) އަދި މިނިސްޓަރުގެ ނައިބު ޑރ. މުހުސިން (ވ-3). ނޭޝަނަލް ނެޓްވޯކް އޮން ސްކޫލް އެސެސްމަންޓްގެ މެމްބަރުންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
"މި ނޭޝަނަލް އެސެސްމަންޓުގައި ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާއިން ދަނީ އިމްތިހާނު ކުރެވެމުން. އެސެސްމަންޓުގައި ހިސާބު، އިނގިރޭސި އަދި ދިވެހި ބަހުން ގްރޭޑް 4 އަދި 7ގެ ދަރިވަރުންނަށް ހާސިލްވެފައިވާ މިންވަރު ދެނެގަތުމުގެ އިތުރަށް ދަރިވަރުން ހޯދާ ނަތީޖާ އަށް އަސަރުކުރާ ފަދަ ބައެއް ކަންތަކަށް ހޯދައި ދަރިވަރުންގެ ނަތީޖާއާ މިފަދަ ކަންތަކާ ގުޅުން ހުރި މިންވަރު ހޯދިފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އެފަދަ އިމްތިހާނުތަކުގެ ނަތީޖާއިން ތައުލީމީ ދާއިރާގެ ކަންތައްތައް ރާވައި ނިންމުންތައް ނިންމަން ފަސޭހަވެގެންދާ ކަމަށާއި ފެންވަރު ރަނގަޅު ތައުލީމެއް ދިނުމަށް ސްކޫލުތަކުގެ އަމާޒު ބަދަލުވެ މުވައްޒަފުން ޒިންމާދާރު ކުރަން މަގުފަހިވެގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭލެވެލް
26 March 2018
އެހެންތާ ވާނީ. އޭލެވެލްގައި ހަދާ 6 މާއްދާގެ އޭ2 ދެސެޝަނަށް ބަހާލައިގެންވިއްޔަ މިހާރު ހަދަނީ. އަނެއްކޮޅުން 'ސޮފްޓް" އޭލެވެލްގެ މާއްދާތައްކަމަށް ދުނިޔޭގެ ޔުނިވަރސިޓީތަކުން ޤަބޫލުކުރާ އެކައުންޓިންގްއާއި ބިޒްނަސް ސްޓަޑީސް ބިޒްނަސް ސްޓްރީމްގެ ކޮމްޕަލްސަރީ މާއްދާތަކުގެ ގޮތުގަ، އޮވެ އެހެން އިމްތިހާނު ހެދޭ ގޮތް ވީމަ ކިހާ ރަގަޅު ނަތީޖާ ނެރޭނެ؟ އެކަމަކު އޭ2 ގެ މާއްދާތައް ދެސެޝަނުން ނިންމާ ކުދިން ވިސްނާތި ޓޮޕް ޔުނިވަރސިޓީތަކުގެ އެންޓްރީ ރިކުއަމަންޓެއް އެއީ އޭ2 ގެ އެއްސެޝަނުން މާއްދާތައް ނިންމުން. ރަނގަޅު. ރަނގަޅު.
ދަރިވަރު
26 March 2018
އެއްކޮ ކަޑާ ގުނަކުރަން ކަލްކިއުލޭޓަރުން ނޫނިއްޔަކާނޭގެ ދެންތިބުނާ ކުރިއެރުމަކީ ކޮބާ! މިސަރަހައްދުގައިވެސް ހިސާބަށް އެންމެ ދަށް ޤައުމަކީ ރާއްޖެ!
ޓީޗަރުގެ ފިރިމީހާ
26 March 2018
ބަލަ މިސްރާބު ރަނގޅު ވުމަކީ ޓީޗަރުން ލައްވައި އެއް މަސައްކަތެއް އެތަށް ފަހަރަކު ބޭކާރު ގޮތުގައި ކުރުވުންތޯ؟ ތި ހަދަން އަންގާފައިވާ ގޫގުލް ޓްރެއިނިންގ ވެސް މިހާރު ދެވަނަ ފަހަރު އެ ހަދުވަނީ. ކުރިންވެސް 15 ގަޑި އިރު، އެމީހުން ހޭލާ ބައިތިއްބައިގެން އެ ހަދުވާފާ، އަނެއްކާ ހަމަ އެ ޓްރެއިނިންގ އެހެން ޕްލެޓް ފޯމެއްގަ ތި ހަދުވަނީ، އަނެއްކާ ވެސް 15 ގަޑި އިރު. ހަމަ އެކައްޗެއް. ވަގުތު ގިނަވެގެންތޯ މި އުޅެނީ. ތިބޭފުޅުންގެ ނެތޭ ޕްލޭނެއް. ހަމަ އަމާޒު ލާހޫރެނީ.
ކަލޭފާނު
26 March 2018
ބޮޑެތިކާމީޔާބީ ފާހަގަކުރާގޮތަކީ ދަރިވަރުން ޑީމޯޓިވޭޓް ކުރުވަން އިމްތިހާންގެ ކުރީދުވަހު ކްރައިޓީރިއާ ބަދަލުކޮށްލުން. ކާމިޔާބީ ދެކެން ބޭނުމިއްޔާ ނިކަން އޯލެވެލް ޓޮޕްޓެން ޖަލްސާ ބާއްވަދީބަލަ މިދިޔައަހަރުވެސް އޮތްގޮތަށް. ރެކޯޑްއަދަދެއްގެ ދަރިވަރުން ހިމެނޭނެ.
ސަރީފު
26 March 2018
ތަޢުލީމީ ދާއިރާ ރަނގަޅުވީ ކަމަށް އަހަރެން ބަލާނެ މިންގަނޑަކީ ދިވެހީން ކުރާ ކޮންމެ މަސައްކަތެއްގެ ފަހަތުގައި ބަންގާޅީ އެއް ނުވަތަ ބޭރުމީހެއް ނުހުންނަ ދުވަހެއް ފެނުމެވެ.
ބުހައިޒާ
26 March 2018
ބޮޑެތި ކާމިޔާބީ އަކީ ޓީޗަރުންގެ ޗުއްޓީ ނުދީ ހފެހެއްޓުންތަ... ރާއްޖޭގެ 98 ޕަސެންޓް ޓީޗަރުން ތިބީ ޗުއްޓީނެތިފަ
ބުހައިޒާގެ ޓީޗަރު
26 March 2018
ބަލަ ޓީޗަރުންގެ ޗުއްޓީއަކީ ހައްގުވާ 30 ދުވަހުގެ އަހަރީ ޗުއްޓީ. އެ ޗުއްޓީ ލިބޭ ބޮޑު ޗުއްޓީގަ. އޭގެ އިތުރުން ޓީޗަރުންނަށް ޗުއްޓީ ދޭކަށް ނުޖެހޭ، ކިޔެވުން މެދުކެނޑުނަސް، އެމީހުން ކުރާނެ ބައިވަރު މަސައްކަތްތައް އޮންނާނެ ކުދިން ނަޔަސް. މިޑް ޓާމް ބްރޭކަކީ ކުދިންނަށް ލިބޭ ބުރޭކެއް.