ޚަބަރު / ދިވެހި ގައުމީ ޔުނިވަސިޓީ

ގައުމީ ޔުނިވާސިޓީގެ ބިޒްނަސް މެނޭޖްމަންޓް ޕީއެޗްޑީގެ 2 ވަނަ ބެޗް ފަށައިފި

އެމްއެންޔޫގައި ފަށާ ބިޒްނަސް މެނޭޖްމަންޓް ޕީއެޗްޑީގެ ދެ ވަނަ ބެޗުގައި ހިމެނޭ ދަރިވަރުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މެލޭޝިޔާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވާސިޓީ (އެމްއެސްޔޫ) އިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ހިންގާ ބިޒްނަސް މެނޭޖްމަންޓް ޕީއެޗްޑީގެ ދެ ވަނަ ބެޗް މިއަދު ފަށައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި ބޭއްވި ރަސްމިއްޔާތެއްގައި، ޕީއެޗްޑީގެ ދެ ވަނަ ބެޗަށް ހޮވުނު 13 ދަރިވަރުންނަށް ވަނީ، ކޯސް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

އެ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެސްޔޫގެ ވައިސް ޕްރެޒިޑެންޓް ޕްރޮފެސަރު އަލީ ހަތިބީ ވިދާޅުވީ ނަމުގެ ކުރިއަށް ކޮންމެ މަގާމެއް ވެސް ބޭނުންކުރެވިދާނެ ކަމަށެވެ. ނަމަވެސް މުހިއްމީ ލިބުނު އިލްމެއްގެ ބޭނުން ހިފައި، އެ މުޖުތަމައަަކަށް ކޮށްދޭ ހިދުމަތް ކަމަށެވެ.

އޭނާ ވިދާޅުވީ އެމްއެންޔޫ އަކީ އޭޝިޔާ ސަރަހައްދުގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީއަކަށް ހަދަން އެމްއެސްޔޫ އިން ބޭނުންވާ ކަމަށެވެ. އެކަމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށް ހަތިބީ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތަށް ފަހު ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފް ވިދާޅުވީ އެމްއެސްޔޫއާ ގުޅިގެން އެ ޔުނިވާސިޓީން މިހާރު ވެސް ބިޒްނަސް މެނޭޖްމަންޓްގެ ޕީއެޗްޑީ ޕްރޮގްރާމެއް ހިންގާ ކަމަށެވެ. އެގޮތުން ޕީއެޗްޑީގެ ބިޒްނަސް މެނޭޖްމަންޓްގެ ފުރަތަމަ ބެޗުގައި 12 ދަރިވަރަކު ބައިވެރިވެފައި ވެ އެވެ.

އެ ކްލާސްތައް ހިންގަން ކޮންމެ ސެމިސްޓާއަކު ވެސް އެމްއެސްޔޫގެ ލެކްޗަރާ އިން ރާއްޖެ ވަޑައިގަންނަވާނެ އެވެ.

އެމްއެސްޔޫގެ ބިޒްނަސް މެނޭޖްމަންޓްގެ ޕީއެޗްޑީ ޕްރޮގްރާމްގެ ދެ ވަނަ ބެޗް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޝަފީއު (މ)، އެމްއެންޔޫގެ ޗާންސެލާ ޑރ. ލަތީފު (ކ) އަދި އެމްއެސްޔޫގެ ވައިސް ޕްރެޒިޑެންޓް ޕްރޮފެސަރު ހަތިބީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފަވާޒު ވިދާޅުވީ ޕީއެޗްޑީ ދަރިވަރުންނަށް ވީހާ ވެސް ފަސޭހަ އިން ކޯސް ފީ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އޭގެ އިތުރުން ދެ ޔުނިވާސިޓީގެ ވަސީލަތްތައް ވެސް އެ ދަރިވަރުންނަށް ބޭނުންކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެމްއެންޔޫގައި ޕީއެޗްޑީ އެންމެ ފުރަތަމަ ފެށީ 2013 ވަނަ އަހަރެވެ. ތައުލީމީ ދާއިރާ އަށް ހާއްސަކޮށްގެން އޭރު ފެށީ އެމްއެންޔޫގެ ޕްރޮގްރާމެކެވެ.

އެ ޔުނިވާސިޓީގައި މިހާރު ވެސް ދެ ބެޗެއްގެ ދަރިވަރުން އަންނަނީ ޕީއެޗްޑީއަށް ކިޔަވަމުންނެވެ. އެއީ ބިޒްނަސް މެނޭޖްމަންޓްގެ ފުރަތަމަ ބެޗުގެ ދަރިވަރުންނާއި އެޑިއުކޭޝަންގެ ޕީއެޗްޑީ ބެޗެވެ.

އެމްއެސްޔޫއަކީ މެލޭޝިޔާގެ ހަޔަ އެކްސެލެންސް އެވޯޑު ހޯދާފައިވާ އަދި ކިއުއެސްގެ ރޭންކިން ދުނިޔެއިން ފަސް ވަނަ ހޯދާފައިވާ ޔުނިވާސިޓީއެކެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާލިސާ

29 March 2018

އެމްއެންޔޫ އިން މިއަދު އެންމެ އިސްކަމެއް ދޭންވީ ޕީއެޗްޑީއަކަށްނޫން، ކޮބައިތޯ ރާއްޖޭގައި ކިޔަވައިދޭން ލެކްޗަރާއިން، ކޮބައިތޯ ނަރުހުން، ކޮބައިތޯ ޑޮކްޓަރުން، ކޮބައިތޯ ޗާޓަޑް އެކައުންޓަންޓުން، އަދި އެމްއެންޔޫއިން އެބަޖެހޭ ރާއްޖެއަށް ބޭނުންވާ ދިރާސާތަށް ހަދަން، މިހާރު ބޭރުން ލިބޭ ހިލޭ އެހީ އަދި އެހެނިގެން ހުރިހައި އެހީއެއްގެ ކޮންސަލްޓެންޓުންގެ ގޮތުގައި އަންނަނީ ބޭރު މީހުން، އޭގެ ފައިދާ އެންއެންޔޫއިން ނަގަންޖެހޭ، ޕޮލިޓިކަލް ދާއިރާއިން މީހުން ތައްޔާރުކުރަން އެބަޖެހޭ، އަދި ޕީއެޗްޑީ ހާސިލްކުރާ މީހުން އެބަޖެހޭ ޤައުމަށް ހިދުމަތްކޮށްދޭން

The name is already taken The name is available. Register?

ގޭމްޗޭންޖް

29 March 2018

ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ބިޒްނެސް މެނޭޖްމެންޓް ދާއިރާއިން ޕީއެޗްޑީ ދެވަނަ ބެޗް ހަދާ ކުދިން އެ ޕްރޮގްރާމް ކުރިއަށް ގެންދާ ކަމީ އެއީ އުފާ ކުރަން ޖެހޭނެ ކަމެކޭ. ގައުމީ ޔުނިވަރސިޓީ އަށް އަދި ތިޔާ ކުރިއަށް ގެންދެވޭ ޕީއެޗްޑީ ޕްރޮގްރާމްސް ތަކަކީ އެއީ ދެން ވަރަށް ސިމްޕްލް ޕްރޮގްރާމްސް ތަކެކޭ އޭގެ އިނަރ ޑީޓެއިލް އަށް ބަލާނަމަ. ތިއިން ދިވެހިރާއްޖެ ސާރވިސް އޮރިއެންޓެޑް ކަންޓްރީ އަކުން އިންޑަސްޓްރިއަލައިޒްޑް ކަންޓްރީ އަކަށް ބަދަލު ނުކޮށް ދޭނެއޭ އެކަން ވާނީ އިންޖިނިއަރިންގް ދާއިރާ ތައް ހައި ކޮލިޓީ އެންޑް ގައި ކިޔަވާ ދީގެންނޭ. އެދާއިރާ ތަކަކީއެއީ 1. ސިވިލް އިންޖިނިއަރިންގް 2. އާރކިޓެކްޓަރ 3. އާރބަން އިންޖިނިއަރިންގް 4. މެކޭނިކަލް އިންޖިނިއަރިންގް 5. މެކަނޯ އިންފޮމޭޓިކްސް 6. އެރޮނޯޓިކްސް އެން އެސްޓްރޮނޯޓިކްސް 7. ޕްރިސިޝަން އިންޖިނިއަރިންގް 8. އިންފޮމޭޝަން އެން ކޮމިއުނިކޭޝަން އިންޖިނިއަރިންގް 9. އިލެކްޓްރިކަލް އެން އިލެކްޓްރޯނިކްސް އިންޖިނިއަރިންގް. މިދާއިރާ ތަކުން ޕީއެޗްޑީ ހަދާ ކުދިން ގޭމް ޗޭންޖް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454