މުޒާހަރާއެއް ކޮންޓްރޯލް ކުރުމަށް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ. ---ފޮޓޯ: މިހާރު
29 މާޗް 2018 - 22:59
ފުލުހުންގެ މުއައްސަސާ ސިފަ ކުރެވެނީ އިންސާފުން އެއްކިބާވެ، ގާނޫނީ އިމުން ބޭރުން ކަންކަން ކުރާ ސިޔާސީ ކުލަވަރު ޖެހިފައިވާ މުއައްސަސާއެއްގެ ގޮތުގައި ކަމަށް އިދިކޮޅު ޕާޓީތަކުން މިރޭ ބުނެފި އެވެ.
ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ޕާޓީތަކުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފުލުހުންގެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި އިންތިހާއަށް ކަންބޮޑުވާ ކަންކަން ފެންނަމުންދާ ކަމަށެވެ. ފުލުހުންގެ މުއައްސަސާގެ ކަންކަން ބައްޓަންކުރަން ކުރީ ސަފުތަކުގައި ތިއްބެވި ފުލުހުންގެ އިސް އޮފިސަރުންގެ ސަބަބުން މުޅި މުއައްސަސާ ހަރާބުވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ގާނޫނާ ހިލާފަށް ފުލުހުން މެދުވެރިކޮށް ކަންކަން ކުރުވުމާއި، ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި، ހުތުރު ބަހުރުވައިން މުއާމަލާތް ކުރުމާއި، އަނިޔާ ކުރުން ފަދަ ކަންކަމުގެ ސަބަބުން މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު މިވަނީ ގެއްލިފަ އެވެ،" އިދިކޮޅު ޕާޓީތަކުގެ ބަޔާނުގައިވެ އެވެ.
މީގެއިތުރުން ދޮގު ހެކި ދިނުން ފަދަ ކަންކަމަކީ ކަނޑައެޅިގެން އިސްލާމްދީނުގައި ހަރާމްކޮށްފައިވާ ބޮޑެތި ފާފައެއް ކަމަށާއި އެފަދަ ކަންކަން ކުރާ ވަކިވަކި ފުލުހުން ފާހަގަކޮށް އެ ފުލުހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނުގައިވެ އެވެ.
އެހެންވެ، ފުލުހުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު ފުންކޮށް ވިސްނައި، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މަސައްކަތްތައް ބައްޓަން ކުރުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
އިދިކޮޅު ޕާޓީތަކުން ބުނި ގޮތުގައި ފުލުހުންނަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުހަނު ބޭނުންތެރި އަދި މުހިއްމު މުއައްސަސާއެކެވެ. އެހެންކަމުން އެ މުއައްސަސާގެ ނަޒާހަތްތެރިކަން ނެގެހެއްޓުމަކީ ދިވެހި ކޮންމެ ފުލުހެއްގެ މައްޗަށް އޮތް ގައުމީ ވާޖިބެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ވަނީ ރާއްޖެ އަށް ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަން ހައްލުކުރުމަށް ހުރަސް ނޭޅުމަށާއި ގާނޫނުގައިވާ ގޮތުގެ މަތިން ފުލުހުންގެ ވާޖިބު އަދާ ކުރުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްދުއްލާ
31 March 2018
ފުލުހުންގެ ގައުމީވާޖިބަކީ ދީނާ ވެރިކަން ދިފާއުކުރުމާ ގައުމުގެ އަމަން އަމާންކަން ގާއިމްކުރުން. މިކަންކަން ގާއިމުކުރުމަށް ފުލުހުން ކުރާމަސައްކަތުގާ ކޮންމެ ކަމެއް ދިމާވިޔަސް ހާލަތާ ބައްދަލު ވާގޮތަށް ބޭނުންކުރަންޖެހޭ ބާރު ވެސް އެގޭނީ ފުލުހުންނަށް އެމްޑީޕީ އަކަށް ނޫން. ނުވަތަ އިދިކޮޅުމީހުންނަކަށް ނޫން.ފުލުހުންނާ ދެކޮޅަށް ނުވަތަ ފުލުހުންގެ އަގު ވައްޓާލާކަށް ވާހަކައެއް ނުދެއްކޭނެ.
ދުރޫސިއަތުލް ޖަޒީރާ
30 March 2018
ފުލުހުންނަކީ އެންމެ ރަނގަޅު އެއް ތަނެވެ އެތަނަށް ބަޔަކަު ނަހަމަ ވައްދަން ކުރި މަސައްކަތުން ކޮންމެވެސް ބަޔަކު ހެއްލި ތިބި ބަޔަކު ތިއްބަސް އެތަނުގަ ތިބި މީހުންނަކީ މުސްލިމު ނަމެއް ކިޔާ ވީ އެންމެ ރަނގަޅަށް އެކަން ކުރިޔަށް ގެންގޮސް ތިބި ދިވެހި ލޮބުވެތި މުވާޠިނުންނެވެ މީހަކަށް ނުހައްގު އަނިޔާއްެ ކޮށްފަ ނުވެސް ނިދޭނެ މީހުން ބައިވަރެވެ އަދި އެކަމުގެ ހެވާ ނުބައި ވަކިވެ އއގޮތުގައި އެފަދަ ވަޒީފާއެއްގަ ހުންނަން ބޭނުން ނުވާނެ މީހުން ބައިވަރެވެ އަދި އެއްވެސް ނަހަމަ ގޮތަކުން އެއްޗެއް ގެއަށްވައްދާ އެފަދަ ގޮތަކުން ލިބޭ އެއްޗެއް ދަރިންނަން ކާން ދިނުން ހެއުނުވާނެތީ ބޭނުންނުވާ މީހުން ބައިވަރެވެ މިނޫން ގޮތަށް އުޅޭނެ ބަޔަކުވެސް ތިބެދާނެ ތޯއްޗެކެވެ
ނަސީރާ
30 March 2018
އިދިކޮޅުން ކުޅެނީ މީހުންގެ ފުރާނަޔާ
ބޫތު ވެރިކަން
30 March 2018
އިދިކޮޅާ ވެރިކަން ހަވާލު ކުރީމަ ނޫނީ މިސަރުކާރު ރަނގަޅުވިކަމަކަށް ނުވާނެ ތިކޮންބައެއް?????
އަހުމަދު ޒަކީ
30 March 2018
ފުލުހުން ވިސްނަން ވެއްޖެ! ބަލަ މިލިޔުމަށް ކޮމެންޓެއް ކޮށްލާނެ ކޯޑިނޭޓަރެއް ވެސް ނެތް!
ސުލައިމާނު ކޮމިޝަން
30 March 2018
ޔާމީނަށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ ވަރަށް ނުލަފާކަން ދައްކާލާނެ އެވެ. މިކަން ނުވިސްނޭ ޕޮލިހުން ނާއި ޤާޒީން ނާއި ސިފައިން އުޅޭ ކަމާމެދު ހައިރާން ވަމެވެ.
އަނދަވަޅު
30 March 2018
އަދި ފުލުހުން ރަގަޅުވާނެއެވެ.ފްލެޓް ނުލިބިއްޖެ ނަމައެވެ.ނުވަތަ ފުލެޓް ދޭ ބަޔަކަށް ދިނުމަށް ފަހުގައެވެ. ނުވަތަ ފްލެޓް ނުލިބޭނެ ކަން ޔަޤީން ވުމަަށް ފަހުގައެވެ.
ބިރު ބޮޑު
30 March 2018
ހުރިހާ ފުލުހުން ތިހިނެއް ނޫނެވެ. ހުރިހާ ޤަަޒީން ވެސް އެހެނެއް ނޫނެވެ.
ފްލެޓް ބޭނުންވާ ޕޮލިސް ޤާޒީ
30 March 2018
ފުލުން ބޭނުން ވަނީ ފްލެޓެވެ..އެކަމަކު ހުވަފެނުގައެވެ. ދެން ތިހެން "އަތް ދިއްކޮށްގެން ތިބޭ"ށެވެ.
އިންސާނާ
30 March 2018
ފުލުހުންނާ ސިފައިން އިދިކޮޅު ބޭފުޅުންނާ ގުޅި ގައުމު ސުންނާ ފަތިކޮށް މަގުމަތހި ހަލަބޮލި ހޮއްލަން ފުރުސަތު ދީފި ކަމައް ވަނީނަމަ އެއައްވުރެ ވަކިން ރަނގަޅު އިންސާފުވެރި ގާނޫނު ދަމަހައްޓަން މަސައްކަތް ކުރާ ވަކި އެހެން މުއައް ސަސާއެއް މިރާއްގޭ ގަ ނެއްކަމައް އިދިކޮޅު ބޭފިޅުން ވިދާޅުވާނެ ކަމީ ހަމަ ޔަގީންް ކަމެއް