މެމްބަރު އަބްދުއްރަހީމް: ރައީސް ޔާމީންގެ އާއިލީ ބޭފުޅަކަށް ވިޔަސް ތަފާތު ނުކުރައްވާ އަޅަންޖެހޭ ފިޔަވަޅުތައް ރައީސް އަޅުއްވާ ކަމަށް އޭނާ ވިދާޅުވި --.ފޮޓޯ:ނިޝާން އަލީ/މިހާރު
01 އެޕްރީލް 2018 - 00:48
ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައީސް އަބްދުﷲ ޔާމީންގެ އާއިލީ ބޭފުޅަކަށް ވިޔަސް ތަފާތު ކުރުމެއް ނެތި އެ ބޭފުޅަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ރައީސް އަޅުއްވަމުން ގެންދަވާތީ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ޅ. ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް އެކި ފަރާތްތަކުން އެކި ގޮތްގޮތުން އެތައް ރޭވުމެއް އެތައް ފަހަރަކު ރޭވި ކަމަށާއި ކޮންމެ ފަހަރަކު ވެސް އެކަން ނާކާމިޔާބު ވަނީ އެމަނިކުފާނު ހުންނެވީ ހައްގުގެ މަގުގައި ކަމަށް ވާތީ އެވެ. ރައީސް ޔާމީންގެ އަޒުމްގެ ވަރުގަދަ ކަމާއި ހިތްވަރު ގަދަކަމަކީ ދިވެހިން އެކަމަށްޓަކައި ސެލިއުޓް ކުރަންޖެހޭ ވަރުގެ ކަމެއް ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ކުރާ ކޮންމެ ކަމެއް ވެސް ބޭކާރު ކޮށްލެވޭނެ އެވެ.
"އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން ބޭނުންވަނީ ތިބޭފުޅުން ތި ކުރައްވާ ކޮންމެ މަަސައްކަތެއް ބޭކާރު ކޮށްލުމުގެ ހިތްވަރާއި ފަންވަރު ރައީސް ޔާމީނާއި އެ މަނިކުފާނުގެ ޓީމުގައި އެބަހުއްޓޭ،" ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފާޑު ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެކަމުގެ އަޑީގައި ހުންނެވީ މައުމޫން ކަން އެނގެން އެބައޮތް ކަމަށާއި އެކަމާ މެދު ހިތާމަ ކުރައްވާ ކަމަށެވެ. ނަމަވެސް އާއިލީ ބޭފުޅުންނަށް ބެއްލެވުމެއް ނެތި، އަޅަންޖެހޭ ފިޔަވަޅުތައް ރައީސް ޔާމީން އެކަމާ ގުޅިގެން އެޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެ ހިތްހަމަޖެހޭ ކަމަކީ އެއްބަނޑު އެއްބަފައެއް، ބޮޑުބޭބެއެއް ކުޑަބޭބެއެއް އަދި އެހެން މީހެއް ނުބައްލަވައި ދިވެހި ރައްޔިތުންނަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ސާބިތުކަމާ އެކީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުން ގެންދަވާފައިވާ ކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ސިޔާސީ އިސް ބޭފުޅުން ވެސް ހިމެނޭ ގޮތުން ނުވަ ގައިދީ އަކު ދޫކުރުމަށް އަންގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މާޔޫސްކަން ގެނުވި އަމުރެކެވެ. އެކަމަކު އެ ދަނޑިވަޅުގައި ވެސް އެންމެ ބޮޑު އުއްމީދެއް ދެއްވީ ރައީސް ޔާމީން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ އުނދަގޫ ދަނޑިވަޅުގައި ވެސް ރައީސް ޔާމީން ދެއްވި ޔަގީން ކަމަކީ ގައުމުގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް ކުރެއްވުމުގައި އެމަނިކުފާނު ދެމި ހުންނަވާނެ ކަމުގެ ޔަގީން ކަން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެމަނިކުފާނުގެ ފޯނު ކޯލް ލިބެންދެން އަޅުގަނޑުމެން ތިބީ ހަމަ ހަދާނެ ގޮތެއް ވެސް ނޭނގިފައި. އަމުރު ނުކުތްތާ ފަސް ވަރަކަށް މިނެޓް ތެރޭގައި ރައީސް ގުޅުއްވީމަ އަޅުގަނޑު ހިތަށް އެރި އަނެއްކާ ކީކޭބާއޭ ރައީސް ވިދާޅުވާނީ. އެކަމަކު ވިދާޅުވީ އެއްވެސް ބޭފުޅަކު ކަންބޮޑު ނުވާށޭ އަދި އެ މީހުން ބޭނުން ގޮތެއް މި ގައުމަކަށް ނެހެދޭނެއޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ދޭން ބޭނުން ނުވާ ކޮންމެ މީހަކު މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް ކަމަށެވެ. އެހެން ދީންތައް ރާއްޖެ އަށް ގެންނަން ބޭރުގެ ޖަމާއަތްތަކުން ގޮވާލަމުން ދިޔައިރު، އިދިކޮޅު ފަރާތްތަކުން އެކަން ކުށްވެރި ނުކުރާ ކަމަށާއި އެކަމާ ދެކޮޅަށް ތެދުވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައިފަރު މީހާ
22 September 2018
ކާލޯ ދެލޯ ކަނުމީހުންނަށް ފެންނާނީ ހުވަފެނުން. ނުފެނޭތަ އެތަށްބައިރު ކުށްވެރިންނެއް މުޖުތަމަޢުތެރެއަށް ވަކިބޭނުމަކު ދޫކުރާތަނެއް. އެތިބީ ޝަރީއަތް ނިމޭނެ ދުވަހެއް ނުގެންނަން އެތައް ބަޔަކު ހައޔަރު ކޮށްފައި . ތިޔައީ ކަލޯގެ ގަމާރުކަމުން ދައްކާ ވާހަކަ. ނައިފަރުގައި އެވާހަކަ ގޮވައިލީ ޕީޕީއެމްގެ ބޮޑުސަޕޯރޓެއް ފެނުނީމާ މޮޔަވެގެން . ކަލޯ ނައިފަރު މީހުން ސަޕޯޓު އޮތީ ޕާޓީ އަށް . އަދި މައުމޫނަށް . ނައިފަރު މީހުން ވަރަށް ލޯބިވާނެ މައުމޫނު ދެކެ .
ފަސީ
02 April 2018
ބަލަ! އަދުރޭ ކޮބާ އެއްކަލަ ސޮރު. ބުންޏެއްނު އަމިއްލައަށް ތިމަންނައޭ ލާރިގޯނި ހިފައިގެން ދުވުނީ. އެއީ ހަމަ އެއްވެސް ކުށެއްނެތް މީހެއްދޯ
ގޯނިބެ
01 April 2018
މި ގަރުނުގެ ޖުހާ.. ދެއްކޭ ވާހަކައެއް ނޭގޭނެ. ނޭގޭ އެއްޗެތްވެސް ނޯންނާނެ.
ނެރު
01 April 2018
އެކަން އިގޭ އަދުރޭ ނުބުނިއަކަސް އަދި އަދުރޭ އަށް ވެސް ކުޑަ ގޮޅީގެ އަރާމާއި ރާހަތު ފެންނާނެ ހެން ހީވަނީ
ބެނޭ
01 April 2018
ޤާނޫނު ކުރިމަތީ އެންމެން ހަމަހަމަ ވާނެކަން ޔަގީން ކޮށްދެއްވީ ރައީސް ޔާމީން. މިރައީސް މިއަދު މި ގައުމުގެ އެންމެން ބަލައިގަންނަނީ މިހެންވީމަ. ސާބަހޭ ރައީސް ޔާމީން ????
ޑީޢީއެފް
01 April 2018
އަނިޔާކުރުމުގާ އާއިލާވެސް ތަފާތު ނުކުރުމަކީ ވަރަށް މަތީ ށަރަފެއްކަން ޔަގީން. 85 އހަރު ވެފާ ހުރި މީހަކު ވެރިކަން ދިފާއު ކުރުމުގެ ނަމުގާ ޖަލުގާ ތެޅުވުމަކީ ވަރަށް ފުރިހަމަ މީހަކަށް ނޫނީ ނުވާނެ ކަމަކަށް ގަބޫލު ކުރާނީ އިންސާނީ އެއްވެސް އުސޫލެއް ނެތް ޖަނަވާރު މީހެއް. ޖަލަށް މީހުން ލަނީ އޭނާ އަކީ މީހަކަށް ނުވަތަ ބަޔަކަށް އަނިޔާ އާ ގެއްލުން ދޭން އުޅޭ މީހަކަށް ވީމާ.ވެރިކަން ވައްޓަން އުޅުމަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެ. އެއީ ކުށަކަށް ވާގޮތް ނޭގޭ. ވެރިއކަށް ވަކި މީހަކު ހުންނަން ނުޖެހޭ ވެރިަކު ހުރެގެން ނުން ދިވެހިން ކުރީ ޒަމާނުގާ އުޅުނީ. އަދި ވެރިއަކު ހުރެގެން ދިމާވާ އުނދަގޫ ވެރިއަކު ނެތުމަށް ވުރެން ބޮޑު ޥީމާ އެވެރިއަކުގެ ބޭނުމަކީ ކޮބާ. ވެރިއަކުގެ ކަމަކީ މީހުން ކުރާ މަސައްކަތުން ފޭރިގަނެގެން އައުވާނުންނަށް ބެހުން ކަމަށް ހީކުރާ މީހުންނަށް ވަރަށް ރަނގަޅު ވެރިކަމަކަށް ވާނެކަން އެނގޭ
ޖައިސާމް
01 April 2018
ޔާމިނުގެ ޗާޓުންބޭރުވިލެއް ބޮޑުކަމުން އާއިލާ މީހުންވެސް އޭނަޔާ ފޭ ވެއްޖެ. ފޭވީމަ އެއެންމެންވެސް ޖަލަށް ލީ. އަބްދުއްރަހީމް ދައްކަން އުޅެނީ ޔާމިނަކީ ތަފާތު ނުކުރާ މީހެއްކަމަށް. ހަގީގަތަކީ ޔާމިނާ ދެބަސްވާ ހުރިހާ އެންމެން، އެއީ އާއިލީމީހެއް ކަމުގައިވިޔަސް ޖަލަށްލާކަން.
އިބްރާހީމް ސިޔާދު
01 April 2018
އަސްލުޖެހިގެން އުޅޭ މައްސަލައަކީ ހިތަކަށް އުޅެވެން ނެތްކަން އެނގުނީމަ ކަނދުރާއަށް ވާންވުން. ބަލަގަ އިއްޔެ މިދައްކަނީ ވަކިބަޔަކަށް ޤާނޫނު ހިނގާފަ ވަކިބަޔަކަށް ނުހިނގާ ވާހަކަ. އެހެނަސް މިއަދު މަންޒަރު ތަފާތު. ޔާމީނު ވެރިކަމަށް އައިފަހުން މުޅިން ބުނަނީ ކަމަކު ނުދެއޭ. މަށަށް އަދި ކިރިޔާ މިއެނގުނީ މި ކަމުނުގޮސްގެން މިއުޅެނީ ކުށްވެރިންނަށް ނުވަތަ ކުށެއްކުރަން ގަސްތިކޮށްގެން އުޅޭ މީހުންނަށްކަން. އަދިވެސް ތަނަކުން ލަވައެއް ޖަހަންޏާ ޒުމްބާއަށް ފަރިއެޅޭތޯ ބަލާ. ހޭލާކަށް ނުވޭބާ؟
އިބްރާހިމް ސަޢީދު
01 April 2018
އަދުރޭ އެބުނީ ރަނގަޅުވާހަކައެއް. ޤާނޫނު އަސާސީ ތަންފީޒުކުރުުމުގައި އެއްބަނޑެއް ދެބަނޑެއް ކައްގަނޑެއް އޮވެގެން ނުވާނެ. މިހެންވަނަޔާ ރައީސް ޔާމީނަށް ހިތާހިތުން ތާއީދު ކުރެވޭނެ. މިއީ މަބުނާ ވާހަކައަކީ. މިކަން ކޮްންމެހެން ސިޔާސީ ކުރާނެކަމެއްނެތް!
ސޫޖީ
01 April 2018
ބައެއް މީހުންނަކީ އެއް އާއިލާއެއްގެ އެހެން ބަނޑުގެ މީހުންނާމެދު ވަރަށް ނަފުރަތާ ހަސަދަ އޮންނަ ބައެއް.