ވިޔަފާރި / އެމްޕީއެލް

ގުދަންކުރުމުގެ މަސައްކަތަށް މަޖޫރީންނަށް އިތުރު އަގެއް ނުނެގޭނެ: ސައީދު

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މިހާރު

ވިޔަފާރި ބަނދަރަށް ބާލާ ކޮންޓެއިނަރުން މުދާ ހުސްކޮށްދޭ މަޖޫރީންގެ މަސައްކަތަށް ސަރުކާރުން ކަނޑައަޅާފައިވާ އަގަކީ އެ މަސައްކަތުގެ ހުރިހާ ކަމެއް ހިމެނޭ ގޮތަށް، ޖުމުލަ އަގެއް ކަމަށާއި ކޮންޓެއިނަރުން ނަގާ މުދާ ގުދަންކުރަން އިތުރު އަގެއް ނުނެގޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގައި ޓްރެފިކް ބާރު ބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި، މާލެ ތެރޭގައި މުދާ އުފުލުމަށް ވަކި ގަޑިތަކެއް ސަރުކާރުން ކަނޑައެޅުމުން، ކޮންޓޭނަރު ހުސްކޮށްދޭ އަގު މަޖޫރީން ވަނީ ބޮޑުކޮށްފަ އެވެ. އެއާ އެކު ޓްރޭޑް މިނިސްޓްރީން އިއްޔެ ވަނީ މަޖޫރީންގެ މަސައްކަތަށް ނެގޭނެ އެންމެ މަތީ އަގުތަކެއް ކަނޑައަޅައި އަގު ކޮންޓްރޯލް ކޮށްފަ އެވެ.

ސަރުކާރުން އެގޮތަށް އަގު ކަނޑަައެޅުމުން، މަޖޫރީން ވަނީ އެއީ ކޮންޓެއިނަރު ހުސްކޮށްދޭ އަގު ކަމަށް ހަދައި އެ މުދާ ގުދަންކުރުމަށް 3،000ރ.ގެ ފީއެއް ނަގަން ފަށައިފަ އެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ އެގޮތަށް އިތުރު އަގެއް ނުނެގޭނެ ކަމަށެވެ.

"މިނިސްޓްރީން އެކަށައަޅާފަ އެހެރަ އަގުތަކަކީ އޭގެން އިތުރު އަގެއް ނެގޭނެ ގޮތަށް އިންތިޒާމްވެފަ ހުރި އަގުތަކެއް ނޫން. މާނަ އަކީ، ގުދަނަށް ވެއްދުމާ ހަމައަށް ނުވަތަ ވެއްދުން ވެސް ހިމެނޭ ގޮތަށް އެކަށައަޅާފަ ހުރި އަގުތަކެކޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މަޖޫރީންގެ މަސައްކަތުގެ އަގުތައް ކަނޑައަޅާފައި ވަނީ އެ މަސައްކަތް ކުރިން ކުރަމުން ދިޔަ އަގުތަކަށް ބެލުމަށް ފަހު، އެއްވެސް ފަރާތަކަށް ގެއްލުން ނުވާނެ ގޮތަށް ކަމަށެވެ. އަދި ސަރުކާރުން މަޖޫރީންގެ އަގުތައް ރެގިއުލޭޓް ކުރަން ފެށުމުން، ވިޔަފާރިތަކަށް ވަރަށް ބޮޑު ޔަގީންކަމެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕަބްލިޝްޑް ރޭޓުތަކެއް ނެތީމަ ފުރުސަތު އެބަ އޮވޭ އެކި އަގުތަކުގަ މިކަން ކުރަން. އެހެންނަމަވެސް މިއަދު އެކަން ފަސޭހަވެގެން މި ދިޔައީ ވިޔަފާރިވެރިންނަށް ވެސް، މުދާ ކްލިއާ ކުރާ ފަރާތްތަކަށް ވެސް އަދި ހަމަ އޮޑިދޯނި ފަހަރަށް މުދާ އަރުވައިގެން ގެންގޮސް އެކި ކަންކޮޅުތަކުގަ ވިއްކާ ފަރާތްތަކަށް ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

ފާއިތުވި 30 އަހަރު އޮތީ މަޖޫރީންގެ މަސައްކަތް ސަރުކާރުން ރެގިއުލޭޓް ނުކޮށް ދޫކޮށްލާފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަޖޫރީކަން ކުރަން އަލުން ރެޖިސްޓްރީވާން އެމްޕީއެލް އިން ހަތް ދުވަސް ދީފައި ވާއިރު، ރެޖިސްޓްރީ ކޮށްދޭނީ، މިހާރު ވެސް އެ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ހިދުމަތް ދޭން އެއްބަސްވާ ފަރާތްތަކެވެ.

ލޮރީ ޑްރައިވަރުން ހަޅުތާލެއް ނުކުރާނެ، އެއީ ފޭކު ވާހަކަ އެއް!

މިނިސްޓަރު ވިދާޅުވީ ލޮރީ ޑްރައިވަރުން ހަޅުތާލަށް ނިކުންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ވާހަކަ އަކީ ފޭކު ވާހަކަތަކެއް ކަމަށެވެ. އެއީ ސިޔާސީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ފަތުރާ ވާހަކައެއް ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގޮނޑި ގެއްލިގެން އުޅޭ ހަތަރު ފަސް މެމްބަރުން އެ މީހުން ކައިރިއަށް ގޮސް ވަރަށް އާދޭސް ކުރޭ މި ކަންތަކުގަ ބަސްނޭހުން އިސްކުރަން. އެކަމު އަޅުގަނޑު ދަންނަވަންތޯ ވާހަކައެއް، ޕިކަޕު ޑްރައިވަރުން ހަޅުތާލެއް ނުކުރާނެ. އެއީ ހަމަ ފޭކު ވާހަކަ އެއް،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަމުގައި ހަޅުތާލުކުރަންވީ ސަބަބެއް ނެތް ކަމަށެވެ. އަދި މިކަމާ ގުޅިގެން މިނިސްޓްރީން ހުރިހާ ފަރާތްތަކަކާ އެކު ވެސް މަސައްކަތް ކުރަމުން އަންނަނީ ވަރަށް ގުޅިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އާ އުސޫލާ އެކު މުދާ އުފުލުމުގެ މަސައްކަތަށް ވަނީ ވަރަށް ބޮޑު ލުއިތަކެއް ލިބިފަ އެވެ. ސައީދު ވިދާޅުވީ، ރޭ 11 ޖެހި އިރު އެމްޕީއެލް އިން 254 ލޮރީގެ މުދާ ނެރުން ކަމަށެވެ. އާންމުކޮށް ވިޔަފާރި ރަނގަޅު ދުވަސްތަކުގައި ނެރެނީ 270-290 ލޮރީގެ މުދާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ރޭ އެހާ އަވަހަށް 254 ލޮރީގެ މުދާ ނެރެވުމުން މުދާ ނެރުމުގެ ކަންކަން ވަރަށް "ސްމޫތުކޮށް" ކުރިއަށްދާކަން ހާމަވެފައިވާ ކަމަށެވެ.

"ރޭ ދަންވަރު 1:30 ވީއިރު ޖުމްލަކޮށް ކޮންޓެއިނާ ކުލިއާކޮށް ނިމިއްޖެ... ބައެއް އައިސޮލޭޓެޑް މަސައްކަތްތައް ކުރިއަށް ދިޔަ 3:00 ޖަހަންދެން،" އާ އުސޫލަށް ހޭނެން ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށާއި، އޭރުން މުދާ ނެރުމުގެ ކަންކަން އިތުރަށް އަވަސްވާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ފެން ލިބުން ތާއްޓެއް ނުވާނެ

މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލާ ގުޅިގެން، ފެން ސަޕްލައިކުރުން ދަތިވެ ފޯރުކޮށްދިނުމުގައި ދައްޗެއް ނޯންނާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. ސައީދު ވިދާޅުވީ އެފަދަ ދައްޗެއް އުޅޭނަމަ، ފެން ސަޕްލައިކުރާ ފަރާތްތަކާ ވާހަކަ ދައްކައިގެން އެކަން ހައްލުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އާ އުސޫލާ އެކު މުދާ އުފުލާ ގަޑިއާ، މުދާ އުފުލާ ދޯނިތައް ފުރާ ގަޑިއާ ފުށުއެރުންތަކެއް ހުރުމުން، ބައެއް ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާތީ އެކަން ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެ މައްސަލަތައް ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ރަށްރަށަށް ފޮނުވާ ފެނާއި ކާޑުގެ ބާވަތްތަކުގެ އިތުރުން ގޭހުގެ ބާވަތްތައް ނޯތު ހާބަރާއި ޓީޖެޓީ ސަރަހައްދަށް ޖަމާކޮށްފައި ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކާޑުގެ ބާވަތްތައް އަގު ހެޔޮކުރުމާ ގުޅޭ ގޮތުން ސައީދު ވިދާޅުވީ، ކާޑުގެ ބާވަތްތައް މިއަދުން ފެށިގެން ލިބެން ހުންނާނީ 2000ގެ ކުރީކޮޅު ކާޑު ވިއްކި އަގުތަކާ އެއް ވަރެއްގެ އަގުތަކެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ، މިކަން އިދިކޮޅު ފަރާތްތަކުން ވެސް ފާހަގަކުރަން ޖެހޭ ކަމަށާއި މިފަދަ ކަންކަމާ ގުޅިގެން ރައްޔިތުންނަށް އޮޅުވާލަން ވާހަކަތައް ދެއްކުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ.

32 ކޮމެންޓް, 86 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 2%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިންޒީ

06 April 2018

މީވާ ކަމެއް

The name is already taken The name is available. Register?

ޮޔައުނީ

06 April 2018

ހުރިހާކަމެއް ރެގިއުލޭޓް ކުރުމަކީ މިޒަމާނުގެ އިކޮނޮމިސްޓުން ލަފާދޭ ކަމެއްނޫން، ސުވާލަކީ މުދަލަކީ ވިޔަފާރިވެރިންގެ މުދަލަށްވާއިރު އެ ނެރެން ދޭންޖެހޭ އަގެއް ކަނޑައަޅަންޖެހޭނީ އެމީހުން ނޫންބާ؟ އެމް ޕީއެލް އިން އެ އަގު ކަނޑައަޅަން ޖެހެނީ ކީއްވެބާ؟ ރެގިއުލޭޓް ނުކޮށް ހުޅުވާލީމާ އެކަމަށް ކުރިމަތިލާ މީހުންގިނަވެ ފަހަރުގައި މިހާރު ކަނޑައެޅިފައިވާ އަގަށްވުރެވެސް އަގުދައްކޮށް ކުރެވިދާނެ ގޮތެއް ފެނިދާނެ ނޫންބާ؟ އޭރުން އެވިޔަފާރިވެރިންނަށް އަގު ދައްކުރަންވެސް ކެރިދާނެނޫންތޯ؟ ހަގީގަތަކީ ކޮމްޕެޓިޝަނެއް އައިމާނޫނީ ހަގީގަތުގައި އަގެއްހެވެއް ނުވާނެކަން. ދިރާގު އާއި އުރީދޫ މިސާލަަކަށް ނުވޭބާ؟

The name is already taken The name is available. Register?

ނޫންތޯ

06 April 2018

ދިރިއުޅެން ކުއްޔަށްދޫކުރާ ތަންތަނުގެ ކުލި ކޮންޓްރޯލް ކޮށްދެއްވާ. އޭރުން ތުމަޖޫޜިންވެސް މަސައްކަތު އަގު ކުޑަކުރާނެ އަދި ވިޔަފާރިމުދަލުގެ އަގުވެސް ކުޑަވާނެނޫންތޯ.

The name is already taken The name is available. Register?

‫އިކޮނޯ

06 April 2018

އ‫ެބަ އެނގޭނު ރައްޔިތުންގެ ދިޔަފެލަނީ ފިނިފެންމަލުން ކަން. ތިގޮތަށް ހުރިހާ ޚިދުމަތަކާ ތަކެއްޗެއްގެ އަގު ވެސް ނިކަން ކޮންޓްރޯލްކޮށްލަބަލަ. އޭރަށް އެނގޭނެ ތިއީ އިކޮނޮމިސްޓުންކަން. އަދި އިތުރު ދައުރަކަށް ފޫގަޅައިގެން އުޅޭ އިރު, ރައްޔިތުންގެ މައްޗަށް ތިމާމެން އިތުރު ދައުރަކަށް ހޮވަން ވާޖިބޭ. އެހެން ނޫނީ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ ކިޔާ ދީން ބޮލަށްލައިގެން ރައްޔިތުންނަށް ބިރުވެސް ދައްކާކަށް ނުޖެހޭނެ. ހެޔޮ ވެރިކަމަކީ ރޮކެޓް ސައިންސެއް ނޫނޭ. މީހުން ބަލައިގަންނަ ގޮތަށް ހިތުގެ ރުހުން ހޯދަން ގެވެހި ޖަނަވާރުންނަށްވެސް އެނގޭ.

The name is already taken The name is available. Register?

ނަން

06 April 2018

ނިކަމެތި ބައެއް ވީމަ ރެގިއުލޭޓް. ތިޔަ ރެގުލޭޓް އެހެންކަންތަކުގަ ނޯންނަނީ ކީއްވެތޯ؟

The name is already taken The name is available. Register?

އެންމެންގެ ގައުމު

06 April 2018

މިކަން ނެގެޓިވްކޮށް ނަންގަވާ ބޭފުޅުންނަށް ދަންނަވާލަން. ރަނގަޅަށް އެންމެންގެ ހެވަށް ކަންކަންކުރައްވަން މަސައްކަތްކުރާއިރު ހަޖޫޖެހުުމަކީ ނާތަހުޒީބު އަމަލެއް. އެއްދުވަހަކުން ކަންކަންރަނގަޅެއް ނުވާނެ. އެއްހަފްތާއަކުންވެސް ނުވާނެ. ޖީބުގަ ތިއޮތް އައިފޯނުވެސް ހަދާފައިވަނީ 3 އަހަރުދުވަހުން. ކެތްކުރައްވާ. ރަނގަޅު ހިޔާލުދެއްވާ. މީހަކުމަރަން އުޅޭނަމަ ރަނގަޅު އެއްޗެހިގޮވަން. އެކަމު އެތައްހާސް މީހުނެއް އަދި ދަރިވަރުންގެ މަގުމަތި ރަނގަޅުކުރެވޭތޯ މިއުޅެނީ. ހަމަ އަހަރުމެންނަށް އަހަރުންގެ އަންހެނުންނަށް ދަރީންނަށް ފަސޭހަވާނީ. ރޭގަނޑު ޑިއުޓީ ކުރޭ އެހެންމީހުންވެސް. އެތައްހާސް! ރިޒޯޓްތަކުގަ، ކަސްޓަމްސްގަ، ހޮސްޕިޓަލުގަ، އެއާޕޯޓްގަ. ހިންގަވާ މިކަމާ އިތުރައް ވިސްނަމާ ދެއްތޯ؟

The name is already taken The name is available. Register?

ބަރާބަރު

06 April 2018

ނެގެޓިވްކޮށް ނަގާހެނެއް ހިއެއްނުވޭ. މީގާވާގޮތަކީ ދުވާލުހަތަރުދަމު ކުރަމުންއައިކަމެއް ރޭގަޑުގެ ހަތަރުދަމަށް ބަދަލުވީމާ އެއަށް އަގުދައްކަން ޖެހޭތީ އެކަމަށް އަދި އަހުލުވެރި ނުވެވިގެން މިއުޅެނީ. ކޮންމެ މަސައްކަތަކީވެސް އަގެއް އޮންނާނެ އެއްޗެއްފަދައިން މަގުމައްޗަށް މިލިބުނު ލުޔަށް އަގުދައްކަން ނޭގިނަމަވެސް އުޒުރުވެވޭތީ ދިމާވެގެން އުޅޭކަމެއް. މިގަވައިދު ގެނައުމުގެ ކުރިން ދަތުރުކުރާ ކާރު ސައިކަލް ދުއްވާމީހުން ކައިރީގައި "މިކަމަށް ހައްލެއްގެންނަން ޖީބުން ކިހާވަރެއް ދޭންކެރޭނެތޯ" އަހާލި ނަމަ ލަފާކުރެވޭގޮތުގައި ގިނަމީހުން ބުނާނީ އެކަށީގެންވާ އަގެއްދީގެންވެސް އެކަން ބޭނުމޭ. އެ އެކަށިގެންވާ އުޖޫރަ ތިބުނާމަޖޫރީންނަށް ދީގެން މިކަން ކުރުން ކީއްވެބާ ކަމުނުދަނީ؟ ބްރިޖްއަޅާނިމި އޭގެމަތިން ދުއްވާފަ ހުޅުމާލެއަށް ދާންވީމާ އެބްރިޖްއަށް އެރުމަށް ފީއަށް ދައްކަންވެސް ހަމަ ދެކޮޅު ހަދާނީބާ؟

The name is already taken The name is available. Register?

ރަޝީދުހާ

06 April 2018

މަޖޫރީ ކުދީންނޭ ދެރަނުވޭ.. އުފާކުރޭ... މީ ފެންނަމުންދަނީ މީސަރުކާރުގެ ނީމުން އަންނަންއުޅޭ ކަމުގެ ކުދީ އަދީ ބޮޑެޔީ އަލާމާތްތައް.. އީސާހީތަކު ތީޔަކަންކަން ނީމީގެން ހީނގައީދާނެ..

The name is already taken The name is available. Register?

‫މުޖުރާ

06 April 2018

ތިމަޖޫރީންނަކީ ވަރައްފާރޓުފުޅާވެގެން ސައިޒުއޮޅިގެން އުޅޭބައެއް އަދިއޭގެތެރެއިން ގިނަމީހުންނަކީ މިކިޔާ ނަޝީދީބަލިޖެހިފަތިބޭބައެއް ހުންނާނެމިހާރު އަލާފިލާފަ

The name is already taken The name is available. Register?

ފޯއްމުލަކު މީހާ

06 April 2018

ޒާތީ ތައައްސުބުން ފުރިފައިވާ ކޮމެންޓެއް. ތިހާދަށުދަރަޖައަށް ނުވެއްޓުމަށް އެދެން އެވެސް ދިވެހިން އިންސާނުން މުސްލިމުން

The name is already taken The name is available. Register?

ކަލީފާ

06 April 2018

ސަރަހައްދައް ވަންނަ ލޮރީ އާއި ޕިކަޕް ޓުރާންސްޕޯޓް ގަޑި ދަތުރުގަ އަގު ނަގަން ޖެހޭ ވަރު ވަނީ ކަޑަ އަޅާފައި ލޮރީ އަކަށް 1 ގަޑި އިރަށް 250 ރުފިޔާ ރޭގަނޑު 12 ގެ ފަހުން ވެސް ނެގޭނީ މިއަގު އެކަމަކު އެމް.ޕީ.އެލް ސަރަހައްދައް ވައްނަ ލޮރީ 1 ގަޑި އިރަށް 420 ރުފިޔާ ރޭގަނޑް 11 ގެ ފަހުން 1 ގަޑި އިރައް 600 ރުފިޔާ، ޕިކަޕު ތަކުން ނަގަން ކަޑައަޅާފައި އިންނަނީ 180 ރުފިޔާ އެކަމަކު އެމް.ޕީ.އެލް ސަރަހައްދަށް ވަންނަ ޕިކަޕު 1 ގަޑި އިރައް 360 ރުފިޔާ 11 ގެ ފަހުން 420 ރުފިޔާ މީ އަގު ބޮޑު ކުރުމެއް ނޫންތަ

The name is already taken The name is available. Register?

ބުރަދީފް

06 April 2018

ރޭގަޑު 12ގެ ފަސްވީމާ އަގުބޮޑުވާންޖެހޭ. މިސާލު ފެރީޓިކެޓްވެސް ބޮޑުވޭ ޓެކްސީގެވެސް އަގުބޮޑުވޭ. ސަބަބު ދިރާސާކޮށްލީމާ އެގޭނެހެން ހީވަނީ

The name is already taken The name is available. Register?

ކަލީފާ

06 April 2018

ގުދުނަށް މުދާ ޖަހާދޭ އަގު ސަރުކާރަކައް ކަޑައެއް ނޭޅޭނެ އެހީ ވިޔަފާރި އުސޫލުން ދެފަރާތުގެ އެއްބަސް ވުމެއްގެ ދަށުން ހިގާ ކަމެއް މުދާ ކުލިޔަ ކުރުމަކީ އެމް.ޕީ.އެލް ސަރަހައްދުން މުދާ ނެރެ ދިނުން ގުދަން ކޮއްދިނުމަކީ އެހެން ކަމެއް އެހެއް މަސައްކަތެއް ސަރުކާރައް މިކަމެއް ނުހުންޓުވޭނެ ޤާނޫނު އަހަރެމެންނަށް ވެސް އެގޭ ގުދަން ކުރުމަށް އަގު ނަގާނަށް އަޅެ ފިޔަވަޅެއް އަޅާ ބަލަ އޭރުންތާ ތިހުރި ހިއްވަރެއް ވެސް އެގޭނީ އެމް.ޕީ.އެލް އިން ރޭގަނޑް 12 ގެ ފަހުން ބޯޓުން ބާލާ ކޮންޓެއިނާ ޔައް %30 އިތުރައް ނަގާ ސިޕިން އެޖެންޓް ތަކުން ހުރިހާ ކޮންޓޭނަރަކައް %30 ނަގާ އަދި އެމް.ޕީ.އެލް އިން ހުޅުމާލެ އަށް ގެންދާ ކޮންޓެއިނާގެ ތެރެއިން ހުޅުމާލެއަށް ކުލިޔަ ކުރާ ކޮންޓެއިނަރ އަކުން '20 އަކަށް 3700 ރުފިޔާ '40 އަކަށް 7400 ރުފިޔާ ނަގާ އެކަމަކު ހުޅުމާލެއިން ދޯނިފަހަރަށް ބަރުކުރާ ކޮންޓެއިނަރ އަކުން ނުނަގާ މީ ކިހިނެއް ވެގެން ނަގާ ލާޔި ޔެއް ކަމެށް އަސްލު ނެއިގޭ ކުރީގަ އެކުސް ޕުރެސް 500 ރުފިޔާ މިހާރު 1000 ރުފިޔާ ކޮން ބަޔެއް ތޯ އަގު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454