ކެމްޕޭން ވޮލަންޓިއާ ޕްރޮގްރާމް ފަސްޓްލޭޑީ އިފުތިތާހުކޮށް ދެއްވަނީ. ފޮޓޯ: އަސުރުމާ
07 އެޕްރީލް 2018 - 09:48
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އަބްދުﷲ ޔާމީންގެ ޓީމާ އެކު ވޮލަންޓިއާކޮށް ކެމްޕޭން ހަރަކާތްތަކުގައި މަސައްކަތްކުރާނެ މީހުން ހޯދުމުގެ ޕްރޮފްރާމެއް ޕީޕީއެމުން ރޭ ރަސްމީކޮށް އިފުތިތާހުކޮށްފި އެވެ.
އެކަން އިއުލާން ކުރީ ރައީސްގެ އަނބިކަނބަކުން ފާތުމަތު އިބްރާހީމް އިސްކޮށް ހުންނަވައިގެން ލ. ގަމުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގަ އެވެ. އެ ޖަލްސާގައި ވޮލަންޓިއާ ޕްރޮގްރާމް އިފުތިތާހުކޮށްދެއްވައި، ފުރަތަމަ ވޮލަންޓިއަރުގެ ގޮތުގައި ރަޖިސްޓްރީކުރީ ވެސް އެ ކަމަނާ އެވެ.
ވޮލަންޓިއަރެއްގެ ގޮތުގައި ރަޖިސްޓްރީވުމުން ލިބޭ ކާޑު ރައީސްގެ އަނބިކަނބަލުންނާ ހަވާލުކުރެއްވީ ރައީސް ޔާމީންގެ ކެމްޕޭން އޮފީހުގެ ފަރާތުން މިފްކޯގެ މެނެޖިން ޑިރެކްޓަރު އަދްލީ އިސްމާއީލެވެ.
ޕީޕީއެމުން ބުނި ގޮތުގައި ހިލޭ ސާބަހަށް ކެމްޕޭން ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް މީހުންނަށް ބައިވެރި ވެވޭނެ އެވެ. އަދި އެކަމަށް ހާއްސަކޮށްފައިވާ ނަމްބަރަށް މައުލޫމާތު މެސެޖް ކުރުމުން ވޮލަންޓިއަރަކަށްވުމުގެ ފުރުސަތު ލިބޭނެ އެވެ.
ފަސްޓްލޭޑީގެ ކެމްޕޭން ވޮލަންޓިއާ ކާޑް: ޕްރޮގްރާމްގެ ފުރަތަމަ މެމްވަރަކީ ވެސް އެކަމަނާ.
ޕީޕީއެމުން ބުނި ގޮތުގައި ކުރިއަށް އޮތް ރޯދަ މަހަށް ފަހު، ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތައް މުޅި ރާއްޖޭގައި ފުޅާ ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީދާ އަހަރެން
08 April 2018
މަ ހިގައިދާނަން ކެންޕެއިންކޮށްދޭން ހަމައެކަނި ޝަރުތަކީ މަށަށްދޭންޖެހޭނެ މިހާރުހަދަމުންދާ ނަސަންދުރަ ނިމުނީމަ އެތަނުން އެންމެފުރިހަމަ އެޕާރޓްމެންޓެއް ހިލޭ ޔާމީނަށް ވޯޓްލާނެ ވަރަށްގިނަމީހުން ހޯދަދޭނަން އެކަމަކު މަށެއް ޔާމީނަކަށް ދެނެއްވޯޓެއްނުލާނަން
ކޮންނަމެއްޖަހާކަށް
08 April 2018
ލިބުނު އެއްޗެއް ހަރާން. ދެނެއް ނުވާނެ!
އަރަރެން 2010
08 April 2018
ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރާ ހުރިހާ މީހުންނަށް ހުޅުމާލެއިން ރޯހައުސް ދެއްވާނަންތޯ؟
އާދަނު
08 April 2018
ޔަގީން
މުފީދު
08 April 2018
ޖަލްސާއަށް މީޙުން ގެންދެވުނަސް ކެމްޕޭނަކީ ހިތާރޫން ކޮށްދެވޭކަންކަން. އެކަން ކޮށްދޭނެބައެއް ނުވެގެން ތިއުޅެނީ. ތާއީދު ނެތީމަ.
ޙޭވެރިޔާ
08 April 2018
ގައިމު ޕިންކް ޕާޓީގައި 40000 ގާތްކުރާ އަދަދަކަށް މެމްބަރުން ތިބެޔޭ އަޑުޢެހިން...އެވެރިންވެސް ފަސްދިނީތޯ؟
މާއިން
08 April 2018
ތިވަރު ޖަލްސާއެއް ކޮންމެ ރަށެއްގަބާއްވާއިރު ކެމްޕޭނުކުރަން ރައީސްގެ އަނބިކަނބަލުން ފޫގަޅައިގެން ކުރީސަފު ހުންނަން ޖެހުމަކީ ދެެރަކަމެއް.
ކުރިކީލަ
08 April 2018
"ރައީސުލް ޖުމުހޫރިއްޔާގެ ބޮޑީގާޑު ބައިރިވެޑައިގަންނަވާ ހާއްސަ ޖަލްސާއެއް މިރޭ ޕީއެސްއެމުން" ޕީއެސްއެމުގެ ހާލަތު.
މަންސޫރު
08 April 2018
ޖަލުގައި އެބަ ތިބި ތިކަން ކޮއްދޭނެ މީހުން.
ހައިސަލް
08 April 2018
މިއުޅެނީ އަނގަޔާއި އަތާއި ދިމާނުވެގެން، ލީސިންގް މެދުވެރިކޮށް ޕިކަޕެއް ނަގައިގެން އާއިލާ ގޮވައިގެން 15000 ރުފިޔާއަށް ދޭ ކޮޓަރިއެއް ހިފައިގެން އުޅެނިކޮށް މިހާރު ޕިކަޕް ނުދުއްވޭ ދުވާލު ގަޑީގައި، ދެން ރޭގަނޑު ލިބޭ ދަތުރުން ކައިގެން ބޮވެގެން ނުއުޅެވޭ، މިހާރު މިޖެހުނީ ސްކޫލަށް ވެއްދި ދަރިންކޮޅު ގޮވައިގެން އަނެއްކާ ރަށައް ނައްޓާލަން، ދެން ކޮން ވޮލަންޓިއަރެއްގެ ވާހަކަތޯ؟ އަހަރެން ރަށައްގޮސް ވޮލަންޓިއަރަކަށްވާނީ ރައީސް ޔާމީނުއަށް އެންޓިކެމްޕޭންކުރުމަށް، ޔަގީން 500 ވޯޓް ހޯދާނަން ރައީސް ޔާމީނުއާއި ދެކޮޅަށް
ހަސަނު
07 April 2018
މަ ރެޑީ ވޮލަންޓިއަރު ކުރަން.. މަށަށް ވެސް 4މިލިޔަނުގެ ފުލެޓެއް ދޭންވާނެ...
އަޅު ގަނޑު
07 April 2018
ކޮމެންޓްތައް ކިޔާލީމަ އަޅު ގަނޑު ވޮލަންޓިޔަރ ނުކޮށްދިނަސް މިކަން މިއޮތީ ވެނިމިފަކަން އެނގިއްޖެ..ވީމާ އަޅު ގަނޑު ހުންނާނީ މިފަހަރު އިރާދަކުރެއްވިއްޔާމުން ގޭގަ