ޚިޔާލު / ކޮލަމް

ވިސްނާ! އަހާލުމެއް ކަހާލުމެއް ނެތް!

މުދާ އުފުލުން ރޭގަނޑަށް ބަދަލުކުރި ފަހުން މާލޭގެ މަގެއްގައި ޕިކަޕަކަށް މުދާ އަރުވަނީ: ރަށު ތެރޭގެ ކަންކަމަށް ބަދަލު ގެނައުމާއި މަޝްރޫއުތައް ހިންގުމުގައި ދުރާލާ އާއްމުންގެ ޚިޔާލާއި މަޝްވަރާ ނުހޯދާ ސަބަބެއް ނޭނގޭ-- ފޮޓޯ: ހުސެން ވަހީދު /މިހާރު

ބުރާސްފަތިދުވަހަކު ސަރުކާރުގެ ގެޒެޓުގައި ޖެހި އިއުލާނެކެވެ؛ މާލޭގެ މަގުތައް ތޮއްޖެހި، އުޅެން އުނދަގޫކަމުން ދުވާލު ވަގުތު ރަށު ތެރޭގައި މުދާ އުފުލުން އަންނަ އާދީއްތަދުވަހުން ފެށިގެން މަނާވާނެ އެވެ! ދޮޅު ލައްކަ މީހުންގެ ދިރިއުޅުމާ ގުޅިފައި އޮތް އަދި މާލޭގެ ބާޒާރާއި ވިޔަފާރިތަކަށް ބޮޑެތި އަސަރު ފޯރާ ނިންމުމެއް އައީ ހަފްތާ ބަންދެއްގެ މުއްދަތު ދީފައި، ހަމަ ކުއްލިއަކަށެވެ. މި އޮތީ ސަރުކާރުގެ އަމުރެވެ؛ ކަލޭމެން ތަބާވާށެވެ!

މި ޝުއޫރު ހިތުގައި އުފެދުނު އިރު އަހަރެން އިނީ އެހެން ގައުމެއްގެ އެހެން ސިޓީއެއްގެ މުނިސިޕަލް ސަރުކާރުން ކަމަކާ މެދު އާއްމުންގެ ޚިޔާލު ހޯދަމުން ގެންދިޔަ ބައްދަލުވުމެއްގަ އެވެ.

މާލޭގެ ޓްރެފިކް މައްސަލަ އަށް ދާއިމީ ހައްލެއް ލިބިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ނުކުރާ އަދި އިތުރު އެހެން މައްސަލަތަކަކަށް މަގުފަހިވި ސިޔާސަތެއް، އާއްމުންގެ ޚިޔާލު ހޯދުމެއް ނެތި ތަންފީޒުކުރަން ފެށި އިރު، އެފަދަ ބަދަލެއް ގެންނަން އުޅޭ ކަމުގެ އިޝާރާތެއް ވެސް ކޮށްލާފައި ނެތްކަން ގަބޫލުކުރަން ވެސް ދައްޗެވެ. އެކަމަކު މިއީ ރާއްޖޭގައި ކަން ހިނގާ އާއްމު އުސޫލު ކަމަށްވާ އިރު ހައިރާންވާކަށް ނުޖެހެ އެވެ. ތަރައްގީގެ މަޝްރޫއުތަކާއި ޕްލޭންތައް ހަދައި ތަންފީޒުކޮށް ބަދަލުތައް ގެނެސް އެ ގޮތް މި ގޮތް ހަދަނީ، އާއްމުން ގާތު އެއްޗެކޭ އަހައި، ދެކޭ ގޮތް ބަލައިފައެއް ނޫނެވެ. އެހެންވީމާ ހަމައެކަނި ބުނެލަން އޮތީ، ރާއްޖެ ނުވަތަ މާލެ ސިންގަޕޫރަށް، ނުވަތަ ޓޯކިޔޯ އަށް ނުވަތަ ސްވިޓްޒަލެންޑަށް ބަދަލުކޮށްލާ އިރު ރައްޔިތުންގެ ޚިޔާލު ވެސް ހޯދާލިއްޔާ ރަނގަޅުވާނެ އެވެ.

ކެނެޑާގެ ނިސްބަތުން ކުޑަ ސިޓީއެއް ކަމަށްވާ ހެލިފެކްސްގެ މެދުގައި އާއްމުން ހިތްހަމަޖައްސާލައި ކުޅިވަރު ކުޅެލަން އޮންނަ ބިޔަ ސަރަހައްދު ނުވަތަ ހެލިފެކްސް ކޮމަން އިތުރަށް ތަރައްގީކޮށް ބަދަލުކޮށްލަން ސަރުކާރުން ބޭނުންވެ އެވެ. އަދި އެ މަޝްރޫއުގެ އެންމެ ފުރަތަމަ ބަޔަކީ އެކަން ކުރަންވީ ގޮތް ކިޔައިދިނުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލުމެވެ.

އެއީ ކަމާ ބެހޭ މާހިރުންނާ ހަވާލުކޮށްގެން މި ވަގުތު ކުރިއަށް ގެންދާ ހަ މަސް ދުވަހުގެ ބޮޑު މަޝްރޫއުއެކެވެ. މާސްޓަޕްލޭނެއް ހެދުމުގެ ކުރިން، އާއްމުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުންތަކާއި ވޯކްޝޮޕްތައް ބޭއްވުމާއި ސާވޭއަކާއި ވަކިން ޚާއްސަކޮށް ޒުވާނުންގެ ވިސްނުން ހުރި ގޮތް ބެލުމާއި ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރުން އޭގެ ތެރޭގައި ހިމެނެ އެވެ. ފުރަތަމަ ތިން މަސް ދުވަހުގެ މަޝްވަރާތަކަށް ބިނާކޮށް ޑްރާފްޓެއް އެކުލަވާލުމަށް ފަހު އެ އަށް ފާޑުކިޔައި ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ދޭނެ އެވެ. އެ އަށް ފަހު ތައްޔާރުކުރާ ދެވަނަ ޑްރާފްޓް ވެސް ހިއްސާކޮށް، ހެލިފެކްސް ކޮމަންގެ މާސްޓަޕްލޭން ފައިނަލްކުރާ އިރު، އެކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި އާއްމުންގެ ބައިވެރިވުން އޮންނާނީ ކަށަވަރުވެފަ އެވެ.

"... ވެރިކަމުގައި އޮންނަ ސިޔާސީ ޕާޓީއަކުން ބޮޑެތި ނިންމުންތައް ނިންމާ މުޖުތަމައުއަކީ އެ މުޖުތަމައުއެއްގެ އަމިއްލަ ރައްޔިތުންގެ އިލްމާއި ވިސްނުމާއި ހުނަރުގެ ބޮޑު ބައެއް ނަގައި އެއްލާލާފައިވާ މުޖުތަމައުއެކެވެ... މުޖުތަމައު ގެންދަންވީ މަންޒިލް ކަނޑައެޅުމަށްޓަކައި، ހޮވާލެވިފައިވާ މަދު ބައެއްގެ ހުނަރުތައް އެކަނި ބޭނުންކުރާ މުޖުތަމައުތަކަށް ވުރެ ބޮޑަށް ކުރިއަރައިދިޔުމުގެ ފުރުސަތު އޮތީ އާބާދީގެ ހުރިހާ ބައިތަކަކުން ހުރިހާ ބާވަތެއްގެ ހުނަރު ހޯދައި އޭގެ ބޭނުން ހިފައިފި މުޖުތަމައުއަކަށެވެ."

ތަރައްގީގެ ޕްލޭނެއް ހެދުމުގެ ކުރިން އެ ކަމާ މެދު ބަސް އިއްވައި ގޮތް ކަނޑައެޅުމުގެ ފުރިހަމަ ބާރު ރައްޔިތުންނަށް އޮތް އިރު ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ފަހިކޮށްދިނުމުގެ ޒިންމާ ވެސް ހެލިފެކްސްގެ ސަރުކާރުން އުފުލަ އެވެ. އެއީ މި ސިޓީގައި ދިރިއުޅޭ ކޮންމެ މީހަކަށް ވެސް އޮތް ފުރުސަތެކެވެ. ލައިބްރަރީ ޕްރޮގްރާމެއްގައި ބައިވެރިވެގެން އުޅޭތީ އަހަންނަށް އިއްތިފާގުން އެ ފުރުސަތު ލިބުނު އިރު، ބައްދަލުވުމެއްގައި ނޫނަސް، އީމެއިލުން ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ޚިޔާލު ހުށަހެޅިދާނެ އެވެ. މަޝްރޫއު އަށް ޚާއްސަ ވެބްސައިޓުގައި ކޮށްފައި އޮންނަ މުހިއްމު ސުވާލަކީ، "ހެލިފެކްސް ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ބޭނުންތައް އެންމެ ރަނގަޅަށް ފުއްދައިދޭ ތަނަކަށް ކޮމަން ހަދާނީ ކިހިނެއް" ހެއްޔެވެ؟

ރާއްޖޭގައި ލޯކަލް ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައި އޮތް އިރު ހުރިހާ މަޝްރޫއުތަކެއް ސަރުކާރުން ރާވައި ހިންގުމުގައި އާއްމުންގެ ބައިވެރިވުމެއް ނެތެވެ. މިސާލަކަށް، މާލެ އަށް މިހާތަނަށް ގެނެސްފައިވާ އެއްވެސް ބަދަލެއްގައި މާލޭގައި ދިރިއުޅޭ މީހުންގެ ޚިޔާލު ދުރާލާ ހޯދައިފައެއް ނުވެ އެވެ. ހުރިހާ ކަމެއް ނިންމައި އިއުލާންކުރާ ހިސާބުން ފާޑުކިޔުންތަކާއި ޝަކުވާތައް އައިމާ، ބައެއް ފަހަރު އެ ކަމެއް ފަސްކޮށްގެން ކޮންމެވެސް ކަމެއް ބަދަލުކޮށްފައި ނުވަތަ ޝަކުވާ ކުރާ ބަޔަކު ދައްކާ ވާހަކައެއް އަޑުއަހަން ވަގުތު ދީފައި އެބަ ހުއްޓެވެ. މިސާލަކަށް، ދުވާލު މުދާ އުފުލުން މަނާކުރި ނިންމުމެވެ. އެ ގޮތަށް ނިންމިކަން އިއުލާންކުރީމާ ކަންބޮޑުވުން ފާޅުކުރި ވިޔަފާރިވެރިންނާ ސަރުކާރުން ބައްދަލުކުރިޔަސް، އޭގެ ކުރިން ވިޔަފާރިވެރިންނާ ވެސް މަޝްވަރާކުރި ކަމެއް އެނގިފައެއް ނުވެ އެވެ.

މުދާ އުފުލުން ރޭގަނޑަށް، ޚާއްސަކޮށް ވިޔަފާރި ބަނދަރު ހިންގުމުގެ ސިޔާސަތާއި ފެރީތަކުން މުދާ އުފުލާ ގަޑިތައް ވެސް އެ ނިންމުމާ ގުޅުވައިލުމަށް ފަހު ހަމަ އެ ނޭވާގައި ކެފޭ/ ރެސްޓޯރެންޓްތަކާއި ޕެޓްރޯލް ޝެޑްތައް ބަންދުކުރާ ގަޑި ވެސް ބަދަލުކުރީ އެވެ. ދެން އިވުނީ 24 ގަޑި އިރު ޚިދުމަތް ދޭ ސިޓީއަކަށް މާލެ ބަދަލުކޮށްލަން ނިންމާފައި އޮތް ވާހަކަ އެވެ. އެކަމާ ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެފަދަ ޕްލޭނެއް އެކުލަވާލާނީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް ޚިޔާލު ހޯދައިގެން ކަމަށް ސަރުކާރުން ބުންޏަސް، އޭގެ މާނައެއް އަދި ނޭނގެ އެވެ. ގައިމު ވެސް ޚިޔާލު ހޯދަން އާއްމުން ރައްޔިތުން ގާތަށް ދިޔަ ކަމެއް އެނގިފައެއް ނުވެ އެވެ.

މާލޭގައި ފުނިޖެހިފައިވާ މައްސަލަތައް ހައްލުކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކާއި ގެންނަ ބަދަލުތަކުގެ ހުރިހާ ކަމެއް ގޯސްކުރަނީއެއް ނޫނެވެ. އެ ކަންކަމުން އެދެވޭ ނަތީޖާތައް ވެސް ފެނެ އެވެ. އެކަމަކު އެފަދަ ނިންމުންތަކާ އެކު އެތައް ބައެއްގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮހިގެންދާން މަގުފަހިވާ ސަބަބުތައް ވެސް ހުރެ އެވެ. ބޮޑަށް މިހެން ދިމާވަނީ ވެސް ހާމަކަމާއި އާއްމުންނާ މަޝްވަރާކުރުމުގެ ރޫހު ސަރުކާރުގައި ނެތީމަ އެވެ.

ތަރައްގީގެ މަޝްރޫއުތަކާއި ދިރިއުޅުމަށް ބަދަލު އަންނަ ނުވަތަ އަސަރު ފޯރާ ގޮތަށް ރަށު ތެރެއަށް ގެންނަ ބަދަލުތަކާ މެދު ދުރާލާ އާއްމުންގެ ޚިޔާލު ހޯދަން ޖެހޭނެ އެވެ. ސަރުކާރުގެ ވެރިން ފަހަރުގައި ބުނެފާނެ އެވެ؛ "މިކަން މި ކުރަނީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށެވެ. ރައްޔިތުންނަށް ފަސޭހަކޮށްދޭށެވެ. މިއީ މި ކަން ކުރަން އޮތް އެންމެ ރަނގަޅު ގޮތެވެ." އެކަމަކު އެކަން އެނގެނީ ހެއްޔެވެ؟ ވަޒީރަކު ނުވަތަ އޭނާގެ މަދު މުވައްޒަފުންކޮޅެއް، އެހެން ހުރިހާ ރައްޔިތުންނަށް ވުރެ މާ މޮޅުވާނެއޭ ބުނެވިދާނެ ހެއްޔެވެ؟ އަދި ރައްޔިތުންގެ ބަހެއް ނުހޯދައި، "މިއީ ރައްޔިތުން ބޭނުންވާ ގޮތޭ" ކިޔައިގެން ވާހަކަދެއްކޭނެ ހެއްޔެވެ؟

ހެލިފެކްސް ކޮމަންއާ ބެހޭ ބައްދަލުވުމަށް ފަހު މި ޝުއޫރުތައް ސިކުނޑީގައި އެނބުރެމުން ދިޔަ ދުވަހު އަހަންނަށް އިއްތިފާގުން ކިޔައިލެވުނީ އިލްމުވެރިއެއްގެ ވަރަށް މުނާސަބު ބަސްކޮޅެވެ. މަޝްހޫރު އިކޮނޮމިސްޓް ތޯމަސް ސޮވެލް ލިޔުއްވާފައިވެ އެވެ؛

"... ވެރިކަމުގައި އޮންނަ ސިޔާސީ ޕާޓީއަކުން ބޮޑެތި ނިންމުންތައް ނިންމާ މުޖުތަމައުއަކީ އެ މުޖުތަމައުއެއްގެ އަމިއްލަ ރައްޔިތުންގެ އިލްމާއި ވިސްނުމާއި ހުނަރުގެ ބޮޑު ބައެއް ނަގައި އެއްލާލާފައިވާ މުޖުތަމައުއެކެވެ... މުޖުތަމައު ގެންދަންވީ މަންޒިލް ކަނޑައެޅުމަށްޓަކައި، ހޮވާލެވިފައިވާ މަދު ބައެއްގެ ހުނަރުތައް އެކަނި ބޭނުންކުރާ މުޖުތަމައުތަކަށް ވުރެ ބޮޑަށް ކުރިއަރައިދިޔުމުގެ ފުރުސަތު އޮތީ އާބާދީގެ ހުރިހާ ބައިތަކަކުން ހުރިހާ ބާވަތެއްގެ ހުނަރު ހޯދައި އޭގެ ބޭނުން ހިފައިފި މުޖުތަމައުއަކަށެވެ."

23 ކޮމެންޓް, 78 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 6%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިޖޭ

19 April 2018

ޝުކުރިއްޔާ އާސިޔަތު މި މާލެގެޓްރެފިކް ތޮއް ޖެހުން އިތުރާސް ގޯސްވެ ތަކެޓީގެ އަގު ބޮޑުވުން ނުން ކމަެއް މި ބަދަލަކުން ނުފެނޭ...... އެންބިޔުލެންސް އަށް ރޭގަނޑު 06 އިން 10 އަކަށް މިހާރު ޖާގަ އެއް ނެތް.... އެގަޑީ ވިއްސާރ ަވެއްޖެއޔާ އެދުހުގެ މދާ އުފުލުން ފަނު ފުލުން ދިޔައީ...... ކަނމަތީ ފިހާރަ ސޭޓް ރޭގނަދު 2 ޖަހަންދެން ފެން ކޭހުގެ އިންތިޒާރުގައި، ..... އިމާރާތް ކުރާ ތަންތަނުގައި 20-30 މީހުން ތަކެތީގެ އިންތިޒާރުގައި ސައިޓްގައި މުސާރަ ހިނގާ މަސައްކަތް ނުހިނގާ...މާނައަކީ އިމާރާތުގެ އަގުބޮޑުވަނީ...ކުލި ބޮދު ވަނީ..... ޕޮސިޓިވް ކަމަކީ ދުވާލު ވަޒީޜުންގެ ކާރު ޕިކަޕެއްގެ ފަހަތަށް ނުވަންނަ ކަން

The name is already taken The name is available. Register?

ޝިފާގު

18 April 2018

ރަގަޅު ލިޔުމެކެވެ. އެކަމަކު ކޮންޓެކްސްޓް ގެ ގުޅުންވެސް ކަންކަންރާވާ ހިންގުމުގެ ނިޒާމަކަށް ވަރަށް މުހިންމެވެ. ރާއްޖޭގެ ކޮންޓެކްސްޓާ ހެލިފެކްސްގެ ކޮންޓެކްސްޓް އުޑާބިމާހާ އަށްވުރެވެސް ތަފާތެވެ.

The name is already taken The name is available. Register?

ާހުތީ

18 April 2018

ކުރީ ރަނގަޅު ކަމެއް. ކުރި ގޮތް ގޯހީ..

The name is already taken The name is available. Register?

2018 ފެންނަނީ ޓޯކިޔޯ

18 April 2018

ވަރަށް ފަސޭހަވެއްޖެބާ؟ މަށަށް އެކަމެއް ނުފެނުން. ދުވާލުގަޑިވެސް ބާރުބޮޑު. ހަވީރު 6 ގެ ފަހުން އެވާހަކަނުދައްކާ. ބޮޑުވީ ތަކުލީފެއް. ޕްލޭނެއް ނެތް. އިންޑަސްޓްރިއަލް ވިލެޖައްވީ ގޮތެއް ނޭންގުން. ކޮންމެ ގަރާޖެއްގެ މަގުމަތި ބޭނުންކުރަނީ ގަރާޖުތަކުން.

The name is already taken The name is available. Register?

ނާޝް

18 April 2018

ފައްކާ ލިޔުމެއް. ???

The name is already taken The name is available. Register?

ކޮމެންޓޭ1

18 April 2018

މިބަދަލު ގެނައީ ކުއްލިއަކަށޭ ހަމަ ކިޔާތީ ހަމަ ހައިރާންވޭ. ކުރިންވެސް މިބަދަލު ގެންނަން އިއުލާނުކޮށްގެން ނުފޫޒު ހުރި މީހުން އޮތީ ހުއްޓުވާފަ. މިހާތަނަށްވެސް ޓްރެފިކް މައްސަލަ ހައްލުނުވެ މިއޮތީ ނުފުޒު ހުރި ވިޔަފާރި ވެރިންގެ ސަބަބުން. އިންޖީނުލީ ދުއްވާތަކެތި އެތެރެ ކުރެވޭނެ އަދަދު ކަނޑަ އަޅަންވެސް މިދޭތެރެއަކުން އުޅުނު އެކަންވެސް އެއޮތީ ހުއްޓުވާފަ. ކުރީގަ ޓެކްސީ ޑްރައިވަރުން ކުރި ޖެއްސުމުން ޕަބްލިކް ޓްރާންސްޕޯރޓު ސިސްޓަމެއް ގާއިމުނުކުރެވި އަދިވެސް މިއޮތީ.

The name is already taken The name is available. Register?

ބީވާ

18 April 2018

ކުދި ކަޑަތަކުން ވިޔަފާރި ކުރަނީ ލިބޭ ފައިސާ ކޮޅަށް އެތިކޮޅެއް ގަނެލައިގެން އެކަހަލަ ގޮތަކަށް. އެވެރިން އަތަކު ފައިސާއާއި ތަނާ ނުހުރޭ މުދާ ގަނޑުކޮށް ގަނެ ވައްދާކަށް. ވިޔަފާރި ވަރަށް ހީނަރު ވެއްޖެ. މިކަމުން ފައިދާ ވަނީ ސުޕަމާރޓް ތަކަށް.

The name is already taken The name is available. Register?

ޕޮކަންޑި

18 April 2018

ރައްޔިތުންގެ ހިޔާލު ހޯދަައިގެން އެމީހުންގެ ރުހުމާއިއެކު ކަމެއްކުރަންޏާ މިޤައުމުގެ ހިންގޭނެ ތަރައްގީގެ ޕްރޮޖެކްޓެއް ނޯންނާނެ. އަހަރެމެންނަކީ ދުނިޔެއަށް މަޝްހޫރު ރޯނުއެދުރުން. ދަންނަކަމެއްވެސް ނޯންނާނެ، ނުދަންނަ ކަމެއްވެސް ނޯންނާނެ. އަދި ހަމަ ހެޔޮ އެއްގޮތެއްވެސް ނޯންނާނެ. އަޅުގަނޑުވެސް ހިމެނޭގޮތަށް މިއީ ދިވެހިންނަކީ.

The name is already taken The name is available. Register?

ހަސަންފުތު

18 April 2018

ތިއީކީ ހަމަޖެހޭ ވާހަކައެއް ނޫން.. ކޮންމެ ރައީތަކުވެސް ތަރައްގީ ބޭނުންވާނެ.. ކޮންމެ ހެން ނުޖެހޭ ހުރިހާ ރައީތުން ކައިރިން ވަކި ވަކި އަހާކައް .. ސިޓީކައުންސިލް އާއި ރަށް ރަށުގެ ކައުންސިލް އުފައްދާފަ އެހެރީ ރައީތުންގެ ބަސް އިއްވަން .. ރައީތުންގެ މަންދޫބުންނަކައްވެސް ނޭގި ސަރުކާރުން ކަންތައްތައް ހިތުހުރި ގޮތަކައް ކުރަންޔާ އެކަމުގެ ނޭދެވޭ އަސަރު މުޅިގައުމައް ކުރާނެ..

The name is already taken The name is available. Register?

އޮރެންޖް

18 April 2018

ރާއްޖޭގައި ކަންކަންކުރާއިރު އަބަދުވެސް އަހާ (މާލޭ ނޫނީ). އޮފީސް ތަކުގެ ޓީމުތައް އަބަދުވެސް ކޮންމެވެސް ރަށަކަށް ގޮސް ބައްދަލުވުން ބާއްވާ. މާލޭގައި ކަންކަންކުރާއިރު އެއްވެސް ސަރުކާރަކުން އަހާފައެއް ނެތް. މާލެއަކީ ރައްޔިތުން އުޅޭ ރަށެއްކަމަކަށް ނުބަލާ.

The name is already taken The name is available. Register?

ހުތާ

18 April 2018

ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި ނިންމުންތައް ނިންމާއިރު މިނިންމަނީ އެމިނިސްޓްރީއެއްގައި ތިބޭ ދެތިން މީހެކެވެ. ގިނަ މިނިސްޓަރީ ތަކުގައި އެފަދަ ނިންމުން ނިންމާ ލެވެލްގައި މިތިބެނީވެސް ޕާޓީއިން އައްޔަންކޮށްފައިވާ އެފަދަ މަގާމަކަށް ކުފޫ ހަމަނުވާ ސިޔާސީ މީހުންނެވެ. މިފަދަ ނިންމުންތަކުގެ ސަބަބުން ދުއްތުރާ ވަނީ ރައްޔިތުންނަށެވެ، އިސްރާފުވެގެންދަނީ ރައްޔިތުންގެ ފައިސާއެވެ. ފައިދާވަނީ މިބުނާ ވެރިންގެ ހިއްސާ އޮންނަ ކުންފުނިތަކަށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454