ރާއްޖެއިން އެކްސްޕޯޓްކުރާ ބައެއް މުދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް މަތިންދާބޯޓަކަށް އިއްޔެ އަރުވަނީ. އިއްޔެއަކީ ރެކޯޑް އަދަދަކަށް މުދާ އެކްސްޕޯޓް ކުރި ދުވަހެއް. ފޮޓޯ: އެމްއޭސީއެލް
09 އެޕްރީލް 2018 - 15:51
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ އެކަނި 302 ޓަނުގެ އެއާ ކާގޯ ހެންޑްލްކޮށް ރެކޯޑު ހަދައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ 302 ޓަނުގެ ކާގޯ އިއްޔެ ހޭންޑްލް ކުރިއިރު، އޭގެ ތެރެއިން 114 ޓަނުގެ ކާގޯއަކީ ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ބާވަތްތައް ކަމަށެވެ.
"މިއީ މި އެއާޕޯޓު ހުޅުވި ފަހުން މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ކާގޯ ހެންޑްލްކުރި ދުވަސް. މިހާ ބޮޑަށް ކާގޯ ހެންޑްލްކުރުން އިތުރުވީ މަސް އެކްސްޕޯޓްކުރާ މިންވަރު މިދުވަސްވަރު އިތުރުވުމުން،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ގެނައި މުދާތަކެއް ވެލާނާ އެއާޕޯޓުގައި އޮތް މަތިންދާބޯޓަކުން ބާލައިގެން އިއްޔެ ގެންދަނީ. ފޮޓޯ: އެމްއޭސީއެލް
ވެލާނާ އެއާޕޯޓު (ވީއައިއޭ) އިން ރެކޯޑް އަދަދަކަށް ކާގޯ ހެންޑްލް ކުރިއިރު، އެ އެއާޕޯޓުގައި ކާގޯގެ ހިދުމަތް ފުޅާކުރުމަށް 120،000 ޓަނުގެ ކާގޯއަށް ޚިދުމަތް ދެވޭ ޓާމިނަލެއް ހަދަން ވަނީ ފަށައިފަ އެވެ.
ހުޅުލޭގައި ހުންނަ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން (އެމްއައިސީ) ގެ އުތުރުން އޮންނަ ބިމުގައި ހަތަރު ބުރިއަށް ހަދާ އާ ކާގޯ ޓާމިނަލްގައި ކުރިއާ ޚިލާފަށް ކާގޯ ކްރޭންތަކެއް ހުންނާނެ އެވެ. އަދި ތިން ބައެއް އެކުލެވޭ އެ އިމާރާތުގައި 12،000 އަކަމީޓަރު ހުރެ އެވެ.
ވެލާނާ އެއާޕޯޓުގައި މިހާރު ހުންނަ ކާގޯ ޓާމިނަލްގައި ޚިދުމަތް ދެވެނީ 50،000 ޓަނުގެ ކާގޯއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
11 April 2018
މިސަރުކާރުން ހަދާ ރިކޯޑް ތަކުގެ ސައްހަކަން ޖެހޭނީ އެހެންބަޔަކު ޔަޤީންކުރަން. . . . ހެލްތް މިނިސްޓްރީ އިން ބުނި ހޮސްޕިޓަލްގެ ހުރި އެމްއާރއައި މެޝިނަކުން އަހަރެއްގެ ތެރޭގައި 90 ހާހަށްވުރެން ގިނަ ސްކޭން ކުރި ވާހަކަ. އެއާއި އެކު ސޯޝަލް މީޑިޔާގައި “ރާއްޖޭގެ ހޮސްޕިޓަލް ތަކުގައި ތަވާގައި ފެންފޮޅި އަޅާގޮތަށް އެމްއާރ ސްކޭން ހަދަނީތޯ” މީހުން ސުވާލު އުފެއްދުމުން ގާނދީ މެމޯރިއަލް ހޮސްޕިޓަލް އިން ނޫސްބަޔާން ނެރެ “އެ ރިކޯޑަކީ ޓައިޕިންގ މިސްޓޭކެއް” ކަމަށްބުނި. . . . އެހެން ކަމުން ތިއީވެސް “އިކޮނޮމިސްޓޭކް” ގެ ސަރުކާރުގެ “މިސްޓޭކެއް”ކަމުގައި ނޫނީ ނުވާނެ. . . . . އެމްއެމްޕީއާރސީން ކޮށްފައިވާ “ރެކޯޑް އަދަދުގެ ވައްކަމާއި” ދައުލަތުގެ ތިޖޫރިތަކާއި ދޯހަޅިވެ ގެއްލިފައިވާ ފައިސާތަކުގެ އަގު ކުރެވޭނެ ގޮތެއްވެސްނެތިފައިވާތީ ތިފަދަ ރިކޯޑް ތަކަކުން ދިވެހިންނަށް ލިބޭނެ އުފަލެއްނެތް. . . . ޓްއަރިޒަމް މިނިސްޓްރީންވެސް ރިކޯޑް ހަދާ ފަތުރުވެރިންދަނީ އިތުރުވަމުން ކަމަށްބުނޭ. އެކަމަކު ރިސޯޓް އެނދުތަށް ހުރީފަޅުކޮށް.
ހުރަސް
09 April 2018
ހޭންޑްލް ތި ބޭނުން ކުރީ މާދަރީ ބަސް ހަމަ ނޭނގެނީހެވެ ނުވަތަ އިނގެރޭސޮ ބަަސް ތިމާ މީހާއަށް އެނގޭ ކަމުގެ ފަޚްރެއްގެ ގޮތުގަތާއެވެ
އަހުމަދުބެ
09 April 2018
އެކަމު ރާއްޖޭގެ ދަރަނި ދަނީ ފަތު އަޑު ކިޔާފަ ބާރަށް ކުރިއަށެވެ. މުސާރަދޭން ވީމަ ޓީބިލް ވިއްކަނީއެވެ. މައްސަލަ އެއް އެބަ އުޅެއެވެ.
ހަމަ ބުނެވުނީ
09 April 2018
މިގައުމުގަ ވަރަށް ގިނަ އަދަދެއްގެ ރިކޯޑް ތަށް އެބައުޅޭ!!! އެންމެ ގިނަޓެރެރިސްޓުން!!! ހުރިހާ އިދިކޮޅު ލީޑަރުން ޖަލުގަ!!!
ބީކޭކޭ
09 April 2018
ތީހަބަރެއްނޫން އެހެންވީމަ ކޮމަންޓެއް ދޭކައްބޭނުމެއްނެއް!
ފެނޭބާ
09 April 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.