ރައީސް ޔާމީން، ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ އިސް ވެރިއަކާ ބައްދަލުކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
09 އެޕްރީލް 2018 - 16:18
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމައިފި އެވެ.
ޔޫއޭއީގެ ބައެއް ނޫސްތަކުގައިވާ ގޮތުން، ޔޫއޭއީގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމީ އެ ގައުމުގެ ކެބިނެޓުގައި މަޝްވަރާ ކުރުމަށް ފަހު އެވެ. ރާއްޖޭގައި އެމްބަސީއެއް ހުޅުވުމުގައި އެހީތެރިވުމަށް ޔޫއޭއީގެ ކެބިނެޓުން ވަނީ ނިންމައިފަ އެވެ. އެކަމަކު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ނޫހުން ހާމައެއް ނުކުރެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މިދިޔަ ދުވަސްތަކުގައި ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ގާތް ގުޅުމެއް އުފެދިފައިވާއިރު، އެ ގައުމުން އަންނަނީ ރާއްޖޭގެ ތަރައްގީ އަށް ގިނަ މަޝްރޫއުތަކެއް ހިންގުމަށް އެހީތެރިވަމުންނެވެ.
ރައީސް ޔާމީން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ޔޫއޭއީ އަށް ވަޑައިގެން، އެގައުމުގެ އިސް ބައެއް ވެރިންނާ ބައްދަލު ކުރައްވައި އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ރާއްޖެ އާއި ޔޫއޭއީއާ ގުޅިގެން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ނ. މާފަރު އެއާޕޯޓު ތަރައްގީ ކުރުމާއި ނ. އަތޮޅަކީ އެންމެ މަތީ ފެންވަރުގެ ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމާއި ޑިޖިޓަލް ސްކޫލް ޕްރޮގްރާމް ހިންގުން ހިމެނެ އެވެ.
ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ވެސް ޔޫއޭއީ ހިމެނެ އެވެ.
ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1978 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނިކުޑޭ
10 April 2018
ރިޔާސީ އިންތިޚާބުގައި އަހަރެން ވޯޓު ނުދޭނެ ދެއަކުރެއް ކަނޑައަޅައިފިން. އެއީ ޔެސްގެ ވައިއަކުރާއި، ނޯގެ އެން އަކުރު.
ހުއްބުލް ވަތަން
10 April 2018
ކޮރަޕްޝަން، އިދިކޮޅު ކުދިންނަށް ބޭއިންސާފު، ފުލުހުން އަނިޔާވެރި، ޕާތޯކުދިންނަށް މޮޅުގޮތް، އީސީގެ ރައީސް ސަރުކާރު ސައިޑްގަ، ޓީ.ވީ.އެމް ސަރުކާރު ސައިޑްގަ - މިނޫން ވެރިކަމެއް އަހަރެމެންގެ ހަޔާތުގަ ދެކެފިންތަ؟ ތަފާތަކަށް ފެންނަން މިއޮތީ ހަމަ އެކަނި ތަރައްޤީ، މިސަރުކާރު އުޅެނީ ތަރައްޤީގަ އެހެން ސަރުކާރު ތަކަށްވުރެ މާކުރީގަ، މީޙަޤީޤަތެއް
ފާތުން
10 April 2018
ތަރައްގީއޭ ތިކިޔަނީ ކޮންތަރައްގީއެއް ފެނިގެންބާ؟ ސަރުކާރެއް އޮތީއްޔާ އެބަޖެހޭ ދޯ ކޮންމެވެސް ކަންތައްތަކެއް ކޮއްދޭން ރައްޔިތުންނަށް، އަދި އަމްދުން ޓެކްސްވެސް ދައްކާއިރު. އެކަމަކު ތިބުނާ ތަރައްގީ އޭ ކިޔާވަރުގެ މަކެއް ހަމަ ނުފެނޭ. ފެންނަނީ ހެސްކިޔާފަ ކޮރަޕްޝަން. އެހެންވީމަ ބައެއް މީހުންގެ ޖީބަށާ އެމީހުންގެ އާއިލާއަށް ތަރައްގީ ލިބޭނެ. އެކަމަކު އާންމު ރައްޔިތުންނަކަށް އެއްވެސް ތަރައްގީއެއް ހަމަ ނުފެނޭ. އަދި ކޮބާ ތިބުނާ ތަރައްގީން އަހަރުމެންގެ ބޮލުގަ އެޅިފައޮތް ދަރަނިވެސް އަދި ނޭންގެ.
ިއިޔެ
10 April 2018
ފުރަމާލޭގެ ބިމުގައި ދުނިޔޭގެ ހުރިހާ ޤައުމެއްގެ އެމްބަސީ އަޅާފަ، މަމެންގެ ކޮންތާކު އުޅޭނީ؟
އަލީ!
09 April 2018
މިހާ ގާތް ބަޔަކު ކީއްވެތަ ޔޫއޭއީ އަށް ވިސާ ނަގަންޖެހެނީ..؟! ލާދީނީ ޔޫރަޕް މީހުނަށް ވިސާފްރީވެފަ. ދީނީ ދިވެހިންނަށް ވިސާ ނަގަން ޖެހޭ!!!
މީނާ
09 April 2018
އެމްބަސީ ހުޅުވިޔަސް ކޮންކަމެއްތަ ވާނީ.. ޔޫއޭއީއަށް ދިވެހިން ދާންޖެހެނީ ބޮޑު އަގުގައި ޓޫރިސްޓު ވިސާއެއް އެއަރލައިން މެދުވެރިކޮށް ގަނެގެން.. ވިސާ ފްރީކޮށްދޭ ނަމަވެސް ރަނގަޅު..
ޢަލިދީދީއައްޑޫސިޓީ
09 April 2018
އެމްބަސީ ހުންނާނީ ކޮންބޭފުޅެއްގެ ގެއެއްގެ އެޕާރޓްމެންޓެއްގައިބާ!
އައްޑޫ
09 April 2018
އައްޑޫ މީހުން ނުޖެހޭ މާލޭ ސަރުކާރުން ކުރާ ކަންތައްތަކަށް ބަސް ކިޔާކަށް
ދަތްނެތްކުއްޖާ
09 April 2018
ސަހަރޯ! މި ހުންނަނީ ރައްޔިތުން ވަރަށް ފުންކޮއް ވިސްނަންޖެހޭ ކަންކަން. ޔޭ އޭ އީ އަކީ ރާއްޖޭގެ ރައްޔިތުން އެހާ ގިނައިން ދަތުރު ގޮސް އުލޭ ޤައުމެއްނޫން. އަދި ރާއްޖޭގެ ވިޔަފާރި ވެރިންވެސް އެ ޤައުމަކުން މުދާ އެތެރެ ކޮއްގެން ވިޔަފާރި ކޮށެއް ނުހަދާ. އަދި ޔޫ އޭ އީ ގެ އެމްބަސީ އެއް ރާއްޖޭގައި ހުލުވިއަސް އެކަމުން ރައްޔިތުންނަށް ކުރާނެ މާބޮޑު ފައިދާ ތަކެއް ނޯންނާނެ ކަމަށް ދެކެން. މިހެންކަމުން މިކަމުގެ އަޑީގައި ރައްޔިތުން ނަށް ގޮތް ނޭގޭ އެތައްކަމެއް ހިނގާފާނެ ކަމުގައި މަމެން ދެކެން. މީގެ ކުރިން މަމެން އަޑު އެހީމު ސަޢުދީގެ މަޙުޖަނުން ތަކެއް ރާއްޖޭގެ އަތޮލެއް ގަންނަން އުލުނު އަޑެއްވެސް. މި ކަމަކީވެސް ރައްޔިތުންނަށް އަޑި ނޭގުނު ކަމެއް ކަމަށް ބުނާ އަޑު މަމެން އެހީމު.
މުހައްމަދު މިގްދާދް
10 April 2018
ވޭތުވެދިޔަ 5 އަހަރު ތެރޭގައި ވެސް ރާއްޖެއަށް މުދާ އެންމެ ގިނައިން އިމްޕޯޓްކޮއްފައިވަނީ ޔޫ އޭ އީ އިން އިގޭތޯ. ކަންތަށަތަކުގެ ވާނުވާ ނުބަލާ ކޮމެންޓް ނުކުރަމާ
އިންސާރފް
09 April 2018
އެމްބަސީތައް ހިންގަން ޔާމީނު ނޫން އެހެން މީހަކު ރައްޔިތުންގެ ވޯޓަކުން 2018 ގައި އިންތިހާބު ކުރަން ޖެހޭ.
ސަރީފު
09 April 2018
އަޅުގަޑަކީ އެމްޑީޕީ މީހެއް ނަމަވެސް ދަންނަވަން އޮތީ ޔާމީނަކީ ތަރައްގީގައި އެހެން ރައީސަކައް ގައުމުނުގެންދެވުން ހިސާބައް ގެންގޮސްދެމުންދާރައީސެއް...އަޅުގަޑު ބޭނުމެއްނުވޭ ދުވާލަކު މީހަކު ހައްޔަރު ކުރާރައީސެއް ...އެކަމަކު އެއައްވުރެބޮޑައް ބޭނުންވަނީ ގައުމުމިދާތަރައްގީގެ މިސްރާބައްގެންދާނެ ރައީސެއް..އެހެންކަމުން ޔާމީނަށް ވޯޓް ނުދޭނަމެކޭ ނުބުނާނަން.
ޝެނީޒާ
09 April 2018
ސަފީރު ޔާމީނު ގެނެސް ދީނީ ތަަރައްގީއެއް ނޫން.. ގެނެސްދީނީ ތަރައްގީގެ ކުލަޖައްސައީފަ ހުރީ ބޮޑެތީ ކޮރަޕްޝަނާއީ ޚީޔާނާތް.. ޔާމީނު ކާރީގަ މެހީތަކެއްހެން އެނބުރޭ މީހުންތަކައް ބަލާބަަލަ..