ރޯމާގެ ކެޕްޓަން ޑެނިއަލް ޑި ރޮސީ އަދި ވައިސް ކެޕްޓަން ފްލޮރެންޒީ (ވ) އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
11 އެޕްރީލް 2018 - 03:06
ރޯމް (އޭޕްރިލް 11) – ސްޕެނިޝް ލީގުގައި ބަލިނުވާތާ އަހަރެއް ވެފައިވާ ޔޫރަޕުގެ ގަދަބާރު ބާސެލޯނާ އަތުން 3-0 އިން މޮޅުވެ އިޓަލީގެ އޭއެސް ރޯމާ އިން ފުރަތަމަ ލެގުގެ ނަތީޖާ އަނބުރާލައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށް ފުޓްބޯޅައިގެ ދުނިޔެއަށް ހައިރާންކަން ގެނުވައިފި އެވެ.
ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ކުޅުނު ލެގު 4-1 އިން ކާމިޔާބުކޮށްފައިވާތީ ގިނަ ބަޔަކު ނިންމައިގެން ތިބީ މިރޭ އެ ޓީމުން އުނދަގުލަކާ އެކު ސެމީން ފުރުސަތު ހޯދާނެ ކަމަށެވެ. އެކަމަކު މިރޭގެ ނަތީޖާއާ އެކު ދެ ޓީމު 4-4 އިން އެއްވަރުވެ ރޯމާ މިވަނީ ރަށުން ބޭރުގައި ޖެހި ގޯލުން ކުރި ހޯދައި، 1984 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.
އަނެއްކޮޅުން އެ ފަހަރުގެ ފައިނަލުން ރޯމާ އަތުން މޮޅުވި އިންގްލެންޑުގެ ލިވަޕޫލް ވަނީ މިރޭ މެންޗެސްޓާ ސިޓީ އަތުން ރަށުން ބޭރުގައި 2-1 އިން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ފުރަތަމަ ލެގުން 3-0 އިން މޮޅުވި ލިވަޕޫލް ދެ ލެގުން ކުރި ހޯދީ 5-1 އިންނެވެ. މިރޭ ވެސް ލިވަޕޫލުގެ ތަރިއަކަށްވީ ރޯމާ އިން މި ސީޒަނުގައި ލިވަޕޫލާ ގުޅުނު މިސްރުގެ ފޯވާޑް މުހައްމަދު ސަލާހެވެ.
ބާސެލޯނާގެ ސުޕަސްޓާ މެސީ މެޗަށް ފަހު ދަނޑުން ފައިބައިގެން ދަނީ. --ފޮޓޯ: އޭއެފްޕީ
ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގައި ރޯމާ އާއި ބާސެލޯނާ މިރޭ ކުޅުނު މެޗުގެ ފުރަތަމަ މިނެޓުން ފަށައިގެން ރޯމާ އިން ވަނީ އެ ޓީމަށް ސެމީން ޖާގައެއް ހައްގުވާވަރުގެ ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ކެޕްޓަން ޑެނިއަލް ޑި ރޮސީ ޖައްސާލި ބޯޅައަކަށް އަރައި ހަ ވަނަ މިނެޓުގައި އެޑިން ޖެކޯ ރޯމާ އަށް ލީޑު ނަގައިދިން ނަމަވެސް، އެއީ އެ ޓީމަށް ކުރެވިދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ.
އެކަމަކު ރޯމާ އިން އެއްކޮށް ކޮންޓްރޯލްކުރި ފުރަތަމަ ހާފަށް ފަހު، ދެ ވަނަ ހާފު ފަށައިގެން 58 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޑި ރޮސީ ވައްދާލި ލަނޑާ އެކު އެ ޓީމަށް ޔަގީންކަން ލިބުނު ކަހަލަ އެވެ. އަދި 82 ވަނަ މިނެޓުގައި ކޯނަރަކުން ހުރަސްވި ބޯޅައެއް އޭރިއާ ތެރެއިން ޑިފެންޑަރު ކޮސްޓަސް މަނޮލަސް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައި، ނުވާނެހެން ހީވި ކަންތައް އެ ޓީމަށް ހާސިލްކޮށްދިނެވެ. ފުރަތަމަ ލެގުން ބާސެލޯނާ އަށް ބޮޑު އެޑްވާންޓޭޖެއް ލިބުނު ހަތަރު ގޯލުގެ ތެރެއިން ދެ ގޯލަކީ، މިރޭ ލަނޑު ޖެހި ޑި ރޮސީ އާއި މަނޮލަސް އަތުން ބައިކޮޅަށް ވަން ގޯލްތަކެވެ. މިރޭގެ ލަނޑުތަކާ އެކު އެ ދެ ކުޅުންތެރިންގެ އޭގެ ބަދަލު މިވަނީ ދީފަ އެވެ.
އާ ކޯޗު އާނެސްޓޯ ވަލްވާޑޭއާ އެކު މި ސީޒަނުގެ ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް ކާމިޔާބުކުރުމާ ގާތުގައި އޮތް ބާސެލޯނާ އިން ތިން ތަށި ހޯދުމަށް ކުރަމުން އައި އުއްމީދު މިވަނީ ފެނަށް ވެފަ އެވެ. ރޯމާގެ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ޑި ފްރެންސެސްކޯ ވަނީ މިދިޔަ ސީޒަނުގައި އިޓަލީގެ ސަސުއޮލޯ އަށް ކޯޗުކޮށްދިން އިރު ޔުރޮޕާ ލީގުގައި ވަލްވާޑޭ އޭރު ކޯޗުކޮށްދިން އެތުލެޓިކް ބިލްބާއޯ ހަމަ މި ނަތީޖާ އިން ބަލިކޮށްފަ އެވެ. ޕޯޗުގަލްގެ ކުރީގެ މަޝްހޫރު ފޯވާޑް ޔޫސޭބިއޯގެ ނަމުން ނަން ދީފައިވާ ޑި ފްރެންސެސްކޯ އަކީ ރޯމާ އިން ފަހުގެ ތާރީހެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށްވާ 2001 ވަނަ އަހަރުގެ އިޓާލިއަން ލީގު ކާމިޔާބުކުރުމުގައި ހިއްސާ އޮތް ކުޅުންތެރިޔެކެވެ.
މި ނަތީޖާއާ އެކު ރޯމާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި، ފުރަތަމަ ލެގުގައި ތިން ލަނޑުން ނުވަތަ އެޔަށް ވުރެ ބޮޑު ތަފާތުންވީ ބަލި ދެ ވަނަ ލެގުގައި އަނބުރާލި ތިން ވަނަ ޓީމަށެވެ. އެކަން މީގެ ކުރިން ކުރީ 2004 ވަނަ އަހަރު އޭސީ މިލާނުގެ މައްޗަށް ކުރި ހޯދި ސްޕެއިނުގެ ޑިޕޯޓިވޯ ލަ ލަކޮރޫނާ އަދި މިދިޔަ ސީޒަނުގައި ޕީއެސްޖީގެ މައްޗަށް ކުރި ހޯދިއިރު ބާސެލޯނާ އެވެ.
ލިވަޕޫލުގެ ކުޅުންތެރިން އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
މިރޭ ސިޓީ އާއި ލިވަޕޫލް ކުޅުނު މެޗަށް ސިޓީ ނުކުތީ ފުރަތަމަ ލެގުން 3-0 އިން ބަލިވި ނަތީޖާ އަނބުރާލުމަށެވެ. ގެބްރިއަލް ޖީސުސް ދެ ވަނަ މިނެޓުގައި ޖެހި ގޯލާ އެކު ސިޓީން އެކަން ކޮށްފާނެ ކަމަށް ބެލެވުނެވެ. ފުރަތަމަ ހާފުގައި އެ ޓީމުން ޑޮމިނޭޓްކޮށް އިތުރު ލަނޑު ޖެހުމާ ގާތަށް ވެސް ދިޔަ އެވެ. އެގޮތުން ބެނާޑޯ ސިލްވާގެ ޝޮޓެއް ދަނޑީގައި ވެސް ޖެހުނެވެ. މި ހާފުގައި ސިޓީގެ ލެރޮއީ ސާނޭ ޖެހި ގޯލެއް އޮފްސައިޑް ކަމަށް ބުނެ ރެފްރީ ގަބޫލުނުކުރިއިރު ސިޓީން އެކަމާ މައްސަލަ ޖެއްސި އެވެ. އަދި ރެފްރީއާ ހިނގި ދެބަސްވުމަކަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހާފު ގަޑީގައި ބެންޗުން ފޮނުވާލި އެވެ.
އެކަމަކު ދެ ވަނަ ހާފުގައި ފެނުނީ ތަފާތު މަންޒަރެކެވެ. ލިވަޕޫލުން ހާފުގެ ކުރީކޮޅު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ހޯދިއިރު 56 ވަނަ މިނެޓުގައި ސަލާ ޖެހި ލަނޑާ އެކު ސިޓީ ކުރަން ޖެހޭ މަސައްކަތް ދެގުނަވި އެވެ. އެ ޓީމަށް އިތުރު އުއްމީދެއް ނުލިބެނީސް 77 ވަނަ މިނެޓުގައި ލިވަޕޫލުގެ ރޮބާޓޯ ފިރްމީނިއޯ ގޯލް ޖަހައި ސިޓީގެ އުއްމީދުތައް އެއްކޮށް ފެނަށް ދުއްވާލި އެވެ.
މިއީ މި ސީޒަނުގައި އެންމެ ވަރުގަދަ ފޯމެއްގައި އޮތް ސިޓީ ޖެހިޖެހިގެން ބަލިވި ތިން ވަނަ މެޗެވެ. ފުރަތަމަ ލެގުން މިދިޔަ ހަފުތާގައި ލިވަޕޫލް އަތުން 3-0 އިން ބަލިވެފައި އޮއްވާ ޕްރިމިއާ ލީގުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން ހޮނިހިރު ދުވަހުގެރޭ 3-2 އިން ވަނީ ބަލިވެފަ އެވެ. އެކަމަކު ހޮނިހިރު ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން އަތުން މޮޅުވެގެން ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރާ6ޫ
11 April 2018
އެއްފްސީ ބާސެލޯނާ އާއްމުކޮށް ބޭނުންކުރާ ޖާޒީ ބޭނުންކުރިނަމަ މިހެންނުވީސް!
ޕޮކަޑިމޭން
12 April 2018
އެއްފްސީ ބާސެލޯނާއަށް އާއްމުކޮށް ރެފްރީގެ ފަރާތުން ލިިބޭ އެހީތެރިިކަން ލިިބުނުނަމަވެސް މިހެން ނުވީސް
އިޙްސާންތެރިޔާ
11 April 2018
ބާސާގެ ޑިފެންސް މިހާރު ހަމަ ޒީރޯ..
ޕޮކަޑިިމޭން
11 April 2018
ކޮބާ އެއްކަލަ މޮޅު މެސީ؟ މުހިންމު އެއްވެސްމެޗެއްގަ މެސީއަކަށް ގޯލައެއްނުޖެހޭ، މެސީއަކީ އަބަދުވެސް ގްރޫޕް ސްޓޭޖްގަ ކުޅޭ އާދައިގެ ޓީމުތަކާ ދެކޮޅަށް ޖާދޫ ދައްކާ ޖާދޫގަރެއް، ނޮކްއައުޓް ސްޓޭޖުގަ ވާކަމެއް ނޯވޭ. 2014ވަނަ އަހަރުގެ ވޯލްޑްކަޕްގަވެސް ލަނޑުޖެހުނީ މުބާރާތުގެ ގުރޫޕް ސްޓޭޖްގަ އެކަނި އެވެސް މުޅި ވޯލްޑްކަޕްގަ ކުޅުނު އެންމެ ދަށް ޓީމުތައްކޮޅަށް އެކަނި، ޖާދޫގަރުގެ ޓީމު ފައިނަލާ ހަމައަށް ދިޔަކަމުގައި ވިޔަސް ނޮކްއައުޓް މެޗެއްގަ މިޖާދޫގަރުގެ ޖާދޫއެއް ނުފެނުނު. މުޅިމުބާރާތުގަ އާޖެންޓީނާއިން އެންމެ މޮޅުކުޅުމެއް ދައްކައި އާޖެންޓީނާ ފައިނަލާ ހަމައަށް ގެންގޮސްދިނީ ޑި މާރިއާ، އެކަމަކުވެސް 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ މޮޅުކުޅުންތެރިޔާ އަކީ މެސީ އޯ. ކޮޕާ އެމެރިިކާގަވެސްް ޖައްވަށް ފަޒާއަށް ވައިގެތެރެއަށް އަދި ގޯލަށް ނުވަންނަ ގޮތައް ޕެނަލްޓީ ޖަހާފަ ޖަޒުބާތުގަ ޖެހިގެން ރިޓަޔަރ ކޮށްފަ ޖެހިގެންއައި ދުވަހު ރޮނާ މަތިން ހަނދާންވެގެން ރިޓަޔަރމަންޓް އުވާލައި އަލުން ގައުމީ ޓީމަށް ކުޅެންފެށިި މީހެއް މެސީ އަކީ
ޕޮޮކަޑިިމޭން
11 April 2018
ހޮނިހިރު ދުވަހުގެރޭ އެވަޓަން އަތުން އަތުން މޮޅުވެގެން ސިޓީ ލީގު ކާމިޔާބުކުރުމުގެ ފުރުޞަތެއް ނޯންނާނެ، ހޮނިހިރު ދުވަހުގެރޭ ސިިޓީ ކުޅޭޭނީ ޓޮޮޓެންްހަމްްއާ
ހަސަނާއަލީ
11 April 2018
މެޗް ފިކްސިންގދޯ. ކަލޭމެން ބަލާބަލަ ބާސާ ޑިފެންޑަރުން އުޅުނުގޮތް އެމީހުން ހުއްޓުވަން ކުރި މަސައްކަތް. މަ ހައިރާނެއް ނުވޭ މުޅި ދުނިޔެ ހައިރާންވިޔަސް. ރާވައިގެން ކުޅެފައި އޮތް ބޮޑު ގޭސް ގަނޑެއް. ވެދާނެ އިޓާލިއަން ފުޓްބޯލް އަޑިއަޅާފައި އޮތީމަ މައްޗަށް ޖައްސަން މުޅި ޔޫރަޕުގައި ހިންގާލި ބޮޑު ޖަރީމާއަކަށް. މިކަމުގައި އަޑީގައި ތިބޭނެ މީހުންވެސް ތިޔަ ކުދިންނަށް ލަފާކޮށްލެވޭނެ މިހާރު.
އެޑަމް
11 April 2018
ކަލޯ ފްޓްބޯޅަ ނޭނގެނީ ތިޔަ. ކިތައްމެ މޮޅު ޓީމަކަށްވެސް ނުކުޅޭވޭ މެޗްތައް ހުންނާނެ. އަދި ގޯސްތައްވެސް ހެދޭނެ އެއީވެސް އިންސާނުން، އަނެއްކޮޅުން ކުޅެނީވެސް އިންސާނުން...
އަސްލުހާލަތު
11 April 2018
ދެރަ ނުވަން މޮޅެތި ވާހަކަ ނުދައްކާ ހިމޭނުން ހުރޭ.. އަނގައެއް އޮތީމަ ތަޅުވަނީދެއްތޯ؟ ވަކި ވަރަކަށް ވުރެއް ބޮޑުވީމަ ކިޔޭ ނުކިޔޭ ނޭގެނީ.. ލީގު ކިތަންމެ އަޑިއަޅާފަ އޮތަސް އިޓަލީގެ ޓީމެއް ސެމީގަ ނުކުޅޭ ފަހަރެއް މަދު މިފަހުންވެސް..
ރަދީފްގެބޭރުގަނޑު
11 April 2018
ރަދީފު މެޗްބަލަން ދަނޑަށް ވަންގޮތައް އަދިވެސް ނުނިކުމެފަ ރަދީފް މެސީކާރި ބުނެބަލަ ގޮނޑުހޮވަން ދިޔައީއާ މާރީޗެއް ނުންހޭ ރަދީފު ގެ ބަހުރުވައިން މިބުނަނީ ލަދުކޮބާ ހީހީހާހާ މީހާދަ ބޮޑު އުފަލެކޭ ލިވަޕޫލް ސެމީ އަށް ގޮސްފަ ބާސާ ކެޓީމަ
ރަދީފް
11 April 2018
މަރުހަބާ.ބޮޑާވެ ކިބުރުވެރިނުވުމަށް ނަސޭހަތްތެރިވަން.
ރޯޒް
11 April 2018
ބޮޑާވެ ކިބުރުވެރިވެ ސަޅިކެނޑީ ރަދީފް ނުންތޯ؟ 8މިނިޓުން ވިކި ހުސްވި ޓިކެޓްތަކުގެ ތެރެއިން ޓިކެޓެއް ނަގައިގެން މެޗުބަލަން ޔޫރަޕަށް ދިޔައީ ރަދީފް ނޫންތޯ؟ އެދުވަހު ނެގި ފޮޓޯތައް ކޮބާ؟ ދޮގުހެދުމާ އޮޅުވާލުމުން އެއްކިބާވެ ތަހުޒީބުވާންވެއްޖެ. ރަދީފް ފަލީހަތްވެ އިތުބާރު ގެއްލުނީ ރަދީފް އަމިއްލައަށް ހެދި ދޮގުތަކެއްގެ ސަބަބުން.
ރަދީފް
11 April 2018
އެކުވެރި ރޯޒް.އަހަރެން އެއްވެސް ދޮގެއް ނަހަދަން.އަހަރެން މިއީ އެފާޑު މީހެއް ނޫން.އަހަރެން ޔުވޭ/ރެއާލް މެޗް ބެލިކަން ''މިހާރުއޮންލައިން'' ކިޔާ ވަރަށް ގިނަ މީހުންނަށް އިނގޭނެ.މިޓޮޕިކްގަ އަހަރެން ނުޖެހޭ އިތުރު އެއްޗެހިތަކެއް ވާނުވާނޭނގި ތިބެ ސުވާލު އުފައްދާ 3 ނުވަތަ 4 ކޮހުންނަށް ސާބިތުކޮއްލަދޭކަށް. 8 މިނިޓުން ކީއްކުރަން 1 މިނިޓުން ވިކި ހުސްވެފައޮތަސް ޓިކެޓް ހޯދައިގެން މެޗް ބަލާފަ އޮންނާނީ. ވ.ވެދުން
ރޯޒް
11 April 2018
އެކުވެރި ރަދީފް. މިހާރު ނޫސް ކިޔާ އެއްވެސް މީހަކަށް ނޭނގެ އެކަމެއް. ކިޔުންތެރިން ސުވާލުކުރީމަ ރަދީފް ބުނީ ފޮޓޯ އެޓޭޗް ނުކުރެވެޔޯ. އެކަމަށް އޮތް ހައްލުވެސް ކިޔުންތެރިން ރަދީފަށް ކިޔައިދިން. ލިންކް އެޓޭޗްކުރުން ނުވަތަ ޕްރޮފައިލް ޕިކް ބަދަލުކުރުން. ރަދީފަކަށް އެކަމެއް ނުވި. ދެންވެސް ދޮގު ހެދުން މަދުކުރޭ. ތިޔަކަހަލަ ކޮސް ގޮވައިގެން ހެއްދޭނީ ކުޑަކުދިން.
އަޤީޤާ
11 April 2018
މިއޮތީ ރަނގަޅަށްވެސް ފެންދީފަ ކަތިލާފަ.
ރޮނާލްޑޯ ހައެއް ހަމަވާނެ
11 April 2018
ރޮނާލްޑޯ އަށް 6 ވަނަ ގްލޯބް ލިބޭތީ މެސީއަށް ކެތެއް ނުވިއެވެ. މެޗަށްފަހު މެސީ ދިޔައީ އެކަމާ ދެރަވެ ހިތާމަ ކުރަމުންނެވެ. މެސީ 5 ރޮނާލްޑޯ 6 ރޮނާލްޑޯ، ދުނިޔޭގެ ތާރީހުގައިވެސް އެންމެ މޮޅު ކުޅުންތެރިޔާ، އެއްވެސް ޝައްކެއް ނެތް.
އައްޔާ
11 April 2018
ހާދަ ވަރަކަށޤ ރޮނާލްޑޯ އެންމެ މޮޅު މީހާއަށް ހަދަން ތިއުޅެނީ. ބިލިއަނުން ބެލެންޑޯ ދިނަސް މެސީއަކަށްވުރެ އޭނާ މޮޅޭއް ނުވާނެ.
މެސީ
11 April 2018
ކުޅޭ ކޮންމެ މެޗެއްގަ ރޮނާލްޑޯ ތި އެވޯޑް ހޯދިޔަސް މެސީއަށް ވުރެ މޮޅެއްނޫން ޓެޕިން، ޕެނަލޓީ ނޫން ގޯލެއް ޖެހުނުތަ
ކަޅޭ
11 April 2018
ޓެޕިން ފެނަލްޓީ ޖަހާ މީހާ އަތުގައި އެބަ އޮތް ޕުސްކަސް އެވާރޑް އެއް. ދުނިޔެއާއި ނުބައްދަލު ގޯލް ޖަހާ މީހާ އަތުގައި އޮތީ ކޯއްޗެއް..؟
މަހަށްދަގަ.
11 April 2018
މި ވޯލްޑް ކަޕް އިޔަރ އެއް.. ވޯލްޑް ކަޕް ހޯދާ ޓީމެއްގެ ލީޑިނގް ޕުލެޔަރއަށް ތިޔަ ލިބިފަ ހުރީ
މެސީ 6
11 April 2018
ދެލޯފުޅާ ވޯލްޑް ކަޕް ކުޅޭ އަހަރުވީމަ އެއަށްވެސް ބަލާނެކަން އިނގޭތަ؟ މަށަކަށް ހިއެއްނުވޭ މިފަހަރު ޔޫރޯގަ ނަސީބަކުން ފައިނަލަށް ދިޔަކަސް ވޯލްޑް ކަޕްގަ އެހިސާބަށް ދެވޭވަރުގެ ޓީމެއްހެން ޕޯޗްގަލް މީ. ހަމަ ހީވާ އެއްޗެއްވީމަ ބުނެލީ :)
ހަމީދު
11 April 2018
ކޮބާ އެއްކަލަ ދަންނަ އެދުރު ރަދީފް! އަނެއްކާ ފިލީބާ
ހަމްބޭ
11 April 2018
ބަރްކާ ދެން ލަލަލާ... ހަހަހަހިހިހި މަރްހަބާ ރޯމާ.