ދުނިޔެ / ސީރިއާ

ސީރިއާ އަށް ހަމަލާ ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރުދީފި

ސީރިއާ ސިފައިން އިރުމަތީ ޣޫތާގެ ދޫމާގައި ހަރަކާތްތެރި ވަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

މޮސްކޯ (އެޕްރީލް 11) - ސީރިއާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެ ގައުމާ ދެކޮޅަށް އެމެރިކާ އިން އެއްވެސް އަސްކަރީ ފިޔަވަޅެއް ނޭޅުމަށް ރަޝިޔާ އިން އިންޒާރު ދީފި އެވެ.

ރަޝިޔާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަސިލީ ނެބެންޒިއާ ވިދާޅުވީ ސީރިއާ އަށް ގަވާއިދާ ޚިލާފަށް ދޭ ކޮންމެ ހަމަލާއެއްގެ ޒިންމާ އެމެރިކާ އިން އުފުލަން ޖެހޭނެ ކަމަށެވެ.

ހުޅަނގުގެ ލީޑަރުން ބުނެފައި ވަނީ ދޫމާގައި ކެމިކަލް ހަމަލާ ދިން ބަޔަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވެފައި ވަނީ ސީރިއާ އަށް ދޭ ކޮންމެ ހަމަލާއެއް އަމާޒުކުރާނީ އެ ގައުމުގެ ކެމިކަލް ފެކްޓަރީތަކަށް ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދިފާއި ވަޒީރު ޖޭމްސް މެޓިސް ވަނީ ސީރިއާ އަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕް ވަނީ ސީރިއާ މައްސަލަ އަށް ސަމާލުކަން ދިނުމަށް ލެޓިން އެމެރިކާ ދަތުރުފުޅު ވެސް ކެންސަލް ކުރައްވައިފަ އެވެ.

ސީރިއާގެ ބައިވެރިއެއް ކަމަށްވާ ރަޝިޔާ އިން ވަނީ ދޫމާގައި ކެމިކަލް ހަމަލާއެއް ނުދޭ ކަމަށް ބުނެފަ އެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސާާގީ ލަވްރޯފް ވެސް ވިދާޅުވެފައި ވަނީ ޚާއްސަ ޓީމުތައް ދޫމާ އަށް ފޮނުވައިގެން ބެލި އިރު ކެމިކަލް ހަމަލާއެއް ދިންކަމުގެ އަސަރު ފެންނަން ނެތް ކަމަށެވެ.

5 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 12%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޮނިޓައްޕު ހަސަނު

12 April 2018

މިއެމެރިކާ އަކީ ދުނިޔެއަށް ލައިގެންފައިވާ ބޮޑު މުސީބާތެއް.

The name is already taken The name is available. Register?

އަބްދުއްލާ

12 April 2018

ސީރިޔާ ސަރުކާރަށް ތާއީދުކުރަން. ސަރުކާރުގެ ވެރިމީހާއަށް ހައްގުވެގެން ވަނީ ބާގީން އަތްދަށުން ގައުމު ސަލާމަތްކުރުން. ސޫރިޔާ ސަރުކާރު ފިޔަވާ ދެންތިބީ ބާގީން . ފަސާދަ ކުރާމީހުން . ގައުމަށް ގެއްލުންދެނިވި ހާލަތް ގެނައިމީހުން.

The name is already taken The name is available. Register?

މެސީ

11 April 2018

އެމެރިކާނުން އިރާގު އަފައާނުގެ ރައްޔިތުން ހައްޤަކާ ނުލާ ޝަހީދުކޮށްފަ އަދިވެސް ވީވަރު ކުޑައީ

The name is already taken The name is available. Register?

އަލީ_

11 April 2018

މި މައްސަލައިގައި އެމެރިކާއަށް ތާއީދު ކުރަން. ސީރިއާގެ ސަރުކާރުން އެ ކުރާ ލާއިންސާނީ ކަންކަން ހުއްޓުވަންޖެހޭ.

The name is already taken The name is available. Register?

3254

11 April 2018

އެމެރިކާ އަދި ސީރިޔާ ސަރުކާރަށް ވެސް ތާއީދެއްނުކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454