ދުނިޔޭގެ ކުޅިވަރު / ރިއަލް މެޑްރިޑް

ރޮނާލްޑޯ ފަހު ވަގުތު ރެއާލް މެޑްރިޑް ސެމީ އަށް ގެންގޮސްދީފި

ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

މެޑްރިޑް (އޭޕްރިލް 12) – ޔުވެންޓަސް އިން ތިން ލަނޑު ޖަހައި އެގްރިގޭޓުން ނަތީޖާ 3-3 އިން އެއްވަރުކޮށް ނަތީޖާ ނެރުމަށް އިތުރު ވަގުތަށް ދިއުމާ ދާދި ގާތުގައި އޮއްވާ ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ޕެނަލްޓީއާ އެކު ރެއާލް މެޑްރިޑުން 4-3 އިން ކުރި ހޯދައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ރޭ ފުރުސަތު ހޯދައިފި އެވެ.

މެޗުގެ ނަތީޖާ އިން ޔުވެންޓަސް 3-0 އިން ކުރީގައި އޮއްވާ ރެފްރީ އިތުރު ވަގުތުގެ ތެރޭގައި މި ދިން ޕެނަލްޓީއާ އެކު ޔުވެންޓަސް އިން ސުވާލު އުފެއްދިއިރު، އެ ޓީމުގެ ކުޅުންތެރިން އޭނާ ވަށާލި އެވެ. އެއާ އެކު އިނގިރޭސި ރެފްރީ މައިކަލް އޮލިވާ ވަނީ ބުފޮން އަށް ރަތްކާޑެއް ދައްކައިފަ އެވެ. ބެލެވޭ ގޮތުގައި ކާޑު ދެއްކީ އޭނާ ހުތުރު ބަސްތަކެއް ބޭނުންކުރުމުންނެވެ.

ރެފްރީ މި ޕެނަލްޓީ ދިނީ ރޮނާލްޑޯ ބޮލުން ޖައްސާލި ބޯޅަ ގޯލް ކުރިމަތީ މުޅިން ހުސްކޮށް ހުރި ލޫކަސް ވަސްކުއޭޒް މެއިން ކޮންޓްރޯލްކޮށްލި ވަގުތު، ފަހަތުން ހުރި ޔުވެންޓަސް ޑިފެންޑަރު މަހްދީ ބެނާޝިއާ އޭނާ ކޮއްޕާލި ކަމަށް ބަލަ އެވެ. ބެނާޝިއާ ފަހަތުގައި ހުރެފައި ނެގި ފައިން ބޯޅަ ދުރަށްލީ ނަމަވެސް، ބެނާޝިއާ ފަހަތުގައި ހުރެފައި އޭނާ ކޮއްޕާލައިފި ނަމަ ޕެނަލްޓީ ދެވިދާނެ އެވެ. ސަބަބަކީ އެ ބޯޅައަށް އަލުން މަސައްކަތްކުރުމުގެ ފުރުސަތު ވަސްކުއޭޒަށް ގެއްލުވާލުމުގައި ބެނާޝިއާގެ ދައުރު އޮތުމުންނެވެ.

ރޮނާލްޑޯ ވަނީ އެ ޕެނަލްޓީ، ޔުވެންޓަސްގެ ބަދަލު ކީޕަރު ވޮސިއެޗް ޝެޒްނީ އަށް އެއްވެސް ފުރުސަތެއް ނުދީ މަތީ ކަނަށް ވައްދާލައި މެޑްރިޑް ސެމީ ފައިނަލަށް ގެންގޮސްދީފަ އެވެ. މެޗުން 3-1 އިން ބަލިވި ނަމަވެސް މެޑްރިޑަށް ދެ ލެގުން ކުރި ލިބުނީ 4-3 އިންނެވެ.

ޔުވެންޓަސްގެ ކުޅުންތެރިން ރެފްރީ ވަށާލައިގެން. --ފޮޓޯ: އޭއެފްޕީ

ފުރަތަމަ ލެގުގެ ނަތީޖާ އަނބުރާލުމަށްޓަކައި ރޭ މަދުވެގެން ތިން ލަނޑު ޖަހަން ޖެހިފައި އޮތް ޔުވެންޓަސް އިން ވަނީ މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ ސާމީ ކެދީރާ އަރިމަތިން ނެގި ހުރަސް ބޮލުން ގޯލުގެ ތެރެއަށް ވައްދާލީ މާރިއޯ މަންޒުކިޗެވެ.

އޭގެ ފަހުން ލަނޑު ޖަހަން މެޑްރިޑުގެ ގަރެތު ބޭލް އާއި އިސްކޯ އަދި ރޮނާލްޑޯ އަށް ފުރުސަތުތަކެއް ލިބުނުއިރު ބުފޮން ވަނީ ހުށިޔާރުކަން ދައްކައިފަ އެވެ. މެޑްރިޑުން ފުރުސަތުތައް ނަގާލާފައިވަނިކޮށް މަންޒުކިޗް ވަނީ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި ޔުވެންޓަސް އަށް ބޮޑު އުއްމީދެއް ގެނެސްދީފަ އެވެ. މި ލަނޑު އޭނާ 37 ވަނަ މިނެޓުގައި ޖެހީ ސްޓެފަން ލީޗްސްޓެއިނާ ނެގި ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ. ޔުވެންޓަސް އިން ތިން ވަނަ ގޯލް ޖެހީ 60 ވަނަ މިނެޓުގަ އެވެ. އަރިމަތިން ނެގި ހުރަހެއް ރެއާލް މެޑްރިޑުގެ ގޯލްކީޕަރު ކޭލާ ނާވަސް އަތުން ދޫވި ގަޑީގައި ބޯޅަ ހުސްކޮށް އޮތް ގޯލަށް ވައްދާލީ ބްލައިސް މަޓުއިޑީ އެވެ.

މެޑްރިޑުން އުނދަގުލުން ނަމަވެސް ސެމީ ފައިނަލުން ޖާގަ ހޯދިއިރު މިއީ އެ ޓީމުން މި މުބާރާތުގެ އެހިސާބަށް ޖެހިޖެހިގެން ދަތުރުކުރި އަށް ވަނަ ފަހަރެވެ. މިދިޔަ ދެ އަހަރު ވެސް މި މުބާރާތް ކާމިޔާބުކުރި މެޑްރިޑަށް މި ފަހަރު މި ތަށީގެ މުހިއްމުކަން އިންތިހާ އަށް ބޮޑެވެ. ސަބަބަކީ ސްޕެނިޝް ލީގުގައި ދަށް ނަތީޖާތަކެއް ނުކުމެފައިވާތީއާ އެކު ހުސް އަތާ ސީޒަން ނިންމާލަނުދިމުމަށްޓަކަ އެވެ. އަނެއްކޮޅުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި އަދި ސްޕެނިޝް ކަޕުގެ ފައިނަލުގައި އޮތް ބާސެލޯނާ ވަނީ ޗެމްޕިއަންސް ލީގުން ކަޓައިފަ އެވެ. އެ ޓީމަށް ފުރުސަތު ގެއްލުނީ ފުރަތަމަ ލެގުން 4-1 އިން މޮޅުވެފައިވަނިކޮށް ދެ ވަނަ ލެގުން އެންމެން ހައިރާންކޮށްލުމަށް ފަހު ރޯމާ 3-0 އިން މޮޅުވުމުންނެވެ.

ރޭގެ މެޗަކީ ޔުވެންޓަސްގެ ކީޕަރު ބުފޮން މި މުބާރާތުގައި ކުޅުނު ފަހު މެޗަށް ވުން ގާތެވެ. ބުފޮން ވަނީ މި ފަހަރުގެ މުބާރާތް ކާމިޔާބުނުވެއްޖެ ނަމަ މިއީ އޭނާގެ ފަހު މުބާރާތް ކަމަށްވާނެ ކަމަށް ކުރިން ބުނެފަ އެވެ. އެކަމަކު މި ފަހަރު ކާމިޔާބުވެއްޖެ ނަމަ މި އަހަރުގެ ޑިސެމްބަރު މަހު އޮންނަ ފީފާ ކްލަބް ވޯލްޑް ކަޕުގައި ކުޅުމަށްޓަކައި ކުޅުން ކުރިއަށްގެންދާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ރަތްކާޑު ދެއްކުމުން އޭނާ ދަނޑުން ފައިބައިގެން ދިޔައިރު ކައިރީގައި ހުރި ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން މީގެ 12 އަހަރު ކުރިން ކެރިއަރު ނިންމާލީ ހަމަ އެފަދަ ގޮތަކަށް، ބުފޮންއާ ދެކޮޅަށް ކުޅުނު މެޗެއްގަ އެވެ. އެގޮތުން 2006 ގެ ވޯލްޑް ކަޕުގެ ފައިނަލުގައި އިޓަލީ އާއި ފްރާންސް ކުޅުނު މެޗުގައި އިޓަލީގެ މާކޯ މަޓެރާޒީ އަށް ހަމަލާދިނުމުން ޒިދާނަށް ދެއްކި ރަތްކާޑާ އެކު އޭނާގެ ކެރިއަރު ނިމުނީ އެވެ. އެ މެޗުން އިޓަލީ މޮޅުވިއިރު ބުފޮން ކެރިއަރުގެ އެންމެ ބޮޑު އެއް ކާމިޔާބީ ހާސިލްކުރީ އެވެ. އެކަމަކު އޭނާ ކެރިއަރު ނިންމާލަން މި ޖެހެނީ ކްލަބް ލެވެލްގެ އެންމެ ބޮޑު އެއް މުބާރާތުގައި އަތް ނުލެވި އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ތިން ފަހަރު ކުޅެ ވެސް ބަލިވީ އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ އަނެއް ޖާގަ ކަށަވަރުކުރީ ޖަރުމަނުގެ ބަޔާން މިއުނިކެވެ. އެ ޓީމު ފުރުސަތު ހޯދީ ރޭ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ސްޕެއިނުގެ ސެވިއްޔާއާ 0-0 އިން އެއްވަރުވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން 2-1 އިން ކުރި ހޯދައިގެންނެވެ. މި ފަހަރު ސެމީގައި އޮތީ ޔޫރަޕުގެ އެންމެ ވަރުގަދަ ހަތަރު ލީގު އޮތް ހަތަރު ގައުމަށް ނިސްބަތްވާ ކްލަބްތަކެވެ. އެއީ އިންގްލެންޑުގެ ލިވަޕޫލާއި ސްޕެއިނުގެ މެޑްރިޑާއި އިޓަލީގެ ރޯމާ އަދި ޖަރުމަނުގެ ބަޔާން މިއުނިކެވެ.

50 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 26%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަޑިގިއްލާ

13 April 2018

މިނައަކީ މޮޅުމީހެއް! އެކަމް އެހެން ކުޅުންތެރިންގެވެސް ބުރަމަސައްކަތުން ހޯދާ ނަތީޖާއަކީ ހަމައެކަނި މިސޮރަށް ހާއްސަކުރާތީ ފޫހިވަނީ! އަދި މިއޮއް ޖައްސާ ވައްތަރެއްވެސް....

The name is already taken The name is available. Register?

ލޯންސްޓަރ

12 April 2018

ލޯންސްޓަރގެ ހަދާނަށް އައްނަނީ 18 އޭޕްރީލް 2017 ވަނަ ދުވަހު ބެޔާން މިޔުނިކްއާ ކުޅެ ރެފްރީގެ އެހީތެރިކަމުގައި ޕެނާލްޑޯ އޮސައިޑް 2 ލަނޑުޖަހައިގެން ސެމީއަށް ގެންދިޔަގޮތް. ރޭވެސް ހަމަ ފެނުނީ އެމަންޒަރު. ރެފްރީގެ އެހީތެރިކަމާ އޯގާތެރިކަން ހަލަމެޑްރިޑްއަށް ލިބުނުތަން

The name is already taken The name is available. Register?

މަސީހު

12 April 2018

ރޮނާލްޑޯގެ ބޮަޑީ ހާދަވަރުގަދަދޯ

The name is already taken The name is available. Register?

ލޯންސްޓަރ

12 April 2018

އާދޯ....! ހީވަނީ ބަނޑިލައްވާލާފައޮތް ކޯކް ދަޅެއްހެންވީޔާ.

The name is already taken The name is available. Register?

ނެތީމުދޯ

12 April 2018

މިއީ ބާރސާގެ ކުޅުންތެރިން އަދި ސަޕޯރޓަރުންނަށް ލިބުނު މޮޅެކޭ ބުނާކަށްވެސް މަމެން ނެތީމުދޯ

The name is already taken The name is available. Register?

މެސީ 5 ރޮނާލްޑޯ 6

12 April 2018

މީ މައްސަލައަކީ. މީ މިވެގެން އުޅޭ ގޮތަކީ، ސާފުވެއްޖެބާ ރަދީފަށް އަދި ބާކާ ބާކިން ފޭންސް އަށް؟ ރޮނާލްޑޯ 6. ކޮން 6؟ ބާކާ ކުދިން ޖަވާބު ދީބަލަ، ތަންކޮޅެއް ބާރަށް ބުނޭ، 6 ކޯއްޗެއް؟ 6 ކޯއްޗެއް؟ ކީކޭ،، އާނނ. 6 ބެލޮން ޑިއޯރ. ދުނިޔޭގެ 1 ވަނަ، އިންތިޒާރުކޮށްލައްވާ. އަންނަނީ އަންނަނީ

The name is already taken The name is available. Register?

ހައިސަމް

12 April 2018

މީ ވޯލްޑް ކަޕް އަހަރު. ހަމަ އެކަނި ޗެމްޕިއަންސް ލީގެއް ނެގައިގެން ނުލިބޭނެ.

The name is already taken The name is available. Register?

ޕޮކަޑިމޭން

13 April 2018

2014 ވަނައަހަރުގެ ވޯލްޑްކަޕް ނެގީ ޖަރުމަންް، ވޯލްޑްކަޕްގެ މޮޅުކުޅުންތެރިޔަކީ މެސީ އެކަމަކު އެއަހަރުގެ ބޮލޮންޑޯ ނެގީ ރޮނާލްޑޯ، މެސީ ދިިޔައީ 2ވަނައަށް، ވޯލްޑްކަޕް ނެގި ޖަރުމަނުގެ ނޯޔާ ދިޔައީ ތިންވަނައަށް.

The name is already taken The name is available. Register?

ވޮލަންޓިއަރު

12 April 2018

ޖޯޒީ ބާލާފަ ސެލެބުރޭޓު ކުރިގޮތުން ވަރަށް ފޫހިވި ، ޕެނާލްޑޯއަކީ އަބަދުވެސް އެހެން ކުޅުން ތެރިންގެ ބުރަ މަސައްކަތުގެ ފޮނިބޯލުން މީނަގެ ކަމަކީ. ރޭގަވެސް އޭރިއާ ތެރެއަށް ވެއްޓިފަ ވަރަށް މަސައްކަތް ކުރި ޕެނެލްޓީ ލިބޭތޯ.

The name is already taken The name is available. Register?

ރަދީފްް

12 April 2018

ކުޅިވަރުގެ ތަޖުރިބާކާރުން ރޮނަލްޑޯއަށް ކުރީ ތައުރީފު. އެފަދަ ޕްރެޝާރ ބޮޑު ޕެނަލްޓީއެއް ހަމަޖެހިގެން، އެހާ މޮޅަށް ޖެހޭނެ ދެވަނަ ކުޅުންތެރިއަކު ނުހުންނާނެކަމަށް ގިނަ ތަޖުރިބާކާރުން ނޫސްތަކުގަ އަދި ޓްވިޓަރގައި ބުނެފަ ހުއްޓާ ދެކުނީމު

The name is already taken The name is available. Register?

މާހޯރަ

12 April 2018

ޕެންލްޓީއެއް ނޫނޭ ކިޔާ ރުޅިއައިސްގެން މިތާ ކޮމެންޓްކުރާ މީހުންނަކީ ބާސާ އާއި މެސީ ސަޕޯޓަރުން. މިމެޗުގެ ކޮމެންޓޭޓަރާ، ޕްރޮފެޝަނަލް އެނަލިސްޓުންނާ، ތަޖުރިބާކާރު ޕަންޑިތުންނާ، މިމެޗް ޕްރީ ޝޯ ގަ ތިބި ލެޖެންޑަރީ 2 ޕްލޭޔަރުންނާ ޚުދު އެފައުލްކުރި ޔުވެންޓަސްގެ މެހެދީ ބެނާޓިއާ ވެސް އެއީ ޕެނަލްޓީ އެއްކަމަށް ބުނާއިރު ބާސާ އަދި މެސީ ސަޕޯޓަރުން އެއީ ޕެނަލްޓީއެއް ނޫންކަމަށް ދައުވާ މިކުރަނީ މިމީހުން ހާދަ މޮޅުވީމައޭދޯ. ބާސާ އަދި މެސީގެ ސަޕޯޓަރުން ވިސްނާގޮތައް އަހަރުމެން ވިސްނާނަމަ ފުރަތަމަ ހާފުގަ އިސްކޯ ޖެހި ގޯލް އޮފްސައިޑެއް ނުވީސް އަދި ރިއާލް އަށް އިތުރު އެއް ޕެނަލްޓީވެސް ދިނީސް. ފުޓުބޯޅަ އެނގޭ، ވަކި ފަރާތަކަށް ނުޖެހޭ މީހަކު އެއީ ޕެނަލްޓީއެއް ކަމާ މެދު ސުވާލެއް ނުއުފައްދާނެ. އެކަމާ ސުވާލު އުފައްދާނީ ވަކި ފަރާތަކަށް ޖެހިފަތިބޭ ރަދީފްމެން ކަހަލަ ރޯނުއެދުރުން. ޔުވެންޓަސް އިން ކުރީ ޕެނަލްޓީއެއް ދޭންޖެހޭ ފައުލެއްކަން އެއޮތީ ރީތިކޮށް ފެންނަން. އަދި ބުފޮންއަށް ދެއްކީ ރަނގަޅު ރަތްކާޑެއް. ހަޖަމް ޕްލީސް

The name is already taken The name is available. Register?

ދަވޭ

12 April 2018

ކޮމެންޓްކުރާ ހުރިހާ މީހުން މިކަމަށް ޖަވާބެއް ދީބަލަ.ރޮނާލްޑޯ ގޯލް ސެލެބްރޭޓްކުރަން ޖާޒީ ބާލައިގެން ދުވިއިރު ކީއްވެތަ ކާޑު ނުދެއްކީ؟ ރެފްރީގެ ލޯ އަނދިރިތަ އެވަގުތު؟؟ ހާދިމްކުމް:ނިއުޓްރަލް ފޭނެއް.

The name is already taken The name is available. Register?

ބްރޯ

12 April 2018

ބްރޯ ނިކަން ލައިވްސްކޯރ ކަހަލަ ތަންތަން ބަލާބަލަ ރޮނާލްޑޯއަށް ރީނދޫ ދެއްކިކަން އެނގޭނެ

The name is already taken The name is available. Register?

ޖާޔާ ބައްޗަން

12 April 2018

ރޮނާލްޑޯއަށް ޔެލޯ ކާރޑެއް ދެއްކިއޭ އެވަގުތު. މެޗު ނުބަލާ ކޮމެންޓްކުރާތީ މައްސަލައަކީ

The name is already taken The name is available. Register?

ޕޮކަޑިމޭން

12 April 2018

މެޗު ނުބަލާ ކޮމެންޓް ކުރިޔަކަސް ނުވާނެ، ރޮނާލްޑޯ ގޯލް ސެލެބްރޭޓްކުރަން ޖާޒީ ބޭލީމަ އޭނައަށް ކާޑް ދެއްކި މިއޮތީ ލިންކް މީގެންް ބަލާލާ http://www.livescore.com/soccer/champions-league/quarter-finals/real-madrid-vs-juventus/1-2736499/

The name is already taken The name is available. Register?

ހުސްހުސްސްސްސްސެ444

12 April 2018

ރޮނާލްޑޯއަށް ކާޑުދެއްކި. ޓީވީން އެތަން ނުފެނުނީ. މެޗް ސްޓެޓިސްޓިކްސް ބަލާ!

The name is already taken The name is available. Register?

އަޝްފާގް

12 April 2018

ކޮމެންޓްކުރާ މީހުން ޕެންލްޓީއެއް ނޫނޭ ކިޔާ ރުޅިއައިސްގެން ކޮމެންޓްކޮށް، މީހުންނަށް އެއްޗެހިކީމަ ހާސިލްވަނީ ކޮންކަމެއްތޯ؟ ރަނގަޅަށްވެއްޖެއްޔާ ކޮމެންޓްކުރާ ގިނަ މީހުން ރޭގަ މެޗުވެސް ނުބަލާނެ. ޕެނަލްޓީއެއް ނުނޭ ކިޔާ ކިތަންމެ ވަރަކަށް ކޮމެންޓްކުރިޔަސް ހަގީގަތް ބަދަލުވާނެބާ؟ ޒާތީވުމާއި ހަސަދަވެރިވުމުން ހަމަ ގެއްލުން މިލިބެނީ ތިމާމެންނަށް ނޫންތޯ؟ ތަހުޒީބުވެފައިވާ ކުޅިވަރު ފޭނުންގޮތަށް، ބަލި ގަބޫލުކޮށް، އެހެން މީހުންނަށް އިހުތިރާމްކުރަން ދަސްކުރަންވީ ނުންތޯ؟ ރޭގަ ޔުވެންޓަސްގެ ފަރާތުން ފެނުނީ އާދަޔާ ޚިލާފު މޮޅުކުޅުމެއް. ބުފޮން އަކީ ދުނިޔެ ދުށް އެންމެ މޮޅު ކީޕަރކަން ރޭގަވެސް ސާބިތުކޮށްދިން. މިކަހަލަ ފޯރިގަދަ މެޗެއް ބަލާލުމުގެ ފުރުސަތު ލިބުނީތީ ޝުކުރުކުރާ ޙާލު ރެއާލް މެޑްރިޑަށް މަރުހަބާކިޔަން. އަދި ޔުވެންޓަސް އިން ކުރި ހިތްވަރަށްވެސް ސާބަސް

The name is already taken The name is available. Register?

އައްބެ

12 April 2018

އަހަރެންބުނީ މެޗް އެއްކޮށް ބެލި މީހުންނައްތަ އެއީ ޕެނެލްޓީއެއްތޯ ނޫންތޯ ނިންމަން އެނގޭނީ.

The name is already taken The name is available. Register?

އަޑޭޭ

12 April 2018

މެޗް އެއްކޮށް ބެލިވާހަކައެއް މީހަކު ނުދައްކާ، އެހެންނު؟ އަދި ޕެނަލްޓީއެއްކަން ނިންމަން އެނގޭނީ މެޗު އެއްކޮށް ބެލި މީހުންނަށޭ ބުނި ހެން ހީ ތިޔަ ވީ ވިސްނުމުގައި ހުރި ކޮށިކަމަކުންކަމަށް މަމެން ބުނާކަށް ނެތީމު.

The name is already taken The name is available. Register?

ހޮނުމުގުރި

12 April 2018

އިނގިރޭސި ރެފްރީން ފެންވަރުދައްކަމުން ވޯރލްޑްކަޕަށްވެސް ކޮލިފައިނުވި. ހަގީގަތުގައިވެސް ފެންވަރުދަށް ރޮނާލްޑޯ ކިތައްފަހަރު އޭރިއާތެރެއަށް ވެއްޓިފަ އެޕީލް ކުރި ކޮބާ ރީނދޫ ކާޑް އަދި ހަޅޭ ލަވައިގެން ކިތައް ޖެހުން ހޯދި މެޗުގެ 42މިނެޓާއި 43 މިނެޓް ބަލާބަލަ

The name is already taken The name is available. Register?

ސޯބިރު

12 April 2018

ރެފްރީ ރަނގަޅުނަމަ ރިއާލުން އިސްކޯ ޖެހި ގޯލް ރަނގަޅުވީސް އަދި ރިއާލް އަށް އިތުރު އެއް ޕެނަލްޓީވެސް ދިނީސް. ޔުވެންޓަސް އިން ކުރީ ފައުލެއް ހަމަ. އެއޮތީ ރީތިކޮށް ފެންނަން. ޑައިޖެސްޓް ޕްލީސް

The name is already taken The name is available. Register?

ނަފާ

12 April 2018

އިސްކޯ ފޫޓެއް ހާތަން އޮފްސައިޑް އެކަކުވެސް އެއަކަށް ސުވާކެއް ނުކުރޭ ހުދު އިސްކޯ ވެސް މައްސަލަ ނުޖައްސާ. އެ ދެއްކީ ރެފްރީއެއް ނޫން ލައިންސްމަން. ޔުވެންޓަސްއަށް 2 ލެގުގަވެސް ޕެނެލްޓީ ލިބެންޖެހި ނުދީ ދޫކޮށްލީ މާ ސާފުކަން ބޮޑު ދަނޑިވަޅުގަ.. މި ފޭވަރިޒަމް ނިމޭނީ ވީއޭއާރު ބޭނުންކުރަން ފެށި ޒަމާނަކުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454