އޭޑީކޭ ހޮސްޕިޓަލުން ހިދުމަތް ހޯދަން ގޮސްތިބި ބަޔަކު މަޑުކޮށްލައިގެން.
14 އެޕްރީލް 2018 - 20:49
ޑޮކްޓަރަށް ދެއްކުމަށްޓަކައި ހަދާ މެމޯގައިވާ ޓޯކަން ނަމްބަރު އޮންލައިންކޮށް ބެލޭނެ ނިޒާމެއް އޭޑީކޭ ހޮސްޕިޓަލުން ގާއިމްކޮށްފި އެވެ.
މާލޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލުން ބުނީ ޓޯކަން ނަމްބަރު އެ ހޮސްޕިޓަލްގެ ވެބްސައިޓް، އޭޑީކޭހޮސްޕިޓަލްޑޮޓްކޮމް އިން ބެލޭނެ ކަމަށެވެ. އަދި ޓޯކަން ނަންބަރު "ކިޔުބީ" އެޕްލިކޭޝަން މެދުވެރިކޮށް ވެސް ބެލޭނެ ގޮތް ހަދާފައިވާ ކަމަށް އޭޑީކޭ އިން ބުންޏެވެ.
We are pleased to announce that you can now view the memo token status on our website https://t.co/ph7Cz3Awet. You also can take a token via the QueBee application. Scan the QR code in the flyer below to download the App. pic.twitter.com/WJYf8W0cpp
— ADK Hospital (@ADKHospital) April 14, 2018
އެ ހޮސްޕިޓަލުން ވަނީ ޓޯކަން ނަންބަރު އޮންލައިންކޮށް ބެލުމުގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ވެސް ބެލޭނެ ގޮތް މީގެ ކުރިން ހަދައިފަ އެވެ.
މީގެ 31 އަހަރު ކުރިން އުފެއްދި ހޮސްޕިޓަލުގައި މިހާރު އެންމެ ޒަމާނީ ފެންވަރުގެ ފަރުވާ ލިބެން ހުރެ އެވެ. ދާދި ފަހުން އޭޑީކޭގައި ވަނީ ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ކެތު ލެބަކާއި ބައިޕާސް އޮޕަރޭޝަން ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
15 April 2018
އަދި ކިރިޔާތަ. ނައިފަރު ހޮސްޕިޓަލްގަ ޑޮކްޓަރ ޓޮކެން ނަމްބަރ ބެލޭތާ ކިތަންމެ ދުވަހެއް. http://lhah.gov.mv/cq
ޓޯކިން
15 April 2018
މީކޮން ވާހަކައެއް. ކުރިންވެސް އޭޑީކޭ ވެބްސައިޓްގައި މެމޯ ނަންބަރު ނަންބަރު ޖަހައިގެން އެޑޮކްޓަރެއްގެ ޓޯކަން ނަންބަރު ބެލޭ. ހަމަ ސުރުޚީއެއް ހަދާލީ ދޯ.
ަސަސަސއ
15 April 2018
އޭޑީކޭ ވެބްސައިޓްގެ ތިރީގަ ތަންކޮޅެއް ކުޑަކޮށް ޖަހާފަ އިން ލިޔުން ކޮޅެއް. Token numbers that appear here are approximate and there may not reflect the exact current token number.
އައްޔުބެ
15 April 2018
ޓްރީޓޮޕް ހުޅުވީމައި ހާދަވަރަކަށް ތިޔަތެޅެނީ މިހާރު. މަށެއްދެން އޭޑީކޭއަކަށް ޕޭއެއްނުކުރާނަން. އެމީހުން ލައްކަދުވަހު ކައިފި. މަ އިސްކަންދޭނީ ޓްރީޓޮޕަށް. އެމީހުންގެ ސާރވިސް ނަގާ ފީއާއި އެއްފެންވަރުގައި ލިބޭ.
ރޯޒްް
15 April 2018
އެންމެ ޒަމާނީ ފެންވަރުގެ ފަރުވާއަކީ ރައްޔިތުން ފެލުންތޯ؟
ޓީނު އަދުރޭ
14 April 2018
އެކަމަކު މެމޯ ހަދާ އިރު އަތުން ސަތޭކަ އާސަންދަ އިން ސަތޭކަ އަށް ބަދަލެއް ނުވޭ
ޢުބޭ
15 April 2018
ޓްރީ ޓޮޮޕަށް 550 އޯކޭ؟