ހައްޖަށް ގޮސް އުޅުނު ދިވެހިންނަށް ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން އެހީތެރިވަނީ-- ފޮޓޯ: ހައްޖު ކޯޕަރޭޝަން
17 އެޕްރީލް 2018 - 11:10
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދު ކުރުމަށް އެ ކުންފުނިން ނިންމައިފި އެވެ.
މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެ ކުންފުނީގެ ބޯޑުން ނިންމައި މިދިޔަ ބުދަ ދުވަހު މުވައްޒަފުންނަށް ފޮނުވާފައިވާ އިންޓާނަލް މެމޯއެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ހަރަދުތައް ކުޑަކޮށް މާލީ ގޮތުން ފައިދާވާ ކުންފުންޏަކަށް ހެދުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެ ނިންމުމާ ގުޅިގެން އެ ކުންފުނީގެ މަގާމުތަކަށް ބަދަލު ގެނެސް ބައެއް މަގާމުތައް އުވާލަން ނިންމާފައިވާކަން މުވައްޒަފުންނަށް ވަނީ އަންގައިފަ އެވެ. އަދި މިހާރު ވަނީ ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިވެސް ކޮށްފަ އެވެ.
އެ ކުންފުނީގެ މެމޯގައި ބުނެފައިވަނީ ވަޒީފާ އިން ވަކި ކުރާ މުވައްޒަފުންނަށް ގާނޫނުގައި ބުނެފައިވާ ގޮތަށް ނޯޓިސް އާއި ފައިސާ ދޭނެ ކަމަށެވެ.
އެ ކުންފުނިން ވަކިކުރަނީ ކިތައް މުވައްޒަފުން ކަމާއި ގެންނަނީ ކޮން ބަދަލުތަކެއްތޯ ބެލުމަށް ގުޅުމުން އެ ކުންފުނިން ޖަވާބެއް ނުދެ އެވެ.
މިދިޔަ ޖެނުއަރީ މަހު ވަނީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޔާމީން އިދްރީސް އާއި ބޯޑުގެ އެހެން މެމްބަރެއް ކަމަށްވާ ފަރުހާދު ދާއޫދު މަގާމުން ވަކި ކުރައްވައިފަ އެވެ.
މިހާރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ އިދްރީސް އިސްމާއީލެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަކީ 2013 ވަނަ އަހަރު ރިއާސީ ގަރާރަކުން އުފައްދަވާފައިވާ ދިވެހި ސަރުކާރު ސަތޭކަ ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. ހައްޖު ކޯޕަރޭޝަން އުފެއްދީ ހައްޖަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަކަމާ އެކު ހައްޖަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި، ހައްޖުގެ އަޅުކަން އަދާކުރުމަށް ގަސްދުކުރާ ދިވެހިންގެ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުންނެވެ.
ހައްޖު ކޯޕަރޭޝަން އުފެއްދީ، ބައެއް އަމިއްލަ ކުންފުނިތަކުން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ހައްޖަށް ނުގެންގޮސް މައްސަލަ ބޮޑުވާން ފެށުމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތަނަބޭ
17 April 2018
ބަޔަކު ހޭވި ހަޑި ފިލުވަން މިޖެހުނީ އެއްކަލަ ނިކަމެތި މުއައްޒަފުންނަށް ދެއްތޮ
ބެއްޔާ އައްޑޫ
17 April 2018
މިފަހަރުވެސް މެނިފެސްޓޯގައި 95000 ވަޒީފާގެ ފުރުސަތުގެ ވާހަކަ ލިޔާން ވަޒީފާ މަދުކުރަނީކީ ނޫންބާ؟ އިހުލާސްތެރިކަން ހައްދުން ނެއްޓިފައި އޮތް ދުވަސްކޮޅެއް ވީމާ ހިތަށް އެރި ވާހަކައެއް.
އަބްދުއްﷲ
17 April 2018
އެޔެއްނޫން ތިވާގޮތަކީ ސަރުކާރުގެ އަރުވާޖެހި ގްރޫޕްގައި އުޅޭމީހުން ބޭނުންވާވަރަށް އެމީހުންގެ އަޑިނޭނގޭ ހައްޖު ގްރޫޕްތަކަށް ކޯޓާނުދޭތީ ޔާމީނުކަނޑާލީ ނިކަންމިހާރުވެސް ހާވަލަބަލަ ކޯޓާދީފައި ހުރިގޮތް ނޫސްވެރިންނަށް ކެރެންޏާ
ޢީސާ
17 April 2018
މިދިޔަ އަހަރުވެސް ހައްޖުންވީ ގެއްލުން އެތައް މިލިއަން ރުފިޔާއަށް އަރާ. ޙައްޖު ކޯޕަރޭޝަން އުވާލާ ސަރުކާރުން ހިލޭ އެތައް ސަތޭކަ މީހުން ހައްޖަށް ގެންދެވޭނެ. ޢަމިއްލަ މީހުންގެ ހައްޖު ކުންފުނިތަކުން ހިނގަނީ ފައިދާގަ. ޢަނެއްކާ ކޮންމެ ހައްޖަކުން ގެއްލުންވަންޔާ މުޅި ފަންޑު ގޮވާނެ ދުވަހެއް އަންނާނެ. ޢެތައް ބަޔެއްގެ ފައިސާ އާ ސަރުކާރުން ޒިންމާންވާންޖެހުނީ. ޢެންމެ ރަގަޅުވާނީ ތިތަން އުވާލިއްޔާ.
Thhhk
17 April 2018
ޢަސްލު ވާގޮތަކީ ގޭނި ގޭނި މިހުސްވަނީ އޭ ..ނި މެނީ މިދެން
ޒަރީ
17 April 2018
ޔާމީނު އިދުރީސް ނުލާހުކު ރަނގަޅަށް ތިޔަ ކޯޕަރޭޝަން ހިންގަނިކޮށް އިސްލާމިކު މިނިސްޓަރ އެތަނަށް ވަދެގެން އަދި އިސްލާމިކް މިނިސްޓަރ ބޮލަށް ބަޔަކު އެރިގެނ ްމުޅި ކުންފުނި ހަލާކުވެގެން ދިޔަކަމީ އަހަރެމެން ތިޔަ ކަން އެނޣޭމީހުނ ްލޯމަތިން ހިނގިކަމެކެވެ. މިކަމުގައި ޒިންމާވާމީހުން ގާނޫނުގެ ކުރިމައްޗަސް ގެނެވޭނެއެވެ.
ދަނޑުހައްދާއާދަނު
17 April 2018
ކުންފުނި ދަވާލީދޯ..ދެން ފެންނާނީ އެމްއާރްޑީސީ ގޮތަށް،ތަން އުވާލާފަ އެންމެންގަނޑު އިސްލާމިކް މިނިސްޓްރީއަށް ބަދަލު ކުރާތަން
ކޯޕަރޭޓް
17 April 2018
ޑާޑާޑާ އެންމެން ކަނަޑާ ތިރިކިޮށް ކޯޕަރޭޝަން ވެސް އުވާލާ ގެއްލުންވާ ކުންފުންޏެކޭ ކިޔާފަ. އޭރަށް ދެން ނުހުންނާނެ ތިޔަ ތާކު ތިޖޫރި ހުރި ތާކު ވަޅުގަނޑެއް ވެސް.
ނާނަ
17 April 2018
ހާދަ ބޮޑު ކޮށްލައިގެން ހަބަރު ތިޖެހީ؟ އެންމެ މުވައްޒަފަކު ކަނޑާލީ. ފެށުނީއްސުރެ އޭސީސީން މީނަގެ އެކި އެކި މައްސަލަ ބަލަމުން ގެންދާ މީހެއް މިއީ.
އިދްރީސް އިސްމާއިލް
17 April 2018
އޭސީސީ އަށް ތާކުން ތާކު ނުޖެހޭ މައްސަލަތަކެއް ރަޒްނާ އާ ފަޒީލް އާ ލަހުފާ އާ ފާތުމަ އާ ފާރޫގު އާ ޝޭހު އާ އަޅައިގެން އޭސީސީގެ މެމްބަރުންނާ ގާތް ގުޅުން ބާއްވާ އެމީހުންނާ އެއްކޮށް ކޮފީއަށް ގޮސް އެއް ކަމެއްވެސް ސާބިތު ނުވެ އެއްވެސް ކުށެއް ނެތްބަޔަކު ތަނުން ބޭރު ކޮށް ރީސްޓްރަކްޗަރ ކޮށްލީ ރިފާ ހޮޓަލުން ބައެއް މީހުންގެ ޖީބަށް އަޅަން ލިބޭ އާމްދަނީ އަށް ހުރަސް އަޅަން އުޅުމުން. އަދި އުލްހިޔާ ޑީލުން ވަކި މީހަކަށް ލިބެން އޮތް ފައިދާ އެއް ހުއްޓުވާ އެކަންވެސް ކުންފުންޏަށް ފައިދާވާ ގޮތަށް އަގު ހެޔޮކޮށް އެކަން ކުރަން ނިންމުމުން. ދިވެހި ހުރިހާ ގުރޫޕަކުން ހައްޖުގަ ހޮޓާ ނަގަނީ ބޮލަކަށް 6000 ރިޔާލުން ދަށުން، އެކަމް ރިފާ ހޮޓަލް ޑީލްގައި މިއޮއް ހުރިހާ ދުވަހު ދައްކަމުން އައީ 10000 އާ 12000 ދެމެދުގެ އަދަދެއް. ޢެހެންމަ ބަޔަކަށް ލިބޭނެ ފައިދާ ވިސްނާލާ
މޫކައި ސުއިޓް ގާޑުމީހާ
17 April 2018
ސާބަހޭ އިދްރީސް އިސްމާއީލް... ތިޔަށްވުރެ ރަނގަޅަށް ތިޔަށް ވުރެ ފޮނުކޮންނެއް ޙައްޖު ކޯޕަރޭޝަނެއް ކިޔައެއް ނުދެވޭނެ! ވަރަށް ސަޅި!
އާދަނު
17 April 2018
އިދްރީސް އިސްމާއީލްގެ ނަމުގަ ކޮމެންޓް ކޮށްފަ އިން މީހަ ކައިރީ ބުނަން އޮތީ ކޮރަޕްޝަނުގަ ބައިވެރި ނުވާ މީހުން ކުށްވެރިންނަށް ނަހަދަ ހަމަވާނެ ގޮތެއް ނެތްހޭ. އެމުވައްޒަފުންގެ ކުށެއް ނޫން ބަޔަކު ހަދާ ގޯހުގަ ބައިވެރި ނުވުމަކީ. ޢަދި އެނގި ހުރެ ލޯ މަރައިގެން ތިބުމަކީވެސް ގޯހެއް
ތަރުޖަމާ
18 April 2018
އާދަނަށް ބުނެލަން އޮތީ ކޮރަޕްޝަން ނުހިންގިޔަސް ހިންގަޔޭ ކިޔައިގެން ދޮގު ރިޕޯޓުތައް ތައްޔާރުކޮށްގެން ބަޔެއްގެ އަގު ވައްޓާލަން މަސައްކަތްކުރުމަކީ އެ ރިޕޯޓެއް ތައްޔާރުކުރަން މަސައްކަތްކުރި މުވައްޒަފުންގެ ކުށެއް ނޫންހޭ؟ އާދަނަށް ދެން ނާނަ ބުނެފިއްޔާ ދުވާލުވެސް އޭ ހަމަ ރޭގަނޑުހޭ؟
މަޖޫރީން
17 April 2018
އަނެއްކާ އަނެއްތަން ތިހާބުކުރަނީދޯ !