މަމްދޫހް: އިކޮނޮމިކް މިނިސްޓަރުގެ ނައިބަަކަށް ވަނީ އައްޔަންކޮށްފައި
17 އެޕްރީލް 2018 - 14:53
އިކޮނޮމިކް މިނިސްޓަރުގެ ނައިބަކަށް، މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު މަމްދޫހް (މަންޑޭ) މިއަދު އައްޔަން ކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ، އިކޮނޮމިކް މިނިސްޓަރުގެ ނައިބަކަށް މއ. އެރަލްސީ، އަހުމަދު މަމްދޫހް އައްޔަން ކުރައްވާފައިވާ ކަމަށެވެ.
މޯލްޑިވްސް ބާސްކެޓް އެސޯސިއޭޝަން (އެމްބީއޭ)ގެ ރައީސްކަން ވެސް ކުރައްވާ މަމްދޫހް، އިކޮނޮމިކް މިނިސްޓަރުގެ ނައިބަކަށް އައްޔަން ކުރެއްވިއިރު، އެމްއާރުޑީސީ އުވާލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އެ ކުންފުނި އުވާލަން ނިންމައި މަސައްކަތްތައް ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ވެސް ބަދަލުކޮށްފަ އެވެ.
މަމްދޫހާ އެކު، އިކޮނޮމިކް މިނިސްޓްރީގައި މިހާރު ހަތަރު ޑެޕިއުޓި މިނިސްޓަރަކު ތިއްބަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަދުރޭ
18 April 2018
ވެއްޓެން ކުޑަތަންވީމަވެސް ސިޔާސީ މަގަމަށް މީހުން ލެވޭތޯ މިބަލަނީ
ޑރ. ޒެނިތް ހަސަން ކުމާރު
17 April 2018
ހަހަހާ! އިކޮނޮމިކް މިނިސްޓްރީ ގެ ފެންވަރު ތިއޮތީ މެކުހަށް ޖަހާފަ! ލަދު!
މަގުފުޅާޓިނު
17 April 2018
ކަލޯގަޔާ، އެހެންވީމަ ޕައްލަންބެއަށް ވެރިކަން ނުލިބެންވީ ސަބަބެއްވެސް ނެތްތާ!
ޒިންދަގީ
17 April 2018
ތަޢުލީމީ ވަނަވަރު ހާމަކޮށްލިނަމަ..
ބެޓީ
17 April 2018
ޢޯލެވެލްވެސް ނޯންނާނެ
17 April 2018
އެމްއާރޑިސީ ރަނގަޅު ނުކުރެވުނު. އުވާލަން ޖެހުނީ. ދެން މިހަވާޅު ކުރަނީ ގައުމުގެ އިގްތިސާދު ބައްޓަން ކުރާ މުއައްސަސާ. މިފެންނަނީ މިސަރުކާރުގެ ވަރުގަދަ އިގްތިސާދީ ސިޔާތު.
ފޮނިޓައްޕު ހަސަނު
17 April 2018
ހުސްތިކަހަލަ ފެންވަރު ނެތްމީހުން.
ރަދީފް
17 April 2018
މަރުހަބާ މަންޑޭ.މަންޑޭ އެއީ ރަދީފްގެ ކްލާސްމޭޓެއް.ވަރަށް މަޖާ ރަހްމަތްތެރިއެއް.ނަމަވެސް މަގޭ ހިތަށް އަރަނީ އިކޮނޮމިކް މިނިސްޓަރުފަދަ ގާބިލް ބޭފުޅެއްގެ ނައިބަކަށް ހަމަ އެންމެ އެކަށޭނެ ބޭފުޅަކަށް މަންޑޭ ވާނެތޯ؟؟ މިހެން މިބުނަނީ މަންޑޭގެ އަސްލު ފެންވަރު އިނގޭތީވެ. ދާއިރާއިން ކިޔަވައިގެން ތިއްބެވި ގާބިލް މީހުން ކޮބައިތޯ!! . ވ.ވެދުން
އަސްތާ
17 April 2018
މިއޮތީ ވާ ގައުމެއް، މަންޑޭ އިކޮނޮމިކްސް މިނިސްޓްރީ ގެ ނަިބަކަށޭ؟؟؟؟؟ ސަޅި، ކޮންމެވެސް ބޮޑުއެއްޗެއްގައި ސޮއިކޮށްލަން މީހަކު ލީ ތި.
އަހުމަދުބެ
17 April 2018
އިންތިހާބު ކައިރި ވާވަރަކަށް މަތީ މަގާމް ތަކަށް ނުފޫޒް ގަދަ މީހުން ވެއްދުން އިތުރު ވާނެއެވެ. އޭގެ ސަބަބުން ވާނެ މާބޮޑު ފައިދާ އެއް ނޯންނާނެއެވެ.
މަރޭމިތުރާ
17 April 2018
މަގާމުތަކަށް މީހުންލުން ނޫން ކަމެއް ކުރެވޭހޭ! މަގާމުގެއްލި ވެރިކަން ނިމިދާކަން ފަހެ ނޭނގޭހޭ!