ވިޔަފާރި / ހިލްޓަން ހޮޓަލްސް

ރާއްޖޭގައި އިންވެސްޓްކުރެވުނީތީ ފަހުރުވެރިވަން: ހިލްޓަން

"ހޮޓެލިއާ މޯލްޑިވްސް ޖެނެރަލް މެނޭޖަސް ފޯރަމް" ފެށުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ހިލްޓަން ހޮޓެލްސްގެ ލަގްޒަރީ އޭޝިއާ ޕެސިފިކް ރީޖަންގެ ވައިސް ޕްރެޒިޑެންޓް ޑެނިއަލް ވެލްކް .-- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

ކުރުނބާ މޯލްޑިވްސް އިން،  އަބްދުﷲ ޖަމީލު، މިހާރު

18 އެޕްރީލް 2018 - 13:54

8 comments

ރާއްޖެ އަކީ ދުނިޔޭގެ ކޮންމެ މީހަކު ކޮންމެހެން ވެސް ޒިޔާރަތްކޮށްލަން ޖެހޭ ގައުމެއް ކަން ދައްކައިދޭން މަސައްކަތް ކުރާ ކަމަށާއި އަދި ރާއްޖޭގައި އިންވެސްޓް ކުރެވުމަކީ ލިބުނު ފަޚުރެއް ކަމަށް މަޝްހޫރު ހިލްޓަން ކުންފުނިން ބުނެފި އެވެ.

ހޮތެޓެލިއާ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރާސް ފޯރަމްގައި ވާހަކަދައްކަވަމުން އެމެރިކާގެ ހިލްޓަން ހޮޓެލްސްގެ ލަގްޒަރީ އޭޝިއާ ޕެސިފިކް ރީޖަންގެ ވައިސް ޕްރެޒިޑެންޓް ޑެނިއަލް ވެލްކް ވިދާޅުވީ އެ ކުންފުންޏަކީ ރާއްޖެ އައި އެންމެ ފުރަތަމަ އިންޓަނޭޝަނަލް ހޮޓެލް ބްރޭންޑް ކަމަށެވެ. އަދި އެ ކުންފުނީގެ އިންވެސްޓްމަންޓް އިތުރުކުރުމުގެ ގޮތުން ވޯލްޑޮފް އެސްޓޯރިއާ ކަލެކްޝަންގެ ރިސޯޓެއް މިއަހަރު ހުޅުވާނެ ކަމަށް ވެސް ޑެނިއަލް ވިދާޅުވި އެވެ.

"މީގެ 20 އަހަރު ކުރިން އައި ހިލްޓަން އަކީ ރާއްޖެއައި ފުރަތަމަ އިންޓަނޭޝަނަލް ބްރޭންޑް. އަޅުގަނޑުމެން މިގެންދަނީ ރާއްޖެއަކީ މިހާރު ކޮންމެހެން ވެސް އަންނަން ޖެހޭ ތަނެއްގެ ގޮތުގައި މުޅި ދުނިޔެއަށް އިސްތިހާރުކުރަމުން. ރާއްޖެއަކީ ވަރަށް ވަރުގަދަ ރެޕިއުޓޭޝަން އޮތް ގައުމެއް ކަން ދައްކައިދޭ،" އޭނާ ވިދާޅުވި އެވެ.

ޑެނިއަލް ވިދާޅުވީ ރާއްޖޭގައި ހިންގާ ކޮންރެޑް ރިސޯޓު ރަންގަލީގެ އިތުރުން އެ ކުންފުނީގެ އެންމެ އަގުބޮޑު އެއް ބްރޭންޑް ކަމަށްވާ ވޯލްޑޮފް އެސްޓޯރިއާގެ ރިސޯޓެއް އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ހުޅުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވޭ ރާއްޖޭގައި އިންވެސްޓްކުރެވުނީތީ. ކޮންރެޑް މޯލްޑިވްސްއަކީ ދުނިޔޭގައި އެންމެ ފުރަތަމަ ކަނޑު އަޑީގެ ރެސްޓޯރަންޓް ހެދި ރިސޯޓު. އޭގެ އިތުރުން އޯވާ ވޯޓާ ވިލާ ވެސް އެންމެ ފުރަތަމަ ހެދީ ކޮންރެޑްގައި. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ރަނގަޅު މަންޒިލް،" ކޮންރެޑް ގެ ހިތްގައިމު މަންޒަރުތައް ދައްކާލައްވަމުން އޭނާ ވިދާޅުވި އެވެ.

ޑެނިއަލް ވިދާޅުވީ ރިސޯޓުތަކުގެ ރޭޓް އެއްވަރެއްގައި ހިފަހައްޓަން އުނދަގޫތަކެއް ހުރި ނަމަވެސް ރާއްޖެއަކީ މަތީ ފެންވަރުގެ ރިސޯޓުތައް ހިމެނޭ ވަރަށް އަގުހުރި މަންޒިލެއް ކަމަށެވެ.

"ކުރިޔަށް އޮތްތަނުގައި ވެސް ރާއްޖޭގެ ޓޫރިޒަމް ދާނީ އިތުރަށް ފުޅާވަމުން. އެއާޕޯޓު ތަރައްގީވުމުން އިތުރު އެތައް ހާސް ބަޔަކު އަންނާނެ ކަމަށް އަޅުގަނޑުމެން ދެކެން،" އޭނާ ވިދާޅުވި އެވެ.

ޑެނިއަލް ވިދާޅުވީ ރާއްޖޭގެ ގޮނޑުދޮށްތަކާއި ކަނޑު އަޑީގެ މަންޒަރުތަކަކީ ދުނިޔޭގައި އެފަދަ ދެވަނައެއް ނެތް ތަންތަން ކަމަށެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި އިންޑަސްޓްރީގެ އިސް ބޭފުޅުންނާ އެކު ބާއްވާ އެންމެ ބޮޑު ފޯރަމް، "ހޮޓެލިއާ މޯލްޑިވްސް ޖެނެރަލް މެނޭޖަސް ފޯރަމް" ފެށުމަށް ކުރުނބާ މޯލްޑިވްސްގައި ފެށި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

"އެ ތަފާތުތަކާއި ބަލައި ފޫހިނުވާނެ މަންޒަރުތައް ވަރަށް ހިތްގައިމު. މިއީ ބަޔަކަށް ދެކޮޅު ހެދެން އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޑެނިއަލް ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދަމަހައްޓައި ކުރިޔަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އަދި އޭގެ ފައިދާ ދިވެހިންނަށް ލިބެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ޓޫރިޒަމާ މެދު އަޅުގަނޑުމެން ދެކެނީ ވަރަށް އުޖާލާ މުސްތަގުބަލެއް އެބައޮތް ކަމަށް.. އެގޮތުން އާ ރިސޯޓުތަކާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އެތައް ގުނައެއް އިތުރުވާނެ ކަމަށް އަޅުގަނޑު ދެކެނީ. އެގޮތުން މިޑްލް މާކެޓާއި ކުރިއަރަމުން އަންނަ މާކެޓްތަކުން އިތުރު ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭ،" ޑެނިއަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ރާއްޖޭގައި ހިންގާ ކޮންރެޑްގެ މަގުބޫލްކަން އިތުރުކުރުމުގެ ގޮތުން އެ ރިސޯޓުގައި ހަދާ ކަނޑު އަޑީގެ ގެ އަންނަ ނޮވެމްބަރު މަހު ހުޅުވާނެ ކަމަށެވެ. އަދި އެތަނަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުން ޝައުގުވެރިވާނެ ތަނަކަށް ވާނެ ކަމަށް ވެސް ޑެނިއަލް ވިދާޅުވި އެވެ.

8 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 0%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބީކޭކޭ

18 April 2018

ވާހަކަދައްކަނީވެސް ބޮޑުން! އަޑުއަހަނީވެސް ބޮޑުން! އަތްޖަހަނީވެސް ބޮޑުން! ހުރިހާމޮޅަކާއި ފައިދާއެއްވެސް ބޮޑުންނައް! ނިކަމެތިރައްޔިތުން އަނގަޔާ އަތާދިމާނުވެފަ! (މިބުނިއެއްޗެއް ސާފުވާނެކަމައްހީކުރަން!)

The name is already taken The name is available. Register?

ބީކޭކޭ

18 April 2018

ޑެނިއަލް މެންއަންނަގޮތައް ރިސޯޓައް! 24ގަޑިއިރު ކެޕްޓަލްސިޓީ މާލޭގެ މަގުމައްޗައް ޑެނިއަލް ދޫކޮއްލާ އޭރުން ޑެނިއަލް އައް ސާފުވާނެ ރާއްޖެއަކީ ވަރަށް ވަރުގަދަ ރެޕިއުޓޭޝަން އޮތް ގައުމެއް ކަން!

The name is already taken The name is available. Register?

ފަލަޑޭ

18 April 2018

އެކަމަކު ޝިޔާމް ގޮވައިގެން ކޯޓަށް ދިޔައީ ކޮންބައެއްތަ؟

The name is already taken The name is available. Register?

ޖަަސްޓް

18 April 2018

ރާއްޖޭގައި އިންވެސްޓްކުރެވުނީތީ ފަހުރުވެރިވާ ކަމަށް ހިލްޓަން އިން ބުނާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. ހިލްޓަން އަށް ދޭންވީއޭ މާލެ ސަރަހައްދުން 10 ވަރަކަށް ފަޅު އެމެން ނަގައިގެން ހިއްކައިގެން އެފަޅު ތަކުގައި ރިސޯރޓްސް ތައް ހަދަން އަދި ދޭންވީ ވެސް ވެލާނާ އެއާރޕޯރޓް އާއި ގާތުންނޭ. ފޮރިންގް އިންވެސްޓަރުންނަށް ލޯކަލް ޕާރޓްނަރަކު ނުލާ ސީދާ ޑައިރެކްޓް ފޮރިންގް އިންވެސްޓްމެންޓް ގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ރާއްޖޭގައި ރިސޯރޓްސް ތައް ހެދޭނެ ގޮތް ހަދަންވީއޭ އެއިރުން ރާއްޖޭގެ އިގްތިސާދު ކުރިއަށް ދާނީ. މާލެ އަތޮޅު ވިލިވަރު ބިޔާދޫވެސް ކޮމާރޝަލް އޮޕަރޭޝަން ނުފެށި މިދަނީ 10 އަހަރު ވޭތުވަމުންނޭ ކުރިން އެއީ ތާޖް އިން ހިންގިއިރު ދައުލަތަށް ބޮޑު ޓެކްސް އެއްލިބޭ ދެރަށް ނޫންތޭ. މިހާރު އެ ދެރަށް ނަަގައިގެން އުޅޭ ދަ ބަނޑު އަކރިިން ވަނީ ދަރާ ވިކިފައި ނޫންތޭ މުވައްޒަފުންގެ މުސާރަ އާއި ސާރވިސް ޗާރޖް ވެސް މަޅާލައިގެން ނޫންތޭ އެމެން އުޅެނީ. ޖަސްޓް ލައިކް ވަގުން ދޯ.

The name is already taken The name is available. Register?

ބޭމިސާލު

18 April 2018

ހިލްޓަނުން އެފާހަގަކުރީ ރައީސް ޔާމީންގެ ވަރުގަދަ ހިންގުންތެރިކަން.

The name is already taken The name is available. Register?

ތުއްތުނާ

18 April 2018

ތިއީ ތެދެއް....... އެކަމަކު ރައްޔިތުންނަށް ތިކަމުން ލިބެންޖެހޭ އަސްލު ފައިދާ ނުކުރާ ތީ މައްސަލަ އަކީ......... ދައުލަތުން ދިވެހި ރައްޔިތުންނަށް ޓޫރިޒަމުން ލިބޭ އާމްދަނީ އިން ރަނގަޅު ގޮތުގައި މަންފާ ހޯދައި ނުދެވުން މައްސަލަ އަކީ.......

The name is already taken The name is available. Register?

އުމަރު

18 April 2018

އަހަރުމެން ކަންބޮޑުވޭ ރާއްޖޭގެ ކުންފުންޏަކުން އެމީހުންގެ ރިސޯޓުން ހިލްޓަން ބޭރުކޮށްލީތީ، އަދި އެމައްސަލަ ސިންގަޕޫރުގެ ކޯޓެއްގައި ހިނގާތީވެސް ދެރަވޭ، އެފަދަކަމެއް ދިމާވެގެންނުވާނެ، ހާއްސަކޮށް ތިޔަފަދަ ދުނިޔޭގެ ރެޕިއުޓޭޝަން ހޯދާފައިވާ ބްރޭންޑަކަށް، ހަމަ ގައިމުވެސް އެއީ ސިޔާސީގޮތުން ނުފޫޒްގަދަ މީހަކަށްވީމަ އެކަން ކޮށްލީ، ހަމަ ގައިމުވެސް މިވޭތުވެ ދިޔަ 45 އަހަރުގައި ޓޫރިޒަމް ކުރިއަރައި ތިޔަފަދަ ބްރޭންޑް އައިސް ރާއްޖޭގެ މަޝްހޫރުކަން ހޯދިޔަސް ހަމަ އަދިވެސް ތިޔަރިސޯޓް ކައިރީގައި ހުރި މީހުން ދިރިއުޅޭ ރަށްތަށް އޮތީ މީގެ 20 އަހަރެކޭ އެއްގޮތަށް، އެރަށްތަކުގެމަތިން ޑްރޯން އުދުއްސާލީމަ އެނގޭނެ އެރަށްތަކުގެ ހާލަތު، ހަމަ އެހާލަތުގައި ރާއްޖޭގެ މީހުންވެސް ދިއިއުޅެމުން ގެންދަނީ، ސުވާލަކީ ރާއްޖޭގެ ތިމާވެއްޓަށް ހިލްޓަންއިން ހަރަދުކުރޭތޯ، މަލެޓިނެޝަނަލް ކުންފުންޏެއް ހިންގާގޮތަށްތޯ ރާއްޖޭގައި ހިލްޓަން ހިންގަނީ؟ އެފަދަ ފައިދާއެއް ދިވެހިންނަށް ލިބޭތޯ ހިލްޓަން އައުމުން؟

The name is already taken The name is available. Register?

ކުޑަރަށު މަސްވެރިޔާ

18 April 2018

އިދިކޮޅޭ މެން ބުނާނެ ދޯ މީ ސަރުކާރުން ގަނެލާފައި ހުރި ޖީއެމް އެކޭ! އިދިކޮޅު ޕޯޑިއަމްތަކުގައި ސަރުކާރުން ބޮޑުލޯނު ނަގައިގެން އެއަރޕޯޓްތަރައްގީ ކުރާނަމުގައި ރައްޔިޔުން ދަރުވަނީއޭ ކިޔައިގެން ރައްޔިތުންގެ ބޮލަށް ޗިޕުޖެހޭތޯ އުޅެނިކޮށް ދުނިޔޭގެ މަޝްހޫރު ފަރާތަކުން އެބުނީ އެއަރޕޯޓް ތަރައްގީކުރީމާ ގައުމަށް ކުރާނެ ފައިދާއާ ޓްއަރިޒަމަށް އަންނާނެކުރިއެރުން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454