ޝެއިހް އިލްޔާސް ހުސެއިން: ދީނީ މިނިވަންކަން ރާއްޖެ ގެންނަން އެއްވެސް ބަޔަކަށް ލަފާ ނުދެވޭނެ ކަމަށް ވިދާޅުވި - ފޮޓޯ: ސޯޝަލް މީޑިއާ
19 އެޕްރީލް 2018 - 22:02
މުސްލިމް ނޫން މީހުންނަށް ދިވެހި ރައްޔިތުކަން ލިބޭ ގޮތަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހުށަހެޅި ހުށަހެޅުމާ ދެކޮޅަށް ހުރިހާ ދިވެހިން ތެދުވާން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
އީޔޫ އިން މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް ކުރި ދަތުރަށް ފަހު ސަރުކާރަށް ހުށަހެޅި ހުށަހެޅުމުގައި ވަނީ މުސްލިމް ނޫން މީހުންނަށް ވެސް ދިވެހި ރައްޔިތުކަން ލިބޭ ގޮތަށް ހެދުމަށާއި އިސްލާމްދީނުގެ ސުންނަތް ޖަމާއަތުގެ މީހަކަށް ނުވިޔަސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެވޭ ގޮތް ހެދުމަށެވެ.
އެކަމާ ގުޅިގެން އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވަނީ އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ލިބޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން އެއްވެސް ބަޔަކަށް ލަފާ ނުދެވޭނެ ކަމަށާއި އެކަމާ ދެކޮޅަށް ކޮންމެ ދިވެހި ދަރިއަކު ވެސް އަޑު އުފުލަން ޖެހޭނެ ކަމަށެވެ.
Islamdheen noon ehen dheenthaka furusathu libeygotha dhivehi rajjeyge gaanoonu asaasee islahukuran jeheynekama evvesbayaka lafa a nudheveyneeve.
— Ilyas Hussain (@ilyaasipa) April 19, 2018
Mi lafaya dhekolha dhivehi komme dhariyakuves aduufilanjehe eve.
އިލްޔާސްގެ ޓްވީޓް
އިލްޔާސްގެ އިތުރުން ޝައިހް މުހައްމަދު އިޔާޒް ވެސް ވަނީ އެހެން ދީނަކަށް އުޅުމުގެ މިނިވަންކަން ދިވެހިންނަށް ދޭން ހުށަހެޅި އެ ހުށަހެޅުން ބަލައިނުގަތުމަށް ގޮވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
20 April 2018
އިލްޔާސް ބުނަންތަ ވާހަކައެއް، އަހަރުމެން މިތިބީ 1 ފެބްރުއަރީގެ ހުކުމް ތަންފީޒްނުކޮށްގެން ތެދުވެ
ހުސެންރަޝީދު
20 April 2018
ނޭންގުނޭ ތިޔަވިދާޅުވި ބަހުގެމާނައެއް
ޓޭކްމޭން
20 April 2018
ދަނޑިވަޅު ބަލާފަ ނިކުތީ އުތަ؟މީ ވާ ޟޭހެއް.
ގޮވާލަން
20 April 2018
ދީނީ އިލްމުވެރިން ވަރަށް ފުޅާކޮށް އަދުގެ ޖީލަށް އެބަ ކަންކަން ސާފުކޮށްދޭންޖެހޭ. ރަސޫލާގެ ހަދީސުން އެނގެން އެބައޮތް ފަހު ޒަމާނުގައި ކަންކަންވާނެ ގޮތް. އުސްއިމާރާތްތައް އެޅުން ގިނަވުމާ އަރައިގެން ހުންނަ ފައިވާން ވާހަކަ ދައްކާ ދުވަސް މިއޮތީ އައިސްފައިކަން އިލްމުވެރިން ރަގަޅަށް ކިޔައިދޭންޖެހޭ. ހަދީސެއް އެ އޮންނަ ގޮތަށް ހަމައެކަނި ކިޔާލަދީގެން އަދުގެ ޖީލަށް ކަންކަން ފަހުމެއްނުވާނެ. އިސްލާމް ދީން މި ދުނިޔެމަތީ ދެން އޮންނަން އޮތް އަހަރުތައް ހަދީސް ދިރާސާކުރާ ބައެއް އިލްމުވެރިންވަނީ ވަރަށް ސާފުކޮށް ކިޔާދީފަ. އަދުގެ ޖީލުތަކުގެ އުޚުރަވީ ހަޔާތް ރަގަޅުކޮށްދިނުމަށްޓަކައި އިލްމުވެރިން ހަރުކަށި އިބާރާތުން ދީނީ ވާހަކަ ނުދައްކައި ސިޔާސީނުވެ ކަންކަން ސާފުކޮށްދިނުން އެދެން. ޒަމާނުގެ އޮއިވަރުގައި ރަގަޅާ ނުބައި އޮޅުންފިލާވަރުކޮށްދީ ދައްޖާލުގެ ސިސްޓަމް މި ދުނިޔޭގައި މިހާރުވެސް ގާއިމުވެފައިވާވަރާ މެދު ހޭލުންތެރިކުރަންޖެހޭ. މިހާރު ތިބި މީހުންނަށް ސަލާމަތުގެ މަގު ދައްކަދޭންޖެހޭ.
ވިސްނާ!
20 April 2018
އީޔޫގެ ބަޔާނުން އީޔޫގެ ބޭނުން ވަރަށް ސާފު! އަހަންްނަކީ ދިވެއްސެއް! އީޔޫއަކަށްވެސް އަދި ނަޝީދަކަށްވެސް އަހަރެން ތާއިދެއް ނުކުރަން! މި މީހުން ބޭނުންވަނީ އެއްކަމެއް. އަހަރެން ބޭނުމީ މ ލޮބުވެތި ވަތަނުގައި ތާއަބަދަށް އިސްލާމްދީން އޮތުމަށް. ރަސޫލާގެ ސުންނަތާ ޤުރުއާނުގެ އާޔަތްތަކުން ފަރުވާވެސް ބޭނުންވަނީ! ނަޝީދު އަދި އީޔޫ ބޭނުންވާ ކަހަލަ އހެނެް ފަރުވާ އެއް ބޭނުމެއް ނޫން! ލާދީނީ ފަރުވާ އެއް ބޭނުމެއް ނޫން
ޖަޑިބު
20 April 2018
އީޔޫގެ އެއްވެސް ކަމަަކަށް ރާއްޖެ ތަބާވާކަށް ނުޖެހޭ! އެމީހުންގެ ހުރިހާވެސް ބޭނުމަކީ ރާއްޖޭގައި އެހެންދީންތައް ފެތުރުން. އެވަރު ބަަޔަކު ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުކުރާކަށް ނުޖެހޭ!
ައަހުމަދު
20 April 2018
އަހަރެން ތާއީދު ކުރަން އީޔޫއިން ވަކިވަން.
ރައްޔިތުމީހާ...
20 April 2018
ޝެއިހަށް ވިސްނުނީތީ އުފާކޮށްފިން ..... އީޔޫއިން އަންގާ އެއްވެސްކަމަކަށް ތަބާވާކަށްނުޖެހޭ.. ސަބަބަކަށްވަނީ މިޤައުމަކީ މިނިވަން ޤައުމަކަށްވުމާއި 100ޕަސެންޓް މުސްލިމް ޤައުމަކަށްވީތީވެ.. އަހަރެމެން އުޅެންވާގޮތާއި ކުރަންޖެހޭކަންތައްތައް ބުނެދޭންޖެހޭނީ ޔަހޫދީންނާއި ނޮސާރާއިން އަދި ބުޑިސްޓުންކަމަށް ގަބޫލްކުރާ ދިވެހިން މިޤައުމުގައި އުޅޭތީ އަހަރެން ހިތާމަކުރަން ! މިޤައުމުގައި ހަދާފައިވާ ޤާނޫންތަކާއި ޤަވާއިދުތަކާއި އަދި އިސްލާމީ އުސޫލްތަކާއި އެއްޤޮތަށް މިޤައުމުގެ ކަންތައްތައް ގެންދަންޖެހޭނީ... އެއްވެސް ހާލެއްގައި ހުޅަގުގެ ޤައުމުތަކުން ހަންފަތުރަން ބޭނުންކުރާ ޓޫލްއަށާއި އޭނާބޭނުންވާ މިނިވަންކަން ހޯދަން މަސައްކަތްކުރާ ކުދިންކޮޅު ބޭނުންވާ ގޮތަކަށްނޫން މިޤައުމުގެ ކަންތައްތައް ދާންޖެހޭނީކީ...
އީސްލާހު
20 April 2018
ނޫން.. ނޫން.. އީޔޫއީން ދައްކާ އީސްލާމް ދީނާއީ ޚީލާފު ނޫން އެންމެހާކަމެއް އަހަރެމެން ބަލައީގަންނަން..
ޖީއެން
20 April 2018
ފަރަންޖީންނަށް ރާއްޖޭގެ ބިން މިލްކުކުެރެވޭ ގޮތަށް ޤާނޫނަށް ބަދަލު ގެނައީ ރައީސް ޔާމީނާއި އޭނާގެ އައުވާނުންގެ ނުބައި ރޭވުމުން. އެހެންވިއްޔާ ދެންވެސް އެމީހުން އެހާބޮޑު ޚަރަދެއް ކޮށްގެން މިތަނަށް އަންނަންޏާ ދެންހުރި ކަންތަކުގެ ވާހަކަވެސް ބުނާނެ ދޯ. މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ރައީސް ޔާމީނާއި އޭނާގެ ބައިވެރިން.
މަންޑޭލާ
20 April 2018
މީއެމްޑީޕީ އަޑީގަ އޮވެގެން ކުރާކަމެ.