"މާ ސާފު މާލެ" ޕްރޮގްރާމްގައި މިއަދު މާލެ ސާފުކުރަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
21 އެޕްރީލް 2018 - 10:19
"މާ ސާފު މާލެ" ގެ ނަމުގައި މާލެ އާއި ވިލިމާލެ ސާފުކުރަން ކުރިއަށް ގެންދާ ޕްރޮގްރާމް މިއަދު ފަށައިފި އެވެ.
މިއީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މިނިސްޓްރީން ވަނީ މާލެ އާއި ވިިލިމާލެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ.
ހެނދުނު 6:00 ގައި ފެށި ސާފު ކުރުމުގެ ޕްރޮގްރާމުގައި 4،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާން ރަޖިސްޓްރީކޮށްފައިވެ އެވެ.
މި ހަރަކާތުގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުންނާއި އަމިއްލަ ޖަމިއްޔާތަކާއި ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކުން ބައިވެރިވެފައިވެ އެވެ.
"މާ ސާފު މާލެ" ޕްރޮގްރާމްގައި މިއަދު މާލެ ސާފުކުރަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
ސާފު ކުރުމުގެ ހަރަކާތް މިއަދު ފެށި އިރު، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިޔާތޮށި ކުލައިގެ ބުރުގާ
22 April 2018
ކީއްވެތަ ފިޔާތޮށި ކުލައިގެ ބުރުގާ ނޭޅީ
ހާސަރު
21 April 2018
މިހެން އިވެންޓްތަކެއްގޮތަށް ނިކުމެ ސާފުކުރެވޭވަރަށް ވުރެ މާލެ މިއޮތީ ތޮއްޖެހިފާ ސާފުކުރި މަގުތަކުން ދެދުވަސް ފަހުން ހަމަ ތިވަރަށް ކުނިނެގޭނެ! މައްސަލަ އަކީ ހެދިފާހުރި ގާނޫންތައް ތަންފީޒު ނުކުރާތީ، ކުނިއަޅާނެ ޑަސްބިން މަގުތަކުގާ ނުބަހައްޓާތީ، ކުނިއަޅާމީހުނަށް އަދަބެއް ނުލިބި ކުނިނަގާ ސާފުކުރާނަމަ ހަމަ ނަގާފަ ނަގަންޖެހޭނީ.
ރަދީފް
21 April 2018
އަޅުގަނޑުމެންގެ އިއްޒަތްތެރި ކުރީގެ ރައީސްގެ ސޯލޯގަން ''މިނިވަން ދިވެހިރާއްޖެ - ސާފް ދިވެހިރާއްޖެ''. ކިހާ ސަޅި.
ރަދީފާ
08 December 2018
އިންޑިޔާ ވިއްދާފައި އޮތީމަ ކުޑައިކޮށް ބިރުހީވާތީ ތިޔާހެން ކިޔަން ލަދުވެތިވާ ވާހަކަ ސިއްރުން ދަންނަވާލަން.
ކޫޑު
21 April 2018
ރަންގަޅުކަމެއް! އެކަމަކު މާލޭގައި ދިރިއުޅޭ ހުރިހާ މީހުން އެބަ ދަސްކުރަން ޖެހޭ އާއްމުތަންތަނަށް ކުނި އެޅުމުގެ ބަދަލުގާ ކުނިއަޅަން ހުންނަ ޑަސްބިނަށް ކުއި އަޅަން. އަދިވެސް އާއްމުކޮށް ފެންނަ މަންޒަރަކީ ފެންފުޅި ބޮއެ ހުސްކޮށްލާފަވެސް ޖެހުނުތަނަކަށް އުކާލާ މަންޒަރު (އެހެޔޮ މޫދަށް/ކަންޑައް ވިޔަސް)
ނެރު
21 April 2018
ރަންގަޅު ފެށުމެއް އެންމެން އެއްބާރު ލައިގެން ކުރަންވެފަ އޮތް ކަމެއް
ހުއްބުލް ވަތަން
21 April 2018
ކޮންމެ މީހަކު ވެރިކަމުގަ ހުއްޓަސް ޕޮސިޓިވް ކަންތަކާމެދު ޕޮސިޓިވްކޮށް ވިސްނަބަލަ
އަހުމަދުއަލޯ
21 April 2018
މާ ކުނިނާޅާ މާލެ، ފަށަންވީނު. ކުނި ބާވައިލައްވަނީ ނޫންވިއްޔަ!
ރުޅި
21 April 2018
އަދި ރުޅި އަންނާކަށް ނުވެ އެއްނު...
ކަޅުހޮއްކޮ
21 April 2018
ތިކަމުން ފެނިގެން ދަނީ ސަރުކާރުން ތިކަމަށް އުފައްދާފައިވާ މުއަށްސަސާތައް ފެއިލް ވެއްޖެކަން.
ޖަޑިބު
21 April 2018
ތިޔަހެން ޖަހާލާ ލުތްކަކުން ކުރާނެ ރާހަތެއް ނެތެވެ މާލެއަކީ އެއަށްވުރެ މާ ގޮނޑު ތަނެކެވެ ގިނަ ޚިދުމަތްތައް ދޭން މި ތިބީ ބަންގާލުންނެވެ އއމީހުންނަކީ ވަރަށް ހަޑި ބައެކެވެ މިއަދު ސްކޫލް ކުދިން ނެރެގެން އެހާ ހަޑިވެފަހުރި ތަންތަން އަދި މަސިރިވެސް އއހާގިނަވެފަ ހުރިނތަންތަން ހާވަމުންދާތީ ބިރުހީވެއެވެ
ވެލްކަމްޑް
21 April 2018
ވަރަށް ރަނގަޅު ކަމެއް. މިރާއްޖޭގައި ކިތަށް ރައްޔިތުންނަށް އަމިއްލަ ނަފްސަށް ތެދުވެރިކަމާއެކު ބުނެވިދާނެބާ ތިމަންނާ އެއްލާލި ކުނިގަނޑެއް މަގުމަތީގައި އަދި މޫދުގައި ނުއޮންނާނެއޭ. މިހިސާބުން ކޮންމެ މީހަކުވެސް އަޒުމުކަނޑައަޅަމާ އެހެންމީހުން ސާފުކުރަން ތިމަންނާގެ ގައުމަށް ދެން ތިމަންނާ ކުނިނުއަޅާނަމޭ.
ވެންގަރ
21 April 2018
މަށަށް ވަރަށް ކެރިގެން ޔަގީން ކަމާއެކު ބުނަންކެރިދާނެ ތިޔަހެން. ދުވަހަކުވެސް މަގެއްގެ މައްޗަށް ނުވަތަ މޫދަށް ކުނި އެއްލާލާފައެއް ނުވާނެ.
އަހުމަދު79
21 April 2018
އަހަންނަށް ބުނަން ކެރޭނެ. ދަޅު ހިފައިގެން 500 މީޓަރަށް ވުރެ ދުރަށް ހިނގާފަ ހުންނާނެ ޑަސްޓްބިން އެއް ނުފެނިގެން. މަގުމައްޗަށް ހުރި އުކާފަ - އެކަމުވެސް ހަމަ ޑަސްޓްބިން އެއް ހޯދީ!