މެލޭޝިއާގައި މަރާލި ފަލަސްތީނުގެ އިމާމް ފާދީ މުހައްމަދު އަލް ބަތަޝް. --ފޮޓޯ: އޭއެފްޕީ
22 އެޕްރީލް 2018 - 11:58
ކުއާލަ ލަމްޕޫރު (އެޕްރީލް 22) - މެލޭޝިއާގައި ދިރިއުޅޭ ފަލަސްތީނުގެ އިމާމެއްގެ ގަޔަށް ބަޑިޖަހާ އިއްޔެ މަރާލައިފި އެވެ.
ސައިކަލެއްގައި ދިޔަ ދެ މީހަކު ބަޑިޖަހާ 35 އަހަރުގެ އިމާމް ފާދީ އަލް ބަތަޝް މަރާލީ އޭނާ ފަތިސް ނަމާދަށް ދަނިކޮށެވެ. އޭނާ އަކީ ފަލަސްތީނުގެ ހަމާސްގެ މެންބަރެކެވެ.
އަލް ބަތަޝްގެ ބައްޕަ އަލް ޖަޒީރާ އަށް ބުނީ އޭނާގެ ދަރިފުޅުގެ މަރުގެ ފަހަތުގައިވާ ކަމަށް ބެލެވެނީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑް ކަމަށެވެ. އަދި ދަރިފުޅުގެ މަރުގެ ފަހަތުގައިވާ މީހުން ހޯދުމަށް އޭނާ ވަނީ މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.
ފަލަސްތީނުގެ އިމާމް ފާދީ މުހައްމަދު އަލް ބަތަޝްގެ ގަޔަށް ވަނީ 10 ވަޒަން ފޮނުވާލާފައި. --ފޮޓޯ: އީޕީއޭ
މެލޭޝިއާގެ ބޮޑު ވަޒީރުގެ ނައިބް އަހުމަދު ޒާހިދު ހާމިދީ ވިދާޅުވީ ބަތަޝް އަށް ހަމަލާދީ މަރާލީ ޔޫރަޕުގެ ބައެއް ކަމަށް ބެލެވޭ ކަމަށާއި އެ މީހުންނާއި ބޭރުގެ ޖާސޫސީ އިދާރާއަކާ ގުޅިފައިވާ ކަމަށް ވެސް ބެލެވޭ ކަމަށެވެ.
މެލޭޝިއާ ފުލުހުންގެ ވެރިޔާ ދާތުކް ސެރީ މަންސޫރު ލާޒިމް ވިދާޅުވީ ބަތަޝް އަށް ހަމަލާ ދިން ދެ މީހުން އިމާރާތެއްގެ ކައިރީގައި 20 މިނިޓް އިންތިޒާރުގައި ތިބި ކަމަށެވެ. އަދި ބަތަޝް އަމާޒުކޮށް 10 ވަޒަން ފޮނުވާލި ކަމަށާއި އޭގެ ތެރޭން ހަތަރު ވަޒަނުން ބަތަޝް މަރުވެފައިވާ ކަމަށެވެ.
ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ބުނީ ބަތަޝް އަކީ ވަރަށް ޒުވާން، ދީނީ އިލްމުވެރިއެއް އަދި ހަކަތައިގެ ދާއިރާގެ ސައެންސްވެރިއެއް ކަމަށެވެ. އޭނާ އަކީ ޝަހީދެއް ކަމަށް ވެސް ހަމާސް އިން ބުނެފައިވެ އެވެ.
މެލޭޝިއާ އަށް ކަނޑައަޅާފައި ހުންނަ ފަލަސްތީނުގެ ސަފީރު އަންވަރު އެޗް. އަލް އަގާ ވިދާޅުވީ ބަތަޝް އަކީ މިސްކިތުގެ ދެ ވަނަ އިމާމް ކަމަށެވެ. އޭނާ މެލޭޝިއާގައި ދިރިއުޅޭތާ ދިހަ ވަރަކަށް އަހަރުވެފައިވާ ކަމަށްވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނާޒިމް
23 April 2018
މި ދުނިޔޭގައި އެތައް ހާސް މިލިއަނުން މީހުން މަރާފަ އެބަހުރި. އަދި ކުރިޔައް އޮތްތާގަ ވެސް ވާނީ މިހެން. ފަހަތުގައި ވަނީ ޕޮލިޓިކްސް! މަ މޮޅު، ކަލޭ ކަޑަ! މި އީ މަގޭ ބިން، ކަލޭ ފައިބާ! މިއީ ހަގީގަތް. އެއްހާލީން ވިހާ 2 ބާޒުވެސް، ބޮޑު އެތި، ބާރު ބޭނުން ކޮއްގެން ކުޑަ ބާޒު މަރާލާ! އިންސާނާ ގެ ވެސް ތޮބިއްޔަތުގަ ވާކަންކަން މިހުންނަނީ!
ކަލްބު
23 April 2018
ފިނޑި ޔަހޫދީންގެ ސިޔާސަތެއް އެއީ މުސްލިމުންގެ ތެރޭގައި ހިމެނޭ ސައިންސްވެރިންނާއި މޮޅެތިމީހުން އެސެސިންކުރުން. ޓިއުނީޝިޔާގެ އޭވިއޭޝަން ސައިންޓިސްޓު ޒުއަރީ* ފްރާންސްގައި ކިޔަވަމުންދިޔަ ލުބްނާން ދަރިވަރު އެވެސް ވަރަށް މޮޅު މީހެއް އެޓޮމިކް ދާއިރާއިން. ލިސްޓުވަރަށް ދިގު.
ހެހެހެ
22 April 2018
މިކަން ހިންގާފައިވަނީ އިޒްރޭލުގެ ސައިތާނީ ވިސްނުމުގެ ތެރޭން ކަމަށް ބެލެވެނީ
އޭނަ
22 April 2018
نَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ.... )-:
މޮގާބޭ
22 April 2018
އިސްލާމް ދީން ކުރިއެރުވުާއި ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރަންވަވާ ކަމުގެ އެވޯރޑް މެލޭގެ ބޮޑުވަޒީރަށް ދެންވުމަށް ހަރުއަޑުން މުޅި ދުނިޔެއަށް ގޮވާލަން.
އަލީ ނަސީމް
23 April 2018
މާ ރަގަޅު ވާނެ ނަސްލީ އިމްތިޔާޒް ނޫނީ އެންމެ ރޭސިސްޓް ކަމުގެ ރަން ބޫޓް މެލޭ މީހުންނައް ދިނިއްޔާ!
ތުނިޔަ
22 April 2018
ޢިންނާލިއްލާހި ވައިންނާއިލައިހި ރާޖިޢޫން...މަރުޙޫމްގެ ފާފަ ފުއްސަވާ ރަހުމަތް ލެއްވުންއެދި ދުޢާކުރަން!
ފަގުޑި
22 April 2018
ޓެރެރިސްޓުން ނަކީ ކޮން ބައެއް ކަން އެގޭތަ؟
ރަދީފް
22 April 2018
މެލޭޝިޔާ ވެސް އެއީ އެހާ ސޭފްތަނެއްނޫންކަން މިހާދިސާއިން އެނގިހާމަވެގެން މިދިޔައީ.ފާދީ އަލް ބަތަޝްގެ އަސްލުއެއީ ހަކަތައިގެ ދާއިރާއިން އެކިއެކި ރިސާޗްހެދުމުގަ ހަރަކާތްތެރިވާ ރިސާޗް ސައިންޓިސްޓެއް.
ވަހީދު
22 April 2018
މުސްލިމުންގެ ތެރެއިން ވަކިވަކި ފަރުދުންނަށް ވެސް ހަމަލާތައް ވަނީ އަމާޒު ވެފައި. ހުޅަނގު މީޑިއާއަށް މިކަންކަން ނުފެންނަނީ އެމީހުންގެ ދީނީ ވިސްނުމުގެ ސަބަބުން. އަދި އަރަބިންނާއި މުސްލިމުން ދެކެ ނަފުރަތުވާލެއް ބޮޑުކަމުން