ޚަބަރު / ކޮވިޑް-19

ރާއްޖޭން މެލޭޝިއާ އަށް ދިޔަ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ލެބޯޓްރީއެއްގައި ކޮވިޑަށް ސާމްޕަލެއް ޓެސްޓްކުރަނީ. މެލޭޝިއާއަށް ދަތުރުކުރި ދިވެހި ދަރިވަރަކު ވަނީ އެބައްޔަށް ޕޮޒިޓިވް ވެފައި.

މިދިޔަ ހުކުރު ދުވަހު ރާއްޖެ އިން މެލޭޝިއާ އަށް ދިޔަ ދިވެހި 50 ދަރިވަރުންގެ ތެރެއިން ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަަލަމްޕޫރުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މިއަދު ބުނީ، އެ ދަރިވަރު ކޮވިޑަށް ޕޮޒިޓިވްވިކަން އެ ގައުމުގެ ހެލްތު މިނިސްޓްރީން ކަށަވަރު ކޮށްދީފައިވާ ކަަމަށެވެ. ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފޯކަލް ޕޮއިންޓަށް ވެސް މިހާރު އެ މައުލޫމާތު ދީފައިވާނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ކޮވިޑް ޖެހޭ މީހުންގެ މައުލޫމާތު ހާމަކުރުމަކީ މަނާ ކަމަކަށް ވާތީ، ދަރިވަރުގެ ޒާތީ މައުލޫމާތު އެޗްޕީއޭ އަށް ވެސް ދީފައި ނުވާނެ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ.

މެލޭޝިއާގައި ކޮވިޑްގެ 10 ކޭސް މިއަދު ރިޕޯޓް ކުރިއިރު، އޭގެ ތެރެއިން އަށް ކޭހަކީ އެހެން ގައުމުތަކުން އެ ގައުމަށް ދަތުރުކުރި މީހުންނެވެ.

ދިވެހި 50 ދަރިވަރަކު ހުކުރު ދުވަހު މެލޭޝިއާ އަށް ދަތުރުކުރީ އޭސް ޓްރެވެލްސް އިން ޗާޓަރު ކުރި މޯލްޑިވިއަންގެ ފްލައިޓަކުންނެވެ. ޓިކެޓަށް ހަރަދުކުރީ ދަރިވަރުން އަމިއްލަ އަށެވެ.

އޭސް ޓްރެވެލްސް އިން ކުރިން ބުނެފައިވާ ގޮތުގައި މޯލްޑިވިއަންގެ މަތިންދާބޯޓުގައި އިށީނދެ ތިބުމުގެ އިންތިޒާމު ހަމަޖއްސާފައި ވާނީ ސޯޝަލް ޑިސްޓެންސިން އަށް ވެސް ސަމާލުކަން ދީގެންނެވެ.

އާބާދީގައި 33 މިލިއަނަށް ވުރެ ގިނަ މީހުން ތިބި މެލޭޝިއާގައި މިހާތަނަށް ރިޕޯޓްކޮށްފައި ވަނީ ކޮވިޑްގެ 9،267 ކޭހެވެ. އޭގެ ތެރެއިން 8،959 މީހަކު މިހާރު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑް ޖެހިގެން އެ ގައުމުން މިހާތަނަށް 125 މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭން 6،60 މީހަކަށް ކޮވިޑް ޖެހުނު އިރު އޭގެ ތެރެއިން ރަނގަޅުވީ 4،141 މީހެކެވެ. އަދި 26 މީހަކު ވަނީ މަރުވެފަ އެވެ.

4 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 78%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަހުދު

24 August 2020

ރާއްޖެއިން ފުރައިގެން ދަތުރުކުރާ މީހުންނާއި ޓްރާންސިޓް ވާމީހުން އެހެން ގައުމުތަކައް އެރުން މަނާކޮއް އަދި ބޮޑެތި އެއަރލައިން ތަކުގެ ޝެޑިޔުލް ދަތުރުތައްް ރާއްޖެއައް ކުރުން ހުއްޓާލާނެ ދުވަސް އެހާދުރުގަ އޮތްހެނެއް ހިޔެއްނުވޭ. މިކަމުން އަރައިގަނެވޭނީ ބަސްގަބޫލު ކޮއްގެން.

The name is already taken The name is available. Register?

ާއުނިމާ

23 August 2020

މިހުންނަނީ ދެރަވެ ލަދު ގަންނަންޖެހޭ ކަންކަން

The name is already taken The name is available. Register?

އަލިހަންދުރޯ

23 August 2020

އެކީއްވެ؟ މީހަކު ބައްޔެއް ވުމަކީ ކުށެއްނޫން. އަދި މިކަމުން ރާއްޖޭގެ ނަން ހުތުރުވާންޖެހޭ ސަބަބެއްވެސް ނެތް.

The name is already taken The name is available. Register?

އއއ

24 August 2020

ޓެސްޓް ކޮށް ކަރަންޓީންގަ ހުރެފަ އެހެން ގައުމް ތަކުން ފޮނުވަނީ.. ދަރިވަރުން ވެސް ބަލައިގެން އުޅެންޖެހޭނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!