މީހަކު ސައި ތަށްޓަކަށް އާޓިފިޝަލް ސްވީޓްނާ ގުޅަތަކެއް އަޅަނީ.
25 އެޕްރީލް 2018 - 06:11
ހަކުރު ބަލީގެ މީހުންނާއި ފަލަވެދާނެތީ އުޅޭ މީހުން އާޓިފިޝަލް ސްވީޓްނާ ބޭނުން ކުރުމަކީ ވަރަށް އާންމު ކަމެކެވެ. އެއީ ހަކުރުން ދިމާވާ މައްސަލަތަކުން ރައްކާތެރިކޮށްދޭ ކަމަށް ބަލައިފަ އެވެ.
އެކަމަކު ބައެއް ދިރާސާތަކުގައި ބުނަނީ އާޓިފިޝަލް ސްވީޓްނާ އަށް މާބޮޑަށް އިތުބާރު ނުކުރުމަށެވެ.
އެމެރިކާގެ ކެލިފޯނިއާގެ ސެން ޑިއެގޯގައި މިހާރު ކުރިއަށްދާ އެމެރިކަން ސައިކޮލޮޖިކަލް ސޮސައިޓީގެ އަހަރީ ބައްދަލުވުމުގެ އެކްސްޕެރިމަންޓަލް ބައޮލޮޖީ މީޓީން އަށް ވަނީ އާޓިފިޝަލް ސްވީޓްނާއާ ބެހޭ ދިރާސާ ކަރުދާހެއް ހުށަހަޅައިފަ އެވެ.
އޭގައި ފާހަގަކޮށްފައިވާ ގޮތުން އާޓިފިޝަލް ސްވީޓްނާ އިން ފޮނިކަން ގެނެސް ދިނަސް އެއީ ހަކުރު ބައްޔާއި ފަލަވުން ފަދަ މައްސަލަތަކަށް ހައްލެއްގެ ގޮތުގައި މުޅިން ޔަގީންކޮށްގެން ނުވާނެ އެވެ. އެ ބޭނުން ކުރާ ނަމަ ހަކުރު ބަލީގެ ބިރު އޮތުމާ އެކު، ފަލަވުމުގެ ބިރު ވެސް އޮތް ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. އަދި މިކަމާ ބެހޭ އިތުރު ދިރާސާތައް ކުރުން މުހިންމު ކަމަށް ވެސް ބުނެފައިވެ އެވެ.
އާޓިފިޝަލް ސްވީޓްނާ ޕެކެޓްތަކެއް: މިއަށް ރައްކާތެރިވާން ވަނީ އިރުޝާދު ދީފައި.
މި ދިރާސާ ކަރުދާހާ ބެހޭ ގޮތުން މި މަހުގެ 25 އާ ހަމައަށް މަޝްވަރާކުރަން ހަމަޖެހިފައިވާ އިރު، ދިރާސާ ޓީމްގައި ހިމެނޭ ބްޔަރަމް ހޮފްމަން ވިދާޅުވި ގޮތުގައި އާދައިގެ ހަކުރުން، އާޓިފިޝަލް ސްވީޓްނާ އަށް ހިޖުރަ ކުރުމަކީ ވިސްނަންޖެހޭ ކަމެކެވެ.
"އަހަރެމެންނަށް ނަން-ކެލޮރިކް އާޓިފިޝަލް ސްވީޓްއާ ދޭތެރޭ އޮތް ޝައްކަކީ އެއަކީ ވެސް މުޅިއަކުން ސިއްހަތަށް ރައްކާތެރި އެއްޗެއް ނޫންކަން. އެ ބޭނުންކުރާ ނަމަ ހަމަ އާދައިގެ ހަކުރެކޭ އެއްގޮތަށް ހަކުރު ބައްޔާއި ފަލަވުމުގެ ބިރު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ. "އެހެންވެ މިއީ އިތުރަށް ބަލަން ޖެހޭ ކަމެއް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަސްޓް
25 April 2018
އާރޓިފިޝަލް ބަޔެއް މެޑިސިންގް ތަކަކީ އޭގެ ވަރަށް ބޮޑު ސައިޑް އިފެކްޓްސް ތަކެއް އަންނަ ކަމެކެވެ. ބަޔެއް ބާރުގަދަ ކްރީމް ސިންގަޕޯރ އިން ގަނެގެން ގެނެސް ބަޔެއް ޒުވާން އަންހެން ކުދިން ޔަންގް އޭޖް ގައި އުނގުޅުމުން އުމުރުން 30 އަށް ދިއުމުން އޭގެ ސައިޑް އިފެކްޓްސްގެ އަސަރު ފެނި ހަންގަނޑު ވަރަށް ބޮަޑަށް ހުތުރުވެ އަދި އަވީގައި ޖެހިޖެނަމަ ހިރުވާ ހެދުން ވެސް މީވެސް ހަންގަނޑުގެ މަތީ ތިކް ލޭޔަރ އަށް ގެއްލުން ވެފައިވާ ކަމުގެ ދަލީލު ތަކޭ. ގައިގެ ހަންގަނޑުގައި ޓަޓޫ ކުރެހުމުން އޭގެ ސައިޑް އިފެކްޓްސް މިހާރު ފެންނާން ފަށައިފިއޭ އެކަން ކަން މިހާރު ދަނީ ތަޖްރިބާ ކުރެވުމުންނޭ. އިންސާނާ އުފެދޭ އިރު ހުންނަ ސްކިން އެއީ އެންމެ ރީތި ކުލަ އަކީ އެ ދޮން ކުރަން ކްރީމްއިން ކުޑަ ކޮށް ޓްރީޓް ކުރުން އެއީ ރަނގަޅު ކަމެކޭ. އެކަމަކު ގައިގެ ހަންގަނޑުގައި ޓަޓޫ ކުރަހައިގެން ނޯޓިސް ބޯރޑަކަށް ގައިގެ ހަންގަނޑު ނުޖެހެއޭ ބަދަލު ކުރަން. އިޓްސް ޖަސްޓް އެގެއިންސްޓް ނެޗުރަލް ބިއުޓީސް..