ރާއްޖޭގައި ފުރަތަމަ ޕީއެޗްޑީ ހެދި ދެ ބޭފުޅުން ކަމަށްވާ ޑރ. އާއިޝަތު އަލީ (ކ) އަދި ޑރ. ސުނީނާއާ، ރައީސް ޔާމީން މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
23 އެޕްރީލް 2018 - 15:12
ރާއްޖޭގައި އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލް ކުރެއްވި ދެ ބޭފުޅުންނާ، ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލު ކުރައްވައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ޕީއެޗްޑީ ހާސިލްކުރި ޑރ. ސުނީނާ ރަޝީދާއި ޑރ. އާއިޝަތު އަލީއާ ރައީސް ބައްދަލު ކުރައްވައި މަރުހަބާ ދެންނެވީ، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، އެ ދެ ބޭފުޅުން ކޮށްދެއްވަމުން އަންނަ ހިދުމަތަށް ރައީސް ޝުކުރު ދެންނެވި އެވެ.
އެ ދެ ބޭފުޅުންގެ ތެރެއިން ސުނީނާ ޕީއެޗްޑީ ހާސިލް ކުރެއްވީ ރައީސްގެ ސްކޮލަޝިޕެއްގަ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލްކުރި ދެ ބޭފުޅުން ކަމަށްވާ ޑރ. އާއިޝަތު އަލީ (ކ) އަދި ޑރ. ސުނީނާ، ރައީސް ޔާމީނާއެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް
ތައުލީމީ ދާއިރާ އިން ޕީއެޗްޑީ ހެދި ދެ ބޭފުޅުން ވެސް ދަސްވެނިވެފައިވަނީ މިދިޔަ މަހު، އެމްއެންޔޫގެ ދަސްވެނިވުމުގެ ހަފުލާގަ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، އެ ދެ ބޭފުޅުންނާ ބައްދަލުކުރައްވައި ރައީސް ވަނީ، ދީނާއި ގައުމާއި ވަތަން ދެކެ ލޯބިވުމަށް އެދިވަޑައިގެންފަ އެވެ. އަދިި ކޮންމެ ހާލެއްގައި ވެސް ރާއްޖޭގެ ދާހިލީ ކަންކަމުގައި ބޭރުގެ ފަރާތްތަކަށް ބަސްބުނުމުގެ ޖާގަ ނުދިނުމަށް ރައީސް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ.
އެ ބައްދަލުކުރުމުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ޗާންސެލާ ޑރ. މުހައްމަދު ލަތީފު ވިދާޅުވީ، އެއީ އެ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލްކުރި ފުރަތަމަ ފަހަރު ކަމުގައ ވިއަސް، ކިޔެވުމުގެ ފެންވަރު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަައްވާފައިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެނިކްފަރީދާ
23 April 2018
ވޯޓްލާ ދުވަސްވަރު ކައިރިވާތީ ރައީސް ދެން ފެންނާނެ ކަންމަތީ ފިހާރައިން ސައިބޯންޏެއް ގަންނަން ހުުއްޓާވެސް
ވާފިރު
23 April 2018
ޑރ އައިސްތު އަކީ ހަމަ ޓްރޫ އިންސްޕިރޭޝަންއެއް. އަޅުގަނޑާ ދިމާވީ ރެޖިސްޓްރަރ އަކަށް އުޅުއްވިއިރު. އެދުވަހުވެސް އަޅުގަނޑާ ވާހަކަ ދެއްކެވި ގޮތުން ވަރަށް އުފާވި. ވަރަށް ހިތް ހެޔޮ މާތް ބޭކަނބަލެއް އެއީ. މިއަދު އެނގިއްޖެ ހަމަ އެހާމެ ޢިލްމުވެރިވެސް ބޭކަނބަލެއްކަން އެއީ. 2 ބޭފުޅުންނަށް މަރުހަބާ.
ދަރިވަރެއް
23 April 2018
ވަރަށް އުފާވޭ އައިސްތު މިސްގ ކާމިޔާބީ ފެނުނީމަ. އަޅުގަނޑުވެސް މިސް ކަހަލަ މީހަކަށްވޭތޯ މަސައްކަތް ކުރާނަން.
ލޮލްޕޯ
23 April 2018
ދެން ފިލައެއް ދެއްވާ
ރަޒީ
23 April 2018
އައިސްތު މިސް އަކީ ހަމަ ފިސާރި ކަނބަލެއް. އެއޮށް ބުރަކޮށް މަސައްކަތް ކުރަމުންވެސް ކޮލިޓީ ހުރި މޮޅު ތީސީސްއެއް އެ ފުރިހަމަ ކުރެއްވީ. މިސްއަށް އައްސަރި ބަހާ ސާބަސް.
ހޭނަކަތަށް ދޮންދީނި
23 April 2018
މިއަހަރު މީ ވޯޓު އަހަރު އެކަމަކުވެސް ރަށަކަށް އަރައިނުލާ އެކަނި މާލޭގަ ރަށްރަށުގަ ވޯޓު ދިންމީހުން ތިބީ ހުސްއަތާ
އެމްއޯޔޫ
23 April 2018
ތިޔަ ޕީއެޗްޑީ ޕްރޮގްރާމްގެ އެންމެބޮޑު ކްރެޑިޓެއް ޙައްޤުވަނީ ޑރ. ޙަސަން ޙަމީދުއަށް.
ހަމީ
23 April 2018
މަރްޚަބާ އައިސްތު މިސްއަށް. އަސްލުވެސް ވަރަށް މޮޅު ވަރަށް ހެޔޮ މިސްއެއްތީ.
ރަދީފް
23 April 2018
މަރުހަބާ ޑރ. ސުނީނާ ރަޝީދާއި ޑރ. އާއިޝަތު. ޝުކުރިއްޔާ ރައީސް ޔާމީން.