ހުޅުމާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް: ހުޅުމާލޭގައި މިރޭ ވަނީ މީހަކަށް ހަމަލާދީ ޒަހަމް ކޮށްލާފައި -- ފޮޓޯ: އެޗްޑީސީ
23 އެޕްރީލް 2018 - 23:27
ހުޅުމާލޭގައި މިރޭ ފިރިހެނަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ މިރޭ 10:00 ހާއިރު ހިނގި ހުޅުމާލޭ ޣާޒީ ސްކޫލް ފުރަގަހުގައި ހިންގި އެ މާރާމާރީގައި މީހަކަށް އަނިޔާވެގެން ފަރުވާ ދެމުންދާ ކަމަށެވެ. އެކަމަކު އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށްވެ އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy