ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް ޔާމީން ވަޑައިގަތުމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޝިޔާމް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
26 އެޕްރީލް 2018 - 10:08
މިދިޔަ ފެބްރުއަރީ 1 ވަނަ ދުވަހު ގެންނަން އުޅުނު ބަޣާވާތް ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުކޮށްލެއްވީ ކުރީގެ ރައީސް އިބްރާހިމް ނާސިރު ބޭނުންކުރެއްވި އުކުޅުތަކުން ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ރައީސް ޔާމީނަށް ރޭ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.
ދިވެހި ސިފައިންގެ ޚިދުމަތަށް 126 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަކީ އަމިއްލަ ފުރާނަފުޅަށް ބެއްލެވުމެއް ނެތި ގައުމަށްޓަކައި މަސައްކަތް ކުރައްވާ ވެރިއެއް ކަމަށެވެ. އަދި ސިޔާސީ މަސްރަހުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުން ގައުމަށް ކުރިމަތިވާ އެތައް ނުރައްކާތަކަކުން އެމަނިކުފާނު ގައުމު ސަލާމަތްކޮށްދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން، އިދިިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ބަޣާވާތެއް ކަމަށް ވިދާޅުވެ އޭނާ ވިދާޅުވި ގޮތުގައި އެ ބަޣާވާތް ނާކާމިޔާބުވީ ސިފައިން އިހްލާސްތެރިކަމާ އެކު ކުރި މަސައްކަތުންނާއި ރައީސް ޔާމީންގެ ހިކުމަތު އަމަލީގެ ވަރުގަދަ ކަމާއި އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
ސިފައިންގެ ޚިދުމަތަށް 126 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
"އެމަނިކުފާނު (ރައީސް) ބަޣާވާތް ނާކާމިޔާބުކޮށްލުމަށް ބޭނުންކުރެއްވީ އުތުރު ގަޑުބަޑުގައި މުހައްމަދު އަމީން ދޮށިމޭނާކަލޭފާނު ބޭނުން ކުރެއްވި ފަދަ ހިކުމަތްތެރި ކަންތައްތަކެއް. އެ ބަޣާވާތް ނާކާމިޔާބުކޮށްލުމަށް ރައީސް ޔާމީން ބޭނުން ކުރެއްވީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ ސަލާމަތްކުރެއްވުމަށް ކުރީގެ ރައީސް އިބްރާހިމް ނާސިރު ބޭނުންކުރެއްވި އުކުޅުތައް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ކުރެއްވި މަސައްކަތްޕުޅުތައް ދިވެހި ތާރީހުގަ އާއި އަސްކަރީ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރަކީ ދިވެހި އަސްކަރިއްޔާ އަށް ކާމިޔާބު އަހަރެކެވެ. ސިފައިންގެ ސަފުތަކާއި ގާނޫނީ ވާޖިބު އަދާކުރުމުގައި ނަމޫނާ ދެއްކި އަހަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ވޭތުވެދިޔަ އަހަރަކީ ސިފައިންގެ ބަދަހި ސަފުތަކުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އެތައް ކަމަކުން ގައުމު ސަލާމަތްކޮށް ދިން، ވަރަށް ހިތްހަމަޖެހިގެން ސިފައިން މަސައްކަތް ކުރި އަހަރެއް ކަމަށާއި ސިފައިން އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އިދިިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރަން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު، އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަހުން ވަނީ ބާތިލް ކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށާއި ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ވަކި ގޮތަކަށް ހުކުމްތައް ނެރުއްވަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ރައީސް ޔާމީން ވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި ހަމަ އެ ރޭ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ!
26 April 2018
7 ފެބްރުއަރީ ބަޢާވާތަށްނުވެ. 1 ފެބްރުއަރީ ބައާވާތަކަށް ވަނީ ކިހިނެއް..؟ އެމީހުން ހިތްނޭދޭ ގޮތަކަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއްޔާ އެއީ ބަޢާވާތަކަށް ވާންޖެހޭ ސަބަބެއްނެތް...!!
ދަރަނި
26 April 2018
ކުކުޅު ދުވެ ފިލާފާނެ މާގިނަދުވަހެއް ނުވެ.
ޖުހާހަހަހަ
26 April 2018
އަނގައެއް އޮތިއްޔާ ކޮންމެފަދަވާހަކައެއްވެސް ދެއްކިދާނެ. ހިނގާ ބާރަށް އަތްޖަހަމާ ކޮނޑުހުޅުން ނެއްޓެންދެން!
ދާންދޫ ދާއިރާ
26 April 2018
ފެބުރުއަރީ 1 ގައި ހާދަހާ ރީތި ކުލަ ކުލަ ޖެއްސޭތޯ ރައީސް އާއި މިނިސްޓަރުން ހާދަމަސައްކަތެކޭ ތިކުރައްވަނީ . ތި ދުވަހުގައި ޖެހެންވީ ކުލަ އޮތީ ޖައްސާ ނިމިފަ. ދެނެއް އެކުލައެއް ނުފިލާނެ އެގޭހާ އެއްޗެއް ބޭނުންކޮށްގެން ދޮވެ ސާފު ކުރަން އެއްމެ ފަހުގެ ދޮންނަ މެޝިން ބޭނުން ކުރިޔަސް ދެނެއް އެކުލައެއްނުފިލާނެ . ތިޔަ ފެބުރުއަރީ 1 ގައި ކުލަޖައްސައި އޮފް އަރުވަން އުޅޭ މީހުންގެ ނަންފުޅުތައްވަނީ ، ބުރަކި ރަންޏާއި ކަޅުމުހައްމަދާއި ހަނދި ހަސަނާއި އެނދި މަރިޔަބާއި އެއް ސަފުހާއެއްގައި ލިޔެވި ނިމފައި. ތޔިޔަދުވަސް ގެނައި މީހުންނަކީ އަދި އެދުވަސް ގެނެސް ސިފަބަދަލުކޮށް އެހެން ކުލަޔަކުން ގިރިޓީ ކުރަން ތިއުޅޭ މީހުންނަކީ ދިވެހިތާރީޚް ގައި ހަނޑި ހުތުރު ލައްގަނޑެއް ޖެއްސި ބަޔަކަށް ވެ ވަނީ ނިމިފަ. ޖަލުގެ ގޮޅިތަށް ތިކަން ކުރި މީހުނަށް ވަނީ ތައްޔާރު ކުރެވިފަ . ފަނޑިޔާރު ގެޔާއި ފަނޑީޔާރު ބޭކަލުންގެ ހުރުމަތް ކަނޑާ ލާ މީހުންގެ ނިމުން ވަރަށް ހިތިގޮތަކަށް ނިމިގެންދާނީ . ހަނދި ހަސަނަން ނިމުނުގޮތަކީ އޭގެ ފުރިހަމަ މިސާލެއް
ސަބްނަމް
26 April 2018
އެފަދަ ކަންކަމާ ތިޔަބުނާ ހިކުމަތު އަމަލީ ގެ ބޭނުން ހިފިފައެއްނެތް. އަދި ދިމާވެސް ނުވޭ. ކޮންމެފަދަ އެއްވެސް ބުނެވިދާނެ. ބުނުމުގެ ފުރުސަތު އޮތީމަ. އެކަމު ބުނަންވާނީ ތެދުވާހަކަ
ހަސަންފުތު
26 April 2018
1 ފެބްރުއަރީ އަކީ ބަގާވާތެކޭ ބުނާ ސަބަބު ނުވިސްނޭ .. އެކުމްގަ ނެތް ވެރިކަމުން ވެރިމީހާ އަޒަލް ކުރާ ވާހަކައެއް... ދެން އޮތީ ރައީތުންގެ މަޖިލީސް އެ މަޖިލީހައް ގާނޫނީގޮތުން ލިބޭ ބާރެއް ރައީސުލްޖުމްހޫރިޔާ އެމަގާމުން ވަކި ކުރުން .. 1 ފެބްރުއަރީ ގަ ހުކުމް ކުރީ ސިޔާސީ ގޮތުން ހުކުމް ތަކެއް ކުރެވިފައިވާ ބޭފުޅުން ދޫކޮއްލާފަ އަލުން ޝަރީއަތް ކުރަން.. ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު ޓިނު ނަގައިގެން ވަދެ އެ ކޯޓުގެ ހުުރުމަތް ކެޑާއި ދިވެހި ސިފައިންނާއި ފުލުހުންލައްވާ ގައިރުގާނޫނީ އަމުރު ކުރުވާ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ފުޑާލީ މިސަރުކާރުން..
ޑިފެންސް
26 April 2018
ވާހަކައިގެ މަޠުލަބަކީ އެފަދަ ބޭބޭފުޅުންގެ ހިތްވަރާއި ޢަޒުމެއް ރައީސްގެ ހުރި ވާހަކަ. ކަންތައްތަކަކީ (ހިތްވަރު) ޙިކުމަތު ޢަމަލީ އަކީ (ޢަޒުމް) - ބުނެވޭ ރާގާއި އަޑުއިވޭއިރު ނޫނީ ކިޔާއިރު ތިމާގެ ޚިޔާލާތާއި ފިކުރު އެބުނާއެއްޗެއްގެ މާނަޔަށް ނުފޫޒު ފޯރުވާނެ!
ހަސަނު
26 April 2018
ގައުމުގާ ގާއިމްވެފައިވާ ގާނޫނީ ނިޒާމު މުގުރާލާ ގާނޫނުއަސާސީން މަނާ ކޮށްފައިވާ އެތައް ކަމެއް ސިފައިން ލައްވާ ކުރުވީ ހަމައެކަނި ވެރިކަމަށް އޮތް ދަހިވެތިކަމަކަށް. މިގައުމުގާ މިހާރު މިއޮތީ ނާސިރު ޒަމާނުގެ އަދި މައުމޫނު ޒަމާނުގެ ގާނޫނެއް ނޫން.. ގާނޫނީ ވެރިންނަކީ ރައްޔިތުން.. ޔާމީނު ހުންނެވީ ރައްޔޮތުންގެ އިތުބާރާ ތާއީދާއެކުއެއްނޫން.. ބުރޫޓް ފޯސް ބޭނުންކޮށް ތަނަށް ގަދަވެގަނެގެން ހުރުމަކީ މޮޅުކަމެއް ނޫން އެއަށް ކިޔަނީ ނުބައިކަން... ސިފައިނަށް ފުލެޓު ކޮޅެއް ބަހާލައިގެ ގައުމުގެ މައްޗާށް އަތްގަދަކޮށްގެން ހުރެވޭނީ ކުރު މުއްދަތަކަށް... އިރާދަ ކުރެއްވިއްޔާ ނުބައި ހެދި ހުރިހާ ސިފައިންނަށް އަދަބު ދެވޭނެ އަދި...
ރިޝީކަޕޫރު
26 April 2018
ތިޖޯކުވެސް ވަރަށް ސަޅި. ނެއްތަ އިތުރު އެއްޗެއް.
ދުންކަރާސް
26 April 2018
ދުނިޔޭގެ އެންމެ ބޮޑެތި ބާރުތައްކަމުގައި އޮތް ޖަޕާނު، ޖަރުމަނު، ޗައިނާ، އިންޑިއާ އެމެރިކާ އިރާގު ލީބިއާ.... މިހުރިހާ ތަނެއް ހަނގުރާމަކޮށް ބަލިކޮއްގެން އެތަންތަނަށް ވެރިވެގެންތިބި ބައެއް އިނގިރޭސީންނަކީ. އެކަމަކު ތިބުނާ ނާސިރު އަކާއި ކުރިމަތިލާން އެމީހުނަށް ނުކެރުނިއްޔޯ؟؟؟؟ މިކަހަލަ ފުލޯކު ވިސްނުން ރައްޔިތުންގެ ބޮލަށް ވައްދަން ނޫޅެބަލަ 21ވަނަ ގަރުނޭ މިއީ.