ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާޒް ރަޝީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
29 އެޕްރީލް 2018 - 14:25
ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަ ސިފައިން ކަންތައްތައް ކުރާ ގޮތާ މެދު ހިތްހަމަނުޖެހިގެން، ޕީޕީއެމްގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާޒް ވިދާޅުވީ ޑޮކިއުމަންޓްތަކެއް ހިމެނޭ ދަބަހެއް ހިފައިގެން މަޖިލީހަށް ވެދެވަޑައިގަންނަވަން މަސައްކަތް ކުރެއްވުމުން ސެކިއުރިޓީން އޭނާ ހުއްޓުވީ މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަމަށެވެ. އެ ދަބަހަކީ އާންމު ގޮތެއްގައި ޑޮކިއުމަންޓް އަޅަން ގެންގުޅޭ ދަބަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގައި އަމަލުކުރަމުން އަންނަ ގަވައިދުގައި އޮވޭ މިތަނަށް ވެއްދޭނެ އެއްޗިއްސާއި ނުވެއްދޭނެ އެއްޗިހި. އެހެން އޮންނައިރު، އުސޫލާ ޚިލާފަށް އެގޮތަށް ކަންތައް ކުރުމަކީ މެމްބަރުންގެ ކަރާމާތަށް ހުރަސް އެޅޭ ގޮތަށް ކުރެވޭ ކަންކަން،" ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަން ކުރައްވާ ރިޔާޒް ވިދާޅުވި އެވެ.
އެހެންވެ، މަޖިލީހުގެ ގަވައިދާ ހިލާފަށް އަމަލު ނުކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އަދި ސެކިއުރިޓީން ވެސް ކަމެއް ކުރާ ނަމަ، މެމްބަރުންނަށް ދުރާލައި އެންގުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.
"މިތަނުގެ ބޭރުން ހިފަހައްޓައި، އަޅުގަނޑުމެންގެ އެއްޗެހި ބާލުވައި، ޗެކްކޮށް މިތަނަށް ވެއްދޭނެ އުސޫލެއް ނޫން އޮންނަނީކީ. ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް މަޖިލީހުގެ ގަވައިދުގައި ލިޔެފައިވޭ. މި މަޖިލީހުގެ އެހެން މެމްބަރަކަށް މިހެން ވާން ނޭދޭތީ މި ވާހަކަ މި ދަންނަވަނީ،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒްގެ ވާހަކައާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވީ މަޖިލީހުގައި ކަންކަން ހިނގަމުން ދަނީ މެމްބަރުންނަށް ކުރީ ބައިގައި އެންގެވުމަށް ފަހުގައި ކަމަށެވެ.
އެހެންވެ، މިކަންކަމަށް އިތުރަށް ސަމާލުވުމަށް މެމްބަރުންގެ އަރިހުން މަސީހު ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަކު، މަސީހްގެ މި ވާހަކައާ ގުޅިގެން ވެސް ރިޔާޒް ހިތްހަމަޖެހިވަޑައިނުގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޝަނަލިސްޓް
30 April 2018
ލޮލް!
އަދުރޭ ބެ
30 April 2018
ސިފައިންގެ ނުވަތަ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން މީނާގެ ބޭނުމަކީ. ސިފައިންގެ ވާޖިބަށް ހުރަސް އެލުންތީ. ތީނާގެ މައްޗަށް ސިފައިންގެ މައްސޫލިއްޔަތާއި ވާޖިބަށް ހުރަސް އެޅިކަމުގެ ދައުވާ ވީހާވެސް އަވަހަކަށް ކުރުމަށް ކޯޓުތަކަށް ގޮވާލަން
ނިހާނު
30 April 2018
ކަން ކުރަން ވީ ގޮތް އެގޭނީ ރިޔާޒަކަށް ނޫން. މީ ޕީޕީއެމް ގެ ސަރުކާރެއް. ބޭނުން ގޮތަކަށް ކަން ކުރާނީ
ބައިތް
30 April 2018
ބަލަ ތިތަނަށް ވަންނަން ހުއްދަދިނީތީވެސް ޝުކުރު ކޮއްބަލަ. ބަޔަކު އުޅުނޭ ތިތަނަށް ވަނީމަ ނެރެގެންވެސް، އެދުވަހު މަނިކުފާނު ހިތަކަށްނޭރި ތިޔަ ބަނދިވަރު ގޮވާކަށް. އެހެންވީމަ ދެން ރަގަޅުވާނީ ތިވާހަކަ ނުދެއްކިއްޔާ.
ކަށިކެޔޮ
30 April 2018
ޝަކުވާ ކޮއްގެން ސެކިއުރިޓީ ބަލަހައްޓަ މީހުންގެ މަސައްކަތަށް ހުރަސް އަޅަން މަސައްކަތް ނުކުރެއްވުން އެދެމެވެ.
އިސްމާލު
30 April 2018
ސެކިއުރިޓީގެ މާނަ ކޮންމެ ގޮތަކަށް އޮތަސް ޖެއްސުން ކުރާކަށް ނޯވޭ. ބައެއް ފަހަރު ތިބޭ ސެކިއުރިޓީންގެ ކަންތައްތައްވެސް ޙައްދުފަހަނަޅާ ދޭ.
މަޒް
30 April 2018
އަމިއްލައަށް ތިމާމެންގެ ކަރާމާތް ލިޔެ އެއަށް އަމިއްލައަށް އިހުތިރާމް ނުކޮއް މިހާރު ދެން ވާހަކަ ދައްކާނެކަމެއް ނެތް.. ސަރުކާރުގެ ހުރިހާ ބާރެއް އެކަކުގެ އަތައް ހިބަކޮއްދީގެން މިހާރު ވާހަކަ ދައްކާނެކަމެއް ނެތް.. މިއަދު ތިބެންޖެހޭނީ ތިހެން.. މިއަދު ތިމަޖިލިސް ތިއޮތީ ބޭނުން ކެނޑިފައި.. ހިތް ނުރުހޭ ގޮތަކަށް އެންމެ ބަހެއް ބުނާ މީހާއަށްވެސް އޮތީ ޖަލު
ޢަލިދީދީއައްޑޫސިޓީ
30 April 2018
ކަނޑުވީމަ އެނގޭނީ އެކަމުގައި ހިތްދަތިވާވަރު. އަދި ކުރެވިފައިވާ ކަންކަންމަތިން ހަނދުމަވެ އެތަކެއް ދުޢާއެއް ކުރާނެ! މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެކަން ބަލަހައްޓާ ފަރާތުގެ ޒިންމާއެއް. އެކަން ކުރާނީ އެބޭފުޅުން ބޭނުންވާ ގޮތަކަށް. އެއީ މުޅި ހަށިގަނޑު ސްކޭން ކުރުންކަމުގައި ވިޔަސް އެކަން ކުރަން ޖެހިއްޖެނަމަ ކުރާނެ. އެންމެންގެ ސަލާމަތަށް. ޓިޝޫ ފޮށިފޮށިގައި ހުޅުފަޅާ ޒަމާން މިއީ.
ސަބްނަމް
30 April 2018
އެމީހުން އެކުރާ ކަމަކީ ސެކިއުރިޓީ ބެލެހެއްޓުން.
ބެއްޔާ އައްޑޫ
29 April 2018
ތިމާ އާއި ޖެހުނީމާ ތިޔަ ގޯސްވީ. އިހަކަށް ދުވަހު ގޭޓް މަތީން މެމްބަރުން ބޭރު ކުރިއިރު މަނިކިފާނު ހުންނެވީ އެކަމަށް ހިތްވަރު ދެއްވަން. މިހާރު ދެން އެއްޗެއް ވިސްނެން ވެއްޖެ ކަންނޭގެ