ރިޕޯޓް / ޒުވާނުން

ޒުވާނުން މަސައްކަތް ނުކުރާ އެއް ސަބަބު: ބަލިވުން

ޖޮބް ފެއާއެއްގައި ވަޒީފާގެ ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދެނީ: ބަލިވުން ނުވަތަ ނުކުޅެދުންތެރިވުމުގެ ސަބަބުން މަސައްކަތެއް ނުކުރެވޭ 2،550 ޒުވާނުން ތިބި ކަމަށް ބޯހިމެނުން ދައްކާ .--ފައިލް ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ދިރިއުޅެން މަސައްކަތެއް ނުކޮށް ޒުވާނުން ތިބޭ ތަން ފެންނަނީ ކީއްވެގެން ހެއްޔެވެ؟ ކަންނެތީ ހެއްޔެވެ؟ ވަޒީފާއެއް ނުލިބެނީ ހެއްޔެވެ؟ އެންމެ ފަހުގެ ބޯހިމެނުމަށް ބިނާކޮށް ޒުވާނުންގެ ހާލަތު ދެނެގެންފައިވާ ރިޕޯޓަކުން އެނގޭ ގޮތުގައި، ކަންބޮޑުވާން ޖެހޭ އެއް ސަބަބެއް ޔަގީނުން ވެސް އެބަ އޮތެވެ؛ ބަލިވުމެވެ.

"ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް، މިފަދަ ސިއްހީ މައްސަލަތަކުގެ ސަބަބުތައް މިހާރުން މިހާރަށް ދެނެގަންނަން ލަފާ ދެން."

"ތިމެޓިކް އެނަލިސިސް އޮން ޔޫތު އިން ދަ މޯލްޑިވްސް"ގެ ނަން ދީފައިވާ ރިޕޯޓުގައި، 2014ގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް އަލިއަޅުވައިލަމުން ބުނެފައިވާ ގޮތުގައި، ބަލިވުމާއި ނުކުޅެދުންތެރިވުމުގެ ސަބަބުން މަސައްކަތެއް ނުކުރާ 17،000 މީހުން ރާއްޖޭގެ އާބާދީގައި ހިމެނެ އެވެ.

އެއީ "ހައިރާންވާ ވަރުގެ" ބޮޑު އަދަދެއްކަން ފާހަގަކޮށް ރިޕޯޓުގައި ބުނެފައި ވަނީ، އޭގެ ތެރޭގައި ގިނައީ އުމުރުން 65 އަހަރުން މަތީގެ މީހުން ކަމަށް ވިޔަސް، 18 އަހަރާއި 34 އަހަރާ ދެމެދުގެ 2،550 ޒުވާނުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

"ހައިރާންވާހާ ގިނަ އަދަދެއްގެ މީހުން މަސައްކަތެއް ނުކުރާ ސަބަބަކީ ބަލިވެއުޅުން ނުވަތަ ނުކުޅެދުންތެރިކަމެއް ހުރުން؛ 25-29 އަހަރުގެ ފިރިހެނުންގެ ތެރެއިން 23 ޕަސެންޓް އަދި 30-34 އަހަރުގެ ފިރިހެނުންގެ 27 ޕަސެންޓް ބުނެފައިވާ ގޮތުގައި އެ މީހުންނަށް ވަނީ މަސައްކަތުގައި އުޅެން ހުރަސް އަޅާ ފަދަ، ކޮންމެވެސް ވަރެއްގެ ނުކުޅެދުންތެރިކަމެއް ނުވަތަ ބައްޔެއް ކުރިމަތިވެފައި،" ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި ޔޫއެންއެފްޕީއޭ ގުޅިގެން މިދިޔަ މާޗު މަހު ނެރެފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"މިއިން އެނގެނީ، ފާހަގަކުރެވޭ އަދަދެއްގެ ޒުވާން ފިރިހެނުންނަށް ސީރިއަސް ސިއްހީ މައްސަލަތަކާއި ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާކަން. ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް، މިފަދަ ސިއްހީ މައްސަލަތަކުގެ ސަބަބުތައް މިހާރުން މިހާރަށް ދެނެގަންނަން ލަފާ ދެން."

http://statisticsmaldives.gov.mv/nbs/wp-content/uploads/2018/03/ThematicAnalysis-OnYouthInTheMaldives.pdf

"ތިމެޓިކް އެނަލިސިސް އޮން ޔޫތު އިން ދަ މޯލްޑިވްސް"

ޒުވާނުންގެ އަންއެމްޕްލޮއިމެންޓް ރޭޓް މަތި

ބޯހިމެނުން ދައްކާ ގޮތުގައި ރާއްޖޭގައި މަސައްކަތެއް ލިބިފައި ނުވާ މީހުންގެ ނިސްބަތް ނުވަތަ އަންއެމްޕްލޮއިމެންޓް ރޭޓް (2006 އިން 2014 އަށް) ވަނީ ކުޑަކޮށް ދަށަށް ގޮސްފަ އެވެ. އެއީ 5.5 ޕަސެންޓުން 5.2 ޕަސެންޓަށެވެ. މަސައްކަތެއް ލިބިފައި ނުވާ އާބާދީ ކަމަށް ބަލަނީ އުމުރުން 15 އަހަރުން މަތީގެ މީހުންގެ ތެރެއިން މަސައްކަތެއް ހޯދަން އުޅެ އަދި މަސައްކަތަށް ނުކުންނަން ތައްޔާރަށް ތިބި ނަމަވެސް މަސައްކަތެއް ލިބިފައި ނުވާ މީހުންނެވެ. މުޅި ރާއްޖޭގެ އަންއެމްޕްލޮއިންޓް ރޭޓް (5.2 ޕަސެންޓް) ދަށް ނަމަވެސް، އެ ނިސްބަތާ އަޅާކިޔާ އިރު، މަސައްކަތެއް ލިބިފައި ނުވާ ޒުވާނުންގެ އާބާދީ މާ ބޮޑުކަން ބޯހިމެނުމުން ވަނީ އެނގިފަ އެވެ. އެގޮތުން، ބައިނަލްއަގުވާމީ ގޮތުން ބަލާ ޒުވާނުންގެ އުމުރުފުރާ، 15-24ގެ އަންއެމްޕްލޮއިމެންޓް ރޭޓް 12.4 ޕަސެންޓަށް އަރަ އެވެ. އަދި ރާއްޖޭގައި ޒުވާނުންގެ ގޮތުގައި ބަލާ އުމުރުފުރާ، 18-34ގެ އަންއެމްޕްލޮއިމެންޓް ރޭޓަކީ 7.2 ޕަސެންޓެވެ.

ޒުވާނުންނާ ބެހޭ ރިޕޯޓުގައި މި ތަފާސްހިސާބަށް އިޝާރާތްކޮށް ބުނެފައިވާ ގޮތުގައި، ފުރާވަރުގެ އަންއެމްޕްލޮއިމެންޓް މަތިވުމަކީ ރާއްޖެ އިން އެކަނި ފާހަގަކުރެވޭ ކަމެއް ނޫނެވެ. ސްކޫލް ނިންމައި މަސައްކަތަށް ނުކުންނަ، ވަޒީފާ އަށް ބޭނުންވާ ހުނަރުތައް އަދި ލިބިފައި ނުވާ ޒުވާނުންގެ އަންއެމްޕްލޮއިމެންޓް ރޭޓް އެހެން ގައުމުތަކުގައި ވެސް މައްޗެވެ. އެކަމަކު ރާއްޖޭގައި، 2006އާ އަޅާބަލާ އިރު، ޒުވާނުންގެ އަންއެމްޕްލޮއިމެންޓް ރޭޓް ފާހަގަކުރެވޭ މިންވަރަށް މަތިވެފައިވާކަން ރިޕޯޓުގައި ބުނެ އެވެ. ޚާއްސަކޮށް، މަސައްކަތެއް ނުލިބޭ 18-19 އަހަރުގެ ޒުވާނުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

7 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 86%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔޯޔޯ

17 May 2018

2013ގެ ފަހުން 90،00 ވަޒީފާ ދީފި. ދެން ކޮން އަންއެމްޕްލޮއިމަންޓެއްތޯ؟ ބަލަގަ ވަޒީފާ ދިނީމަ ދޯ ގަޑިޔަށް ކަންކަން މައްޗަށް ޒުވާނުން އެއްވަނީވެސް. އިލެކްޝަންގައި މިސަރުކާރުން ވަޒީފާދިން 90،000 ޒުވާނުންނާއި ފްލެޓް ލިބޭނެކަމަށް ބުނާ 7000 ބޭފުޅުންގެ ވޯޓާއި އަދި މެޑަމްގެ ޕިންކީ ކްލަބްގެ ވޯޓުން މިސަރުކާރު އަލުން ހޮވޭނެޔޯ.

The name is already taken The name is available. Register?

ވާލުސޮރު

17 May 2018

ރާއްޖޭގެ ޒުވާނުންގެ ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމަށް ހިތްވަރުދިނުމުގެ ވިސްނުމެއް މިހާތަނަށް ރާއްޖޭގެ އެއްވެސް ސަރުކާރަކުން ގެންގުޅެފައެއް ނުވޭ. ކޮންމެ ސަރުކާރަކުންވެސް މަސައްކަތްކުރަނީ ޒުވާނުންގެ "ބޯކާލައިގެން" އަމިއްލަ އެޖެންޑާއެއް ހާސިލްކުރަން. މާދުރަށް ނުގޮސް މިވަގުތުގެ ހާލަތަށް ވިސްނާލިިޔަސް އިދިކޮޅުފަރާތްތަކާ ސަރުކާރުންވެސް ގަންނަނީ އެއްގަނޑެއް. އޭގެ ބަދަލުގަ ޒުވާނުންނަށް ހަގީގަތް ސިއްރުނުކޮށް ޒުވާނުންނަށް ތަފާތު ފުރުސަތުތައް ފަހިކޮށްދީފިނަމަ ގައުމާ މުޖުތަމައަށްވެސް ޒުވާނުންގެ ފައިދާ މިހާރަށްވުރެ މާބޮޑަށް ކުރާނެ.

The name is already taken The name is available. Register?

ރުޅި

17 May 2018

ތިޔައިގެ ގިނަ ޒުވާނުންނަށް ޖެހޭ ބައްޔަކީ އެނާޖީ ޑްރިންކް ބައްޔާ ސީޝާ ފަދަ ނުބައި ބުއިންތަކުގެ ބަލި. ތިޔަކަން ހުއްޓުވާކަށް ބަޔަކުނޫޅޭ. ފާޅުގައި ކެފޭތަކުގެ ނަމުގައި ތަންތަން ހުޅުވައިގެން އެތެރެ ނުފެންނަގޮތް ހަދައިގެން ތިބެ އެބޮނީ ހަމަ ހަލާލު އެއްޗެހިބާ? އެގޮތަށް ވިޔަފާރިކުރަން ހުއްދައޮވޭބާ. ބޯކޮށާ ތަންތަން ބަންދުކޮށް ނުފެންނަގޮތަށް ހިންގަނީ ހަމަ ހަށިވިއްކާތަންތަން. މަ ކެފޭއެއް ހުޅިވަން ހުއްދަހޯދަންވެގެން ގަވާއިދުކިޔާލި އިރު ހިތަށްއެރި މިއީވާ ފިސާރި ކަމެކޭ އެކަމަކު ހިންގާ ކެފޭތަކަށް ބަލާލީމަ ހިތަށްއަރާ މީހަމަ އެ ހުއްދައިގެ ދަށުން ހިންގާތަންތަންބާއޭ.

The name is already taken The name is available. Register?

މަ މިއު މަ

17 May 2018

ހިތްވަރު ކަންނޭ ބަލީ. މި ގައުމުގަ މަގު ގެއްލިގެންދާ ޒުވާނުން މާ ގިނަ. ވަރަށް ގިނަ ފަހަރު މިހެން ވަނީ މައިންބަފައިން އަޅާނުލާނުލުމުން. (އަޅާލާ މީހުންގެ ދަރިންވެސް ގެއްލޭ) މިކަމަށް ވެއްޖެ ހައްލެއް ހޯދަން. ދެން ދަރިން ބަލަން ބޭނުން ނުވާ މީހުން ވެސް ވެއްޖެ ދަރިން ހޯދުން ހުއްޓާލަން. ކުޑަ ކުދިންނަށް އަޅާ ނުލީމަ އެމީހުން ހަދާނެ ގޮތެއް ނޭނގިގެން އެބަ ގެއްލިގެންދޭ، ހަމަ ރަނގަޅު ކުދިން. އެ ކުުދިން ނަކީ ޒުވާނުންނަށް ވާން ތިބޭ މީހުން. މިކަހަލަ ޒުވާނުން އުފައްދާ މީހުން ބާރތް ކޮންޓްރޯލް ބޭނުން ކުރަން ފަށަންވީ. މިބުނީ ދަރިންނަށް އަޅާ ނުލާ މީހުން.

The name is already taken The name is available. Register?

މާކެޔޮޅު

17 May 2018

ތީ ހަމަ ޖެހޭ ވާހަކެއެއް ނޫން، ހަމަ ކަންނެތް ކަމުން މަސަކަތުގެ ދާއިިރާއަށް ދާން ބޭނުން ނުވަނީ، މިސާލަކަށް އަޅުގަނޑު، އެއް ކަންފަތުގެ އަޑު އިވުމުން މަޙްރޫމްވެފަ އުފަންވިއިރުވެސް، ދަތި އުދަގުލުން ނަމަވެސް ކިޔަވާގެން މިއަދު މިހުރީ ރިސޯޓެއްގެ މެނޭޖާރ ލެވެލް އަށް އާދެވިފައި 8 އަހަރުތެރޭ!

The name is already taken The name is available. Register?

ބޮޑާ ނުވޭ

17 May 2018

ފުރަތަމަ ކަމަކަށް ބޮޑާވެ ކިބުރުވެރި ނުވެ ﷲ އަށް ޙަމްދުކުރޭ! އެއް ކަންފަތަށް އަޑު ނީވުމަށްވުރެ މީހުން ފިޒިކަލީ މެންޓަލީ ބަލިކޮށްލާ ކްރޮނިކް ބައިވަރު ބަލިތައްހުރޭ. އޭގެ ސަބަބުން ބަރާބަރަށް ވަޒީފާއަށް އާދަކޮށް ނިކުމެއުޅެން ނުކުޅެދޭފަދަ ބަލިތައްވެސް ވަރަށް ގިނަ. މާގިނައިން އެބްޒެންޓް ވަންޏާ، އެއީ ކޮންމެ ސަބަބަކާހުރެ ކަމުގައި ވިޔަސް ވަޒީފާއިން ވަކި ކުރާނެ.

The name is already taken The name is available. Register?

އެމެންނޭ

17 May 2018

ޒުވާނުން މަސައްކަތް ނުކުރާ އެއް ސަބަބު ކަމަށް އެމެން ބަލިވުން ކަމަށް ބުނި ނަމަވެސް އެއީ އޭގައި މާ ބޮޑު ހަގީގަތެއް ހުރި ކަމެއް ނޫނެވެ. ޒުވާނުން އަމިއްލަ އަށް ބަލި ކަމަށް ހެދިގެން މަސައްކަތް ނުކުރަނީއެވެ. ގަދަފަދަ ޒުވާނުން ބަލިއޭ ބުނުމަށް ފަހު ގޮސް ތިބެނީ ގޭމް ކުޅެން ނުވަތަ ރެސްޓޯރެންޓް ތަކުގައި ކޮފީ ބޮއި ފެގް ބޯން އެވެ. ރާއްޖޭގެ 100 ޒުވާނުން އެއްކޮށްފިނަމަ 99 ޒުވާނުން ފެގް ދަމާ އަރުވާނެ ސަންގުގެރި ސޫޖި ބޯ އުސޫލުން ދެން ސުޕާރީ ކައިނަގާނެ ބަތްކާއުސޫލުން 100 ޒުވާނުން ދެން ވެންޑިންގް މެޝިނަކަށް އެނަރޖީ ޑްރިންކް އަޅާ ގޮތަށް އެނަރޖީ ޑްރިންކް ބޯނެ އެމެން ދެން އެނަރޖީ ޑްރިންކާއި ފެގް އާއި އަދި ސުޕާރީން ހަކަތަ ލިބިގެން އެމެން މަސައްކަތް ކުރަން ދިމާ ކުރުމުން އެމެންނަށް މަސައްކަތެއް ނުކުރެވިގެން އުޅެނީ. މިކަން ކަން ދަނެގަންނަންވީ ޒުވާނުންގެ މައިންބަފައިން. ދަރިން ލައްވާ ގަދަ ކަމުން މަސައްކަތް ކުރުވަންވީ ދަރިން އަމިއްލަ އަށް ވަޒީފާ އަށް ހުރުމަތް ތެރިކޮށް ހިތަން ދަސް ކޮށްދޭންވީ އެއީ މައިންބަަފައިން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454