ޕީޕީއެމުން މިހާރު ކުރިއަށް ގެންދާ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
01 މެއި 2018 - 22:22
މަސައްކަތްތެރިންނަށް ހައްގު އުޖޫރަ ލިބިގެން ނޫނީ ގައުމެއްގެ އިގުތިސާދު ކުރިއަރައިގެން ނުދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ މި އަހަރުގެ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ބެހޭ ގޮތުން، ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގަ ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ މަސައްކަތްތެރިންގެ ތަސައްވުރަކާ އެކު ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް 9،000 ޑޮލަރު މީހެއްގެ ބޮލަކަށް ޖެހޭ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑު ވެސް އަޖައިބުވި އަޅުގަނޑުމެންގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ ބައެއް ވަސީލްތައްތައް ފެނިފައި. ހަމަ ހަގީގަތުގައި އަޅުގަނޑު އަޖައިބުވި. އަޅުގަނޑު ހިތަށް އެރި މި އޮތް ތިރި ޖަޒީރާ ރަށުގައި އެޅޭ ރަންވޭ އަކާއި މިހިރަ އިމާރާތް ކުރެވޭ ތަންތަނުގެ ފުރިހަމަކަން،" ރާއްޖޭގެ ތަރައްގީ އަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި، މިއަދު ފެންނަނީ މުއްސަނދިކަމަކާ ދިމާލަށް ރާއްޖެ ދަތުރުކުރާ މަންޒަރެވެ.
"މިއަދު ފަޅުތަކާއި ގިރިތަކާއި ރަށްތަކާއި ޖަޒީރާތައް ވެއްޖެ އަޅުގަނޑުމެންގެ ތެޔޮވަޅުތަކަށް. މީގެ ކުރިން ވެސް ހުއްޓޭ މިތަކެތި،" ކުރީގެ ސަރުކާރުތަކުން ތަރައްގީ އަށް އިސްކަން ނުދޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މިއަދު އަޅުގަނޑުމެންގެ އިންސާނީ ކަރާމާތް އެތައް ގުނައަކަށް އުފުލިގެން މިދަނީ ވަޒީފާގެ ބާޒާރަށް އައިސްފައިވާ ތިޔާގިކަމާ ގުޅިގެން ކަމަށެވެ.
"އެ އަށް ވުރެ ބޮޑު ހައްގަކީ ކޮބައިތޯ؟ ވަޒީފާގެ ބާޒާރަށް ލިބޭނެ އެންމެ ބޮޑު ހައްގަކީ އެންމެ ބޮޑު ކުރިއެރުމަކީ ވަޒީފާގެ ބާޒާރުން ފުރުސަތު ލިބުން. ގައުމުގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ފަހިވެގެން ދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މީގެ ކުރިން 20-30 ރިސޯޓު ނުހެދި ހުރި ކަމަށެވެ. އެ ތަންތަން ނުހެދި ހުރި ސަބަބާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެއީ ރާއްޖެ އަށް އިތުބާރުކުރާ ބޭންކެއް ނެތުމާއި ލޯނު ދޭނެ ރަނގަޅު ކްރެޑިޓް ސިސްޓެއް ނެތުން އަދި ރާއްޖެއާ މެދު އެއްވެސް ޔަގީން ކަމެއް ނެތުމުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިއްޒު
02 May 2018
މާރަނގަޅުވީސް ވައްކަމާ ދިމާލަށް ގޮސް ގައުމު ހުސްވެއްޖެއޭ ބުނި ނަމަ. އޭރުން މާގިނަ މީހުން ގަބޫލުކުރީސް އެވާހަކަ. ޔަގީން ޓީމަށް ވެދުން.
ޝީނު
02 May 2018
މަސައްކަތްތެރިންނަށް އުޖޫރަ ދެވޭނީ މަސައްކަތް ކުރެވޭނެ މަގެއް ސަރުކާރުން ދެއްކީމަތާ، މަސައްކަތް ކުރުމުގައި ދިމާވަމުންދާ ދަތިތައްބަލައި ހައްލުކޮށް ދިނުމުގެ ބަަދަލުގައި، ފެންނަނީ މަސައްކަތް ކުރުމުގައި ދިމާވަމުންދާ ދަތިތައް ގިނަވަމުންދާތަން، މަސައްކަތް ނުކުރެވި، ދަތިވަމުންދަންޏާ އުޖޫރަދޭނެ ފައިސާ ނެރޭނީ ކޮންތާކުންތޯ؟
މޯޑް
02 May 2018
ކީވެތޯ މި ސަރުކާރުގެ މެމްބަރުންނައް ދިވިހިންނައް ދެވޭ އެއްމެ ކުޑަ މުސާރައެއް ކަނޑަ ނޭޅެނީ
ހޯރަފުށީ ދާއިރާ
02 May 2018
ދާއިރާގެ ރަށްއިތުންނަށް އައިހެވަން އޭ އެއާރފޯޓޭ ކިޔާގެން ދަޅަދައްކާފަ މިހާރު އެވަހާކަ ނުދައްކަނި ކީއްވެ ފީސިބިލިޓީ އަދިވެސް ނުނިމެނީތަ. މާސްޓަރ ފުލޭން ނިމެއްޖެ ދޯ
އަލިބެއްޔާ
02 May 2018
ތި އެންމެން ތިޔަތިބީ ހައްގުއުޖޫރަ ނަގައިގެނެއްނު. ރީތި ވާހަކަ ދައްކައޭއަދި.
ހޮޓްކިންގ
02 May 2018
ސަޢީދު ކޮން ހައްގެއްގެ ވާހަަކަ ދައްކަނީ؟ ތިމާގެ މަސްއޫލިއްޔަތު ފުރަތަމަ އަދާކޮށްބަލަ. ހަމައެކަނި އަނގައިން ވަޒީރުކަން ނުކޮށްބަލަ. އެމްޕީއެލް މުވައްޒަފުންގެ ފްލެޓް ބިންގާ އަޅައިފި. ކޮބާ ސަޢީދުގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި އިމިގްރޭޝަންގެ މުވައްޒަފުންނަށް އަޅާ ފްލެޓް. އަދިވެސް އޮތީ ކަރުދާހުގަ. އެކަމަކު ހައްގުގެ ވާހަަކ ދައްކަނީ ލަދު ނުގަންނާތީ.
ގުނބޯ
02 May 2018
އަހަރެމެން ގުނބޯހައްދަން ނޫޅޭ. ތިޔަ ތަނަވަސްކަމުގެ މީރުކަމެއް އޮތީ ކަލޭމެނަށް. ކޮންމެ އެއްޗެއް ކިޔަސް ވޯޓެއް ނުދޭނަން.
މަޖޫރިން
02 May 2018
އެހެންވެ ދޯ މަމެމްނަށް ލިބެމުން އައި އާމްދަނީ ބޮޑޭކިޔާފަ އަގު ކޮންޓްރޯލް ކޮށް މުއްސަނދި މީހާޔަށް ފައިދާވާގޮތް ހަދާލީ. އަމަލާ ބަހާ ދިމާނުވާތީ މަމެން ސައިކޯ ވެއްޖެ.
ހޯރަ
02 May 2018
ކޮބާ އައިހެވަން.
ޣަނީ
02 May 2018
އެހެންވެތޯ މުސާރައަށް ރަނގަޅު ބަދަލެއް އަންނާނޭކަމަށް 8 އަހަރު އިންތުޒާރުގަ ތިއްބާ އެޑްމިިިން މީހުންނަށް އެންމެ 700ރ ބޮޑުކުރީ އެއީ މިރާއްޖޭގައި މިއުޅޭ ބައެއް މީހުންގެ އެއްއިރުގެ ކޮފީގެ ޚަރަދަށް ވާވަރު. އިދާރީ މީހަކަށް މިލިބެނީ އެންމެ 6000ރ އެކަމު ރިސޯޓެއްގައި އުޅޭ މުވައްޒަފަކަށް ސާރވިސް ޗާޖަށް އެކަނިވެސް 1700 ޑޮލަރު (27000 ރުފިޔާ) ލިބެޔޯ މީ އިންސާފުތޯ.