06 މެއި 2018 - 16:14
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓަށް ކުރިމަތިލާން މިއަދު ހުޅުވާތިލާ ގަޑިއެއްހާ އިރު ތެރޭގައި 15،000 ފޯމު ހުސްވެއްޖެ އެވެ.
ޖުމްލަ 17 ކެޓަގަރީ އަކަށް ޚާއްސަ ކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލުމުގެ ފޯމު ދޫކުރަން ފެށީ، މިއަދު މެންދުރު 2:00 ގައި ދަރުބާރުގޭގަ އެވެ. އޭރު ވެސް ގިނަ އަދަދެއްގެ ބަޔަކު ތިބީ، ފޯމު ނަގަން ކިޔޫ ހަދައިފަ އެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް، އަހްމަދު ފަޒާލް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ޚާއްސަ ކޮށްގެން ފުރަތަމަ ޕްރިންޓް ކުރި 15،000 ފޯމު ހުސްވެގެން މިހާރު އަންނަނީ އަލުން ފޯމު ޕްރިންޓް ކުރަމުން ކަމަށެވެ. އެކަށީގެންވާ އަދަދަކަށް ފޯމުތައް ޕްރިންޓް ކުރެވުމުން އަލުން ދޫކުރަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
HIYAA 2018
Hiyaa
މައުލޫމާތު ހޯދައި، ފޯމު ޑައުންލޯޑްކުރުމަށް ޚާއްސަކޮށްފައިވާ ލިންކް
ފްލެޓަށް އެދޭ ފޯމު ނަގަން ގިނަ ބަޔަކު ދަރުބާރުގޭގައި ކިޔޫ ޖެހުނީ، ފަސޭހަކަމާ އެކު ފޯމު ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވަނިކޮށެވެ. ދަރުބާރުގެއިން ފޯމު ދޫކުރުމުގެ އިތުރުން ހައުސިން މިނިސްޓްރީގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ވެސް ކުރެވެ އެވެ. އެކަމަކު، އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ސައިޓަށް ވަންނާތީ، ބައެއް ފަހަރަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ފަޒާލް ވިދާޅުވި އެވެ.
ފްލެޓަށް އެދެން މީހަކު ފޯމު ނަގަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
މިއަދުން ފެށިގެން ޖުލައި 31 އާ ހަމައަށް ފޯމު ދޫކުރާނެ އެވެ. ފޯމު ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ ޖޫން 3 އިން ޖުލައި 31 ގެ ނިޔަލަށެވެ.
ދަރުބާރުގޭގައި ތޮއްޖެހިގެން އެއްފަހަރާ އެތައް ފޯމެއް ނެގުމުގެ ބަދަލުގައި މިނިސްޓްރީގެ އިލްތިމާސަކީ، އެ މީހަކު ޝަރުތު ހަމަވާ ކެޓަގަރީއެއްގެ މައުލޫމާތު އޮޅުންފިލުވައި، އެ ކެޓަގަރީ އަކަށް ހާއްސަ ފޯމު ނެގުމެވެ. ފްލެޓު ފޯމު ދޫކުރުން އެކަށީގެންވާ މުއްދަތަކަށް ހުޅުވާލީ ވެސް ބޮޑު ކިޔޫއެއްގައި ފޯމު ނެގުމުގެ ބަދަލުގައި ވީހާވެސް ފަސޭހަ އިން އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ކަަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއަށް ހުޅުވާލުމުން، ކުރިމަތިލީ 15،000 މީހުންނެވެ. އޭގެތެރެއިން ފްލެޓް ލިބުނީ 700 މީހުންނަށެވެ. ބާކީ ތިބި މީހުންނަށް އެހެން މަޝްރޫއުތަކުން ފްލެޓް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާދިން
07 May 2018
ރަނގަޅު ވާހަކައެއް. އޯވާޕޮޕިއުލޭޝަން އެންމެ ބޮޑު މައްސަލައަކީ....
ވަޓްޑޫޔޫ
07 May 2018
ރާއްޖޭގެ މިހާރުގެ އާބާދީ އަކީ 6 ލައްކަ އާއި ގާތް ކުރާ އަދަދެެއް ކަމަށް މަމެންގެ ޕްރެޑިކްޝަންސް ތަކުން ދައްކަނީ. 6 ލައްކަ އާބާދީ 10000 މީހުންގެ ގްރޫޕްސް ތަކަށް ބަހާލުމުން 600 ގްރޫޕް އުފެދޭނެއެވެ. މިދެންނެވުނު 1000 މީހުންގެ ތެރޭން 900 މީހުން ބޭނުންވޭ މާލެ ސަރަހައްދުން ކޮންމެ މީހެއްގެ އަމިއްލަ ފްލެޓެއް މަދުވެގެން 2 ކޮޓަރީގެ އެޕާރޓްމެންޓް ހިމެނޭ. އެއީ ގްރޫޕްގެ %90 އެވެ. ޖުމްލަ އަދަދު އަންނަނީ 600 × 900 = 540،000 މީހުންނެވެ. ރާއްޖޭގެ ހަގީގީ ޕޮޕިއުލޭޝަން އިންކްރީޒިންގް ރޭޝިއޯ އަކީ 1:10 އެވެ. އެއީ %10 އެވެ. މުޅި ރާއްޖޭގެ އާބާދީ އަށް އަހަރަކު އިތުރު ވާނެ 54000 މީހުން. ސަރުކާރުން އަހަރަކު ފްލެޓްސް މާލެ ސަރަހައްދުގައި އަޅަން އެބަޖެހޭ ޑިމާންޑް މީޓް ކުރުމަށް ޓަކައި 54 ހާސް އެޕާރޓްމެންޓްސް ހިމެނޭ ފްލެޓްސްތައް. އޯއް އޯއް ވަޓް ޑޫ ޔޫ ތިންކް އޮފް ދިސް. އައި ވޮނާ ނޯ ވަޓް ޑޫ ޔޫ ތިންކް އޮން ދިސް. ބެޓަރ މޭކް އަޕް ޔުއަރ މައިންޑް. ހޭއި ހޭއި ހޭއި ވަޓް ޑޫ ޔޫ ތިންކް ވަޓް ޑޫ ޔޫ ތިންކް ވަޓް ޑޫ ޔޫ ތިންކް..
ވަޓް އައި ތިންކް
07 May 2018
މީގައިވާ އެއްޗެއްވެސް ނުވާއެއްޗެއްވެސް އެނގެނީ ހަމަ ކަލެއަށް
ޒަކީ
07 May 2018
މާލެ ހުޅުމާލެ ގެދޮރުހުރި މީހުން އުނިކޮށްަލަބަލަ. ޢޭރުން ތަންތަން ނުފުރޭނެ ބޮޑުއުނދަގުލެއް ފްލެޓްލިބުމާއެކު ބޮޑުކުއްޔާށް ދީފަ ބޭރުގަ ނާޗަރަންގީގަ ގައުމުހަލަކު
އާސް
07 May 2018
ފަޚުރާއެކު ހިންދެމިލާނެ ދުވަހެއް...
ށަމްސޫން
07 May 2018
ޥަރައް މޮޅުކަމެއް ތިޔައީ
ދިސްވޭއޭ
06 May 2018
އެންމެ ގިނަ އަދަދަަކަށް ހައުސިންގް މިނިސްޓްރީ އަށް ފޯރމް ހުށައަޅާނެ ކަމަށް ލަފާ ކުރެވޭ ކެޓެގެރީ އަކީ އެއީ މުނިސިޕަލްޓީ ޚާއްސަ ދަފްތަރު އެވެ. ލަފާ ކުރެވޭ 10 ހާހާއި ގާތް ކުރާ އަދަކަށް އެއަދަދު އަރާނެ ކަމަށް. އެފޯރމްގައި އެބަވޭ ފޯރމް ހުށައަޅާ ފަރާތުގެ ޖުމްލަ އާމްދަނީ 7 ހާސް ރުފިޔާ ނުލިބޭނަމަ އާއިލާގެ އެހެން މީހުންނަށް ލިބޭ އާމްދަނީ އާއި އެކު އެއްކޮށްލުމުން ލިބޭ މަހު އާމްދަނީ އަކީ މަހަކު 7 ހާސް ރުފިޔާ އަށް ވުރެން ބޮޑު ކަމުގައި ދައްކަން ޖެހޭނެ ކަަމަށް. މީގެއިން އެގިގެން ދަނީ 2 ކޮޓަރީގެ ފްލެޓެއް ސަރުކާރުން ކުއްޔަށް ދޭން އުޅެނީ 7 ހާސް ރުފިޔާ އަށް ކަމަށް. އެއީ ބޮޑު ކުއްޔެއް. 2 ކޮޓަރީގެ ފްލެޓެއްގެ ކުލި މަހަކު 2 ހާސް ރުފިޔާ އަށް ވުރެން ބޮޑު ވެގެން ނުވާނެ 100 އަހަރު ދުވަހުން ކުލި ހަމަވާން ޖެހޭނީ. ސަރުކާރުން 25 އަހަރު ދުވަހުން ދައްކަން ޖެހޭ ލޯނަށް ފައިސާ ދައްކަން މާލެ ސަރަހައްދުން ފަޅު ހިއްކާ އެތަނުން ބިން ތައް ކުއްޔަށް ދޭންވީ އިންޑަސްޓްރިއަލް މަސައްކަތް ކުރަން އަކަފޫޓަކަށް މަހަކު 1 ރުފިޔާ އަށް.
ވިންޕަވަރ
06 May 2018
އެއް ގަޑިއިރުގެ ތެރޭ 15،000 ފޯމު ހުސްވެއްޖެ ނަމަ ސަރުކާރުގެ ތޫނު ފިލި ވިސްނުމެއް ހުރެއްޖެނަމަ ކުރިމަތި ވަމުން އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓް އިން ގޭމް ޗޭންޖް ކުރާނެ ޕްލޭސް ތައް މިހާރު ސަރުކާރަށް ފެންނާން ވާނެއެވެ. އެއް ގަޑިއިރު ތެރޭގައި 15 ހާސް ފޯރމް ހުސްވިއިރު އަދިވެސް ކިއު އޮތީ ދަރުބާރުގޭގެ ދޮރާށިން ބޭރުގައި ދަމާލާފައެވެ. ކަން މިހެން ހުރުމުން ސަރުކާރުން އެބަޖެހޭ މިހާރު ހައުސިންގް މިނިސްޓްރީ އަށް ފޯރމް ލާފައިވާ އެންމެން ފޯރމް ލާން ނުޖެހޭނެ ކަމަށާއި އެއެންމެންނަށް ފްލެޓްސް ތައް ދޭނެ ކަން ސަރުކާރުން އިއުލާން ކޮށް ހައްދަވާ މިގޮތަށް ދަރުބާރުގޭގައި ބޮޑު ރަސްމިއްޔާތެއް ބާއްވައިގެން ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރަންވީ އެ ހުރިހާ ފަރާތް ތަކާއި އެކު ހައުސިންގް މިނިސްޓްރީން. އެއިރުން މަމެންނަށް ޔަގީނޭ މި 15 ހާސް މީހުން ހުސްވުމުން އަނެއް 1 ލައްކަ މީހުންނަށް މިހާރު ދޫކުރާ ފޯރމް ފުރާ އެމެން ފޯރމް ލާ ދުވަހު އެމެންނަށް ފްލެޓްސް ލިބޭނެ ކަމުގެ ލިޔުން ސަރުކާރުން ހަވާލު ކޮށްފިނަމަ ވިންވީ
ނޯސެންސެސް
06 May 2018
ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުން އެމީހުންގެ އުފަން ދުވަހުގެ ސެރޓިފިކެޓްސް ހުށައަޅަން ޖެހޭނެ ކަމަށް އަދި އައިޑީކާރޑް ކޮޕީ ހުށައަޅަން ޖެހޭނެ ކަމަށް އޮތުމުން އެވަރަށް ދެކޮޅު ނުޖެހެއެވެ. މިއުޅެނީ މާލެ ސަރަަހައްދުން ބޯހިޔާ ވައްސެއް ދޭން މިއުޅެނީ މާލެ މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުން ގަން ހިންގަން ނޫނެވެ. އައިޑީ ކާރޑް އަކީ އެއީ އޭގެ ޒާތަށް ބަލާއިރު އުފަންދުވަހުގެ ސެރޓިފކެޓް އޭ އައިޑީ ކާރޑް އޮތުމުން ފްލައިޓުން ޓިކެޓް ލިބި އަދި ބޭންކް އިން ފައިސާ ނެގޭ ނަމަ އެއީ އުފަން ދުވަހުގެ ސެރޓިފިކެޓް ގޮތަށް ގަބޫލުކޮށް ގެން ހޯދާ މައުލޫމާތެވެ. އައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަކު ވެސް ހޮވަނީ އައިޑީ ކާރޑް ދައްކައިގެން ނެވެ. އެެއްގޮތަަކަށް ވެސް އުފަން ދުވަހުގެ ސެޓިފިކެޓެއް ދައްކައިގެން ނޫނެވެ. ކަން މިހެން ހުރުމުން ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުން އުފަން ދުވަހުގެ ސެރިޓިފިކެޓް ކޮޕީ އާއި އައިޑީކާރޑް ކޮޕީ ހުށަޅަން ލިޔެފައިވާ ލިޔުން ސެންސް މޭކް ނުކުރޭ ނުކުރޭ ނުކުރޭ.
މަގޭ ހިޔާލު
06 May 2018
ފޯމް ޑައުންލޯޑްކޮށް ލެވެން އޮއްވާ މިހާލުގައި މީހުން އުޅެނީ ކީއްވެބާ
ފާނު
07 May 2018
ނާތަހުޒީބުވީމަ...
އީސަ
07 May 2018
ޑައުންލޯޑް ކުރެވޭނެ ގޮތެއް ނެތީމަ، ކޮމްޕިއުޓަރެއް، އިންޓަރނެޓް ނެތީމަ
ގޮރިއްލަތު
06 May 2018
ވޯޓުލަނީ އޮޮގަސްޓުގަތަ؟