ކާއެއްޗެއް ޕްލާސްޓިކް އެއްޗަކަށް އަޅާފައި ހޫނު ކުރަން މައިކްރޮވޭވަށް ލަނީ: މިއީ ސިއްހީ ގޮތުން ނުރައްކާތެރި ކަމެއް.
10 މެއި 2018 - 07:33
ކާ ތަކެތި ޕްލާސްޓިކް އެއްޗިއްސަށް އަޅައިގެން މައިކްރޮވޭވްކޮށްގެން ކެއުމަކީ ސިއްހީ ގޮތުން ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މާބަނޑު މީހުން އެފަދަ ކާނާ ކެއުމުން، ބަނޑުގައި އޮންނަ ދަރިފުޅުގެ ދަރިމައިވުމުގެ ނިޒާމާއި ސިކުނޑި އަށް ވެސް ގެއްލުންތައް ކުރިމަތި ކުރުވަ އެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ކާ އެއްޗެހި ޕްލާސްޓިކް އެއްޗިއްސަށް އަޅައިގެން މައިކްރޮވޭވްކޮށްގެން ކާ ނަމަ ލޭ މައްޗަށް ދިއުމާއި އެ ނޫން ވެސް ސިއްހީ މައްސަލަތައް މެދުވެރި ކުރުވަ އެވެ. އޭގައި ބުނެފައިވާ ގޮތުގައި ޕްލާސްޓިކް އެއްޗެހި މައިކްރޮވޭވަށް ލައިގެން ހޫނުކުރާ ނަމަ، އޭގައި ހުންނަ ކެމިކަލްތަކުގެ 95 ޕަސެންޓް ބޭރުވެ، ކާއެޗިއްސާ އެކުވެ އެވެ.
ޕްލާސްޓިކްގައި އެކުލެވޭ ނުރައްކާތެރި ކެމިކަލްތަކުގެ ތެރޭގައި، ބީޕީއޭގެ ނަމުން މަޝްހޫރު ބެޒްފިނޯލް އާއި ތެލޭޓް ހިމެނެ އެވެ. މި ބާވަތްތަކަށް ބަލާއިރު، ލޭގެ ތެރެއަށް ބީޕީއޭ ދިއުމުން ހޯމޯންތަކަށް ނޭދެވޭ އަސަރުކޮށް، ދަރިމައިވުމުގެ ނިޒާމަށް ގެއްލުންދީ ކެންސަރަށް ވެސް މަގުފަހި ކުރުވަ އެވެ.
"އެހެންވެ މިފަދަ ނުރައްކާތެރި ކަންކަމުން ރައްކާތެރިވުމުގެ ގޮތުން، ކާ ތަކެތި ބިއްލޫރި އެއްޗިއްސަށް އަޅާފައި މައިކްރޮވޭވް ކުރުން ބުއްދިވެރި،" އިންޑިއާގެ އިންދިރާ އައިވީއެފް ހޮސްޕިޓަލްގެ ޑރ. ނިތާޝާ ގުޕްތާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
10 May 2018
ބީ.ޕީއޭ ނުހުންނަ ނުވަތަ ބީ.ޕީއޭ ފްރީ އަދި މައިކްރޯވޭވް ސޭފް ޕްލާސްޓިކް ކޮންޓެއިނަރ ހުރޭ! ގަންނަ އިރު ބާލާލުން މުހިންމު... އިންޑިއާގެ ހާލަތަށް ބަލާ ނެރެފައިވާ ރިޕޯޓަކަށްވުން ބޮޑަށް ވައްތަރީ!
ރީޒަން
10 May 2018
ޕްލާސްޓިކް ތަށީގައި މައިކްރޮވޭވް ނުކުރަން ދިރާސާ ތަކުން ދައްކާނަމަ ޕްލާސްޓިކް ތަށި ތަކުގައި ކެއުމަކީ ވެސް ސިއްޚީ ގޮތުން ތަފާތު މައްސަލަ ތައް ދިމާވާނެ ކަމެކޭ. މާލޭގެ ގިނަ ހޮޓާ ތަކުގައި ޕްލާސްޓިކް ތަށި ތައް ކާން ހުންނަނީ އަދި ފެން ބޯން ވެސް ހުންނަނީ އެއީ މުށި ތަށި ތަޅައިގެން ދާތީއޭ ޕްލާސްޓިކް ތައްޓަކީ އެއީ ވަން ޓައިމް ޔޫޒްޑް ތައްޓޭ އެނުވާނެ އޭ ދޮވެ ދޮވެގެން ބޭނުން ކުރަން އޭގެ ކުލަ އަށް އަންނަ ބަދަލުން ވެސް މިކަން އިނގެންވާނެއޭ މިފަދަ ކަންކަން އެޗްޕީއޭ އިން ނުބަލަނީ ކީއްވެތޭ ރިސޯރޓްސް ތަކުގައި ވެސް މިހާރު ހުންނަނީ ޕްލާސްޓިކް ތައްޓޭ ކާން އައި ފައުންޑް އައުޓް ތައުޒަންސް އޮފް ޑޭންޖުރެސް ރީޒަންސް ފޯރ ދިސް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ...