އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނަރުތަކެއް ނެގުމުގެ މަސައްކަތްކުރަނީ: ފޯކްލިފްޓްގެ ދަށުވެ ފައި ޗިސްވި މީހާގެ ފައި ވަނީ ބުރިކޮށްލާފައި.
10 މެއި 2018 - 00:20
މާލޭގެ ވިޔަފާރި ބަނދަރުގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓުގައި ފޯކްލިފްޓްގެ ދަށުވެ ފައި ޗިސްވި މީހާގެ ފައި ބުރިކޮށްލައިފި އެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓުގައި ޒަހަމްވި އުމުރުން 44 އަހަރުގެ މީހާގެ ކަނާތު ފައިގެ ކަކުލު ހުޅުން ތިރިން ބުރިކޮށްފައިވާ ކަމަށެވެ. އަދި ދޮޅު ގަޑިއެއްހާއިރުގެ އޮޕަރޭޝަނަކަށް ފަހު އެ މީހާ މިރޭ 8:30 ގައި ވޯޑުގައި އެޑްމިޓް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފައި އޮތީ ވަރަށް ބޮޑަށް ޗިސްވެފައި. އެހެންވެ އާއިލާގެ މީހުންނާ މަޝްވަރާ ކުރުމަށް ފަހު ޑޮކްޓަރުން ނިންމީ ފައި ބުރިކޮށްލަން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ފޯކްލިފްޓްގެ ދަށުވެ އެ މީހާގެ ފައި ޗިސްވުމުން ވަރަށް ބޮޑަށް އިންފެކްޓް ވެފައި ވެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް ބޯޓަކަށް ކޮންޓެއިނަރެއް އަރުވަނިކޮށް، އެ އިން ޖެހި މީހެއްގެ ކަނާތު ފައި ވެސް ބުރިކޮށްލަން ޖެހުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޯސްޓްމޭން
10 May 2018
ޕޯޓްސް މެނޭޖްމެންޓް އިން މާސްޓަރސް ހެދައިގެން ހުރި މީހަކު ތިޔަތަން ހިންގިއިރު ތިކަހަލަ ކަންކަން ރަނގަޅަށް ދިޔައީ. މިހާރު އޭނާ ވެސް އެހުރީ ޖަލުބަލަހައްޓާ މީހަކަށް ލާފައި.
ތުރީ ޓޮޕް
10 May 2018
ފައި ބުރިނުކޮށް ހަމަ ނުވަނީތަ.. އެކަމު ޔޫރަޕުން ވެސް ބަލިމީހުން މިހާރު ރާއްޖެއަށް ބޭސްފަރުވާއަށް އަންނާނޭ ގޮވާ އަޑުއަހަން.
އައިންތު
14 May 2018
ތިބޭފުޅާ ދެކުނިންތޯ އޭނަ ފަޔަށްވެފައޮތް ވަރު؟ ހަމަ އެއްކޮށްހެން ގޮތަކަށް ޗިސްވެފަ އޮތީ. ކިތަންމެ މޮޅު ހޮސްޕިޓަލަކަސް އެހާވަރުވީމާ ހަމަ ގުނަވަނެއް ސަލާމަތެއް ނުކުރެވޭނެ. އަޅުގަނޑު ދައްކާ ވާހަކަ ގަބޫލުނުކުރަންޏާ އިންޓަރނެޓްއުން ބަލާލިއަސް އޯކޭ. އަޅުގަނޑަކަށް ނޭންގެ ތިބޭފުޅާއަށް ދުނިޔެ މަތީގަ ވާނުވާ ނޭންގެނީކަމެއް، ނުވަތަ ހަމަ ސިޔާސީގޮތުން ޖައްސާލަންވެގެން އެއްޗެކޭ ބުނެލާހިތުން ބުނެލީކަމެއް. ކޮންމެއަކަސް ތިބުނި އެއްޗަކުން މާ ތަންދޮރު ދަންނަ މީހެއްހެނެއް ހިއެއްނުވޭ. ދެންވެސް ހިތުން މޮޅުއެއްޗެކޭ ބުނެލުމުގެ ކުރިން ދެތިން ފަހަރު މީގެން ތިމަންނަގެ އަގު ވެއްޓޭނެތޯ ބަލާލާފަ ކޮށްލުމަށްއެދެން
25 ބުރި
10 May 2018
އެކްސިޑެންޓް ވިތާ 10 މިނެޓް ތެރޭ ހޮސްޕިޓަލް އަށް ގެންދެވުނު. އެކަމަކު އެތަން ބޮޑަށް އިންފެކްޓް ވެފަ؟ ކިހިނެއްވާނެ ކަމެއްބާ؟ ހޮސްޕިޓަލް ގެ ފެންވަރު ދޯ؟
އައިންތު
10 May 2018
ޔާ ﷲ އޭނާއަށް އަވަސް ޝިފާއެއްދެއްވާ ކެތްތެރިކަމާ ހިތްވަރު ދެއްވާ އަދި ޢާއިލާއަށް ހެޔޮގޮތް މިންވަރުކުރައްވާންދޭވެ.
ކައްޓިމަސް
10 May 2018
ކާކު ހީކުރާނީ އިއްޔެ، އޭނައަށް އެހެން ވެދާނެޔޭ؟ މީ ދުނިޔެ. އަބަދުވެސް އާޚިރަތަށް ތައްޔާރުވުން މުހިންމު.. އެމީހާއަށް އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި.. އާމީން.
މަހުމާ
10 May 2018
ޙަލީމް އިސްތިއުފާ ދީފަ ގެއަށް ދޭ.
ޝާއްނާ
10 May 2018
އަޅުގަނޑު ތިޔަހިތާމައިގައި ފުރިހަމަޔަށް ބައިވެރިވަން ، އަދި އާއިލާއަށް ހިއްވަރުދެއްވާ އާގޮތްތަކެށް މެދުވެރިކުރައްވާނެކަމުގެ އުއްމީދާއިއެކު ދުއާދަންނަވަން ، ހަމައެގޮތުން އެމްޕީއެލްގެ ވެރިންނާއި ސަރުކާރު ހިންގަންކަމަށް ބުނެ ބޮލުގައި ޒިންމާތަކެށް އެޅިގެން ތިއްބެވި ފަރާތްތަކަށް ދަންނަވާލަން އޮތީ ތިޔައެކްސިޑެންޓްގައި ފައިބުރިކުރަންޖެހުނު މަޖޫރީ އަށް އޭނާއަށް މަސައްކަތެއް ކުރެވޭނެ މަގެއް ފަހިވަންދެން ދަތިހާލްގައި ނުޖެހި އުޅޭވޭނެ ވަރަށް އިނާޔަތްތަށް ލިބޭނެގޮތްފޮތް ހަމަޖައްސާށޭ ،، އެއީއޭ މާތްވެގެންވާ އިސްލާމްދީންވެސް އަދި ބާޢްވައިލެއްވުނު އެހެންދީންތަކުގެ ވެސް އަސްލު މަސްދަރަކީ، އަޅުގަނޑު އުއްމީދުކުރަން މުސްލިމުންގެ ސިއްކަޖަހައިގެން ތިބެ މިކަން އެހެންކުރާނެކަމަށް ،
ނުމަރާ
10 May 2018
އެ ނިކަމެތި މީހާގެ އާއިލާކާންބޯން ހަރަދު ކުރަނީ އޭނާ ރެއާ ދުވާލު ކުރާ ބުރަ މަސައްކަތުން. ވަރަށް ދެރަ ވެއްޖެ. އެމްޕީއެލް ގަ މި ފަދަ ހާދިސާ އެއް މި ހިނގީ އަަލަކަށް ނޫން. ސަަލާމަތީ ކަން ކަމަށް މި ވަނީ އިހުމާލު ވެފަ
އައި
10 May 2018
ތީ ވަރަށް ދެރަ ކަމެއް. ބަދަރުގެ ސޭފްޓީ މިންގަޑު އެއްގޮތެއްގަ އަބަދުމެ ހިފަހަށްޓަން ޖެހޭނެ. ސޭފްޓީ މިންގަޑު ތެރޭގަ މަސައްކަން ކުރާނަމަ ތިފަދަ ކަންތަށް ވުން ވަރަށް ނާދިރު.
ޢައްފާލް
10 May 2018
ޢެމް.ޕީ.އެލްގެ މެނޭޖްމަންޓް ބަދަލް ނުވެ ދެން ތިތަން ރަނގަޅެއް ނުވާނެ.