ގުރުއާން މުބާރާތުގެ ބައިވެރިންނާ މިއަދު ބައްދަލު ކުރެއްވުމަށް ފަހު، ނައިބު ރައީސް އަބްދުﷲ ޖިހާދު، މުބާރާތުގެ ބައިވެރިންނާއި އެކަން އިންތިޒާމް ކުރުމުގައި އުޅުއްވާ ބޭފުޅުންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން-- ފޮޓޯ/ ރައީސް އޮފީސް
13 މެއި 2018 - 21:15
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގްވާމީ ގުރުއާން މުބާރާތް މިއަދު ފަށައިފި އެވެ.
"އަލް މުބީން"ގެ ނަމުގައި ބާއްވާ މި މުބާރާތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދެވެ.
މި މުބާރާތުގައި ނުވަ ގައުމަކުން މީހުން ބައިވެރިވެ އެވެ. އެއީ ރާއްޖޭގެ އިތުރުން ތުރުކީ، މިސްރު، ބަންގްލަދޭޝް، ޕާކިސްތާން، ސައުދީ އަރަބިއްޔާ، މެލޭޝިޔާ، ކުވައިތު އަދި ސޫދާނެވެ.
ޖަޖުންގެ ޕެނަލުގައި ވެސް މި ގައުމުތަކުން ކަނޑައެޅި ފަސް ފަނޑިޔާރަކު ހިމެނިވަޑައިގަންނަވަ އެވެ.
ޕީއެސްއެމުން ލައިވް ކުރާ އަދި އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ބާއްވާ މުބާރާތުގެ އެއް ވަނައަށް ދާ މީހަކަށް 30،000 ޑޮލަރު (464،000 ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ވަނައަށް 15،000 ޑޮލަރު އަދި ތިން ވަނައަށް 5،000 ޑޮލަރު ވަނީ ހުށަހަޅައިފަ އެވެ.
މުބާރާތް ފައްޓަވައިދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވައި އެ ދީން ހިމާޔަތް ކުރެއްވުމަށް، ރައީސް އަބްދުﷲ ޔާމީން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. މި މުބާރާތަކީ އޭގެ ހެއްކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޒިޔާދު ވިދާޅުވީީ މި މުބާރާތަކީ ރައީސްގެ އިސްނެންގެވުމުގެ މަތިން، އެ މަނިކުފާނު ހާއްސަ ސަމާލު ކަމެއް ދެއްވައިގެން ބާއްވާ މުބާރާތެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގައި އޮތް އިސްލާމީ އެއްބައިވަންތަކަމާއި އިސްލާމީ ވަހުދަތަށް ސަރުކާރުން ގޮވާލާ މިންވަރު މުޅި ދުނިޔެއަށް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފަދަ މުބާރާތެއް ފުރަތަމަ ފަހަރަށް މި ސަރުކާރުން ބާއްވާތީ މިހާރު މުޅި ދުނިޔެއަށް ވެސް އެނގޭނެ ގުރުއާނުގެ އިލްމު ފެތުރުމަށް ސަރުކާރުން ބާރު އަޅާ މިންވަރު. މި މުބާރާތް ބޭއްވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ ވެސް ރައީސް ޔާމީން،" ޒިޔާދު ވިދާޅުވި އެވެ
މި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ރޯދަ މަހުގެ ދެ ވަނަ ރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނަސީމް
15 May 2018
މި ރާއްޖެއައް މި ވަގުތު އެންމެ މަދު ވާ ކަންތައް މިއީ!!! ހުރިހާ ކަމެއް މި ފުރިހަމަ މިވީ!!!
އިކްރާމް ބަލޮއަސަ ޙަލީލް
14 May 2018
މިމުބާރާތް ބައިނަލްއަގްވާމީ ވަނީ ކީއްވެގެންކަން ކޮންމެ ވެސް މީހަކު ކިޔާދީބަލަ.
ދދދދދދދ
14 May 2018
މުބާރާތް އޮތީ ކޮން ތަނެއްގަ. އިސްލާމީ މަރުކަޒުގަތަ؟ ކަލޭ ބުނެދީބަލަ. މަށަށް ނޭނގިގެން މިއުޅެނީ އެކަމޭ.
އޮރެންޖް
14 May 2018
ދިވެހިން ފިޔަވާ އެންމެން ތާކިހާ އަޅާފަ. މީގެ ފަންސާހަކަށް އަހަރުކުރީގެ ފޮޓޯތަކުން ފެނޭ ދިވެހިންވެސް ތާކިހާ އަޅާފަ ތިބޭތަން. އޭގެ ބަދަލުގައި ދިވހިން އަޅާފަ ތިބި ޓައީ އަކީ ހަމަ އެހާ މުހިއްމު އެއްޗެއްތަ؟
ޢަލިދީދީއައްޑޫސިޓީ
14 May 2018
މީގެ ކުރިން ދިވެހިން ނަމާދުކުރާއިރު ބޮލުގައި ރުމާ، ތާކިހާ ފަދަ އެއްޗެއް ނާޅާ ނަމާދުނުކުރާނެ. ހުކުރު ދުވަހަކު ހުކުރުނަމާދު ވަގުތުގައި މިސްކިތުން މި މަންޒަރު ރީތިކޮށް ފެންނާނެ. ތާކިހަލެއް އަޅައިފިއްޔާ ބުނާނެ. "ކަލޭ ތީ ބޮންދެއްތަ؟" މީސްތަކުން ގިނަ ތަނެއްގައި އެކި ދީން ދީނުގެ މީހުން ވަކި ކުރަން ބައެއްފަރާތްތަކުން ބަލާނެ ބޮލުގައި އޮންނަ ތާކިހަލަށް. ޔަހޫދީން ގެ ފުއްކިބައިގަ އޮންނާނެ ކުޑަ ތާކިހަލެއް. އިސްލާމުންގެ ބޮލުގައި ފޮށާ/ތާކިހާ، ސިކުންގެ ބޮލުގައި ފަގުޑި. ފިރިހެނުން ތާކިހާ ނޭޅުމާ އަންހެނުން ބުރުގާ ނޭޅުމާ އެއީ ޒަމާނީ ފެޝަނެއްކަމަށް ބަލައިގެން މިހާރު އޯކޭ ނޫންތޯ؟
އަލްދި
14 May 2018
އަލިދީދީ ބޮލުގަ އެއްވެސްއެއްޗެ އަޅަންތަ ބޯނިވާކުރަން.. ބޭނުންނުކުރަންޏާ ތިދެއްކިވާހަކަތީ ބޭކާރު ވާހައެއް... ނަމޫނާ ދައްކަންވީ އެއްމެން.. އޭގެފަހުން ފާޑުކިޔަންވީ..
ބާކިރު
14 May 2018
ޕީއެސްއެމުން ލައިވް ކުރާ އަދި އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ބާއްވާ މުބާރާތުގެ. ހާދަ ކުރު މުބާރާތެއް އެކަމްވެސް އިންޓަރނޭޟަނަލް
އައިއެފް
14 May 2018
ވެރިކަމުން ވަކިވުމުގެ ކުރިން ހެޔޮ ޢަމަލެއް ކޮށްލެވޭތޯ ބަލާތި.
ސަދަސަ
14 May 2018
ޓީވީއެމްގައި އަރުވާފަ އޮތީ ރައީސްގެ ދައުވަތަކަށް ބާއްވާ މުބާރާތެކޭ. އެހެން ކަމުން ދައުވަތު ދިން ފަރާތް ފެންނަންނެތުމުން ދެރަވި. ދަޅަ ދައްކަން ކުރާކަންކަމުން ފައިދާއެއް ނުނިކުންނާނެ ކަމަށް މިބަލަނީ.
ޒާތީނުވޭ
14 May 2018
އެހެންވީމަ ރައީސުލް ޖުމްހޫރިއްޔާގެ ވާދާއިގެ ތައްޓަށްކުޅެވޭ ހުރިހާ ކުޅިވަރު މުބާރާތްތަވެސް ހުޅުވާ ނިމެންދެން ރައީސް އިންނަވަންޖެހޭނެތާ އޭރުންތާ ފުރިހަވެފަ މިހާރުގެ އިދިކޮޅުފިކުރު ގަބޫލުކުރާނީ... މީހަކާ އިދިކޮޅުވިޔަސް ޒާތީ ނުވަންޏާ މީހާކުރާ ހުރިހާކަމެ ކަމުނުގޮސްގެން އުޅޭކަންނުޖެހޭނެ.. މިރާއްޖޭގައުޅޭ ޕާޓޭންގެވެސް މުޅިންހުންނަނީ ނުބައެއްނޫން... ބައެއްކަންކަން ވަރަށްރަގަޅުކޮށްވެސްހުރޭ... މީހާއަށް ނުވިސްނާ ކުރިކަމަކަށް ވިސްނާ ބައިއަޅާނަމަ ކޮންމެ މީހެއްގެ ގައިންވެސް ދެވައްތަރު ފެންނާނެ...
ފުތާ
13 May 2018
މިފަދަ މުބާރާތެއް ބޭއްވޭތީ އުފާކުރަންޖެހޭ. އެކަމަކު އޭގެ ކުރިން ދިގުރާގުގެ ފަންނުން މީހުން މީހުން ބިނާކުރުން ވަރަށް މުހިންމު. މުޅި ރާއްޖެއަށް ހުޅުވާލީމާ އޮޑިޝަނަށް އަށް މީހުން ކުރިމަތިލުން އެއީ މީގެ ހެއްކެއް،