ޚަބަރު / އާޓިފިޝަލް ބީޗް

އާޓިފިޝަލް ބީޗް ތަރައްގީކުރަން 13 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް

އާޓިފިޝަލް ބީޗް: އެ ތަން ތަރައްގީކުރަން ސަރުކާރުން ވަނީ ނިންމާފައި.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޒަމާނީ ފެންވަރަށް އާޓިފިޝަލް ބީޗް ތަރައްގީކުރަން 13 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އާޓިފިޝަލް ބީޗް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވަނީ ސޮއިކުރައްވައިފަ އެވެ. މަސައްކަތް ނިންމަން އެ ކުންފުންޏަށް ދިނީ ފަސް މަސް ދުވަހެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު މުއިއްޒު ވިދާޅުވީ ރަސްފަންނުގެ ކޮންސެޕްޓަށް އާޓިފިޝަލް ބީޗް ތަރައްގީ ކުރަން ސަރުކާރުން ހޭދަކުރަން ނިންމާފައިވަނީ 10 މިލއަން ރުފިޔާ ކަމަށެވެ. ބާކީ ތިން މިލިއަން ރުފިޔާއަކީ، އިޖުތިމާއީ ޒިންމާގެ ދަށުން އެމްޓީސީސީ ކުރާ ހޭދައެއް ކަމަށެވެ.

"ތަފާތު ރީތި ކޮންސެޕްޓެއްގައި އިރާދަކުރެއްވިއްޔާ އާޓިފިޝަލް ބީޗް މަސައްކަތް ކުރިއަށްގެންދެވޭނެ. އޭރުން އެތަނުގެ އެންމެ ފުރިހަމަ މާނައިގައި އާޓިފިޝަލް ބީޗް ބޭނުންކުރެވިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

އާޓިފިޝަލް ބީޗް ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ހައުސިން މިނިސްޓަރު ޑރ. މުއިއްޒު (ކ-2) އަދި އެމްޓީސީސީގެ ސީއީއޯ ޒިޔަތު، އެއްބަސްވުން ބަދަލުކުރައްވަނީ.-ފޮޓޯ: ހައުސިން މިނިސްޓްރީ

އާޓިފިޝަލް ބީޗް ތަރައްގީކުރުމުން، ރަސްފަންނުގައި ހުންނަ ގޮތަށް ކުޑަ ޖަހައި ހޮޅު އައްޓާއި އުނދޯލި ވެސް ބަހައްޓާނެ އެވެ. މޫދު އިތުރަށް ކޮނެ، އެ ސަރަހައްދު ވެސް ރަނގަޅު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ އިތުރުން އައުޓްޑޯ ޖިމަކާއި ކެފޭ އާއި އޯޕަން ޝަވާ ވެސް ބަހައްޓާނެ އެވެ.

މުއިއްޒު ވިދާޅުވީ ތޮއްޖެހި ފުރިބާރުވެފައިވާ މާލޭގައި ހިތްހަމަޖައްސާލެވޭނެ ރަނގަޅު ތަނެއް ކުރިން ނެތް ކަމަށެވެ. އެހެންވެ ހިތްގައިމު ތަނަކަށް މާލެ ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން މާލޭގެ އެކި ސަރަހައްދުގައި 11 ޕާކެއް ތަރައްގީކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒިޔަތު ވިދާޅުވީ ރަސްފަންނު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ވެސް ކުރިއަށްގެންދިޔައީ އެ ކުންފުނިން ކަމަށެވެ. ދީފައިވާ މުއްދަތާ އެއްގޮތަށް އެ މަސައްކަތްތައް ވެސް ކާމިޔާބުކަމާއެކު ނިންމާލެވުނު ކަމަށް އޭނާ ވިިދާޅުވި އެވެ.

އާޓިފިޝަލް ބީޗް ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. މުއިއްޒު (ކ) ވާހަކަދައްކަވަނީ .-ފޮޓޯ: ހައުސިން މިނިސްޓްރީ

އާޓިފިޝަލް ބީޗް ތަރައްގީކުރުމުގެ މަޝްރޫއު ވެސް ހަވާލުކޮށްފައިވާ މުއްދަތުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

އެ ބީޗް ތަރައްގީކުރުމުގެ މަސައްކަތްތަށް ފެށުމަށް ހައުސިން މިނިސްޓްރީން ވަނީ އެ ސަރަަހައްދުގައި ހުރި ކެފޭ އަދި ރެސްޓޯރެންޓުތައް ބަންދުކުރަން ނޯޓިސް ދީފަ އެވެ. މުއިއްޒު ވިދާޅުވީ އެއްވެސް ފަރާތަކަށް ގެއްލުމެއް ނުލިބޭ ގޮތަށް، އެ ވިޔަފާރިތަކުގެ ތަރައްގީއަށް މަސައްކަތް ކުރެވޭނެ ގޮތަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

"އޭރުން އެ ފަރާތްތަކަށް ބަދަލެއްގެ ގޮތުގައި ސަރުކާރުން އެއްވެސް ފައިސާއެއް ދޭކަށް ނުޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.

5 ކޮމެންޓް, 72 ރިއެކްޝަންސް

icon happy icon happy 49%
icon sad icon sad 3%
icon angry icon angry 49%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިނގާފަ އުޅޭ މީހާ

16 May 2018

މާލެ ތޮއްޖެހިފައިވަނީ ސައިކަލްތަކުން. އެ ދޫކޮށްލާނެ މީހަކު ނެތް. އެއާ މެދު ސިޔާސަތެއް ހަދާނެ ވެރިއަކުނެތް. އަންނިވެސް ކްލައިމެޓް ޗޭންޖްގެ ވާހަކަ ދެއްކިއަސް، ސައިކަލް މަދުކުރަން ވާހަކަ ދެއްކި ނަމަ އޭނަ ގެ ސަޕޯޓް އެމްޑީޕީންވެސް ގެއްލުނީސް.

The name is already taken The name is available. Register?

އަލިބެއްޔާ

16 May 2018

"މުއިއްޒު ވިދާޅުވީ ތޮއްޖެހި ފުރިބާރުވެފައިވާ މާލޭގައި ހިތްހަމަޖައްސާލެވޭނެ ރަނގަޅު ތަނެއް ކުރިން ނެތް ކަމަށެވެ." މުއިއްޒު ދިރި އުޅެނީ މާލޭގައިތަ؟ ލޮނުޒިޔާރަތްކޮޅަކީ އެތައްޒަމާނެއް ވަންދެން އެތައްބަޔަކު ހިތްހަމަ ޖައްސާލަން ދާތަނެއް. ކޮންމެހެން އެތާގައި ޝަވަރު ހަރުކޮއްފައިނެތަސް ނޫނީ އައުޓްޑޯ ޖިމެއްނެތަސް އެ ހިސާބުގެ ހަމަ ހިމޭން ކަމާ ކާރޫބާރޫ ކުޑަކަމުން އެތައްބައެއް ހިތްހަމަޖައްސާދީފައިވޭ. ބުރިޖު ނިމި ޗައިނާމީހުންގެ ސާމާނު އެތަނުން ސާފުކޮއްފައި އަދި އެތާގައި އެހެރަ ނިއުޕޯޓް ތަޅާލައި މުޅި އެހިސާބު ސާފުކޮއްލައި ވެހިކަލަށް ނުވަދެވޭނެ ގޮތަށް ޕާކު ބާއްވައިދީ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

15 May 2018

މުއިއްޒޫ، މާލެ ތޮއްޖެހިފަތޯ!؟ އެކަމަކު ރައީސް މީހާ ވިދާޅުވީ މާލެ ތޮއްނުޖެހޭކަމަށް، މީ މަޖާކަމެއް.

The name is already taken The name is available. Register?

55ތތ5

15 May 2018

"މުއިއްޒު ވިދާޅުވީ ތޮއްޖެހި ފުރިބާރުވެފައިވާ މާލޭގައި ހިތްހަމަޖައްސާލެވޭނެ ރަނގަޅު ތަނެއް ކުރިން ނެތް ކަމަށެވެ." ރައީސް ޔާމީން އާއި މުއިޒު މީ ދެ ސަރުކާރެއްތަ؟

The name is already taken The name is available. Register?

އަހްމަދު

15 May 2018

"އޭރުން އެތަނުގެ އެންމެ ފުރިހަމަ މާނައިގައި އާޓިފިޝަލް ބީޗް ބޭނުންކުރެވިގެންދާނެ،" ހެހެހެ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454