ޚަބަރު / ޕީޕީއެމް

މިތިބީ ވަރަށް އުފަލުން، ރައީސް ޔާމީނާ ވާދަކުރެވޭނެ މީހަކު ނެތް: މޫސަ

ޕީޕީއެމަށް މޫސަ ސޮއި ކުރައްވަން ބޭއްވި ޖަލްސާގައި ރައީސް ޔާމީން، ސަލާމްކުރައްވަނީ. --ފޮޓޯ/މިހާރު

ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ކެންޑިޑޭޓަކު ނެރުނަސް، ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރެއްވޭނެ ބޭފުޅެއް ނެތް ކަމަށާއި އެހެންވެ ޕީޕީއެމް އޮތީ ވަރަށް އުފަލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ވެސްޓް ޕާކް ރެސްޓޯރަންޓް ހިންގި ބިމުގައި ހަދާފައިވާ، ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މޫސަ ވިދާޅުވީ މިހާތަނަށް އައިއިރު، އިދިކޮޅު ފަރާތްތަކަށް ކެންޑިޑޭޓެއް ދެއްކިފައި ނުވާ ކަމަށެވެ. އެހެންވެ ރައީސް ޔާމީނާ "ޗެލެންޖް" ކުރެވޭނެ ކެންޑިޑޭޓެއް ނާންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އިދިކޮޅުގައި ތިބި ސިޔާސީ މީހުން އަޅުގަނޑުމެންނަށް އެނގޭ. ރައީސް ޔާމީނާ ވާދަ ކުރެވޭ ކެންޑިޑޭޓަކު ނާންނާނެ. އެހެންވީމަ އަޅުގަނޑުމެން ވަރަށް އުފަލުން މިތިބެނީ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި ވެރިކަން ކުރެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކުރެއްވި އިދިކޮޅު ލީޑަރުންގެ "ފަހަތްކޮޅު" ދިވެހިން ދަނެ އެވެ. އަދި ޕީޕީއެމްގެ މަސައްކަތްތައް ރާވަނީ އިދިކޮޅުން ނިކުންނަ ކެންޑިޑޭޓުންނާ ޗެލެންޖު ކުރުމުގެ ބޭނުމުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވި މޫސަ ވިދާޅުވީ ޕީޕީއެމްގެ ކެމްޕެއިން ދުވަހެއް ދުވަހަކަށް އަންނަނީ ވަރުގަދަވަމުން ކަމަށެވެ.

ރައީސް ޔާމީންގެ ގައުމީ ހިދުމަތާއި މަސައްކަތްޕުޅުތައް ޕީޕީއެމުން ރައްޔިތުންނަށް ކިޔައިދިނުމުން ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކުރަން ބޭނުންވާ އަޣުލަބިއްޔަތު ވޯޓު ލިބޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"އެމަނިކުފާނު (ރައީސް ޔާމީން) ކުރައްވާފައި ހުރި ކަންކަމުގެ ތަސައްވަރު އަޅުގަނޑުމެން ރައްޔިތުންނަށް ކިޔައިދިނީމަ، އެ އޮޅުން ފިލައިގެން ރައީސް ކެމްޕެއިނަށް ނިކުމެ އެއްޗެއް ވިދާޅުވާއިރު އޮންނާނީ އަޅުގަނޑުމެން ބޭނުންވާ އަޣުލަބިއްޔަތު ރައީސްއާ ހަމައަށް އައިސްފައި،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ކެންޑިޑޭޓަކު ނެތޭ ކިއާފައި، މަސައްކަތް ހުއްޓާލައިގެން ޕީޕީއެމުން ނުތިބޭނެ ކަމަށާއި ޕީޕީއެމުން ރޯދަ މަހުގެ ތެރޭގައި ރަށްތަކަށް ދަތުރު ކުރަނީ ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކަމަށެވެ. ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގެ ފަރާތުން ރޯދަ މަހުގެ ތެރޭގައި ރާއްޖޭ ފަސް އަތޮޅެއްގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބެލުމަށް ވަނީ ނިންމައިފަ އެވެ.

އެމްޑީއޭގެ ނައިބު ލީޑަރު، ކެންދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވީ މި އަހަރު ރިޔާސީ އިންތިހާބަކީ ވަރަށް މިނިވަން އިންތިހާބަކަށް ވެގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު ހުއްދަ ކުރާ ކޮންމެ މީހަކަށް ވެރިކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާނަމަ، އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށްވާތީ ވިސްނުން ހުރީ ވަރަށް ބޮޑު ޕަސަންޓަކުން ރައީސް ޔާމީން 2018 ކާމިޔާބު ކުރުމަށް މަސައްކަތް ކުރުން،" މައުރޫފް ވިދާޅުވި އެވެ.

58 ކޮމެންޓް, 168 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 1%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫ތަސްވީރު

22 May 2018

‫މޫސަ ހޮޅި ގޮވަނީއެވެ. ޔާމިނުގެ ނަޒަރު އެހެރީ ފެއަށްވެވެ. މަސީހާއި އަދުރޭ އާ އެބަލަންތިބީ ޔާމިނު, މޫސަ ބާކީކޮށްލާ ތަނެވެ. އަބީ އެހެރީ ކުޅިބަލާށެވެ. ތަސްވީރު ބަލާލާނީ ތަސްވީރު ބުނާހެންނެވެ. މޫސަ ކިތަންމެ ޝައުގުވެރިކަމާއެކު ޔާމިނުގެ އަތުގައި ހިފައި ސަލާންކުރަން މަސައްކަތްކުރިޔަސް ޔާމިނުގެ ޝައުގެއް މޫސައަކަށް ނެތެވެ. ހަތަރުކަޅި ހަމަކުރަން ހެޔޮވާ ވަރުގެ މީހެއް ނޫންކަން ޔާމިނަށް މާ ބޮޑަށް ވެސް އެނގެއެވެ.

The name is already taken The name is available. Register?

ޓެރޭ

21 May 2018

ކަލޯގަޔާ ފަޅުރަށަކައް މި ގައުމުހަދާލާ އޭރަކުން ރައީސް އެކަނި ހުންނަވާނީ.

The name is already taken The name is available. Register?

ބާބޫ

21 May 2018

އެއީ ބަންގާޅުމީހުންތަ؟

The name is already taken The name is available. Register?

ބާބޫ

21 May 2018

މޫސާ ؟ ބޭރަށްނުކުމެ މަތި ބަލާލަ ؟

The name is already taken The name is available. Register?

ރޯކީ މޫސް

21 May 2018

އާނ! އެހާވަރަށް ވައްކަމެއް ނުކުރެވޭނެ އެހެން ސަރުކާރަކަށް!

The name is already taken The name is available. Register?

މުޙުއްމާ

21 May 2018

ވާދަކޮއްފާނެހެން ހީވާ އެއްމެން ހުރަގެއަށް ލީމަ ދެން ވާދަކުރާނެ މީހަކު ނުހުއްނާނެތާ. މޫސައަށްވެސް ކޮރަޕްޝަނުގެ ދަޢވާއިން ސަލާމަތެއް ނުވެވޭނެ.

The name is already taken The name is available. Register?

ޚިޔާލް123

21 May 2018

މޫސާ ވޯޓްދޭން ތިބި ރައްޔިތުން ތިބީ ހަމަހިމޭނުން، ފޮޓޯބަލައިގެން، އުފާކުރަންޏާ ކުރޭ، ވޯޓްގައި ވާނެގޮތެއް ހަމަ ޚިޔާލަށްވެސް ގެންނަން އަދި އުދަގޫވާނެ، މައުރޫފަށް ދަންނަވަންތޯ މިގައުމުގައި ބޭއްވޭވަރުގެ މިނިވަން އިންތިހައިބެއް މިދުނިޔޭގައިވެސް ނުބޭއްވޭނޭ، އަޅެ އަހަރުމެން މިއީ ގަމާރުންތަ؟

The name is already taken The name is available. Register?

އާސިލް

21 May 2018

ހިނި އަންނަ ދެ ސަބަބެއް އޮވޭ ފުރަތަމަ ސަބަބަކީ އުފާވެރިކަމެއް ލިބުމުން ހިނިއައުން އަދި ދެވަނައީ ތިމާއަށްލިބޭ ދެރައާއި ހިތާމަ އެހެންމީހުންނަށް ފޮރުވުމަށްޓަކާ ހިނިއައިން އެހެނވީމަ މޫސަގެ ހިނި ވާނީ ހިނީގެ ދެވަނަ ވަައްތަރަށް . ދެން ނެއް މާގިނަދުވަހެއް ތިސަކަރާތްޖަހާކަށް ބަރާބަރު 5 މަސް ، އޭގެފަހުން ދަރުބާރޭމެންގެނުބައި ދުވަސްތައް ގުނެންފަށާނެ، އެއިރުންވެސް ހިތާމަ ފޮރުވުމަށްޓަކާޖެހޭނީ ހަމަ ހީހީފައަތްޖަހަން

The name is already taken The name is available. Register?

ސާބަހޭ ޖަޒީރާ ރައީސް

21 May 2018

ދެން ނުހިފެއްޓޭނެ، ޖަޒީރާ ރައީސް ދިވެހިންގެ އުއްމީދު

The name is already taken The name is available. Register?

ގެދާނޯމޮސް

21 May 2018

7735 ދިވެހިންގެ !

The name is already taken The name is available. Register?

ޑދިވެހިބަސް.

21 May 2018

ސަރުކާރުގެ ބޭފުޅުން ތިޔަތިއްބެވީ ދިވެހިބަހުން ބުނާނަމަ ހިޔަންޏަށް މުޑިނަގައިގެން.މާކުރިން ކަމެއް ނުވަނީސް އެކަމާ އުފާކޮށްގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454