ޚަބަރު / އަބްދުލްމަޖީދު އަބްދުލްބާރީ

ޑރ. މަޖީދު އަވަހާރަވެއްޖެ

ޑރ. މަޖީދު: އޭނާ މިއަދު ވަނީ އަވަހާރަވެފައި.---ފައިލް ފޮޓޯ: ރައީސް އޮފީސް

22 މެއި 2018 - 14:35

128 comments

އެމްޑީޕީގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ 55، މީގެ އިރުކޮޅެއް ކުރިން ސްރީ ލަންކާގައި އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަވީ، ބައްދަލުވުމަކަށް ލަންކާ އަށް ވަޑައިގެން އުޅުއްވަނިކޮށް، މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހުމުން ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު ވެސް ވަރަށް ބޮޑަށް ހާލު ސީރިއަސްވެ، ތިން އޮޕަރޭޝަނެއް ކުރި އެވެ. އަދި ފަހުން ނޭވާލަމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގަ އެވެ. ވެންޓިލޭޓަރު ނައްޓާލީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.

ޑރ. މަޖީދުގެ އާއިލާގެ ހުރިހާ ބޭފުޅުން މިހާރު ތިއްބެވީ ލަންކާގަ އެވެ. އަވަހާރަވި އިރު، އޭނާގެ އަނބިކަނބަލަކާއި ފަސް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

ޑރ. މަޖީދަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. މަޖީދު ހުންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއާ ލެކްޗަރާގެ މަގާމުގަ އެވެ. އޭނާ އެ ޔުނިވާސިޓީގައި ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި އެ ފެކަލްޓީން ހިންގާ ޑިގްރީ ކޯސްތަކާއި މާސްޓާސް ކޯސްތަކުގައި ކިޔަވައިދެއްވުމުގެ އިތުރުން ތީސީސްތައް ސުޕަވައިޒް ކުރެއްވުން ހިމެނެ އެވެ.

އޭގެ އިތުރުން ޑރ. މަޖީދަކީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ވެސްމެ އެވެ.

ޑރ. މަޖީދު ފުރަތަމަ ޑިގްރީ އާއި މާސްޓާސް އަދި ޕީއެޗްޑީ ވެސް ހާސިލް ކުރެއްވީ މަދީނާ ޔުނިވާސިޓީންނެވެ. ޕީއެޗްޑީ ހާސިލް ކުރެއްވި އިރު ފާސްވީ (މަރްތަބަތުއް ޝަރަފުލް އޫލާ) އެއް ވަނަ ދަރަޖައިގަ އެވެ.

ރާއްޖޭގައި އިސްލާމްދީން ކުރިއަރުވައި ދީނަށް ދިވެހިން ހޭލުންތެރި ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މަޖީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުފެއްދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ފުރަތަމަ ރައީސް ވެސް މެ އެވެ. އޭގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.

128 ކޮމެންޓް, 961 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 97%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޫމް

24 May 2018

އަންލައިކް ޖަހާފަ މިހުންނަނީ ޖަހާ އެއްބައެއް ކަންނޭގެ

The name is already taken The name is available. Register?

ރަމޭބޭބެ

24 May 2018

ރަނގަޅު ކޮމެންޓު ތަކަށް އަންލައިކް ދޭއިރު އެއީ ކޮންކަހަލަ ކަމެއްކަން އަޅެ ނުވިސްނެނީބާ

The name is already taken The name is available. Register?

މަމެން

24 May 2018

މާތް ﷲ މަރްހޫމްގެ މައްޗަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާދޭވެ. އާމީން

The name is already taken The name is available. Register?

އަހްމަދު

23 May 2018

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

The name is already taken The name is available. Register?

މަދީޙް

23 May 2018

ޑރ.މަޖީދަކީ ހިޔްހެޔޮ ، ދީނީ ކަންކަމަށް ފަރުވާތެރި ، އަޅުވެރި ، ޚުލްޤު ހެޔޮ ބޭފުޅެއް. މާތް ﷲ މަރުޙޫމަށް ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ދެއްވާށި. ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި.!

The name is already taken The name is available. Register?

ނެރު

22 May 2018

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

The name is already taken The name is available. Register?

ީއިފާ

22 May 2018

انا الله وأنا اليه راجعون

The name is already taken The name is available. Register?

ސާދާސީދާ

22 May 2018

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ ހެޔޮދުޢާގެ ކޮމެންޓްތަކަށް ޑިސްލައިކްދެނީ ކޮން ވިސްނުމެއްގަބާ؟

The name is already taken The name is available. Register?

ދަންޑެހެލް

22 May 2018

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

The name is already taken The name is available. Register?

ހަބޭސް222

22 May 2018

انا الله وأنا اليه راجعون މަރްހޫމްގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި! އާމީން އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454