މާލޭ އާއި ހުޅުމާލޭގެ ފެނުގެ ނިޒާމް ބްރިޖްގެ ތެރެއިން ގުޅާލަން ޗައިނާގެ ސީއެޗްއީސީއާއެކު އެއްބަސްވުމުގައި މިއަދު ސޮއިކުރުމަށްފަހު ދެ ކުންފުނީގެ އިސްވެރިން ސަލާމްކުރައްވަނީ. ފޮޓޯ: އެމްޑަބްލިއުއެސްސީ
24 މެއި 2018 - 17:16
މިހާރު ހަދަމުން އަންނަ މާލެ-ހުޅުލެ ބްރިޖުން، މާލެ އާއި ހުޅުލެއާ ދެމެދު ފެން ހޮޅިލައިނަކާއި ފައިބާ އޮޕްޓިކް ކޭބަލެއް އަޅަން ޗައިނާ ހާބާ އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެޗްއީސީ)އާ އެމްޑަބްލިއުއެސްސީން މިއަދު ހަވާލުކޮށްފި އެވެ.
އެ ދެ ކުންފުނީގެ ދެމެދުގައި ކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، އެމްޑަބްލިއުއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެ މަޝްރޫއުގެ ދަށުން ފެން ހޮޅިލައިނާއި ފައިބާ އޮޕްޓިކް ކޭބަލްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ގާއިމްކޮށް ނިމޭނެ ކަމަށެވެ.
އެމްޑަބްލިއުއެސްސީން، ސީއެޗްއީސީއާ އެ މަސައްކަތް ހަވާލުކުރީ 1.6 މިލިއަން ޑޮލަރު (24.6 މިލިއަން ރުފިޔާ) އަށެވެ.
ބްރިޖުގެ މަސައްކަތް ކުރާ ސީއެޗްއީސީއާ ހަވާލުކުރި މަޝްރޫއުގެ ދަށުން ފެންހޮޅި އެޅުމުގެ މަގުސަދަކީ، ފެން އުފައްދައި ރައްކާކުރުމުގެ މައި ހަބަކަށް، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމް ކުރާ ސެންޓަރު ބަދަލުކޮށް، މާލެ އާއި ހުޅުމާލެ އަށް ބޭނުން ކޮންމެ ވަގުތަކު ބްރިޖް މެދުވެރިކޮށް ފެން ޕަންޕް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ. އަދި މިއީ އެމްޑަބްލިއުއެސްސީން އެކުލަވާލާފައިވާ "ވޯޓާ ސެކިއުރިޓީ ޕްލޭން" ގައި މާލޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ދިނުމަށް ހިންގާ މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ. އަދި ސީއެޗްއިސީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ޖެނެރަލް މެނޭޖަރު ޒެންގް ނަން ހައި އެވެ.
މި އަހަރުގެ ޖުލައި 26 ގައި ހުޅުވަން އަމާޒު ހިފާފައިވާ ބްރިޖުގެ މަސައްކަތް ކުރަނީ ޗައިނާގެ ސީއެޗްއީސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) ންނެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ނަމުގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގައި މިހާރު ކުރިއަށް ގެންދަނީ ސުޕަސްޓްރަކްޗާ އިން ތަނބުތައް ގުޅުވާލުމުގެ މަސައްކަތެވެ. މާލޭކޮޅުގެ މަސައްކަތް ނިންމުމަށް ފަހު މިހާރު ވަނީ ހުޅުމާލޭކޮޅުގެ މަސައްކަތް ފަށައިފަ އެވެ. މި މަސައްކަތް ނިމުމުން ދެން އޮންނާނީ، ބްރިޖުގެ ލޭންތަކާއި އެ ނޫން ވެސް ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތެވެ.
މި ބްރިޖް މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީނުކަރާ
26 May 2018
ދިވެހިންނަށް މިހާރު ފެން ހޮޅި އެއް ވަޅު ލާކަށް ވެސް ނޭނގޭ ދޯ؟ ޗައިނާއިން މީހުން ގެނެސްގެން ދޯ މި ވަރުގެ ކަމެއް ވެސް ވަނީ!
ޢަބްދުﷲނާފިޒް
25 May 2018
ކޮބާތަ ފެންފަންޑަށް އެއްކުރި ފައިސާ، އެއަށް ވީގޮތެއް ފެންފަނޑެއް ހުޅުވިކަމެއްވެސް މީހަކު ހަނދާން ނެތް.
ތުއްތުނާ
25 May 2018
ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ޚިދުމަތް ދޭންޖެހޭ.......... ދިވެހި ގާނޫނު އަސާސީ އިން ލާޒިމް ކުރާ އެއްމެ އަސާސީ ހިދުމަތް ފެނާއި ނަރުދަމާ ނުލިބޭ ގިނަ ރަށްރަށުގައި........... އަހަރުމެން ވެސް ދައްކަނީ 6% ޖީއެސްޓީ....... އެހެން ނޫންނަމަ އެ ރަށެއްގެ ރައްޔިތުން އަތުން ދައުލަތަށް ލިބޭ ފައިސާ އެ ރަށަކަށް ހަރަދު ކުރުމަށް ފެނޭ........
ޙަ މެ
24 May 2018
ސުކުރިއްޔާ ސަރުކާރުން ރައްޔިތުންނައްޓަކާ ތިކުރާ މަސައްކަތައް.
ވިސާމް
24 May 2018
ފެނުގެ ނިޒާމް މިހާރުވެސް ކޮލިޓީދަށް. ފެން ކޮލިޓީދަށް
ޓުނައިޓް
24 May 2018
މާލެ އާއި ހުޅުމާލޭގެ ފެނުގެ ނިޒާމު ބްރިޖުން ގުޅާލަން ސީއެޗްއީސީއަށް ދިނުން އެެއީ މަމެން އުފާ ކުރާ ކަމެކޭ ޗައިނާގެ ކޮންޓްރެެކްޓަރުންނަށް ދީފިނަމަ އެއިން އެގިގެން ދާ އެއްޗަކީ އެއީ ފެބް އެކެއްގައި އެމެން ގެންނަން އުޅުނު ބަގާވާތާއި ދެކޮޅަށް މަމެންނާއި އެއްކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކޮށްދިން ގައުމަކީ އެއީ ޗައިނާ ކަމަށޭ އެހެން ކަމަށްވާނަމަ މަމެން ޗައިނާ އަށް އޭގެ ޕްރައިސް ޕޭބެކް ކޮށް ދޭނަމޭ. ދެން ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ޖެހޭނީ ހަމަ ތެޅި ތެޅި ތިބެންއޭ ކުޅަދާނަ އެއް ނޫނޭ ތަމެންނަށް މިމަހު 30 ގައި ތަމެންގެ ބޮޑޭ ހޮވަން ޕްރައިމަރީ ވެސް ބާއްވަން ބޭއްވިޔަ ނުދޭނަމޭ ތަމެން ރާއްޖެތެރޭގެ ރަށްރަށުގެ ގޭގެގެ ފާރުތަކުގައި ޕޯސްޓަރު ވެސް ތަތް ކުރަނީ އެއީ ގަވާއިދު ތަކާއި ޚިލާފަށޭ ކުޅަދާނަ އެއް ނޫނޭ ތަމެންނަށް ތިޔާ ޕްރައިމަރީ ބާއްވަން މިމަހު 30 ގައި ކުޅަދާނަ އެއް ނޫނޭ އެކަން ކުރަން. އައި ތިންކް އިޓްސް ހެޕެނިންގް އޮން ދިސްވޭ ބޭބީ ޓު ނައިޓް ޗޭންޖް ދަ ކަލަރސް އޮން ދަ ޑާންސް ފްލޯރ ސޯ ޑާންސް ޑާްންސް...
ވަހީދު
24 May 2018
ތަމެން އުފާނުކުރަނީ ކޮންކަމަކަށް.
ވެންއިޓް
24 May 2018
މާލެ އާއި ހުޅުމާލޭގެ ފެނުގެ ނިޒާމު ބްރިޖުން ގުޅާލަން ސީއެޗްއީސީއަށް ދީފިނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. މާލެ އާއި ހުޅުލެ އާއި ދެމެދު ބްރިޖް އެޅޭއިރު މާލެ އިން ހުޅުމާލެ އަށް ކަރަންޓް ފެން އަދި ފާޚާނާ އަދި ޕައިބަރ އޮޕްޓިކް އަދި ފަޔަރ ހައިޑްރެންޓް ސިސްޓަމް އަޅާ އަދި މުޅި މާލެ އާއި ހުޅުމާލޭގައި ސީސީޓީވީ ތައް ބަހައްޓާ އެތަނުގެ ސެންޓްރަލް ލޯޑް ޑިސްޕެޗިންގް ސެންޓަރު ހުޅުމާލެ އެކެކާއި ދޭއް ގުޅުނު ތަނުގައި 25 ބުރީގެ އިމާރާތެއް ހަދާ އެތަނުގައި ބަހައްޓައިފިނަމަ އެއީ މާލޭގައި ބޯފެނުގެ ނިޒާމް އަދި ފާޚާނާގެ ނިޒާމްގެ ބެކް އަޕް ގެރެންޓީ އެކޭ. ސީވޭޖް ބޭރު ކުރެވިދާނެއޭ ބްރިޖް މެދުގެ ތަނބެއްގައި ކްލިޕް ކޮށްގެން ވެސް ކަނޑުގެ އަޑިއަށް ޕައިޕް ލައިން އަޅައިގެން. އެއިރުން ދެން އެ ސަރަހައްދުގައި ފަރުމަސް ތައް ވެސް އާލާވާނެ ނޫންތޭ. ވެން އިޓް ކަމްސް ޓު އަ ޕާރފެކްޓް ޑިޒައިން ވޮންޓް ޔޫ ގިވް އަޕް ވޮންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ޑާންސް ޑާންސް ޑާންސް ޑާްންސް ވެން އިޓް ކަމްސް ޓު ޔޫ...