ޔުމްނާ މައުމޫން (މ) ފުލުސް އޮފީހުން ނިކުމެވަޑައިގެން ހިންގަވާފައި އެމްއެމްއޭ ސަރަހައްދަށް ވަޑައިގަންނަވަނީ. ޔުމްނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައި.
24 މެއި 2018 - 19:41
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އެނގިފައިވާ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ޔުމްނާގެ ޕާސްޕޯޓް ހިފެހެއްޓިކަން ފުލުހުން މިއަދު ހަވީރު ވަނީ އޭނާ އަށް އަންގައިފަ އެވެ. އެކަމަކު، ޕާސްޕޯޓް ހިފެހެއްޓީ ކޮން ސަބަބަކާ ހެދި ކަމެއް އަދި ކިހާ މުއްދަތަކަށް ކަމެއް އަދިއެއް ނޭނގެ އެވެ.
ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މައުމޫންގެ ދަރިކަނބަލުން ޔުމްނާގެ ޕާސްޕޯޓު ހިފެހެއްޓިއިރު، ޔުމްނާގެ އަތުލިޔުމުގެ ސާމްޕަލްއެއް ނަގަން، މިދިޔަ ހަފުތާގައި ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވެ އެވެ. އެ މައްސަލައިގައި، ޔުމްނާގެ އަތުލިޔުމެއް ބޭނުންވެގެން ފުލުހުން އެދުނު ނަމަވެސް ކޯޓު އަމުރެއް ނެތި އަތު ލިޔުން ދިނުމަށް އޭނާ ވަނީ އިންކާރު ކުރައްވައިފަ އެވެ.
ޔުމްނާ އަށް ފުލުހުން ކުރާ ތުހުމަތަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން، ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތް ކުރުމެވެ.
މައުމޫނާއި ޔުމްނާގެ އިތުރުން ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫނަށް ވެސް ކުރަނީ ރައީސް ޔާމީންގެ ވެރިކަން ގާނޫނާ ހިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތެވެ. ނަދީމާއި ފާރިސް ވެސް ވަނީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މައުމޫނާއި ނަދީމް ބަންދުކުރިތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި ފާރިސް ބަންދުކޮށްފައި ހުންނަތާ ނުވަ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ފަނޑިޔާރުންނަށް ރިޝްވަތު ހުށަހަޅައިގެން ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމުގެ ތުހުމަތު ކޮށްފައިވާ މައުމޫންގެ ގެކޮޅުން ނެރުނު ކަޅުފޮއްޓަކުން އެ މައްސަލައިގެ ލިޔެކިޔުންތަކެއް ވަނީ ފެނިފަ އެވެ. އެ މައްސަލަތަކުގައި ސާބިތު ހެކި ހުރި ކަމަށް ބުނެ މައުމޫނާއި ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީހަކު
26 May 2018
އާއިލާ އެންމެންވެސް ޖަލައްލާންވީނު!! ކިހާ ދެރަކަމެއް ދެން
ކޮބާތަ؟
25 May 2018
މިހާރު ކޮބާތަ ޣައްސާން މައުމޫން؟ މިހާވަރު ވެގެންދާއިރު ވެސް އެއްވެސް ތާކުން އެސޮރު ނުފެންނާތީ ހަމަ އަހާލެވުނީ!
އަށްޑޫ މީހާ
25 May 2018
ފެއިލްވެފައިވާ ސަރުކާރުތަކުން ކުރަމުންދާ ހުރިހާ ނުބައި އަމަލު މިސަރުކާރުން ފެންނަމުން މިދަނީ މިހާރު..
ގޮބޮޅި
25 May 2018
ތިވާނީ ރާއްޖޭގަ މާބޮޑަށް ރޯގާ އުޅޭތީ ރޯގާ ކޮންޓްރޯލްކުރަން އެޅި ފިޔަވަޅަކަށް
އަށްޑޫ މީހާ
25 May 2018
މިސަރުކާރުން ބޭނުންވަނީ އަބަދުވެސް ރައްޔިތުންނަށް ދުއްތުރާކުރުން.
ސަހަރޯ
24 May 2018
ކަޅު ފޮށްޓާ ކަޅުދަބަހާ އުތަ؟ ކަޅުދަބަހުގައި ފައިސާ ކަޅުފޮށީގައި ލިޔުން .
ބަގުޑި
24 May 2018
ވެއްޓިފަ އޮތްއެއްޗެއް ވައްޓާލަންކުރަންޖެހޭނެކަމެއް އޮންނާނެހެން ހިޔެއްނުވެ އެއީބޭނުންހިފޭ އެއްޗެއްކަމައްވަންޏާ ކޮންމެ މީހަކުވެސް މަސައްކަތްކުރާނީ އެއެއްޗެއްނަގާކޮޅައްޖެހޭތޯ
ޑާޑާޑާޑާޑާ
24 May 2018
ހޫނ، އިދިކޮޅު ހުރިހާ ރައްޔިތުންގެ ޕާސްޕޯރޓް ދިރުވާލައިގެން ނަމަވެސް ހަޖަމު ކުރެވޭތޯ ބަލާބަލަ.
ޢަބްދުﷲނާފިޒް
24 May 2018
ދިވެހި ހުރިހާ ރައްޔިތުންގެ ޕާސްޕޯޓު ހިފެހެއްޓިއަސް ބޮޑު ވަރިހަމަ، ތިމީހާއަށް ވޯޓެއް ނުދޭނަން، ނުކުމެ މިތިބީ އެންޓީކެމްޕޭނުކުރަން، ﷲގެ އިރާދަފުޅުން ރ ޔާމީނަށް ފިސާރި ރީތިފިލާވަޅެއް ދޭނަން.
އަލީ!
24 May 2018
ފުލުހުން ވަރަށް މޮޅު ވާނެ ހިޔާލީ ޑުރާމާ ކުޅެން މިހާރު.
މަރޭމިތުރާ
24 May 2018
ނެތީތޯއޭ ކުޑަވެސް ލޯތްބެއް އާއިލާއަށް...ނެތީމަތޯއޭ ތިޔަފެއްޓެވީ އަނިޔާކުރަން.