ނަޒީރު: އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކުރިން ވެސް އޮތީ އަމުރު ނެރެފައި --ފޮޓޯ/ސޯޝަލް މީޑިއާ
26 މެއި 2018 - 12:43
އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާމަން އަލީ ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓަން އަނެއްކާވެސް އަމުރެއް ނެރެފި އެވެ.
ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުު އިއުލާންކޮށްފައި ވަނިކޮށް މިދިޔަ މާޗް މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، މަގުތަކަށް މީހުން ނިކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ގޮވާލާފައިވާ މައްސަލާގަ އެވެ. އެ މައްސަލާގައި ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ފުރަތަމަ އަމުރެއް ނެރުނީ މިދިޔަ މާޗް މަހު އެވެ.
ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓަން ތިން ވަނަ ފަހަރަށް އަމުރު ނެރުނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އެ އަމުރުގައިވާ ގޮތުން އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ނަޒީރުގެ ޕާސްޕޯޓް އޮންނާނީ ހިފަހައްޓައިފަ އެވެ.
Passport hifahattan 3 vana amuru nerunee. Thahuqeeq ga ithurukamehneyikamah bunithaa ves 2 mas. Mizaathuge kankamun ithurah yageenve kashavaruvanee @PoliceMv ge unprofessional kan, siyaasee nufoozu vadhefa oyiminvaru, Qaanoon ge verikan negehettumuga fail vefa oyivaru. pic.twitter.com/YeIuF3aoof
— Ali Nazeer (@alynazeer) May 25, 2018
ޕާސްޕޯޓު ހިފެހެއްޓުމާ ގުޅިގެން ނަޒީރު ކުރެއްވި ޓުވީޓް.
ފުލުހުންގެ އެދުމަކަށް ކްރިިނަލް ކޯޓުން މިފަހަރު ނެރުނު އެ އަމުރުގައިވާ ގޮތުން ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓަނީ އޭނާ ފިލައިގެން ރާއްޖެއިން ބޭރަށް ދާން އުޅޭ ކަމަށް އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާތީ އެވެ.
އެ އަމުރާ ގުޅިގެން ނަޒީރު ކުރި ޓްވީޓެއްގައި ވަނީ ތަހުގީގުގައި އިތުރު ކަމެއް ނެތް ކަމަށް ފުލުހުން އެންގިތާ ދެ މަސް ވެފައިވާ ކަމަށާއި އެފަދަ ކަންކަމުން މިހާރު އެނގިގެން ދަނީ ފުލުހުންގެ ކިބައިގައި ޕްރޮފެޝަނަލް ކަމެއް ނެތް މިންވަރު ކަމަށް އެ ޓްވީޓެއްގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަމަލު
26 May 2018
ގާޒީން ކިޔަވައިގެން ނުކުންނަނީ ހަމަ އިސްލާމީ ޝަރީއާތޯ ހިތާ ހިތާ ސުވާލުކުރެވޭ ހަމަ. ކުރީ ދުވަހު ލީކުވި ބަޔާންތަކުންވެސް ވަރަށް އެހެން އެއްޗެއް ވިސްނުނީ.. ދެން މީ ރޯދަ މަސް. ތައުބާވުމުގެ މަސް. މިމަހުގެ ބޭނުން ހެޔޮގޮތުގަ ހިފޭތޯ ބަލަމާ ދޯ
ތެއާސާ.
26 May 2018
ހިފަހައްޓާލައިގެން ތިބެލާ. އިންޝާﷲ ދެން މާކަގިނަދުވަހެއް ނެތް.
ހާސަރު
26 May 2018
ޕާސްޕޯޓް ހިފެހެއްޓުމުގެ މޫސުމް މިއޮތީ ފެށިފަ. ދެން ފެއްޓޭނީ އެއްދުވަހުން ހުކުމްކުރާ މޫސުމް.
ގެއްލިފައި
26 May 2018
މި ކޯޓް ތަކަކީ ކުޅޭކުޅޭ ތަނެއްތަ؟ މިމީހުން ވެސް މިކުރަނީ ޔާމީނަށް ކެމްޕޭނު ތަ؟