ރައީސްގެ މޮޓޯކޭޑަށް ބަޔަކު ހުރަސް އަޅަނީ: އެ މައްސަލާގައި އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް ފަސް ދުވަސް ވަނީ އިތުރުކޮށްފައި
25 މާޗް 2023 - 14:44
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލާގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން އިތުރުކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގައި އިދިކޮޅު ޕީޕީއެމުން ބޭއްވި މުޒާހަރާގެ ތެރެއިން ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލާގައި ބައެއް މީހުން ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި އިއްޔެ ހައްޔަރުކުރީ ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު އައްބާސެވެ.
އޭނާގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ފަސް ދުވަސް އިތުރުކޮށްދީފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ. އޭނާއާ އެކު ޖުމްލަ ފަސް މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެން ވެސް ތިބީ ބަންދުގަ އެވެ.
ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލާގައި ސިފައިންނާއި ފުލުހުންގެ އިހުމާލެއް އޮތްތޯ އެމްއެންޑީއެފްގެ ހާއްސަ ކޮމެޓީއަކާއި ރައްޔިތުންގެ މަޖިލީހުން ވެސް ވެސް ދަނީ ބަލަމުންނެވެ. އެ މައްސަލާގައި ސިފައިންގެ ބައެއް އޮފިސަރުން މިހާރު ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.
މިއީ ރައީސްގެ މޮޓޯކޭޑަކަށް ހުރަސް އެޅި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއްޓެ
26 March 2023
ތި ހުރަސް އެޅީ އިބޫގެ މޮޓޯކޭޑް އަކައް ނޫން ތި އެޅީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ މޮޓޯކޭޑް އައް. ތީވަރައް ސީރިއަސް ކޮއް ބަލަން ޖެހޭކަމެއް. ކޮންމެ މީހަކު ރައީސް އަކައް ހުއްޓަސް އެއީ މި ގައުމުގެ ރައީސް ގެ މޮޓޯކޭޑް.
ސުމުއްވުލް
26 March 2023
އޭނާ ހައްޔަރުކުރީ މައްކާއިންތޯ؟
މޮޓޯ
26 March 2023
ކާރު ކޮޅުގަ އިންނެވީ ރާއްޖޭގެ ރައީސް. އެ ކޮންމެ ޕާޓީއެއްގެެ ކޮންމެ މީހަކަސް. ނުރައްކާތެރި ގޮތަށް ކައިރި ވެވިގެން ނުވާނެ. ވެގެންވެސް ނުވާނެ. އެ ގޯހެއް.
ހމނ
25 March 2023
ތިކަމުގައި އުލުބައިންދާ އިރަށްދޮންކުރަންވީ ތުހުމަތުކުރެވޭ އެކްޓިވިސްޓުންނެއްނޫން. އެތާނގައިތިބި ޕާޓީގެބޮޑުން. އެކްޓިވިސްޓުންނަކީ ބޮޑުން އަންގާގޮތަށް ކަންކުރާނެމީހުން. އެކްޓިވިސްޓުންނެކޭއެއްގޮތަށް އެތަނަށްނުކުމެ ރައްޔިތުންމަޖިލީހުގެ މެންބަރުން އެތާނގައިތިބިނަމަ، އެންމެފުރަތަމައަށް ބަންދުކުރަންޖެހޭނީ އެމީހުން.
ސުންދުސް
25 March 2023
މުޒާހަރާ ހުއްދަވާނީ ކާނިވަލްގައި އެކަނި. އެހެން ކޮންމެ ތަނަކު އަދި މަގަކު މުޒާހަރާ ކުރިއަށް ދިޔަސް ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން މަގަކުން ގޮސް ތަންތަނަށް ދެވެންވާނެ. އެއީ ޔާމީނު ވެރިކަމުގަ އެމްޑީޕީ މުޒާހަރާ މައިތިރިކުރަން ހެދި ޤަވާޢިދު. އަދި އެކަން ބަދަލެއް ނުކުރޭ!
ޢެމެރިކާ
25 March 2023
މި ސަރުކާރު ވަރައް ކަޑަ
ވެބޫ
25 March 2023
ކޮބާތޭ ސެކިއުރިޓީ ފޫއަޅާފޭ.. 80ފޫޓު ފުޅާ މަގެއްގަ ކުރީގަ ސައިކަލެއް .. މުޒާހަރާގެ ފާޓުމާފުޅޭ
ފެއިލްމީހާ
25 March 2023
ސިފައިންގެ އިންޓެލްފެއިލްވެ ރައީސްގެ ސެކިއުރިޓީ ޓީމު ފެއިލްވީމާ އެކަމުގެ ޒިންމާ އާއްމު ރައްޔިތުން ބޮލުގައި ނޭޅުވޭނެ. ރައީސްގެ ސެކިއުރިޓީއަކީ ކުޅޭކުޅޭ ކުޅީވަރެއްނޫން. ޒިންމާ ނަގަން ޖެހޭ މީހުން އެޒިންމާ ރަނގަޅަށް ނެގިނަމަ މޮޓޯ ކޭޑް މުޒާހަރާތެރެއަށް އަދި އިނދިކޮޅު މީހުންގެ ތެރެއަށް ގޮސް ނުވަންނާނެ. އަދި ވަންނާކަށް ނުވެސް ޖެހޭނެ. ސިފައިންގެ އިންޓެލްގެ އިސްވެރިންނާއި ރައީސްގެ ސެކިއުރިޓީ ބަލަހައްޓާ އިސްވެރިން ވަގުތުން އިސްތިއުފާ ދޭންޖެހޭނެ.
ބޮއެހަލާކު
25 March 2023
މޮޓޯކޭޑް އެތަނަށް ވަނުމަކީ ހޭބަލިވެގެންގޮސް ސެކިޔުރިޓީ ފޫއަޅުވާލާ ކާރާ ހަމައަށް ދާން ޖެހޭ ކަމެއް ނޫން. ހުރި ތާ ހުރި ނަމަ އެހެން ނުވާނެ. ވީޑިޔޯއިން ރީތިކޮށް ފެނޭ ސެކިޔުރިޓީން ކައިރި ނުވާން ބުނަނިކޮށް ބަޔަކު ގަދަވެ ގޮސް ކާރާ ހަމައަށް ދާތަން. އެވާނެ އަމުރަށް ނުކިޔަމަންތެރިވުމަށް. ދެން އަނެއްކާ މަގަކީ ޕީޕީއެމްގެ މިލްކެއް ނޫން. ދުއްވާއެއްޗެއްސާ ހިނގާމީހުން ބޭނުން އިރަކު ވަދެވޭނެ: މުޒާހަރާ ހުއްދަވަނީ ކާނިވަލްގަ އެކަނި ޔާނު ހެދި ގަވައިދުގެ ދަށުން.
ކަލޭރޯދަ
25 March 2023
ދެން ބޮލަށް ބަޑިޖެހީމަ ހޭރޭނީކީ ނޫން
ނޫންތޭ
25 March 2023
ސިފައިންގެ ޒިންމާ އަދާ ނުކުރުމަކީ އެހެން މީހުނަށް ކުށް ކުރަން ލިބޭ ހުއްދައެއް ނޫން. ޒިންމާ ނަގަން ޖެހޭ އެންމެނަށް ފިޔަވަޅު އެޅީމާ ހެޔޮވާނެ، އޭގައި ފުލުހެއް ސިފައިންނެއް އާންމު ރައްޔިތެއް އިސްތިސްނާއެއް ވެގެން ނުވާނެ ..
ދޭރެ
25 March 2023
އަބަދުވެސް ހަމައިގައި ތިބުމުގެ މުހިއްމުކަން... ބަޔަކު ރޭރުކުރުވިޔަސް ގޯހެއް ހަދަންޔާ އެ ބައިގަނޑަކުން ނިކުންނަން އުނދަގޫ ވާނެ
ހާރޫން
25 March 2023
މިހާރު ޔަގީންވެއްޖެ މިމީހުނައް ވަރުގަދަ ހުކުމެއް އަންނާނެކަން.