ޖަރުމަނުގައި މިރޭ ބޭއްވި ޖޭޕީގެ ޖަލްސާގައި އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ފަހު، އަލީ ވަހީދު، ގާސިމާ ސަލާމް ކުރައްވަނީ.
26 މެއި 2018 - 23:43
ރާއްޖެ އަށް ދިމާވެފައިވާ އޮޅުންބޮޅުންގަނޑު ހައްލުކޮށް ދެވޭނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމަށް ކަމަށާއި ގާސިމަށް ރާއްޖޭގެ އެންމެ އިސް "ތާޖު" ހައްގު ކަމަށް ޖުމްހޫރީ ޕާޓީއާ މިރޭ ގުޅިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޖަރުމަނުގެ ފްރޭންކްފަޓްގައި ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި، އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ފަހު ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ގާސިމްގެ ތަޖުރިބާ އަށް ބަލާއިރު، ރާއްޖެ އަށް ދިމާވެފައިވާ "ކާރިސާ" ހައްލުކޮށް ދެވޭނެ "ސަމުގާ" އަކީ ގާސިމް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގާސިމަކީ އިގްތިސާދީ ގޮތުން މުފައްކިރެކެވެ. އިޖުތިމާއީ ގޮތުން ގާސިމަކީ "މުދައްބިރެއް" ކަމަށާއި ސިޔާސީ ގޮތުން އޭނާ އަކީ "ހުދަންބަރެއް" ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަހަތްޕުޅުގައި ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެން އެމަނިކުފާނު އުފެއްދެވި ޑީއާރުޕީގައި އިސްކޮށް މަސައްކަތް ކުރެއްވި އަދި ރާއްޖޭ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވި އަލީ ވަހީދު ވިދާޅުވި ގޮތުގައި ރާއްޖެ އަށް ބޭނުންވަނީ ބައިބައި ވެފައި އޮތް އިޖުތިމާއީ ފޭރާން މެދަށް ގެނެސް، އަމުނާލެވޭނެ ވެރިކަމެކެވެ. އަދި އޭނާ ވިދާޅުވީ، ރައްޔިތުންގެ ފިކުރާއި ހިޔާލާތަށް ތަސައްލީއެއް ގެނެވޭނީ ޖޭޕީ އަށް ކަމަށެވެ.
ޖަރުމަނުގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމާއި އަމީން ސަލާމް ކުރައްވާއިރު، އަލީ ވަހީދު (ވ) އާއި ޖަމީލް (ކ) ކައިރީގައި. - ފޮޓޯ: ޖޭޕީ
"ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހަޔާތްޕުޅުގައި ވަނީ އެކަން ސާބިތުކޮށް ދެއްވާފައި. ސިޔާސީ ގޮތުން، އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ވަކި ރޮނގެއް ނެގުމެއް ނެތި ކޮންމެ ކަމެއް ކުރެއްވުމުގައި ހުރިހާ އެންމެން ގޮވައިގެން އުޅުމާއި އަދި އެމީހަކު ނިސްބަތްވީ އާއިލާއެއް ބެލުމެއް ނެތި، ކޮންމެ މީހެއްގެ ހިޔާލަކީ އެކޮމޮޑޭޓިވް ހިޔާލެއްގެ ގޮތުގައި ބައްލަވައިގެން އެމަނިކުފާނު މަސައްކަތް ކުރެއްވީ،" އަލީ ވަހީދު ވިދާޅުވި އެވެ.
ގާސިމަށް ތައުރީފް ކުރައްވައި އަލީ ވަހީދު ވިދާޅުވީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީގެ ފުރިހަމަ މިނިވަންކަން ރައްޔިތުންނަށް ގެނެސް ދިނުމުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ވެސް ގާސިމް ކަމަށެވެ. އޭރު އޮތް މާހައުލުގައި އެކަން އެހެން ބޭފުޅަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބަށް ހަތަރު މަހަށްވީ އިރު، ރާއްޖޭގައި މިހާރު އޮތް އަނިޔާވެރިކަން ނިންމުމަށް "ތަރުތީބުވެލަން" ޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އަނިޔާވެރިކަން ނިންމުމަށް އިދިކޮޅު ޕާޓީތަކުން ނުކުންނަންވީ އެއް ކެންޑިޑޭޓަކު ގޮވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ، އިދިކޮޅު ހަތަރު ލީޑަރުން މަޝްވަރާ ކުރައްވައި، އިދިކޮޅު ކެންޑިޑޭޓަކީ ކޮންމެ ޕާޓީއެއްގެ ބޭފުޅަކަށް ވިޔަސް، އެ ބޭފުޅެއްގެ ފަހަތުގައި ދެމި ހުންނަވައި، "ދާ ގޮތަށް ގޮސް މި އަނިޔާވެރިކަން" ނިންމާނެ ކަމަށެވެ.
އެކަމަކު، ހަމަ އެ ނޭވާގައި އަލީ ވަހީދު ވިދާޅުވީ ގާސިމްގެ އެންމެ ބޮޑު ހުވަފެނަކީ، ރާއްޖެ އިސްލާހީ މަގަށް ގެންގޮސް، އިސްލާހީ މަސައްކަތް ފުރިހަމަކުރުން ކަމަށެވެ. އެ މަސައްކަތުގެ އެންމެ މަތީ ތާޖުގައި ގާސިމް ބައިންދާނެ ކަމަށާއި އެ ދުވަސް އޮތީ މާ ދުރުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިވެހިން މިއަދު ބޭނުންވަނީ ޖުމްހޫރީ ފުރިހަމަ ވެރިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަމަށްޓަކައި ޖުމްހޫރީ ޕާޓީގެ އާންމު މެމްބަރުން އަރުވާ ޖަހައި ނުކުތުމަށް އަޅުގަނޑު ގޮވާލަން. އެއީ ޑިޒާވް [ހައްގުވާ] ބޭފުޅެއް [ގާސިމް]. އެއީ އިތުރު ތައާރަފެއް ދީ، ހެކިތަކެއް ދައްކައި، ބަހުސް ކުރަން ޖެހޭ ކަމެއް ނޫން. އެއީ އެމްޑީޕީ އަށް ވެސް އެންމެ ބޮޑު ގުރުބާނީއެއް ވި އެއް ބޭފުޅާ. ޖުމްހޫރީ ޕާޓީ އުފެއްދަވައި ދެން ހުރި ޕާޓީތަކަށް ވެރިކަން ހޯއްދަވަން އެންމެ ބޮޑު ގުރުބާނީއެއް ވި ބޭފުޅާ،" ގާސިމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާގެ ވާހަކައިގައި ނުސީދާ ގޮތެއްގައި އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލަތަކެއް ދެއްވި އެވެ. އެމްޑީޕީގައި ހަތް އަހަރު ދުވަހު އުޅުއްވި އަލީ ވަހީދު ވިދާޅުވީ މޭ 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާ އަށް ފަހު އިނގިރޭސި ވިލާތަށް ވަޑައިގެން ސްކައިޕް މެދުވެރި ކުރައްވައި ހަރަކާތްތައް ހިންގަން ފެށުމުން އެކަން ބައެއް މީހުންނަށް ވީ ޖޯކަކަށް ކަމަށެވެ. އެކަން ވެގެން ދިޔައީ މަގާމުން ދުރުކުރުމަށް ދެއްކި ބަހަނާ އަކަށް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
ނަމަވެސް، މި އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، އެމްޑީޕީން ކެމްޕެއިންގެ ހަރަކާތްތައް ސްކައިޕް މެދުވެރިކޮށް ކުރިއަށް ގެންދާ ކަމީ އުފާ ކުރައްވާ ކަމެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު އެ އިޝާރާތް ކުރެއްވީ، ސްކައިޕް މެދުވެރިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި މިހާރު ބައްދަލުވުންތައް ބާއްވާތީ އެކަމަށެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނުކުންނަ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީ މި މަހުގެ 30 ގައި ބާއްވާއިރު، އެ ޕްރައިމަރީ އަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ނަޝީދެވެ. އަދި ސްރީ ލަންކާގައި ހުންވައިގެން، ސްކައިޕް މެދުވެރި ކުރައްވައި ނަޝީދު ގެންދަވަނީ ފުޅާދާއިރާއެއްގައި ކެމްޕެއިން ކުރައްވަމުންނެވެ.
އަލީ ވަހީދު މިރޭ ވިދާޅުވި ގޮތުގައި އެމްޑީޕީން ވަކިވެވަޑައިގަތަސް، އެ ޕާޓީގެ މެމްބަރުންގެ މެދުގައި އޮތް ހިތާއި ހިތުގެ ގުޅުމެއް ނުފޮހެވޭނެ އެވެ. އެކަމަކު، ކާމިޔާބީއެއް ހޯދުމުގައި ހިޔާލު ތަފާތުވެދާނެ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވިއިރު، އޭނާއާ އެކު، ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ރައީސް އައްސަދު އަލީ (އަޑުބަރޭ) އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސް ހަސަން ސުޖާއު އާއި އެމްޑީޕީ ގައުމީ މަޖިލީހުގެ މަތިވެރި ދާއިރާގެ ރައީސް މުހައްމަދު ސަމީރާއި އެމްޑީޕީގެ މެންބަރު މުހައްމަދު ޝައްފާޒާއި އއ. އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަލީ ސަމީރު ވަނީ ޖުމްހޫރީ ޕާޓީ އަށް ސޮއިކޮށްފަ އެވެ. އޭގެ އިތުރުން، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ލީގަލް ހެޑް، ވަކީލާ ހަނީފާ ހާލިދު ވެސް މިރޭ ވަނީ އެ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސެންބެ
27 May 2018
ޢެންމެ އިސްތާޖު ހައްގުވާހަކަ ބުނާނީ ރައްޔިތުން. މިހާތަނަށް އެއްވަނަ ދެވަނަ ނުދިނީ އެތާޖު ހައްގުނުވާތީ.
ޝާއްނާ
27 May 2018
ކުރީން އަލީވަހީދު ޑީއާރޕީން އެމްޑީޕީއަށް ބަދަލުވީމައި އޯވަރނައިޓް މިލިއަނަރ އަކަށް ބަދަލުވެގެންދިއަ ، މިފަހަރު އެމްޑީޕީން ޖޭޕީއަށް ބަދަލުވީމައި ކިހާވަރެއް ލިބުނުތޯ ސުވާލަކީ ، އޭރު ގޯތިތަށް ގަތުމައި ކަންކަމުގައި ޓެޕްއައްޔަމެން ފަރުދާއަކަށްވެެގެން ކަންކަން ކުރީ ، މިފަހަރު ކޮންބައެއްބާ ފަރުދާގެ ނިވަލުގައި ތިބެ އެބައިކުޅެދޭނީ ، ގާސިމްއަށް ހުޝާމަތްކުރިވަރަކަށް އަމިއްލަޖީބަށް ލެވޭވަރު ގިނަވާނެކަމީ ޔަގީންކަމެށް ، އަލީވަހީދުވެސް ނަޝީދުއާޢި އެންމެފަހުން މައްސަލަޖެހުނީދެއްތޯ ؟ އަދިއެވެސް އާދަޔާއި ޙިލާފް މައްސަލައެއް ،
ދެޓްވޭ
27 May 2018
ތިބުނާ ހުދަންބަރު ދެއްތޯ މިލިޓަރީ ޓޭކްއޯވަރ އެކޭ ކިއީވެސް އަދި މިސަރުކާރު ގެނައުމަށް މަސައްކަތްކުރީވެސް. އެހެންވިމާ ބޭފުޅާއަށް ހުދަންބަރަކަށްވިޔަސް އެއީ ގިނަމީހުންނަށް ވޭނެއް.
ޓީޓީ
27 May 2018
ޖޭ.ޕީ އަކީ، ރިޓަޔަރ ކުރުމުގެ ކުރިން ޕްރޮފެޝަނަލް ކުޅުންތެރިން ދާކަހަލަ އެމެރިކަން ލީގު ނޫނީ ޗައިނީސް ލީގް ކަހަލަ ލީގެެއް. އެކުޅުންތެރިނގެ ބޭނުމަކީ ހުއްޓާލުމުގެ ކުރިން ވީހާވެސް ބޮޑު އެއްޗެއް ހޯދުން. ޖޭޕީންވެސް ފެންނަނީ މިކަހަލަ ސްޓްރެޓަޖީއެއް
ބޮނޑި
27 May 2018
އޭނާ ގެ އަމަލު ތަކުން އޭނާ އަށް ހައްޤު އެތި އޭނާ އަށް އެހުރެ ދަނީ ލިބެމުން.
އަސްލުހާލަތު
27 May 2018
ތިޔަކަމެއް ނުވާނެ..ޤާސިމް ކިތަންމެ ވަރަކަށް އަލީ ވަހީދަކީ ރަޙއމަތެއްކަމަށް ދެއްކިޔަސް އޭގެ އިދިކޮޅު ތިޔައީ.. ބަލަ އޭނަ ނޫންތަ ބުނީ ޤާސިމަކީ ބޮޑު ބާޢީއޭ.. ތިޔަ ރަހުމަތުގަ ހުރި ފެންވަރަކީ.. 2008ގަ އޭނާ ހުރި ފަޅި ޑީއާރުޕީ އިންތިހާބުގަ ބަލިވީ.. އެމްޑީޕީއާ ގުޅުނީ އެވެރިކަން ވެއްޓުނީ.. 2013ގަ ވެސް އޭނާ ހުރި ފަޅި އެމްޑީޕީ ބަލިވީ..އޭނާގެ ޗެއަރޕަރސަންކަމުގެ ދަށުން ބޭއްވި ހުރިހާ އިންތިހާބެއްގަވެސް ބަލިވީ.. އޭނާ އިސްތިއުފާދިނީ ކައުންސިލްތަކުގެ މެޖޯރިޓީ ނަގައި އިންތިހާބު ކާމިޔާބުކުރީ.. ރަގުމަތަކަށް ވުރެއް ބޮޑަށް ބަދު ނަސީބެއް ތިޔައީ..ޤާސިމުގެ ހަލާކު
ހޯރަފުށީ ދާއިރާ
27 May 2018
ހޯރަފުށީ ބަދަރު ހެދިއިރު ތި ބުނާ އެމްޑީފީ ވުޖޫދަށްވެސް ނާންނެ. ބަދަރު ބޮނޑް ކޮށް ޒަމާނީ ކުލަވަރު ޖެންސަދިނީ ޔާމީން. ފެނާނަރުދަމާ އަޅާދިނީ ޔާމީން ސަރުކާރުން. ބެންކުއަޅާ ދިނީ ޔާމީން ސަރުކާރުން. ފޮލިސް ސުޓޭސަން އަޅާދިނީ ޔާމީން. ޔާމީން ޔާމީން ކޮށްދިންތައް މި ފޭޖް ފުރެންދެންވެސް ލިޔެވިދާނެ. ސުކުރިއްޔާ ރައިސްޔާމީން 2018 ޔަގީން. އިންސާ ﷲ.
ރަންރީނދޫ
27 May 2018
މޮޅެތި ދޮގު ހަދަން ނޫޅޭ..ތިޔައީ ގޯނިބޭއަށް ގޯނިއުފުލައިދޭ މީހުންވީމަ ދައްކާވާހަކަ.. ރައްޔިތުން ތިޔަ ޤަބޫލެއް ނުކުރޭ ހޮޅި ވައުދާ ހުވަފެންތައް ދައްކަނީ. 2016 ބިން ހިއްކަން ބުނި ހިލަމެއްވެސް ނެތް. އޭގެ ހެކި ކައުންސިލް އިމްތިހާނުން ފެނުނު ދެއްތޯ؟ މުޅި ދާއިރާގެ ކޮންޓްރޯލް ނެގީ އެމްޑީޕީން
ހާހުންގާނު
27 May 2018
މައްސަލަ ތިއޮތީ އަތުން ލިޔެވިފާ. ކަންތައްކުރަނީ އޭރަކުހުންނަ ރައީސެއްގެ އަމިއްލަ ފައިސާއިން އަދި ރައީސްމީހާ އަމިއްލައައްކަށް ހީވާންފެށީމާ ވާނެގޮތް ދިވެހިރާއްޖެއަށް ފެށުނީއްސުރެން ވެގެން މިއުޅެނީ. މިކަމުން ސަލާމަތްވާންޖެހޭ ކުރިޔަށްދަންޏާ
ޤައުމު
27 May 2018
ޤާސިމްތީ މިހުރިހާ މުސީބާތެއްގެ ފެށުން! ބަގާވާތުގެ މުގުލުގަހުރި އެކަކު...ޔާމީނަށް ވެރިކަން ތަބަކަކަށްލާފަ ދިން މީހާ! މޮޔައެއްނު މީނައަށް ވޯޓު ދޭނީ!
ރަށްދު
27 May 2018
ކަލެއަށް އެކަނި ބައިވަރުގަނޑު ދިނީމަތަ އިސްތާޖު ގާސިމަށް ހައްގުވަނީ ކޮބާ އަހަރެމެންނަށް ވީލާރިގަނޑު ތޮއްޑޫ ކަރާދަނޑުން ނާއި ތޮއްޑޫ ދާއިރާއިންނާއި ދިވެހިރާއްއިން ވެސް އެއްވެސް ވަރަކަށް ތާއީދެއްނެތް މީހެއް ކޮންމޮޅެންވާކަށްތަ؟ ސިޔާސީ ދާއިރާގަ މޮޅުވާންވާނީ ނިކަންތާއީދު އޮންނަ މީހުން
ފަލަޑޭ
27 May 2018
ރާއްޖެ މިއަދަވަޅަށް ވެއްޓީ ގާސިމް. އޭރު ވަހީދު ބޮލަށް ވަދެގެން ބަޢާވާތެއް ގެނެސް ސަރުކާރު ވަައްޓާލާފަ ދެން އުޅުނީ ޔާމީންގެ ވެރިކަންވެސް ވައްޓާލަން. މިދެކަންތަކުގަ މުޅިގައުމު ހަލާކުކޮށް ހުރިހާ ނުބައެއްހިދިކަމަށް އަހަރުމެން ށައްކު ކުރަނީ ގާސިމް ކަމަށް.
މަހުމޫދު
28 May 2018
މިރާއްޖެ ހަލާކުކުރީ ގާސިމް.އޭކަމުގައި ގާސިމް އާއި އެކު މަސައްކަތް ކުރި އެކަކު ޖަމީލަކީ.ތި ކޮއެލިސަން ހެދިއިރުވެސް އެނގޭ ތި މީިހުން ތިކަން ފަނިކުރށނެކަން. ގާސިމް ތީ ހުރިހާ ކަމެއް ފަނިކުރާ މީ ހާ.
ހުދަންބަރު
06 October 2018
ތި ކޯލިޝަން ގައިވެސް ރެނދުއަޅުވާނެ މީހަކީ ޤާސިމް އިބްރާހީމް .. ކިތަންމެ ވަރަކަށް ދޮންކުރިޔަސް ދުނބުރިއެއް ދޮންއަނބަކަށް ނުވާނެ... ޤާސިމް އަތުގައި ހުރީ ފައިސާ އަދި އެ ހޯދާނެ ގޮތްވެސް އޭނާއަށް އެނގެނީތޯއްޗެ.. އެކަމު ސިޔާސީ ގޮތުން ޤާސިމަކީ ހަމަ ޅޮހެއް... އަހަރެމެން ހަނދާން ނުނެތޭ ބަޣާވާތްކޮށް ނަޝީދު ވެރިކަން ވަހީދަށް ދިންގޮތް .. ސިފައިންގެ މީޓިންގްރޫމެއްގައި ﷲއަކުބަރު ގޮވަގޮވާފަ ބައްދާ ރޮއެ ހެދި ހަނދާން ..